ބައިނަލްއަގުވާމީ ޖިންސީ އަނިޔާ ކުރާ ފަރާތްތަކުގެ ބްލެކްލިސްޓަށް އދ. އިން އިސްރާއީލު އިތުރުކޮށްފި ހަނގުރާމަތަކާއި ހަމަނުޖެހުންތަކުގައި ޖިންސީ އަނިޔާ ހިންގާ ފަރާތްތަކުގެ އދ. ގެ އަހަރީ ބްލެކްލިސްޓަށް އިސްރާއީލުގެ ދައުލަތުގެ އިދާރާތައް ރަސްމީކޮށް އިތުރުކޮށްފިއެވެ. އދ. ގެ ސެކްރެޓަރީ ޖެނެރަލް އެކުލަވާލެއްވި މި ރިޕޯޓުގައި ވަކިން ހާއްސަކޮށް އިސްރާއީލުގެ ޕްރިޒަން ސާވިސް ހިމަނާފައިވާއިރު، އެ ގައުމުގެ އެހެން ބައެއް އިދާރާތައް ވެސް މިހާރު ވަނީ މޮނިޓަރިންގެ ދަށަށް ގެނެސްފައެވެ. މި ނިންމުމަކީ ފަލަސްތީނުގެ ހައްޔަރު ކުރެވިފައިވާ މީހުންނަށް ޖަލުތަކާއި، އަސްކަރީ މަރުކަޒުތަކުގައި ޖިންސީ ގޯނާ އާއި އަނިޔާ ކުރާ... ނާޒިމާ އަލީ · 5 މަސް ކުރިން
ރާއްޖެ ފުވައްމުލަކުގައި ހިންގާ ޑްތަގް ކެފޭއެއް ބަންދުކުރަން ކޯޓުން އަމުރުކޮށްފި ފުވައްމުލައް ސިޓީގައި ކެފޭ އުސޫލުން މަސްތުވާތަކެތީގެ ހިދުމަތް ދެމުންދާކަމުގެ ތުހުމަތުގައި، އެ ސިޓީގެ ގެއެއްގެ ބައެއް ބަންދުކުރުމަށް ފުވައްމުލައް މެޖިސްޓްރޭޓް ކޯޓުން އަމުރުކޮށްފިއެވެ. ފުލުހުންގެ ޚިދުމަތުން ހާމަކޮށްފައިވާ ގޮތުގައި، މި އަމުރު ނެރެފައިވަނީ ޏ. ފުވައްމުލައް، ފުނާޑު. ގުލިސްތާނުގޭގައި މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތް ދިނުމަށް ހަދާފައިވާ ބައި ބަންދުކުރުމަށެވެ. އެ ތަނަކީ މަސްތުވާތަކެތި އެތެރެކޮށް، އެ ތަކެތި ވިއްކައި ވިޔަފާރިކޮށް، އަދި ކެފޭ އުސޫލުން މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދު... ޔުމްނާ ޢަލީ · 5 މަސް ކުރިން
ބައިނަލްއަގުވާމީ އިންޑިއާއަށް ދާ މީހުން ސެލްފް ޑެކްލަރޭޝަން ފޯމް ހުށަހަޅަންޖެހޭ އިންޑިއާއަށް ދަތުރުކުރާ ހުރިހާ ފަރާތްތަކުން ސެލްފް ޑެކްލަރޭޝަން ފޯމް (އެސްޑީއެފް) ފުރަންޖެހޭ ގޮތަށް އެ ގައުމުގެ ޑައިރެކްޓަރޭޓް ޖެނެރަލް އޮފް ސިވިލް އޭވިއޭޝަން (ޑީޖީސީއޭ) އިން ނިންމައިފިއެވެ. މި ނިންމުމާ ގުޅިގެން ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަން އިން ވަނީ އިންޑިއާއަށް ދަތުރުކުރާ ފަސިންޖަރުން މިކަމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ. މޯލްޑިވިއަން އިން ބުނި ގޮތުގައި، މި ފޯމު އެ އެއާލައިންގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ. ފަސިންޖަރުން މި ފޯމު ފުރުމަށްފަހު ހުށަހަޅަންޖެހޭނީ އިންޑިއާއަށް ގ... އަޙްމަދު ވަހީދު · 5 މަސް ކުރިން
