މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ބ. އަތޮޅަށް (15:00 އިން 20:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ތިލަދުންގެ އަރުޝީފުން ހޯދުން

ފަހުގެ ހޯދުންތައް:
ވަހީދު ވެސް ޖޫރިމަނާ ކޮށްފި، ވިދާޅުވީ އެއީ ސިޔާސީކަމެއް ކަމަށް

ވަހީދު ވެސް ޖޫރިމަނާ ކޮށްފި، ވިދާޅުވީ އެއީ ސިޔާސީކަމެއް ކަމަށް

2020 އޯގަސްޓް 28 ވީ ހުކުރު ދުވަހުގެ ހަވީރު “ޕްރޮގްރެސިވް ކޯލިޝަން” އިން ބޭއްވި ސިޔާސީ ހަރަކާތުގައި ބައިވެރިވެ ވަޑައިގަތުމާއި ގުޅިގެން ކުރީގެ ރައީސް ޑރ. މުޙައްމަދު ވަހީދު ހަސަންމަނިކު 1000 ރުފިޔާއިން މިއަދު ޖޫރިމަނާ ކޮށްފިއެވެ. ރައީސް ވަހީދު ވިދާޅުވީ އެމަނިކުފާނު ފުލުހަށް ހާޒިރު ކުރެއްވީ އާންމު ސިއްހަތުގެ އުސޫލާއި ހިލާފަށް މާސްކު ނާޅުއްވައި ހުންނެވި ކަމަށް ތުހުމަތުކޮށް ކަަމަށާ މިއަދު ހާޒިރުކުރުމަށް ފަހު ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ. ” އާންމުކޮށް މިހެން މަގުމަތީ އުޅޭ […]

އަޙްމަދު ވަހީދު
ރައީސް އޮފީހަށް ދިގު މުއްދަތެއްގައި ޚިދުމަތްތަކެއް ކުރެއްވި މުޙައްމަދު ޤާސިމްގެ ޢާއިލާއަށް ރައީސްގެ ތަޢުޒިޔާ

ރައީސް އޮފީހަށް ދިގު މުއްދަތެއްގައި ޚިދުމަތްތަކެއް ކުރެއްވި މުޙައްމަދު ޤާސިމްގެ ޢާއިލާއަށް ރައީސްގެ ތަޢުޒިޔާ

ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ވަރަށްދިގު މުއްދަތެއްގައި އިޚްލާޞްތެރި ޚިދުމަތްތަކެއް ކުރައްވާފައިވާ ގަލޮޅު ޓޮޕާޒް މުޙައްމަދު ޤާސިމް ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވުމާ ގުޅިގެން، އެ ޢާއިލާއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ތަޢުޒިޔާ ވިދާޅުވެއްޖެއެވެ. މުޙައްމަދު ޤާސިމްގެ ލޮބުވެތި އަނބިކަނބަލުން ނަފީސާ މުޙައްމަދަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތަޢުޒިޔާގެ ސިޓީފުޅުގައި، މި ހިތާމައިގައި ބައިވެރިވެވަޑައިގެން ނަފީސާއަށާއި ޢާއިލާގެ މެންބަރުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ތަޢުޒި...

