‏މާލޭގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގެން ސިފައިން ހަރަކާތްތެރިވާން ފަށައިފިއެވެ.

އެމްއެންޑީއެފުން ބުނި ގޮތުގައި އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ މ.ކާނިމާގެ، 4ވަނަ ފަންގިފިލާގައެވެ.

Ad
rt

މި އަލިފާނުގެ ހާދިސާއެއް ހިނގައިގެން، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްްއިން ހަރަކާތްތެރިވަމުން އަންނަކަމަށް އެމްއެންޑީއެފުން ބުންޏެވެ.

ހަވީރު 16:50 ހާއިރު މި ހާދިސާ ހިނގައިގެން އެކަމުގެ ރިޕޯޓް އެމްއެންޑީއެފަށް ލިބިފައިވާއިރު، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސް އިން ވަނީ 17:27 ހާއިރު އެ އަލިފާން ނިއްވާލާފައެވެ.

އެމްއެންޑީއެފުން ބުނިގޮތުގައި މި ހާދިސާގައި އަލިފާން ރޯވެފައި ވަނީ އެ ފަންގިފިލާގެ އެޕާޓްމަންޓެއްގައި އޮތް ގޮދަނޑިއެއްގައެވެ.

މި ހާދިސާއާ ގުޅިގެން 4 މީހަކަށް އައިޖީއެމްއެޗްގައި ވަނީ ފަރުވާދީފައެވެ.