ކޮލަމް ''މުދަލަކީ އެހެންމީހުންގެ ޙައްޤުތައްވެސް އެކުލެވޭ ﷲގެ އަމަނާތެއް'' މުދަލަކީ އަހަރެމެންނާ ޙަވާލުކުރެވިފައިވާ އަމާނާތަކަށްވީ ހިނދު، އޭގައި އެހެން މީހުންގެ ޙައްޤުތަކެއް ވެސް ﷲ سبحانه وتعالى ލައްވައިފައިވާފައިވާކަން މިއަދު ރާއްޖޭގެ މިސްކިތްތަކުގައި ދިން ހުކުރު ޚުޠުބާގައި ހަނދާންކޮށްދީފިއެވެ. “ހޭދަކުރުމުގައި އިޤުތިޞާދުކުރުން” މި މައުޟޫއަށް ގެނެސްދިން ޚުޠުބާގައި ވަނީ މުދާ ހޯދުމާއި ހޭދަކުރުމުގައި ޝަރުޢީ މިންގަނޑުތަކަށް ރިޢާޔަތްކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލާފައެވެ. ޚުޠުބާގައި ބުނެފައިވާ ގޮތުގައި މުދާ ހޯދާއިރު ޚިޔާނާތްތެރިވުމާއި، ފޭރުމާއި، ވައްކަންކުރުމާއ... ޔުމްނާ ޢަލީ · 5 މަސް ކުރިން
ބައިނަލްއަގުވާމީ އެމެރިކާއާއެކު އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް ދެކެވޭ ވާހަކަތައް އީރާނުން ދޮގުކޮށްފި އެމެރިކާއާއި އީރާނާ ދެމެދު އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް ބޭރުގެ މީޑިއާތަކުން ފަތުރަމުންދާ ޚަބަރުތައް އީރާނުގެ ދައުލަތުގެ މީޑިއާއިން ރަސްމީކޮށް ދޮގުކޮށްފިއެވެ. ތެހެރާނުން މިކަން ދޮގުކުރުމަކީ މަޝްވަރާތަކުގެ އެންމެ ފަހު މަރުހަލާގައި ހުރި ނާޒުކުކަން ހާމަކޮށްދޭ ކަމެއްގެ ގޮތުގައި މުހައްލިލުން ދެކެއެވެ. ޑިޕްލޮމެޓިކް ދާއިރާގެ މާހިރުން ފާހަގަކުރާ ގޮތުގައި، ހުރިހާ ކަމަކަށް އެއްބަސްނުވެވެނީސް އެއްވެސް ކަމަކަށް އެއްބަސްވެވުނު ކަމަށް ނުބެލެވޭނެއެވެ. އީރާނުން މި ޚަބަރުތައް ދޮގުކުރަނީ މަޝްވަރާގެ މޭޒުމަތ... ނާޒިމާ އަލީ · 5 މަސް ކުރިން
ރާއްޖެ ޢީދު ފާހަގަކުރަންވާނީ އިސްލާމީ ސަޤާފަތާއި ޚިލާފުނުވާ ގޮތުގެ މަތިންކަން ހަނދާންކުރަންވާނެ: ޝަހީމް ޢީދު ފާހަގަކުރުމުގެ ހަރަކާތްތައް ކުރިއަށް ގެންދަންވާނީ އިސްލާމީ ސަޤާފަތާއި އުޞޫލުތަކާ ޚިލާފުނުވާ ގޮތުގެ މަތިންކަން މުސްލިމުން ހަނދާންކުރަންވާނެ ކަމަށް އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިއަދު ވިދާޅުވެއްޖެއެވެ. މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވަޒީރު ޝަހީމް ވިދާޅުވީ، ޢަޟްޙާ ޢީދަކީ އިސްލާމީ އުންމަތަށް މާތްﷲ ދަރުމަކުރެއްވި މަތިވެރި ޢީދެއް ކަމަށެވެ. އަދި ޙައްޖުގެ އަޅުކަމާ ގުޅިގެން ޙައްޖުވެރިން ތަލްބިޔާ ކިޔައި، ﷲ އެއްކައުވަންތަކޮށް އެކަލާނގެ ޝިޢާރުތައް... ޔުމްނާ ޢަލީ · 5 މަސް ކުރިން
