މައި ޚަބަރަށް ދިޔުމަށް

ތިލަދުންގެ އަރުޝީފުން ހޯދުން

ފަހުގެ ހޯދުންތައް:
އޭދަފުށީ މަގު ތަކުގައި ތާރު އަޅާ ނިމި، މަޝްރޫޢުގެ %87 މަސައްކަތް ނިމިއްޖެ: އެމްޓީސީސީ

އޭދަފުށީ މަގު ތަކުގައި ތާރު އަޅާ ނިމި، މަޝްރޫޢުގެ %87 މަސައްކަތް ނިމިއްޖެ: އެމްޓީސީސީ

ބ.އޭދަފުށީގައި ހަދަމުންދާ މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް ނިމި، އެ ރަށުގެ މަގުތައް ހެދުމުގެ މަޝްރޫޢުގެ %87 މަސައްކަތް ނިމިފައިވާ ކަމަށް އެ މަޝްރޫޢޫގެ މަސައްކަތް ކުރަމުން އަންނަ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ފަށައިފިއެވެ. އެމްޓީސީސީއިން ބުނީ ބ. އޭދަފުށީ މަގުތައް ހެދުމުގެ މަޝްރޫޢުގެ މަސައްކަތުގެ %87 ނިންމައި، މި މަޝްރޫޢުގެ ދަށުން މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް ވެސް މިހާރު ނިމިފައިވާ ކަމަށެވެ. މިހާރު މި މަޝްރޫޢުގެ ދަށުން ކުރިއަށް ދަނީ ފެން […]

އަޙްމަދު ވަހީދު
ތާށިވެފައިވާ އޮތް ތައުލީމުގެ ބިލަށް ޓީޗަރުންގެ ޖަމްޢިއްޔާގެ އިސްލާޙްތަކެއް

ތާށިވެފައިވާ އޮތް ތައުލީމުގެ ބިލަށް ޓީޗަރުންގެ ޖަމްޢިއްޔާގެ އިސްލާޙްތަކެއް

ރައްޔިތުންގެ މަޖިލިސްގައި މަސައްކަތް ނުނިމި ތާށިވެފައި އޮތް ތަޢުލީމުގެ ބިލަށް ޓީޗަރސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީއޭއެމް)އިން ގިނަ އިސްލާހްތަކެއް ހުށަހަޅައިފިއެވެ. ޓީއޭއެމް އިން ތައުލީމުގެ ބިލަށް އިސްލާޙްތަކެއް ހުށަހެޅުމާއިއެކު މިހާރު އޮތް ތަޢުލީމާއި ބެހޭ ޤާނޫނުގައި ހުރި، އެ ޖަމްޢިއްޔާއިން ކަންބޮޑުވާ މާއްދާތައް ފާހަގަކޮށް އެ މާއްދާތަކާއި ގުޅޭ އެޖަމްޢިއްޔާގެ ކަންބޮޑުވުންތަކާއި، ޚިޔާލުތައް ވެސް ހުށަހަޅާފައި ވެއެވެ. މިގޮތުން އެ ޖަމްޢިއްޔާއިން ތަޢުލީމުގެ ބިލުގައި ހިމެނުމަށް އެދިފައިވާ ބައެއް ނުކ...

ޔުމްނާ ޢަލީ
6 މަރާއެކު ކުޅުދުއްފުށީ ޖަމާއަތްތެރިންނަށް އަސަރުހުރި 2 ދުވަސް

6 މަރާއެކު ކުޅުދުއްފުށީ ޖަމާއަތްތެރިންނަށް އަސަރުހުރި 2 ދުވަސް

ވޭތުވި 2 ދުވަސް ވެފައި ވަނީ ކުޅުދުއްފުށީ ސިޓީގެ ޖަމާއަތްތެރިންނަށާއި، އެ ސިޓީގައި މަރުވާ މީހުން ވަޅުލުމުގައި ޝާމިލްވާ މީހުންނަށް އަސަރު ހުރި 2 ދުވަހެވެ. ވޭތުވި 48 ގަޑިއިރުގެ ތެރޭގައި ކުޅުދުއްފުށީ ސިޓީގައި މަރުވި މީހުން ވަޅުލުމުގެ އެންމެހާ ކަންކަން އެރަށުގެ ޖަމާއަތްތެރިންނާއި، ސަހަރާގައި މަސައްކަތްކުރާ މީހުން ވަނީ ހިތްދަތިކަން ހިތްތަކަށް ލިބުނު ނަމަވެސް ހިތްވަރާއިއެކު އެމީހުންގެ ވާޖިބު އަދާކޮށްފަ އެވެ. އާންމުގޮތެއްގައި މީހުން މަރުވާ ޢަދަދާއި ޚިލާފަށް ވޭތުވި 2 ދުވަހު އެ ސިޓީގައި ވަނީ […]

ހުސައިން ހަބީބް
މިއީ މަސައްކަތް ތެރިންނަށް ކަޅު ދުވަހެއް: އެމްއެޗްޕީޔޫ

މިއީ މަސައްކަތް ތެރިންނަށް ކަޅު ދުވަހެއް: އެމްއެޗްޕީޔޫ

ރައްޔިތުންގެ މަޖްލިސްއިން އިއްޔެ ވަޒީފާ އާއި ބެހޭ ގާނޫނަށް ގެނައި އިސްލާހުތަކާއި އެކު، އިއްޔެއަކީ މަސައްކަތް ތެރިންނަށް ކަޅު ދުވަހެއް ކަމަށް މޯލްޑިވްސް ހެލްތު ޕްރޮފެޝަނަލް ޔޫނިއަން (އެމްއެޗްޕީޔޫ) އިން ބުނެފިއެވެ. އެ ޖަމްޢިއްޔާއިން މިހެން ބުނެފައި ވަނީ އިއްޔެ އެ ޖަމްޢިއްޔާއިން ކޮށްފައިވާ ޓުވީޓެއްގައި އެވެ. އެމްއެޗްޕީޔޫއިން ބުނީ ރައްޔިތުންގެ މަޖްލިސްއިން، ވަޒީފާ އާއި ބެހޭ ގާނޫނަށް، ގެނައި އިސްލާހުތަކާއި އެކު، ޖޮބް ސެކިއުރިޓީ ގެއްލިގެންދާނެ ކަމަށެވެ. ” މިއީ، މަސައްކަތް ތެރިންނަށް ކަޅު ދުވަހެކެވެ. [...

އަލީ އާދިލް
ސަމާލުވޭ! މަކަރާއި ހީލަތުން ފައިސާ ހޯދަން، ފޭކް ޓްރާންސްފަރ ސްލިޕް ފޮނުވަނީ

ސަމާލުވޭ! މަކަރާއި ހީލަތުން ފައިސާ ހޯދަން، ފޭކް ޓްރާންސްފަރ ސްލިޕް ފޮނުވަނީ

ޑޮލަރު ހޯދައިދޭނަކަމަށް ބުނެ މަކަރާއި ހީލަތުން ފައިސާ ހޯދުމާއި ސައްހަނޫން ޓްރާންސްފަރ ސްލިފް ފޮނުވާ މައްސަލަތައް އިތުރުވަމުން އަންނާތީ މިކަމަށް އާންމުން ސަމާލުވެ ތިބުމަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން އެދިއްޖެ އެވެ. ފުލުހުންގެ ވެބްސައިޓުގައި ބުނެފައިވަނީ މިހާރަކަށް އައިސް، ޑޮލަރު ހޯދައިދޭނެކަމަށްބުނެ މަކަރާއި ހީލަތުން ފައިސާ ހޯދާ މައްސަލަތައް ހުށަހެޅޭ މިންވަރު އިތުރުވަމުންދާކަން ވަނީ ފާހަގަކުރެވެން ފަށާފައިކަމަށާއި މީގެ އިތުރުން އޮންލައިންކޮށް ވިޔަފާރިކޮށް، އޮންލައިން ޓްރާންސްފަރ ކުރުމަށްފަހު ނުބ...

ހުސައިން ހަބީބް
ލޮޓަސް ފިހާރައިން ރާއްޖޭގެ ކޮންމެ ދަރިވަރަކަށް ސެނިޓައިޒަރ ފުޅިޔެއް ދެނީ

ލޮޓަސް ފިހާރައިން ރާއްޖޭގެ ކޮންމެ ދަރިވަރަކަށް ސެނިޓައިޒަރ ފުޅިޔެއް ދެނީ

ލޮޓަސް ފިހާރައިން ރާއްޖޭގެ ހުރިހާ ސްކޫލް ދަރިވަރުންނަށް ހޭންޑް ސެނިޓައިޒަރ ފުޅިޔެއް ހިލޭ ދިނުމަށް ނިންމައިފި އެވެ. ލޮޓަސް ފިހާރައިގެ ޗެއާމަން އަހްމަދު އާރިފް މިއަދު ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ދަރިވަރުންނަށް ހޭންޑް ސެނިޓައިޒާ ދިނުމަށް އެކުންފުނިން ނިންމާފައިވާ ކަމަށެވެ. “ރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގެ ދަރިވަރުން (74،000 ކުދިންނަށް) ކޮންމެ ކުއްޖަކަށް ހޭންޑް ސެނިޓައިޒާ ފުޅިއެއް ދެނީ. އެކި ރަށްރަށަށް ފޮނުވުމުގެ މަސައްކަތް މި ހަފްތާގައި ފަށާނެ.” އާރިފް ކުރެއްވި ޓުވިޓުގަ...

