ރާއްޖެ ރައީސްގެ ހަށިކޮޅުގައި އަލިފާން ޖަހަން ބުނި މީހާ ހައްޔަރުކޮށްފި ޗެނަލް13 އިން ގެނެސްދިން “ރައްޔިތުންގެ އަޑު” ކިޔާ ޕްރޮގްރާމެއްގައި، ރައީސް ޞާލިޙްގެ ހަށިކޮޅުގައި އަލިފާން ޖަހަން ފެންނަ ކަމަށް ބުނިމީހާ ހައްޔަރު ކޮށްފިއެވެ. ޓެރަރިޒަމަށް ވާގި ދިން އެ މައްސަލާގައި އެމީހާ ހައްޔަރުކޮށްފައި ވަނީ ތ. ވިލުފުށިންނެވެ. ހައްޔަރުކޮށްފައި ވަނީ އެ ރަށު އިރުއައްސޭރި، މުހައްމަދު އިބްރާހިމެވެ. ޗެނަލް13 އިން ގެނެސްދިން “ރައްޔިތުންގެ އަޑު” ކިޔާ ޕްރޮގްރާމެއްގައި، މީހަކު ރައީސް ޞާލިޙްގެ ހަށިކޮޅުގައި އަލިފާން ޖަހަން ފެންނަ ކަމަށް ބުނީ މި ސަރުކާރުން އަމަލުކުރާ ގޮތާ ގުޅޭގޮތުން […] ޔުމްނާ ޢަލީ · 6 އަހަރު ކުރިން
ރާއްޖެ ރައީސްގެ ހަށިކޮޅުގައި ހުޅުޖެހުމަށް އާންމު ޓީވީއެއްގައި ގޮވާލި ގޮވާލުން ކުށްވެރި ކުރަން: ޤާސިމް ރައީސް ޞާލިޙްގެ ހަށިކޮޅުގައި ހުޅުޖެހުމަށް އާންމު ޓީވީއެއްގައި މީހަކު ގޮވާލި ގޮވާލުން ކުށްވެރި ކުރަށްވާ ކަމަށް މާމިގިލީދާއިރާގެ މެންބަރު، ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާޙީމް ވިދާޅުވެއްޖެއެވެ. ޤާސިމް މިހެން ވިދާޅުވީ ކުރަށްވާފައިވާ ޓުވީޓެއްގައި އެވެ. ޤާސިމް ވިދާޅުވީ ދިވެހި އެއްވެސް ރައްޔިތަކަށް އެއްވެސް ބޭނުމެއްގައި އެއްވެސް ބާވަތެއްގެ އަނިޔާއެއް ދިނުމަށް އެއްވެސް މީހަކު ގޮވައި ހިތްވަރުދީ ހަދައިގެން ނުވާނެ ކަމަށެވެ. އަދި ރައީސުލް ޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދުގެ ހަށިކޮޅުގައި ހުޅުޖެހުމަށް އ... އަލީ އާދިލް · 6 އަހަރު ކުރިން
ރާއްޖެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރުމަށް ދެ ބޭފުޅަކަށް ރުހުންދީފި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމަށް އައްޔަން ކުރުމަށް ދެ ބޭފުޅަކަށް ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލިސްއިން އިން މިއަދު ފާސްކޮށްފިއެވެ. އެ ބޭފުޅުންނަށް ރުހުން ދީފައިވަނީ މިއަދު ކުރިއަށްދާ މަޖިލިސްގެ 2020 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 33 ވަނަ ޖަލްސާގައެވެ. މި ޖަލްސާ ކުރިއަށް ގެންދަނީ އޯގަސްޓް 31 ވަނަ ދުވަހު ފެށި މަޖިލިސް ޖަލްސާގެ ބައެއްގެ ގޮތުގައިއެވެ. މި ދެބޭފުޅުންގެ ނަންފުޅަށް ވަކި ވަކިން ވޯޓަށް އަހާފައިވާއިރު ގާޒީ އަލީ ރަޝީދު