އިބްރާހިމް އަސްވާޤް
މުއްދަތު ހަމަވިއިރު ޖާބިރާއި ނަސީރު މާލީ ބަޔާން ހުށަނާޅުއްވާ

މުއްދަތު ހަމަވިއިރު ޖާބިރާއި ނަސީރު މާލީ ބަޔާން ހުށަނާޅުއްވާ

ރައްޔިތުންގެ މަޖިލިސްގެ މެންބަރުންގެ މާލީ ބަޔާން ހުށަހަޅުއްވަން އޮންނަ މުއްދަތު ހަމަވިއިރު، މަޖިލީހުގެ ކާށިދޫ ދައިރާގެ މެމްބަރު އަބްދުﷲ ޖާބިރާއި މުލަކު ދާއިރާގެ މެމްބަރު އިބްރާޙިމް ނަސީރު ފިޔަވާ އެހެން ހުރިހާ މެމްބަރުން މަލީ ބަޔާން ހުށަހަޅައިފިއެވެ. މަޖިލިސް ގަވާޢިދުގައި ބުނާ ގޮތުން މަޖިލިސް މެމްބަރުންނާއި އެ މެމްބަރުންގެ އަނބިން ނުވަތަ ފިރިން އަދި 18 އަހަރު ނުފުރޭ ދަރިންގެ މާލީ ބަޔާން ހުށަހަޅުއްވަން ޖެހެނީ ކޮންމެ އަހަރެއްގެ އޮގަސްޓް 31ގެ ކުރިންނެވެ. މަޖިލިސް ގަވާޢިދު ބުނާގޮތުން […]

އަލީ އާދިލް
އުތީމުގައި ވޮލީ ކޯޗިން ކޭމްޕެއް ބާއްވަނީ

އުތީމުގައި ވޮލީ ކޯޗިން ކޭމްޕެއް ބާއްވަނީ

ހއ. އުތީމުގައި ވޮލީ ބޯޅަ ކޯޗިން ކޭމްޕެއް ބޭއްވުމަށް ނިންމައި، ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. އުތީމުގައި މި ބާއްވާ ވޮލީ ބޯޅަ ކޯޗިން ކޭމްޕަކީ އުތީމު ކައުންސިލާއި، އުތީމު ޕޮލިސް ޑެސްކާއި އަދި އުތީމު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ ގުޅިގެން ބާއްވާ ވޮލީ ކޯޗިން ކޭމްޕެކެވެ. މި ކޯޗިން ކޭމްޕް ކުރިއަށް ގެންދަން ނިންމާފައި ވަނީ 24 ސެޕްޓެމްބަރު 2020 އިން 3 އޮކްޓޯބަރު 2020 އަށެވެ. އަދި މިވޮލީ ކޯޗިން ކޭމްޕްގައި ބައިވެރިވުމުގެ ފުރުޞަތު ވަނީ […]

ޔުމްނާ ޢަލީ
ނެދަލެންޑްސް ބަލިކޮށް ލީގު އޭގެ ގްރޫޕް އެކެއްގެ އެއްވަނައަށް އިޓަލީ ޖެހިލައިފި

ނެދަލެންޑްސް ބަލިކޮށް ލީގު އޭގެ ގްރޫޕް އެކެއްގެ އެއްވަނައަށް އިޓަލީ ޖެހިލައިފި

ޔުއެފާ ނޭޝަންސް ލީގުގައި ރޭ ނެދަލެންޑްސް ބަލިކޮށް ލީގު އޭގެ ގްރޫޕް އެކެއްގެ އެއްވަނައަށް އިޓަލީ ޖެހިލައިފިއެވެ. ރޭ ނެދަލެންޑްސްގައި ކުޅުނު މިމެޗު އިޓަލީއިން ކާމިޔާބު ކޮށްފައިވަނީ 1-0 ގެ ނަތީޖާއަކުންނެވެ. ރޭގެ މެޗުގައި އިޓަލީން ވަނީ މޮޅުކުޅުމެއް ދައްކާފައެވެ. މިގޮތުން ގިނަ ހަމަލާތަކެއް ނެދަލެންޑްސްގެ ގޯލާ އަމާޒުކޮށް ފޮނުވާލާފައިވެއެވެ. މެޗުގައި އެ ޓީމުން ޖެހި ހަމައެކަނި ލަނޑު ފުރަތަމަ ހާފުގެ އިތުރުވަގުތުގެ ތެރޭގައި އެ ޓީމުގެ ފޯވާޑް އިމޮބިލޭ ހުރަސްކޮށްދިން ބޯޅައަކުން ކާމިޔާބުކޮށްދިނީ ނިކޯލޯ ބަރެއް...