އަލީ އާދިލް
ވަގަށް ނެގި 352،500 ރުފިޔާ ހޯދައިފި

ވަގަށް ނެގި 352،500 ރުފިޔާ ހޯދައިފި

ލ. ކަލައިދޫ ގެއަކުން ވަގަށް ނެގި 352،500 (ތިން ލައްކަ ފަންސާސް ދެ ހާސް ފަސްސަތޭކަ ރުފިޔާ) ރޭ ހޯދައިފި އެވެ. ފުލުހުންބުނެފައިވަނީ، ލ. ކަލައިދޫ ގެއަކުން ގިނަ އަދަދެއްގެ ފައިސާ ވަގަށް ނަގައިގެން އިއްޔެ ރިޕޯޓުކޮށްފައިވާ ކަމަށެވެ. އެ އަތޮޅު ގަމާއި އިސްދޫ ޕޮލިސް ސްޓޭޝަން އަދި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނުގައި ފައިސާތައް ހޯދާފައި ވަނީ ރަށުތެރޭގައި ވަޅުލާފައި ހުއްޓަ އެވެ. އެ ސަރަހައްދު ބަލައި ފާސްކުރިއިރު ތިން ލައްކަ ފަންސާސް ދެ ހާސް […]

ޔުމްނާ ޢަލީ
ހަނިމާދޫއިން ވެލިނަގާ މައްސަލަ ބޮޑު ވެއްޖެ

ހަނިމާދޫއިން ވެލިނަގާ މައްސަލަ ބޮޑު ވެއްޖެ

ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫއިން ވެލިނަގާމައްސަލަ ބޮޑުވެފައިވާކަމަށް ހަނިމާދޫ ކައުންސިލްގެ އިދާރާ އިން ބުނެފިއެވެ. އެކައުންސިލްގެ އިދާރާއިން އިއްޔެ ނެރުނު އިޢުލާނެއްގައި ބުނެފައިވަނީ މިހާރަކަށްއައިސް ރަށުގެ އެކި ސަރަޙައްދުތަކުން ވަޅުކޮނެގެން ވެލިނެގުން އާއްމުވެ ރަށުގެ އެކި މަގުތަކަށް ދަތިވެ ނުރައްކާވާގޮތަށް ރަށުގެ އެކި ސަރަޙައްދުތަކުން ވެލިނެގުން ވަރަށްބޮޑަށް އިތުރުވެފައިވާ ކަމަށެވެ. ވެލިނެގުމުގެ ސަބަބުން ލިބިދާނެ ގެއްލުމަކަށް ބެލުމެއްނެތި ބައެއްފަރާތްތަކުން ޢަމަލު ކުރަމުން ގެންދާތީ ރަށުގެ އ...

އަލީ އާދިލް
ޝިޕިންގ އެޖެންސީގެ ޚިދުމަތް ދިނުމާއިބެހޭ ގަވާއިދަށް ހިޔާލު ހޯދަނީ

ޝިޕިންގ އެޖެންސީގެ ޚިދުމަތް ދިނުމާއިބެހޭ ގަވާއިދަށް ހިޔާލު ހޯދަނީ

ޝިޕިންގ އެޖެންސީގެ ޚިދުމަތް ދިނުމާއިބެހޭ ގަވާއިދަށް ހިޔާލު ހޯދަން މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ ހުޅުވާލައިފި އެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ އިން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ ދިވެހިރާއްޖޭގައި ޝިޕިންގ އެޖެންސީގެ ޚިދުމަތް ދިނުމާބެހޭ ގަވާއިދުގެ 2020/R-52 އާއި ގުޅޭ ގޮތުން މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީގެ ބޯޑު މެންބަރުން ޝިޕިންގ އެޖެންޓުންނާއި ފޯވަރޑިންގ އެޖެންޓުނާއި ބައްދަލުކޮށް މަޝްވަރާ ކުރުމަށްޓަކައި ބާއްވާ ބައްދަލުވުމެއް 2020 ސެޕްޓެމްބަރު 10 ވަނަދުވަހު ބޭއްވުމަށް ހަމަޖެހިފަ...

އިބްރާހިމް އަސްވާޤް
ކޮރަޕްޝަންގެ ވާހަކަ ދައްކަން ލިޔާ ފަހު ލިޔުން!