ރާއްޖެ ތެޔޮބައުޒަރަކާ ސައިކަލެއް ޖެހި އެކްސިޑެން ހިނގައި އަނިޔާވި މީހަކަށް ފަރުވާދެނީ ހުޅުމާލޭގައި ތެޔޮބައުޒަރަކާ ސައިކަލެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، އަނިޔާވި މީހަކަށް ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ. ފުލުހުންގެ އިދާރާއިން މައުލޫމާތު ދީފައިވާ ގޮތުގައި، މި އެކްސިޑެންޓް ހިނގާފައިވަނީ ހުޅުމާލެ ނިރޮޅުމަގު ހަތްތަރި މާޓް ކައިރިންނެވެ. މި ހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ 2026 މެއި 28 ވަނަ ދުވަހުގެ ރޭ 22:21 އެހައިކަންހާއިރު ކަމަށް ފުލުހުން ބުނެއެވެ. މި އެކްސިޑެންޓުގައި ވަނީ 30 އަހަރުގެ ދިވެހި ފިރިހެނަކަށް އަނިޔާވެފައެވެ. އޭނާއަށް ލިބުނު އަނިޔާތަކަށް ފަރުވ... ޔުމްނާ ޢަލީ · 5 މަސް ކުރިން
މަޖިލިސް ނާޒިމްގެ އިތުބާރުގެ މައްސަލަ އާދީއްތަ ދުވަހަށް ތާވަލުކޮށްފި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުގެ މަގާމުން ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް ވަކިކުރުމަށް އޭނާގެ މައްޗަށް ހުށަހަޅާފައިވާ އިތުބާރުގެ މައްސަލަ ކުރިއަށްގެންދާ ޖަލްސާ އަންނަ އާދީއްތަ ދުވަހަށް ތާވާލުކޮށްފިއެވެ. މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން ނާޒިމް ދުރުކުރަން މަޖިލީހަށް ހުށަހެޅުމަށް ސަރުކާރު ހިންގާ ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުން ފާސްކުރީ މެއި 13 ވަނަ ދުވަހުއެވެ. އަދި އެދުވަހު ވަނީ އެ މައްސަލަ ވެއްދުމުގެ ގަރާރަށް ބޭނުންވާ ސޮއިވެސް ހަމަކޮށްފައެވެ. އެއަށްފަހު ޖެހިގެން އައި މެއި... ޔުމްނާ ޢަލީ · 5 މަސް ކުރިން
ބައިނަލްއަގުވާމީ ރައްދުގައި ކުވެއިތުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަކަށް އީރާނުން ހަމަލާދީފި ކުވެއިތުގައި ގާއިމުކޮށްފައިވާ އެމެރިކާގެ ވައިގެ ސަފުތަކަށް އަމާޒުކޮށް މިސައިލާއި ޑްރޯން ހަމަލާތަކެއް ދީފައިވާ ކަމަށް އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) އިން ބުނެފިއެވެ. މި ކުރިމަތިލުންތައް ފެށިފައިވަނީ 28 މެއި 2026 ވާ ބުރާސްފަތި ދުވަހުގެ ފަތިހުގެ ވަގުތެއްގައި އެމެރިކާއިން އީރާނުގެ ބަނދަރު އައްބާސްގައި ހުންނަ އަސްކަރީ މަރުކަޒުތަކަށް ހަމަލާދީ، ސަރަހައްދު މޮނިޓަރ ކުރަން އަރުވާފައިވާ ހަތަރު ޑްރޯން ވައްޓާލުމާއި ގުޅިގެންނެވެ. އަދި އެއީ ރައްދު ހަމަލާއެއްކަމަށް ބުނެ އެމެރިކާއި... ނާޒިމާ އަލީ · 5 މަސް ކުރިން