އިބްރާހިމް ޚަލީލް
މަނަފަރު ރިސޯޓުގެ ގިނައަދަދެއްގެ މުވައްޒަފުން ވަޒީފާއިން ވަކިކޮށްފި

މަނަފަރު ރިސޯޓުގެ ގިނައަދަދެއްގެ މުވައްޒަފުން ވަޒީފާއިން ވަކިކޮށްފި

ކޯވިޑް-19 ބަލި މަޑުކަމާއި ގުޅިގެން ބަންދުކުރި ހއ. ޖޭއޭ މަނަފަރު މޯލްޑިވްސް ރިސޯޓުގެ ގިނަ އަދަދެއްގެ މުވައްޒަފުން ވަޒީފާއިން ވަކިކޮށްފިއެވެ. ރާއްޖޭގެ ބޯޑަރު ބަންދުވި ހިސާބުން މަނަފަރު ރިސޯޓުވެސް ވަނީ ބަންދުކޮށްފައެވެ. ރިސޯޓު ބަންދުވުމާއި ގުޅިގެން ރިސޯޓުގެ މުވައްޒަފުންނަށް އެ މުވައްޒަފުންގެ މުސާރައިގެ 25 އިންސައްތަ އެ ރިސޯޓުން އައީ ދެމުންނެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެ ރިސޯޓުގެ މުވައްޒަފުން ވަޒީފާއިން ވަކިކޮށްފައި މިވަނީ އެ ރިސޯޓު ބަންދުކޮށްފައި އޮތުމާއި ގުޅިގެން ރިސޯޓަށް ފައިސާ ވަންނާނެ މ...

އިބްރާހިމް ޚަލީލް
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ޢަލީ ރަޝީދު އާއި ޑރ މުޙައްމަދު އިބްރާހީމް ޢައްޔަންކުރައްވައިފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ޢަލީ ރަޝީދު އާއި ޑރ މުޙައްމަދު އިބްރާހީމް ޢައްޔަންކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ، އިބްރާހީމް މުޙައްމަދު ޞާލިޙް، ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް މިއަދު ދެ ބޭފުޅަކު ޢައްޔަންކުރައްވައިފިއެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރެއްވި ދެ ބޭފުޅުންނަކީ، ދަފްތަރު. ނަންބަރު ރސ 2302، އަލްއުސްތާޛު ޢަލީ ރަޝީދު ޙުސައިނާއި، ހދ. ކުޅުދުއްފުށި، ފިނިފެންޖަންބުގެ، ޑޮކްޓަރ މުޙައްމަދު އިބްރާހީމެވެ. މިއަދު މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައި މި ދެ ބޭފުޅުންނަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމ...

ޔުމްނާ ޢަލީ
މި ހާލަތު އެއްގޮތަކަށް ވެސް "އޯކޭ"އެއް ނޫން!

މި ހާލަތު އެއްގޮތަކަށް ވެސް "އޯކޭ"އެއް ނޫން!

އޯޓިޒަމް ހުންނަ އެކުއްޖާއަށް ވާ ހަކަދައްކާކަށް ކުރިއަކުން ނޭނގެއެވެ. އަމިއްލަ ދުނިޔެއަށް ގެއްލިފައި އެތައް އިރެއް ވާންދެން އިނދެއެވެ. އަމިއްލަ ބޭނުންތައް ވެސް ބުނެދޭކަށް ނޭނގެއެވެ. އެކަމަކު މީގެ އަހަރެއް ކުރިން ހޮސްޕިޓަލުން ދޭން ފެށި ތެރަޕީތަކުން ރަނގަޅު ބަދަލުތަކެއް ފެންނާން ފެށިއެވެ. ބައެއް ބަސްތައް ކިޔަން ފެށިއެވެ. ބޭނުންވާ ކަންކަން އިޝާރާތުން ކިޔައިދެ އެވެ. މުޅި އާއިލާއަށް އުފާވެރިކަން ގެނުވި އެވެ. އުއްމީދުގެ ހުޅުކޮޅު ދިއްލުނެވެ. އެކަމަކު އެ ކުރިއެރުންތަކަށް ހުރަހަކަށް ވީ ކޮވިޑް-19 އެވެ. […]