ކޮރަޕްޝަންގެ ވާހަކަ ދައްކަން ލިޔާ ފަހު ލިޔުން!

މިލިޔެލަނީ ކޮރަޕްޝަންގެ ވާހަކަ ދައްކަން އަޅުގަޑު ލިޔާ ފަހު ލިޔުމަށް ހެދުމަށް ގަސްތުކޮށްފީމެވެ. ކޮރަޕްޝަންއާ ދެކޮޅަށް ކުރާ މަސައްކަތުގައި އަޅުގަޑަށް ބައިވެރިވެވުނީ، 2007 ވަނަ އަހަރު ގެ ތެރޭގައި، ޕޮއެޓްރީގެ ކަމެއްގައި އުޅުމުގެ ތެރޭގައި ޖާދުﷲ ދެއްވި ދައުވަތަކަށް، އަލިކިލެގެފާނު މަގުގައި ހުރި އިމާރާތެއް މަތީ ފަންގިފިލާއަކަށް އަރާ ބައިވެރިވި ބައްދަލުވުމެއްގައެވެ. ހަނދާންވާގޮތުގައި އެއީ ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ ފުރަތަމަ އިންތިޚާބެވެ. ނުވަތަ ފުރަތަމަ ބައްދަލުވުމެވެ. އެދުވަހުން ފެށިގެން މިއަދާ ހަމަ...

މުޙައްމަދު ޝިހާބް
ބޮޑުތަކުރުފާނު ހަނދާނީ މަރުކަޒު ތަރައްޤީ ކޮށްދޭނެ ފަރާތެއް ހޯދަނީ

ބޮޑުތަކުރުފާނު ހަނދާނީ މަރުކަޒު ތަރައްޤީ ކޮށްދޭނެ ފަރާތެއް ހޯދަނީ

ހއ. އުތީމުގައި ހުންނަ ބޮޑުތަކުރުފާނު ހަނދާނީ މަރުކަޒު ތަރައްޤީ ކޮށްދޭނެ ފަރާތެއް ހޯދަން ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން އިޢުލާން ކޮށްފި އެވެ. ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުންކުރި އިޢުލާންގައި ބުނެފައިވަނީ މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރި ދަފުތަރުގައި ރަޖިސްޓްރީ ކޮށްފައިވާ ހުރިހާ ފަރާތްތަކަށް މިފުރުޞަތު ހުޅުވާލާކަމަށެވެ. މަޢުލޫމާތު ސާފުކުރުން އޮންނާނީ 13 ސެޕްޓެމްބަރ 2020 ވާ އާދިއްތަ ދުވަހުގެ 11:30 ގައި ސަގާފީ ތަރިކަ ރައްކާތ...

އަލީ އާދިލް
ނަރުދޫ މަލަމަތިން ޒަމާންވީ "ބޮޑު ނިކަގަސް" ގެއްލިއްޖެ

ނަރުދޫ މަލަމަތިން ޒަމާންވީ "ބޮޑު ނިކަގަސް" ގެއްލިއްޖެ

އާދީއްތަ ވިލޭރޭ އައި ގަދަ ކޮޅިގަނޑެއްގައި ށ. ނަރުދޫގައި ހުރި ޒަމާންވީ، ބޮޑު ނިކަގަސް ވެއްޓުމަކީ ވެށި ދެކެ ލޯބިވާ މީހުންނަށް ފުން ހިތާމައެއް ގެނުވި ކަމެއްކަން ގައިމެވެ. މިދިޔަ އާދީއްތަ ވިލޭރޭ މެންދަމު އެކަކުން ފަތިހު ފަހަކާއި ދެމެދު ނަރުދޫއަށް ޖެހުނު ގަދަވައިގައި ވަނީ އެ ނިކަ ގަހުގެ އިތުރުން އެތައް އަނބުގަހަކާއި، ޖާފާނު ރުއްތަކާއި، ބިލެތް އުނި ތަކާއި އަދި މިނޫން ވެސް އެކި ކަހަލަ ގަސްތައް މުލުން ލުހި ބިމާއި ހަމަވެފައެވެ. ނަރުދޫގެ ކުރީގެ […]