ރާއްޖެ މާލޭގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި މާލޭގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގެން ސިފައިން ހަރަކާތްތެރިވާން ފަށައިފިއެވެ. އެމްއެންޑީއެފުން ބުނި ގޮތުގައި އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ މ.ކާނިމާގެ، 4ވަނަ ފަންގިފިލާގައެވެ. މި އަލިފާނުގެ ހާދިސާއެއް ހިނގައިގެން، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްްއިން ހަރަކާތްތެރިވަމުން އަންނަކަމަށް އެމްއެންޑީއެފުން ބުންޏެވެ. ހަވީރު 16:50 ހާއިރު މި ހާދިސާ ހިނގައިގެން އެކަމުގެ ރިޕޯޓް އެމްއެންޑީއެފަށް ލިބިފައިވާއިރު، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސް އިން ވަނީ 17:27 ހާއިރު އެ އަ... ޔުމްނާ ޢަލީ · 5 މަސް ކުރިން
ތިލަދުންމަތީ ޚަބަރު 'ވިޒިޓް ފޯކައިދޫ' އިފްތިތާހުކުރުމަށް އިންޑިއާގެ ލަވަކިޔުންތެރިޔާ ވިބޫތީ ޝަރުމާ ފޯކައިދޫ އަށް ށ. ފޯކައިދޫގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް ކުރިއަށްގެންދާ ‘ވިޒިޓް ފޯކައިދޫ’ ކެމްޕޭން ރަސްމީކޮށް އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގެ ޝަރަފުވެރިއެއްގެ ގޮތުގައި ބައިވެރިވުމަށް އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ވިބޫތީ ޝަރުމާ ފޯކައިދޫ އަށް ޒިޔާރަތްކޮށްފިއެވެ. ވިޒިޓް ފޯކައިދޫ ވެބްސައިޓްގައި ބުނެފައިވާ ގޮތުން މި ރަސްމިއްޔާތު ބޭއްވުމަށް ތާވަލުކޮށްފައިވަނީ މިއަދެވެ. ވިބޫތީ ޝަރުމާ ފޯކައިދޫ އަށް އައުމުން ދިވެހި ވަންތަ ހޫނު ނަރުޙަބާއެއް ކިޔާފައިވާއިރު، އޭނާ އަށް ފޯކައިދޫން ފުރަތަމަ މަރުޙަބާ ކިޔާފައި ވ... ޔުމްނާ ޢަލީ · 5 މަސް ކުރިން
ބައިނަލްއަގުވާމީ އިންޑިއާގެ މުސްލިމުންނަށް މަގުމަތީގައި އީދު ނަމާދުކުރުން މަނާކުރުމުން ބިރުވެރިކަމެއްގެ ތެރޭގައި އިންޑިއާގެ އުއްތަރަ ޕްރަދޭޝް އާއި އެހެނިހެން ބައެއް ސްޓޭޓްތަކުގައި އާންމު ތަންތަނާއި މަގުމަތީގައި އީދު ނަމާދުކުރުން މަނާކޮށް، ފުލުހުންގެ ހަރުކަށި ފިޔަވަޅުތަކެއް އެޅުމާ ގުޅިގެން އެ ގައުމުގެ މުސްލިމުންގެ މެދުގައި ބޮޑު ބިރުވެރިކަމެއް އުފެދުނެވެ. އެހެންވެ، މި އަހަރުގެ އަޟްހާ އީދާ ދިމާކޮށް، މިސްކިތްތަކުގެ މެނޭޖްމަންޓް ކޮމިޓީތަކުން ވަނީ ނަމާދަށްފަހު އަވަހަށް މީހުން ފޮނުވާލުމަށާއި، މަގުމައްޗަށް މީހުން ނުނިކުތުމަށް އިރުޝާދު ދީފައެވެ. އުއްތަރަ ޕްރަދޭޝްގެ ޗީފް މިނިސްޓަރު ޔޯގީ އަދިތްޔަނާތު ވަނީ މަގުމަތީގައ... ނާޒިމާ އަލީ · 5 މަސް ކުރިން
