މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ

ތިލަދުންގެ އަރުޝީފުން ހޯދުން

ފަހުގެ ހޯދުންތައް:
ޔޫރަޕްގެ އެންމެ ނުރައްކާތެރި އެއް އަންހެންމީހާގެ މައްޗަށް 13 އަހަރުގެ ހުކުމެއް

ޔޫރަޕްގެ އެންމެ ނުރައްކާތެރި އެއް އަންހެންމީހާގެ މައްޗަށް 13 އަހަރުގެ ހުކުމެއް

ޔޫރަޕްގައި އެންމެ ބޮޑަށް ހޯދަމުންދިޔަ އެންމެ ނުރައްކާތެރި އަންހެނުންގެ ތެރޭގައި ހިމެނޭ، ޖަރުމަނުގެ ވާތުފިޔައިގެ ހަނގުރާމަވެރި ގްރޫޕެއްގެ ކުރީގެ މެންބަރެއް ކަމަށްވާ ޑެނިއެލާ ކްލެޓޭ 13 އަހަރަށް ޖަލަށް ލުމަށް ޖަރުމަނުގެ ކޯޓަކުން ހުކުމްކޮށްފިއެވެ. އުމުރުން 67 އަހަރުގެ ކްލެޓޭގެ މައްޗަށް މި ހުކުމް އައީ ފިލައިގެން އުޅުނު ދުވަސްވަރު ހިންގާފައިވާ އެކި ކުށްތަކާ ގުޅިގެންނެވެ. ލޯވަރ ސެކްސަނީގެ ވާޑަން ސަރަހައްދީ ކޯޓުން ކްލެޓޭ ކުށްވެރިވާ ކަމަށް ނިންމާފައިވަނީ 1999 އާއި 2016 އާ ދެމެދު ހިންގާފައިވާ […]

ޔުމްނާ ޢަލީ
އީރާނުގެ އަސްކަރީ މަރުކަޒަކަށާއި ޑްރޯންތަކަކަށް އެމެރިކާއިން އާ ހަމަލާތަކެއް ދީފި

އީރާނުގެ އަސްކަރީ މަރުކަޒަކަށާއި ޑްރޯންތަކަކަށް އެމެރިކާއިން އާ ހަމަލާތަކެއް ދީފި

އީރާނުގެ އަސްކަރީ މަރުކަޒަކަށް އަމާޒުކޮށް އެމެރިކާ ސިފައިން ރޭގަނޑުގެ ވަގުތެއްގައި އާ ހަމަލާތަކެއް ދީފައިވާ ކަމަށާއި، ހޯރްމޫޒް ކަނޑުއޮޅި ސަރަހައްދަށް ނުރައްކާވާ ގޮތަށް އުދުއްސާލާފައިވާ އީރާނުގެ ހަތަރު ޑްރޯން ވައްޓާލާފައިވާ ކަމަށް އެމެރިކާގެ އޮފިޝަލަކު ބުދަ ދުވަހު ރޮއިޓާސްއަށް މައުލޫމާތު ދީފައިވާކަމަށް އެ ނޫހުން ބުނެފިއެވެ. މި ޚަބަރު ސީއެންއެން، ނިއުޔޯކް ޓައިމްސް، އެންބީސީ، ވޯލް ސްޓްރީޓް ޖާނަލް، އަނަޑޮލް އަދި ގަލްފް ނޫސް ފަދަ ނޫސްތަކުން ވެސް ރިޕޯޓްކޮށްފައިވާއިރު، ނަން ހާމަނުކުރުމަށް ޝަރުތުކޮށް ރޮ...