ސުޕްރީމް […] ޝިއުނާ އާދަމް · 6 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު މިލަންދޫން ބިދޭސީއެއް ކޯވިޑަށް ޕޮޒިޓިވްވެއްޖެ ށ. މިލަންދޫއިން ހޯމް ކަރަންޓީނުގައި ހުރި ބިދޭސީއެއް ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ. މިލަންދޫ ސިއްހީ މަރުކަޒުން ބުނީ އެރަށުން ކޯވިޑަށް ޕޮޒިޓިވްވެފައި ވަނީ އެރަށުގެ ފާމަސީއެއްގައި މަސައްކަތްކުރާ ބިދޭސީއެއް ކަމަށެވެ. އެރަށުން ޕޮޒިޓިވްވެފައިވާ ބިދޭސީ މީހާއާއި އެއްވެސް މީހަކު ޑައިރެކްޓް ކޮންޓެކްޓްވެފައި ނުވާކަމަށް ވެސް މިލަންދޫ ސިއްޙީ މަރުކަޒުން ބުންޏެވެ. މީގެ ކުރިންވެސް އެރަށުން ކޯވިޑަށް ވަނީ މީހަކު ޕޮޒިޓިވްވެފައިއެވެ. އެފަހަރު ޕޮޒިޓިވްވެ، ބަލިން ފަސޭހަވެފައި ވަނީ ށ. ނަރުދޫ އަމާޒު ބޯޓުގެ ކޭހުގައ... ޝީޒާ މުހައްމަދު · 6 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ދިއްދޫން ބަޔަކު ކޯވިޑަށް ޕޮޒިޓިވްވެއްޖެ ހއ. ދިއްދޫގައި ހޯމް ކަރަންޓީނުގައި ތިބި ބަޔަކު ކޯވިޑް-19 އަށް ޕޮޒިޓިިވް ވެއްޖެއެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެރަށުން ވަނީ ހޯމް ކަރަންޓީނުގައި ތިބި 3 މީހަކު ކޯވިޑަށް ޕޮޒިޓިވް ވެފައެވެ. ދިއްދޫ ކައުންސިލުން ބުނީ ދިއްދޫގެ ފުލެޓް ނަންބަރު 155 ގައި ހޯމް ކަރަންޓީނުގައި ތިބި މީހުންގެ ތެރެއިން ބައެއް މީހުން ކޯވިޑް-19 ބައްޔަށް ޕޮޒިޓިވްވެފައިވާތީ އެކަން ރައްޔިތުންގެ ސަމާލުކަމަށް ގެންނަކަމަށެވެ. “ފުލެޓް ނަންބަރު 155 ގައި ހޯމް ކަރަންޓީނުގައި ތިއްބެވި ބޭފުޅުންގެ ތެރެއިން ބޭފުޅަކާއި […] ޔުމްނާ ޢަލީ · 6 އަހަރު ކުރިން
ރާއްޖެ ގެސްޓުހައުސްތަކަށް އަންނަ ފަތުރުވެރިން އަނބުރާ ދާއިރު ޕީސީއާރު ޓެސްޓެއްގެ ނެގެޓިވް ނަތީޖާ އޮންނަންޖެހޭ މާލެ ސަރަހައްދު ފިޔަވާ ރާއްޖޭގެ އެހެން ހިސާބުތަކުގެ ގެސްޓް ހައުސްތައް އަލުން ހުޅުވާލަން ހުއްދަ ދޭއިރު، އެ ގެސްޓް ހައުސްތަކަށް ޗުއްޓީއަށް އައިސް ފުރާ ފަތުރުވެރިންގެ އަތުގައި ކޯވިޑް ޕީސީއާރު ޓެސްޓެއްގެ ނެގެޓިވް ނަތީޖާ އޮންނަން ޖެހޭ ކަމަށް ޓޫރިޒަމް މިނިސްޓްރީއިން ބުނެފިއެވެ. ދައުލަތުގެ މީޑިއާ ޕީއެސްއެމްނިއުސްގެ “ރާއްޖެ މިއަދު” ޕްރޮގްރާމްގައި ރޭ ވާހަކަ ދައްކަވަނުން އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އައްސަދު ރިޒާ ވިދާޅުވީ އެ ނިންމުމަކީ ޑޮކްޓަރުންގެ އިރުޝާދާއިއެކު ނިންމަވާފައިވާ ނިންމެވުމެއްކަމަށެވެ... ޝިއުނާ އާދަމް · 6 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ޓޫރިޒަމް މިނިސްޓަރ ކުމުންދޫ ރައްޔިތުންނަށް: "ގަދަ، ސާބަސް" ކުމުންދޫ ރިވައިވަލް އިނިޝިއޭޓިވް (ކުރެވި) ޖަމްޢިއްޔާއާއި އެ ޖަމްޢިއްޔާގެ ދަށުން އުފެދިފައިވާ ޓީމެއްކަމުގައިވާ ޒީރު ސްޕޯޓްސް ކުލަބުގެ ފަރާތުން އެރަށު ކުޅީގައި ތަރައްޤީކުރި ނޭޗަރ ޕާރކް ރަސްމީކޮށް ހުޅުވުމާއި އެކު ޓޫރިޒަމް މިނިސްޓަރު ޢަބުދުﷲ މައުސޫމް ކުމުންދޫގެ ލޮބުވެތި ރައްޔިތުންނަށް ސާބަސް ދެއްވައިފި އެވެ. ޢަބުދުﷲ މައުސޫމް މިހެން ވިދާޅުވީ މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ ކުރެއްވި ޓުވީޓެއް ރިޓުވީޓް ކުރައްވަމުންނެވެ. ރާއީ ކުރެއްވި ޓުވިޓުގައި ވިދާޅުވެފައިވަނީ ކުރެވި ޖަމިއްޔާއިން ހިންގާ، ޒީރ... އަލީ އާދިލް · 6 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ގަދަ ކޮޅިގަނޑެއްގައި ނަރުދޫއަށް ގެއްލުންތަކެއް ރޭ މެންދަމުގެ ށ. ނަރުދޫއަށް އައި ގަދަ ކޮޅިގަނޑުގައި އެރަށުގެ އެންމެ ބޮޑު ދެ ނިކަ ގަސްވެއްޓި، ރައްޔިތުންގެ ގިނަ އަދަދެއްގެ ރުއްގަހަށް ގެއްލުން ވެއްޖެއެވެ. ނަރުދޫއަށް ރޭ އައި ކޮޅުގަނޑުގެ ވައި އެންމެ ގަދަވީ ރޭ މެންދަމު 1 ޖަހާކަށްހާއިރުއެވެ. ފަތިހު ފަހެއް ޖަހަންދެން އެރަށަށް ވަރަށް ގަދައަށް ވައި ޖެހުނެވެ. ރޭގެ ކޮޅިގަނޑުގައި ނަރުދޫގެ ރައްޔިތުންގެ ގިނަ ޢަދެއްގެ ގަސްގަހާ ގެއްސަށް ގެއްލުންވެ، އެތައް ގަހެއް ބިމާ ހަމަވެފައިވާ ކަމަށް ނަރުދޫ ކައުންސިލް މެންބަރު […] ޔުމްނާ ޢަލީ · 6 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ކުމުންދޫ "ވެހިސަރާ" ސަޅިކޮށްލާފައި ހުޅުވައިފި ކުމުންދޫ ރިވައިވަލް އިނިޝިއޭޓިވް (ކުރެވި) ޖަމްޢިއްޔާއާއި އެ ޖަމްޢިއްޔާގެ ދަށުން އުފެދިފައިވާ ޓީމެއްކަމުގައިވާ ޒީރު ސްޕޯޓްސް ކުލަބުގެ ފަރާތުން އެރަށު ކުޅީގައި ތަރައްޤީކުރި ނޭޗަރ ޕާރކް ރަސްމީކޮށް ހުޅުވައި ކައުންސިލާއި ހަވާލުކޮށްފި އެވެ. “ވެހިސަރާ” ނަމުގައި ހުޅުވި މި ހިތްގައިމު ޕާރކް ހުޅުވައިދެއްވީ އިއްޔެ ހަވީރު އެކަމަށްޓަކައި އެ ސަރަހައްދުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އަފީފުއްދީން ސްކޫލްގެ ޕްރިންސިޕަލް ނާސިހާ އިދުރީސް އެވެ. ޕާރކް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ނާސިހާ އިދުރީ... އިބްރާހިމް ޚަލީލް · 6 އަހަރު ކުރިން