އަޙްމަދު ވަހީދު
ނޭކުރެންދޫ ފަތިސް ޔުނައިޓެޑުން ބުނަނީ މީ ފެށުމެއް ކަމަށް

ނޭކުރެންދޫ ފަތިސް ޔުނައިޓެޑުން ބުނަނީ މީ ފެށުމެއް ކަމަށް

ހދ. ނޭކުރެންދޫ ރައްޔިތުން އާންމުކޮށް މޫދަށްއެރި އުޅޭ ސަރަޙައްދުން ފެންވެރޭނޭގޮތް އެރަށު “ފަތިސް ޔުނައިޓެޑް” އިން ފަހިކޮށްދީފިއެވެ. ނޭކުރެންދޫ ފަތިސް ޔުނައިޓެޑުން އިސްނަގައިގެން އެރަށުގެ ކައުންސިލާއި ގުޅިގެން ކުރި މި މަސައްކަތަކީ ރަށުގެ ރަަށްޔިތުންނަށް ބޭނުންތެރި، ހަދިޔާއެއް ދިނުމުގެ ގޮތުން ކުރި މަސައްކަތެއްކަމަށް އެޓީމުން ބުންޏެވެ. ނޭކުރެންދޫ ކުރީގެ ނެރާއި ދިމާ، ކައުންސިލާއި ވެސް ދިމާގައި އޮންނަ އެރަށު މީހުން އާންމުކޮށް މޫދަށްއެރި، މަޖާކޮށްލާ އުޅޭ އެސަރަހައްދުން، މޫދަށް އެރިލުމަށްފަހު ފެންވެރޭނޭ...

ޔުމްނާ ޢަލީ
60 ޕަސެންޓު މުވައްޒަފުންނަކީ ދިވެހީންގެ ގޮތުގައި ލާޒިމުކުރުމަށް ހުށަހެޅުމުން ލިބުނީ 4 ވޯޓު

60 ޕަސެންޓު މުވައްޒަފުންނަކީ ދިވެހީންގެ ގޮތުގައި ލާޒިމުކުރުމަށް ހުށަހެޅުމުން ލިބުނީ 4 ވޯޓު

ރިސޯޓު ތަކާއި ސަފާރީތަކާއި އަދި 10 މުވައްޒަފުންނަށް ވުރެ ގިނައިން މަސައްކަތްކުރާ ތަންތަނުގައި މަސައްކަތްކުރާ މީހުންގެ 60 އިންސައްތަ މީހުންނަކީ ދިވެހިން ކަމުގައި ލާޒިމުކުރުމަށް ވަޒީފާއާ ބެހޭ ގާނޫނަށް ކެންދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ޢަލީ ހުސައިން ހުށަހެޅުއްވި އިސްލާޙަށް މަޖިލިސްތަޅުމުން 4 ވޯޓު ލިބި އެ އިސްލާޙް ފެއިލްކޮށްލައިފިއެވެ. އިއްޔެ މަޖިލިސްގައި ކުރިއަށްދިޔަ 2020 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 33 ވަނަ ޖަލްސާގައި އެ އިސްލާޙާއި މެދު ގޮތެއް ނިންމުމަށް މަޖިލިސް ތަޅުމުގައި ނެގުނު...

އަލީ އާދިލް
ފޯކައިދޫގައި ހޯމު ކަރަންޓީނުގައި ތިބޭ މީހުން ކައިރިއަށް ދާ މީހުން ޖޫރިމަނާކޮށް، ކަރަންޓީނު ކުރަނީ

ފޯކައިދޫގައި ހޯމު ކަރަންޓީނުގައި ތިބޭ މީހުން ކައިރިއަށް ދާ މީހުން ޖޫރިމަނާކޮށް، ކަރަންޓީނު ކުރަނީ

ށ. ފޯކައިދޫގައި ހޯމު ކަރަންޓީނުގައި ތިބޭ މީހުން ކައިރިއަށް އެރަށު ބައެއް މީހުންދާތީ، އެ ގޮތަށް ދާ މީހުން ޖޫރިމަނާކޮށް، ކަރަންޓީނު ކުރާނެ ކަމަށް ފޯކައިދޫ ސިއްހީ މަރުކަޒުން ބުނެފިއެވެ. ފޯކައިދޫ ސިއްހީ މަރުކަޒުން މިހެން ބުނީ އެ މަރުކަޒުގެ ފޭސްބުކް ޕޭޖުގައި ކޮށްފައިވާ ޕޯސްޓެއްގައެވެ. އެ މަރުކަޒުން ބުނީ ރަށުގައި ކަރަންޓީނު ކުރެވިފައި ތިބޭ މީހުން ކައިރިއަށް އަދި ގޭގެއަށް މާބޮޑު ކަމަކަށް ނަހަދާ ބައެއް މީހުން ޒިޔާރާތް ކުރާކަން ފާހަގަ ކުރެވެމުން ދާކަމަށެވެ. ކުޑަކުދިން […]

ޝިއުނާ އާދަމް