ނާޒިމާ އަލީ
ޑްރަގް އޮޕަރޭޝަނެއްގައި ހަތަރު މީހަކު ހައްޔަރުކޮށްފި

ޑްރަގް އޮޕަރޭޝަނެއްގައި ހަތަރު މީހަކު ހައްޔަރުކޮށްފި

މާލެއާއި ހުޅުމާލޭގައި ފުލުހުން ހިންގި ހާއްސަ މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ފަސް އެޕާޓްމަންޓެއް ބަލާފާސްކޮށް ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ. މި އޮޕަރޭޝަނަކީ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ. މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ ތ. ތިމަރަފުށި، މުތީހައުސް، އަޙްމަދު ޖިނާޙު (43އ) އާއި، ހއ. ހޯރަފުށި، ސައިމާގެ، އަޙްމަދު ސަޢީދު (28އ) އާއި، ގދ. މަޑަވެލި، ހައުސްޓަން، މުޙައްމަދު އަނޫފް ޢަލީ (27އ) ގެ އިތުރުން ގދ. ހ...

ޔުމްނާ ޢަލީ
”ޙައްޖުވެރިން މިހާރު ކުރިއަށްގެންދަނީ ޙައްޖުގެ ތިންވަނަ ދުވަހުގެ މައިގަނޑު އަޅުކަންތައް“

”ޙައްޖުވެރިން މިހާރު ކުރިއަށްގެންދަނީ ޙައްޖުގެ ތިންވަނަ ދުވަހުގެ މައިގަނޑު އަޅުކަންތައް“

މިއަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަމުގެ ތިންވަނަ ދުވަހު، ޙައްޖުވެރިން ޙައްޖުގެ މައިގަނޑު ފަސް އަޅުކަމެއް އަދާކުރަން ފަށައިފިއެވެ. މީގެ ތެރޭގައި ޖަމްރާއަށް ހިލަ އުކުމާއި، ބޯބޭލުން ނުވަތަ އިސްތަށިގަނޑުން ބައެއް ކޮށުމާއި، ހަދްޔު ކަތިލުމުގެ އިތުރުން ޙައްޖުގެ ރުކުންތަކުގެ ތެރޭގައި ހިމެނޭ ތަވާފުލް އިފާޟާ އާއި ސަޢުޔު ކުރުން ހިމެނެއެވެ. މުޒްދަލިފާގައި ރޭކުރުމަށްފަހު، ޙައްޖުވެރިން ބުދަ ދުވަހުގެ ހެނދުނު މިނާއަށް ޖަމާވީ ހިލަ އުކުމުގެ އަޅުކަން އަދާކުރުމަށެވެ. ޙައްޖުގެ އެންމެ މުހިންމު ރުކުން ކަމުގައިވާ ޢަރަފ...

ނާޒިމާ އަލީ
ޣައްޒާގެ ޖައްވުން ޢީދު: ފުން ހިތާމަޔާއި އެކުވެސް ފެންނަނީ ނުގުޑާ ފަދަ ސާބިތުކަން

ޣައްޒާގެ ޖައްވުން ޢީދު: ފުން ހިތާމަޔާއި އެކުވެސް ފެންނަނީ ނުގުޑާ ފަދަ ސާބިތުކަން

އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގެ ރައްޔިތުންނާއި ދެކޮޅަށް އެންމެފަހުން ދޭންފެށި ރަހުމުކުޑަ ހަމަލާތަކަށް ދެ އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާއިރު، ޣައްޒާގެ ސިއްހީ ވުޒާރާއިން ހާމަކުރާ ގޮތުގައި މިހާތަނަށް 72،000 އަށްވުރެ ގިނަ ފަލަސްތީނު ރައްޔިތުން ވަނީ ޝަހީދުވެފައެވެ. އަދި 172،000 އަށްވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައެވެ. މިފަދަ ބޮޑު ހިތާމައެއްގެ ތެރޭގައި ޣައްޒާގެ ރައްޔިތުން މިވަނީ މިއަހަރުގެ އަޟްހާ އީދު ބައްދަލުކޮށްފައެވެ. ވޭތުވެދިޔަ ފަސް އީދުގައި ޣައްޒާގެ ރައްޔިތުންނަށް އިވުނު ހަނގުރާމަމަތީ ބޯޓު...