ރާއްޖެ ނޭޕާލާއި އަޒަރުބައިޖާންގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް މުޢިއްޒުގެ ތަހުނިޔާ ނޭޕާލާއި އަޒަރުބައިޖާންގެ މިނިވަން ދުވަހުގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އެ ޤައުމުތަކުގެ ވެރިންނަށް ތަހުނިޔާ އާއި ހެޔޮއެދުންތައް ފޮނުއްވައިފިއެވެ. އަޒަރުބައިޖާންގެ މިނިވަން ދުވަހުގެ ތަހުނިޔާ އަޒަރުބައިޖާންގެ މިނިވަން ދުވަހުގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ޤައުމުގެ ރައީސް އިލްހާމް ހައިދަރު އޮގްލޫ އަލިޔެވް އަދި ބޮޑުވަޒީރު ޢަލީ ހިދާޔަތު އޮގްލޫ އަސަދޮވް އަށް ވަކިވަކިން ސިޓީފުޅު ފޮނުއްވާފައެވެ. ރައީސް އަލިޔެވް އަށް ފޮނުއްވި ސިޓީފުޅުގައި، ދެ ޤައުމުގެ ދެމ... ޔުމްނާ ޢަލީ · 5 މަސް ކުރިން
ބައިނަލްއަގުވާމީ ބަނގުލަދޭޝްގެ 'ޓްރަމްޕް' ގެރި އީދުގައި ފަހުވަގުތު ގުރުބާން ނުކުރެވުނު ބަންގްލަދޭޝްގައި އާދަޔާ ހިލާފު ހުދު ކުލައެއް ހުރުމުގެ ސަބަބުންނާއި، ބޮލުގައި އިންނަ ރަންކުލައިގެ އިސްތަށިގަނޑެއްގެ ސަބަބުން “ޑޮނަލްޑް ޓްރަމްޕް” ގެ ނަމުން މަޝްހޫރުވި ގެރި، އީދު ގުރުބާންނުކޮށް ދޫކޮށްލައިފިއެވެ. މި ނިންމުން ނިންމާފައިވަނީ ސަރުކާރުގެ އެންމެ މަތީ ފަންތީގެ މުއައްސަސާތަކުން މެދުވެރިވެގެން ކަމަށް ހޯމް މިނިސްޓްރީގެ އޮފިޝަލަކު ބުދަ ދުވަހު ވަނީ ވިދާޅުވެފައެވެ. ބަރުދަނުގައި ގާތްގަނޑަކަށް 700 ކިލޯ ހުރި މި ގެރި، ބޮޑު އީދަށް ގުރުބާން ކުރުމަށްޓަކައި އޮތީ ވިއްކާލާފައެވެ. ނަމަވެސް، މި ޖަނަވާރަށް... ނާޒިމާ އަލީ · 5 މަސް ކުރިން
ބައިނަލްއަގުވާމީ ޔޫރަޕްގެ އެންމެ ނުރައްކާތެރި އެއް އަންހެންމީހާގެ މައްޗަށް 13 އަހަރުގެ ހުކުމެއް ޔޫރަޕްގައި އެންމެ ބޮޑަށް ހޯދަމުންދިޔަ އެންމެ ނުރައްކާތެރި އަންހެނުންގެ ތެރޭގައި ހިމެނޭ، ޖަރުމަނުގެ ވާތުފިޔައިގެ ހަނގުރާމަވެރި ގްރޫޕެއްގެ ކުރީގެ މެންބަރެއް ކަމަށްވާ ޑެނިއެލާ ކްލެޓޭ 13 އަހަރަށް ޖަލަށް ލުމަށް ޖަރުމަނުގެ ކޯޓަކުން ހުކުމްކޮށްފިއެވެ. އުމުރުން 67 އަހަރުގެ ކްލެޓޭގެ މައްޗަށް މި ހުކުމް އައީ ފިލައިގެން އުޅުނު ދުވަސްވަރު ހިންގާފައިވާ އެކި ކުށްތަކާ ގުޅިގެންނެވެ. ލޯވަރ ސެކްސަނީގެ ވާޑަން ސަރަހައްދީ ކޯޓުން ކްލެޓޭ ކުށްވެރިވާ ކަމަށް ނިންމާފައިވަނީ 1999 އާއި 2016 އާ ދެމެދު ހިންގާފައިވާ […] ޔުމްނާ ޢަލީ · 5 މަސް ކުރިން