އިސްލާމީ އިމުގެ ތެރެއިން ޢީދު ކުޅިވަރުކުޅެ އުފާކުރަން ރައީސްގެ އިލްތިމާސް
ބަރަކާތްތެރި އަޟްޙާ ޢީދުގެ އުފާފާޅުކުރުންތައް ކުރިއަށްގެންދާއިރު، އިސްލާމީ ރިވެތި އުސޫލުތަކުގައި ހިފަހައްޓަވައި، ދިވެހީންގެ ރީތި އާދަކާދަތަކާ ބީރައްޓެހި ކަންކަމުން ދުރުވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު އިލްތިމާސް ކުރައްވައިފިއެވެ. އަޟްޙާ ޢީދުގެ މުނާސަބަތުގައި ރާއްޖޭގެ ރައްޔިތުންނަށް ފޮނުއްވި މެސެޖުގައި ރައީސް ވިދާޅުވީ، އަޟްޙާ ޢީދަކީ މާތްﷲ ވަރަށް މުހިއްމު ޢިބްރަތްތަކަކާއި ޙިކުމަތްތަކެއް އެކަމުގައި ލައްވާފައިވާ ޢީދެއް ކަމަށެވެ. އަދި މިއީ މުޅި އިސްލާމީ އުންމަތް އެއް ސަފަކަށް ތަރުތީބުކޮ...