ނާޒިމާ އަލީ
ޑްރޯނެއް ބޭނުންކޮށްގެން ޖަލަށް އެތެރެކުރަން އުޅުނު ޑްރަގް އަތުލައިގަނެފި

ޑްރޯނެއް ބޭނުންކޮށްގެން ޖަލަށް އެތެރެކުރަން އުޅުނު ޑްރަގް އަތުލައިގަނެފި

ޑްރޯނެއް ބޭނުންކޮށްގެން މާފުށީ ޖަލަށް އެތެރެކުރަން މަސްތުވާތަކެތި އަތުލައިގެންފިއެވެ. މިތަކެތި އަތުލައިގަތީ މާފުށީ ޕްރިޒަންއާއި، މާފުށީ ޕޮލިސް ސްޓޭޝަން އަދި ފުލުހުންގެ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ކާމިޔާބުކަމާއެކު ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައެވެ. ފުލުހުން މައުލޫމާތު ދިން ގޮތުގައި މި ތަކެތި އަތުލައިގަނެފައިވަނީ މެއި މަހުގެ 24 ވަނަ ދުވަހުގެ ރޭ މެންދަމު 12:45 އެހައިކަންހާއިރުއެވެ. ފުލުހުން ހާމަކޮށްފައިވާ ގޮތުގައި މި އޮޕަރޭޝަންގައި، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ފަސ...

ޔުމްނާ ޢަލީ
24 ބިލިއަން ޑޮލަރު ދޫކޮށްލުމުން ނޫނީ އެއްބަސްވުމުގައި ސޮޔެއްނުކުރާނަން: އީރާން

24 ބިލިއަން ޑޮލަރު ދޫކޮށްލުމުން ނޫނީ އެއްބަސްވުމުގައި ސޮޔެއްނުކުރާނަން: އީރާން

އީރާނާއި އެމެރިކާއާ ދެމެދު އުފެދިފައިވާ ހަމަނުޖެހުންތައް ނިމުމަކަށް ގެނައުމަށް އެކުލަވާލާފައިވާ 14 ނުކުތާގެ އެއްބަސްވުމުގައި ސޮއިކުރުމަށް އޮތް އެންމެ ބޮޑު ހުރަހަކީ، އެމެރިކާއިން ހިފަހައްޓާފައިވާ އީރާނުގެ 24 ބިލިއަން ޑޮލަރުގެ މައްސަލަ ކަމަށް އީރާނުން ހާމަކޮށްފިއެވެ. ގަތަރުގެ ދޯހާގައި ކުރިއަށްދާ މަޝްވަރާތަކުގައި އީރާނުން ބުނެފައިވަނީ މި ފައިސާ ދޫނުކުރަނީސް އެއްވެސް އެއްބަސްވުމެއްގައި ސޮއިނުކުރެވޭނެ ކަމަށެވެ. ފައިސާ ދޫކުރުމަށް އީރާނުން ހުށަހަޅާފައިވާ ދެ މަރުހަލާ އީރާނުން ވަނީ މި ފައިސާ ދޫކުރުމަށް ހ...

ނާޒިމާ އަލީ
ޣައްޒާގެ ޢީދު: ފަލަސްތީނުގެ ރައްޔިތުންގެ ސާބިތުކަމާއި ކެތްތެރިކަމުގެ ވަރުގަދަ މިސާލެއް

ޣައްޒާގެ ޢީދު: ފަލަސްތީނުގެ ރައްޔިތުންގެ ސާބިތުކަމާއި ކެތްތެރިކަމުގެ ވަރުގަދަ މިސާލެއް

ޣައްޒާގައި ފާހަގަކުރާ ކޮންމެ އީދަކީ ފަލަސްތީނުގެ ރައްޔިތުންގެ ސާބިތުކަމާއި ކެތްތެރިކަމުގެ ވަރުގަދަ ރަމްޒެކެވެ. އަދި މިސާލެކެވެ. މިއީ އެންމެ ދަތި އުނދަގޫ ހާލަތްތަކުގައި ވެސް އެމީހުންގެ އީމާންތެރިކަމާއި، ސަގާފަތާއި، އަދި އިޖުތިމާއީ ގުޅުންތަކުގައި ހިފަހައްޓާ މިންވަރު ދައްކުވައިދޭ ކަމެކެވެ. އިސްލާމީ ކަލަންޑަރު ކޮންމެ އަހަރަކު ބަދަލުވަމުންދާއިރު، ފަހަކަށް އައިސް ފަލަސްތީނުގެ ރައްޔިތުން ފިތުރު އީދާއި އަޟްހާ އީދު ފާހަގަކުރަމުން ދަނީ އިސްތިޢުމާރީ ބާރުތަކުގެ ބޮޑެތި ސުންޕާކުރުންތަކާއި ފުން ހިތާމަތަކުގެ ތެ...