ރިޕޯޓް ފަރު ފަސްގަނޑުން އުތީމު ބަދަހި ދަތުރު ”ފަރު ފަސްގަނޑު އުތީމު ބަދަހި ދަތުރު” އަކީ އެއްގޮތަށްވުރެ ގިނަ ގޮތްގޮތުން ޚާއްޞަ، ނަމޫނާ ދަތުރެކެވެ. ހއ. އުތީމުގެ އުމުރުން 35 އަހަރުން މަތީގެ ފަންސާހަކަށް ފިރިހެނުން އެކުވެ، އިއްޔެ ކުރި މިދަތުރަކީ އެހެން ރަށްތަކުގެ މި އުމުރުފުރާގެ މީހުންވެސް ނަމޫނާއަކަށް ބަލައި ތަޖުރިބާކޮށްލަން ރަނގަޅު ދަތުރެކެވެ. މި ދަތުރުން ލިބޭ މެސެޖު ބާރުގަދައެވެ. ދަތުރާއި މެދު ވިސްނުން ހިންގާލުމުން މި ފަދަ ދަތުރެއްގެ މުހިންމުކަމާއި، މި ފަދަ ދަތުރަކުން ހާސިލްވާނެ ބަދަހިކަމަކީ ވަރަށް މުހިންމު ކަންކަމެވެ. އެކަންކަން ވަޒަން […] ޙުސައިން ޝަހުދީ · 6 އަހަރު ކުރިން
ރާއްޖެ އޮރެންޖް އެލާޓް: ތިލަދުންމަތިން ކޮޅުމަޑުލަށް، 63 މޭލަށް ވައިގަދަވާނެ މޫސުން ވަރަށް ބޮޑަށް ގޯސްވެ، ހއ. އަތޮޅުން ފެށިގެން ތ އަތޮޅާއި ދެމެދުގެ ރަށްތަކަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް (މެޓް) އިން އޮރެންޖު އެލާޓު ނެރެފި އެވެ. އޮރެންޖް އެލާޓް ނެރެފައިވަނީ މިރޭ 02:00 އިން ފަތިހު 06:00 އާއި ހަމަ އަށެވެ. މެޓް އޮފީހުން ބުނެފައިވަނީ މިވަގުތު ތަކުގައި ގަޑިއަކު 34 މޭލާއި 40 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 63 މޭލަށް ވައިގަދަވެ ކަނޑުތައް ވަރަށް ގަދަވުން އެކަށީގެންވާ ކަމަށެވެ. މެޓް […] އިބްރާހިމް އަސްވާޤް · 6 އަހަރު ކުރިން
ރާއްޖެ މޯލްޑިވިއަނުން މެލޭޝިއާއަށް ކުރާ ޚާއްޞަ ދަތުރު ފަސްކޮށްފި މި ސެޕްޓެމްބަރު މަހުގެ 10 ގައި ގައުމީ އެއަރލައިން މޯލްޑިވިއަނުން މެލޭޝިއާއަށް ކުރަން ހަމަޖެހިފައި އޮތް ޚާއްޞަ ދަތުރު މިމަހުގެ 20 ވަނަ ދުވަހަށް ފަސްކޮށްފިއެވެ. މިބަދަލު ގެނެސްފައިވަނީ ގިނަ އަދަދެއްގެ ދަރިވަރުންގެ އެދުމުގެ މަތިން ކަމަށް މޯލްޑިވިއަނުން ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވެއެވެ. މި ޚާއްޞަ ދަތުރުގެ އެއްކޮޅު ޓިކެޓުގެ އަގެއްކަމަށް މޯލްޑިވިއަނުން ހަމަޖައްސާފައި ވަނީ 385 ޑޮލަރެވެ. https://twitter.com/MaldivianAero/status/1302167923440533504?s=19 މެލޭޝިއާގައި ދިވެހި ގިނަ ދަރިވަރުންތަކެެއް މަ... އަޙްމަދު ވަހީދު · 6 އަހަރު ކުރިން