ތިލަދުން
ހަނިމާދޫއަށް އިންޑިއާ އަސްކަރީ ދެ މަތިންދާ ބޯޓު ޖައްސައިފި

ހަނިމާދޫއަށް އިންޑިއާ އަސްކަރީ ދެ މަތިންދާ ބޯޓު ޖައްސައިފި

ހދ. ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓަށް އަވަށްޓެރި އިންޑިއާގެ އަސްކަރީ ދެ މަތިންދާ ބޯޓު ޖައްސައިފިއެވެ. މި ދެ މަތިންދާ ބޯޓުވެސް އެ އެއަރޕޯޓަށް ޖައްސާފައި ވަނީ މިއަދު ހެނދުނުއެވެ. މި ގޮތުން ޖެއްސި ފުރަތަމަ މަތިންދާ ބޯޓު އެ އެއަރޕޯޓަށް ޖައްސާފައި ވަނީ ހެނދުނު 10:25 ހާއިރެވެ. އަނެއް ބޯޓު ޖެއްސީ އޭގެ ދިހަވަރަކަށް މިނެޓް ފަހުންނެވެ. އިންޑިއާގެ އަސްކަރީ ދެ މަތިންދާ ބޯޓު ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓަށް ޖެއްސުމާއި ގުޅިގެން އެމްއެންޑީއެފުން ބުނީ މިއީ ސިލްސިލާކޮށް […]

އަލީ އާދިލް
ރަސްކަމަކުން ޖުމްހޫރިއްޔަތަކަށް އަނބުރާލެއްވި ފަތްކޮޅު

ރަސްކަމަކުން ޖުމްހޫރިއްޔަތަކަށް އަނބުރާލެއްވި ފަތްކޮޅު

މުޅި މާލެ އޮތީ ވަރަށް ރީތިކޮށް ނަލަހައްދާލައިފައެވެ. އެންމެންގެ މޫނުތައްމަތިން ވެސް ފެންނަނީ ހިނިތުންވުމާއި އުފާވެރިކަމެވެ. މީލާދީން 1953 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ފުރަތަމަ ދުވަހެވެ. އާ އަހަރަކަށް މަރުޙަބާ ކިޔުމަކަށް ނޫނެވެ. ޖުމްހޫރިއްޔަތަށް މަރުޙަބާ ކިޔުމަށެވެ. އެތައް ޒަމާނަކުންސުރެ ރާއްޖޭގައި ހިނގަމުންއައި ވެރިކަން ކުރުމުގެ ނިޒާމު ރަސްކަމަކުން ޖުމްހޫރިއްޔަތަކަށް ބަދަލުވަނީއެވެ. ޖުމްހޫރިއްޔަތަކީ ކޮން އެއްޗެއްކަން ގިނަ ދިވެހީންނަށް ނޭނގުނަސް ދިވެހީންގެ އުންމީދުތައް ހުރީ ވަރަށް މަތީގައެވެ. އެ...

ޢަބްދުﷲ ސަޢީދު
އުލިގަމުގައި ދީނީ ގޮތުން ހޭލުންތެރިކަން އިތުރުކުރުމުގެ ހަރަކާތެއް

އުލިގަމުގައި ދީނީ ގޮތުން ހޭލުންތެރިކަން އިތުރުކުރުމުގެ ހަރަކާތެއް

ހއ. އުލިގަމުގައި ދީނީގޮތުން ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކުރުމަށް ހަރަކާތެއް ބާއްވަން ނިންމައިފިއެވެ. އުލިގަމު ކައުންސިލުން ބުނީ ދީނީ ގޮތުން އުލިގަމު ރައްޔިތުންގެ ތެރޭގައި ހޭލުންތެރިކަން އިތުރުކުރުމަށް އެ ކައުންސިލުން މި އަހަރު ހިންގުމަށް ރާވާފައިވާ ދަޢުވަތު ހަރަކާތްތަކުގެ ތެރެއިން ހަރަކާތެއް، މި މިހިނގާ ސެޕްޓެމްބަރު މަހު ތެރޭ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވާކަމަށެވެ. މިހަރަކާތް ކުރިއަށް ގެން ދިއުމަށް ނިންމާފައި ވަނީ “އުފާވެރި ދިރިއުޅުމަކަށް” މި ނަމުގައެވެ. މި ހަރަކާތަކީ އުލުގަމު ކައުނ...