ނާޒިމާ އަލީ
ޙައްޖާޖީން މުޒްދަލިފާއިން މިނާ އަށް

ޙައްޖާޖީން މުޒްދަލިފާއިން މިނާ އަށް

ޙައްޖުގެ އެންމެ މުހިންމު ރުކުން ކަމުގައިވާ ޢަރަފާތް ބިމުގައި މަޑުކުރުމުގެ އަޅުކަން އިރުއޮއްސުމާ ހަމައަށް ފުރިހަމަކުރުމަށްފަހު، ހުރިހާ ޙައްޖާޖީން މުޒްދަލިފާއަށް ގޮސް، މިނާ އަށް އެނބުރިއައިސް މިހާރު ދަނީ ޖަމްރަތުލްޢަޤަބާއަށް ހިލައުކަމުގެ މަރުހަލާ ކުރިއަށް ގެންދަމުންނެވެ. ޙައްޖާޖީން މުޒްދަލިފާއަށް ދަތުރުކުރީ ވަރަށް އަމާންކަމާއި މަޑުމައިތިރިކަމާއެކު، ތަލްބިޔާ ކިޔުމުގައި ދެމިތިބެގެންނެވެ. މުޒްދަލިފާއަށް ދިއުމަށްފަހު ޙައްޖާޖީން ވަނީ ކީރިތި ރަސޫލާގެ ސުންނަތާ އެއްގޮތަށް މަޣްރިބް ނަމާދާއި ޢިޝާ ނަމާދު ޖަމ...

ނާޒިމާ އަލީ
ރައީސް، އިސްލާމީ ޤައުމުތަކާއި އިސްލާމީ ޖަމާޢަތްތަކުގެ ވެރިންނަށް ޢީދު ތަހުނިޔާ ފޮނުއްވައިފި

ރައީސް، އިސްލާމީ ޤައުމުތަކާއި އިސްލާމީ ޖަމާޢަތްތަކުގެ ވެރިންނަށް ޢީދު ތަހުނިޔާ ފޮނުއްވައިފި

1447 ވަނަ އަހަރުގެ ބަރަކާތްތެރި އަޟްޙާ ޢީދުގެ މުނާސަބަތުގައި، އިސްލާމީ ޤައުމުތަކުގެ އިސްވެރިންނާއި ބައިނަލްއަޤްވާމީ އިސްލާމީ ޖަމާޢަތްތަކުގެ ވެރިންނަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިޚްލާޞްތެރި ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުއްވައިފިއެވެ. ޢީދު ތަހުނިޔާ ފޮނުއްވައި ރައީސް ފޮނުއްވި މެސެޖުތަކުގައި، އުފާވެރި އަޟްޙާ ޢީދުގެ މުނާސަބަތުގައި ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުއްވުމަކީ އެމަނިކުފާނަށް ލިބިވަޑައިގަންނަވާ ވަރަށް ބޮޑު އުފާފުޅެއް ކަމުގައި ވަނީ ފާހަގަކުރައްވާފައެވެ. ހަމައެހެންމެ އެމަނިކުފާނާ އެކު...