ރާއްޖެ އެމްޖޭއޭގެ އިންތިޚާބު ބާއްވައިފި، ރައީސްއަކަށް ހަމްދޫން މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން، (އެމް.ޖޭ.އޭ) ގެ އައު ހިންގާ ކޮމެޓީ އިންތިޚާބުކޮށްފި އެވެ. މިއަދު ޒޫމް މެދުވެރިކޮށް އޮންލައިންކޮށް ކުރިއަށް ގެންދިޔަ އެމްޖޭއޭގެ ހާއްސަ ގޮތުން ބޭއްވި އާންމު ޖަލްސާގައި 130 ނޫސްވެރިން ބައިވެރިވި އެވެ. ޒޫމް މެދުވެރިކޮށް ބައްދަލުވުން ކުރިއަށް ގެންދިޔަ ނަމަވެސް ވޯޓު ނެގީ ޓެލެގްރާމް ގްރޫޕެއްގައި ޕޯލް ހުޅުވައިގެންނެވެ. މި ޖަލްސާއަށް 4 ގަޑިއިރު ހޭދަވިކަމަށް އެ ޖައްމިއްޔާއިން ބުނެފައިވެއެވެ. ރައީސް: މުޙައްމަދު ހަމްދޫން ނައިބު ރައީސް: އަލީ ރިފްޝާން ހިންގާ ސެކްރެޓަރީ: […] ޝިއުނާ އާދަމް · 6 އަހަރު ކުރިން
ރާއްޖެ އައިސޮލޭޝަނަށް ގެންދާ ބައެއް މީހުންގެ އަމަލުތައް ބަހައްޓާ ގޮތާއިމެދު ކަންބޮޑުވުން އައިސޮލޭޝަނަށް ފެސިލިޓީތަކަށް ގެންދާ ބައެއް މީހުން، އެ ފެސިލިޓީތަކުގެ ތަކެއްޗަށް ގެއްލުންދީ އަމަލުތައް ބަހައްޓާ ގޮތުން ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަަރު (އެޗްއީއޯސީ) އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ. އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާން ޑރ. ފާތުމަތު ނަޒްލާ ރަފީޤު މިރޭ ވިދާޅުވީ އައިސޮލޭޝަން ފެސިލިޓީތަކުގައި ތިބޭ ބައެއް މީހުން އެތަންތަން ދޫކޮށްފައި ދާއިރު، އެކި ކަހަލަ ގެއްލުންތައް ދީފައި ހުންނަކަން ފަހަކަށް އައިސް ފާހަގަ ކުރެވިފައިވާކަމަށެވެ. ޑރ. ނަޒްލާ... ޔުމްނާ ޢަލީ · 6 އަހަރު ކުރިން
ރާއްޖެ ޔުނިވާސަލްއިން 10،000 ޓެސްޓު ކިޓް ހަދިޔާކޮށްފި ޔުނިވަރސަލް އެންޓަޕްރައިސަސް އިން 10،000 ޓެސްޓް ކިޓް ހަދިޔާކޮށްފިއެވެ. ކޯވިޑް-19 ބައްޔާއި ދެކޮޅަށް ރާއްޖެއިން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ލެބޯޓްރީ ޓެސްޓުކުރުން އިތުރަށް ހަރުދަނާކުރުމުގެ މަސައްކަތަށް އެހީތެރިވުމުގެގޮތުން ޔުނިވާސަލް އިން މީގެކުރިން ވެސް ވަނީ ހެލްތު މިނިސްޓްރީ އަށް 20،000 ޓެސްޓު ކިޓް ހަދިޔާކޮށްފައެވެ. ރާއްޖެއިން ކޯވިޑް-19 ބައްޔާއި ދެކޮޅަކަށް ކުރަމުންދާ މަސައްކަތްތަކަށް ދުނިޔޭގެ އެކި ޤައުމުތަކާއި ޖަމްޢިއްޔާތަކުންނާއި އަމިއްލަ ކުންފުނިތަކުން އަންނަނީ ފަންނީ އެހީތެރިކަމުގ... ޝިއުނާ އާދަމް · 6 އަހަރު ކުރިން