ޔުމްނާ ޢަލީ
ގެފުޅާ އިރާ ސީދާވުމުގެ ނާދިރު ފަލަކީ ހާދިސާއެއް ހިނގައިފި

ގެފުޅާ އިރާ ސީދާވުމުގެ ނާދިރު ފަލަކީ ހާދިސާއެއް ހިނގައިފި

މާތްވެގެންވާ މައްކާގެ އުޑުމަތިން އަންގާރަ ދުވަހު އިރު ސީދާ ކައުބަތުﷲ ގެފުޅާ ދިމާލަށް އެރި މަންޒަރު ފެނިގެން ގޮސްފިއެވެ.   މިއީ ގިބުލައިގެ މިސްރާބު ދެނެގަތުމަށް ބޭނުންކުރާ ނާދިރު ފަލަކީ ހާދިސާއެކެވެ. މި ހާދިސާ ހިނގާފައިވަނީ މައްކާ ގަޑިން މެންދުރު 12:18 ގައެވެ. ޖިއްދާ އެސްޓްރޮނޮމީ ސޮސައިޓީގެ ޑައިރެކްޓަރު އިންޖިނިއަރު މާޖިދު އަބޫ ޒަހްރާ ވިދާޅުވި ގޮތުގައި، އިރު ގެފުޅާ އެންމެ ބޮޑަށް ކައިރިވެފައިވަނީ 89.94 ޑިގްރީގެ އުސްމިނެއްގައެވެ. މިއީ ފުރިހަމަ އަށް ސީދާވުމަށްވުރެ އެންމެ 0.06 […]

ނާޒިމާ އަލީ
ނިކަމެތި ހާލުގައި ތިބި މުސްލިމުންގެ ހަނދާންކޮށް، އިސްލާމީ މިންގަނޑުތަކުގެ ތެރޭގައި ޢީދު ފާހަގަކުރުމަށް ގޮވާލައިފި

ނިކަމެތި ހާލުގައި ތިބި މުސްލިމުންގެ ހަނދާންކޮށް، އިސްލާމީ މިންގަނޑުތަކުގެ ތެރޭގައި ޢީދު ފާހަގަކުރުމަށް ގޮވާލައިފި

އަޅުގަނޑުމެން އަމާންވެއްޓެއްގައި އުފަލާއެކު ޢީދު ފާހަގަކުރަމުންދާއިރު، އިސްލާމީ އުންމަތުގެ އެތައް ބަޔަކު ނުހަނު ނިކަމެތި ހާލުގައި ތިބިކަން ހަނދާން ނައްތާލައިގެން ނުވާނެ ކަމަށް މިއަދުގެ ޢީދު ޚުޠުބާގައި ބުނެފިއެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު ބޭއްވި ބޮޑު ޖަމާޢަތުގެ ޢީދު ނަމާދަށްފަހު ދިން ޚުޠުބާގައި ބުނީ، ޢީދަކީ މުޅި އިސްލާމީ އުންމަތް އެކަމުގެ އުފަލުގައި ބައިވެރިވާންޖެހޭ ދުވަހެއް ކަމަށެވެ. އެގޮތުން ރާއްޖޭގެ އެކިއެކި ސިނާޢަތްތަކުގައި މަސައްކަތްކުރާ ބިދޭސީ މުސްލިމް އަޚުންނާއި އުޚުތުންނަށް ޢ...

ޔުމްނާ ޢަލީ
ޢީދުކުޅިވަރުގެ ނަމުގައި އިސްލާމްދީނުގެ ސަޤާފަތާ ޚިލާފު ކަންކަމުން އެއްކިބާވާން ޢަޒުމް ކަނޑައަޅަން ޖެހޭނެ: ޝަހީމް

ޢީދުކުޅިވަރުގެ ނަމުގައި އިސްލާމްދީނުގެ ސަޤާފަތާ ޚިލާފު ކަންކަމުން އެއްކިބާވާން ޢަޒުމް ކަނޑައަޅަން ޖެހޭނެ: ޝަހީމް

ޢީދުކުޅިވަރުގެ ނަމުގައި އިސްލާމްދީނުގެ ސަޤާފަތާ ޚިލާފު ކަންކަމުން އެއްކިބާވާން ޢަޒުމް ކަނޑައަޅަން ޖެހޭނެކަމަށް އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިއަދު ފަތިހު ވިދާޅުވެއްޖެއެވެ. މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވަޒީރު ޝަހީމް ވިދާޅުވީ، އިސްލާމީ އުންމަތުގެ އެންމެ މަތިވެރި އަޅުކަން ކަމުގައިވާ ޙައްޖުގެ މަތިވެރި މަޝާޢިރުތަކުގައި މުސްލިމުން ﷲ އަށް ތަލްބިޔާކިޔަމުންދާ މި ދަނޑިވަޅުގައި، ޢީދު ކުޅިވަރު ކުޅުމުގެ ތެރޭގައި މިކަންކަން ހިތަށް ގެނެސްގަތުން މުހިންމު...

ޔުމްނާ ޢަލީ
1.6 ހައްޖާޖީން ޢަރަފާތުގެ އަޅުކަމަށްފަހު މުޒްދަލިފާއަށް

1.6 ހައްޖާޖީން ޢަރަފާތުގެ އަޅުކަމަށްފަހު މުޒްދަލިފާއަށް

މިއަހަރުގެ ބަރަކާތްތެރި ޙައްޖުގެ އަޅުކަމުގައި ބައިވެރިވާ 1.6 މިލިއަނަށްވުރެ ގިނަ ޙައްޖުވެރިން، ޙައްޖުގެ އެންމެ މުހިންމު ރުކުން ކަމުގައިވާ ޢަރަފާތް ބިމުގައި މަޑުކުރުން ނުވަތަ ވުޤޫފްގެ އަޅުކަން މިއަދު ނިންމުމަށްފަހު މުޒްދަލިފާ އަށް ދާންފަށައިފިއެވެ. އިރުއެރުމާއެކު މިނާގެ ފޭލިގެ ސިޓީން ޢަރަފާތް ބިމަށް ޙައްޖުވެރިން ޖަމާވާން ފަށާފައިވަނީ ތަލްބިޔާގެ މަތިވެރި އަޑުން މުޅި ސަރަހައްދު ގުގުމާލަމުންނެވެ. ޢަރަފާތް ބިމުގައި ހުންނަ މަސްޖިދު ނަމިރާގައި މިއަހަރުގެ ޢަރަފާތް ޚުޠުބާ ދެއްވީ މަސްޖިދުއް ނަބަވީގެ އިމާމ...

ނާޒިމާ އަލީ
ކާމިޔާބީއާއި ﷲގެ އެހީތެރިކަން ލިބުމުގެ އަސާސަކީ ތަޤުވާވެރިކަން: ޙައްޖު ޚުޠުބާ

ކާމިޔާބީއާއި ﷲގެ އެހީތެރިކަން ލިބުމުގެ އަސާސަކީ ތަޤުވާވެރިކަން: ޙައްޖު ޚުޠުބާ

އިންސާނާގެ ދިރިއުޅުމުގެ މަޤްޞަދަކީ ﷲ ސުބުޙާނަހޫ ވަތަޢާލާއަށް އަޅުކަންކުރުމެވެ. މި ދަތުރުގައި ދުނިޔެއާއި އާޚިރަތުގެ ބާއްޖަވެރިކަން ހޯދުމަށް އޮތް އެންމެ ވަރުގަދަ ވަސީލަތަކީ ތަޤުވާވެރިކަމެވެ. 1447 ވަނަ އަހަރުގެ ޢަރަފާތް ދުވަހު، މަސްޖިދުއް ނަމިރާގައި ފަޟީލަތުއްޝައިޚް ޢަލީ އަލްޙުޛައިފީ ދެއްވި ޚުޠުބާގައިވެސް އެންމެ ބޮޑަށް ބާރުއެޅުއްވީ މި މުހިންމު އަސާސުގެ މައްޗަށެވެ. ތަޤުވާވެރިކަމަކީ ހަމައެކަނި ހިތުގެ އިޙްސާސެއް ނޫނެވެ. އެއީ ޢަމަލީ ގޮތުން ﷲގެ އަމުރުފުޅުތަކަށް ކިޔަމަންވެ، ނަހީކުރެއްވި ކަންކަމުން ދުރުހެ...

ޔުމްނާ ޢަލީ