ޝިއުނާ އާދަމް
އެމްޑަބްލިއުއެސްސީއިން މާލޭ ސިޓީގައި ފެން ރައްކާ ކުރުމުގެ ގާބިލުކަން އިތުރުކުރަނީ

އެމްޑަބްލިއުއެސްސީއިން މާލޭ ސިޓީގައި ފެން ރައްކާ ކުރުމުގެ ގާބިލުކަން އިތުރުކުރަނީ

މާލޭ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ)އިން މާލޭ ސިޓީގައި ފެން ރައްކާ ކުރާ އިތުރު ދެ ތާންގި ބެހެއްޓުމުގެ މަސައްކަތް ފަށައިފި އެވެ. މި މަސައްކަތަކީ އެ ކުންފުނިން ހިންގާ “ވޯޓާ ސެކިއުރިޓީ ޕްލޭނިން”ގެ ދަށުން މާލޭ ސިޓީގައި ކުރިއަށް ގެންދާ މަސައްކަތެކެވެ. އިއްޔެ އެ މަސައްކަތް ރަސްމީކޮށް ފަށްޓަވައިދެއްވާފައިވަނީ އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހުގެ އިތުރުން ކުންފުނީގެ މެނޭޖްމެންޓް ބޭފުޅުންނެވެ. މި މަޝްރޫއުގެ މަގްސަދަކީ މާލޭގައި އެ ކުންފުނިން ފެން ރައްކާކުރެވޭ މިންވަރު...

އަޙްމަދު ވަހީދު
ކޭޑީ ވުމެންސް ވޮލީ މުބާރާތުގެ ޗެންޕިޔަންކަން މިޑްލްސް ސްޕޯޓްސް ކުލަބް

ކޭޑީ ވުމެންސް ވޮލީ މުބާރާތުގެ ޗެންޕިޔަންކަން މިޑްލްސް ސްޕޯޓްސް ކުލަބް

ހއ. ދިއްދޫގައި ކުރިއަށްދިޔަ “ކޭޑީ ވުމެންސް ވޮލީ ބޯޅަ މުބާރާތުގެ” ޗެންޕިޔަންކަން މިޑްލްސް ސްޕޯޓްސް ކުލަބުން ހޯދައިފި އެވެ. މިމުބާރަތަކީ ދިއްދޫގައި ދިރިއުޅޭ އަންހެން ކަނބަލުން ނަށް ދިއްދޫ ޒުވާން ވިޔަފާރި ވެރިޔާ ކޭ ޑީ އާއި ޒުވާނުންގެ މަރުކަޒު ގުޅިގެން ބޭއްވި މުބާރާތެކެވެ. ދިއްދޫ ޒުވާނުންގެ މަރުކަޒުގައި ގައި ކުރިއަށްދިޔަ މިމުބާރާތުގެ ފައިނަލްގައި މިޑްލްސް ސްޕޯޓްސް ކުލަބާއި ބައްދަލުކޮށްފައިވަނީ ޓީމް ހިޔަލަ އިންނެވެ. ފައިނަލް މެޗް މިޑްލްސް ސްޕޯޓްސް އިން ކާމިޔާބު ކޮށްފައިވަނީ 3 ސެޓު […]

އަލީ އާދިލް
84 އަހަރުގެ މީހަކު މޫދަށް ވެއްޓި މަރުވެއްޖެ

84 އަހަރުގެ މީހަކު މޫދަށް ވެއްޓި މަރުވެއްޖެ

84 އަހަރުގެ މީހަކު މޫދަށް ވެއްޓި މަރުވެއްޖެ އެވެ. މިޑިޔާތަކަށް މަޢުލޫމާތުދެމުން ފުލުހުން ބުނެފައިވަނީ މިރޭ 20:45 އެހައިކަންހާއިރު ތ ގުރައިދޫ ގައި 84 އަހަރުގެ ދިވެހި ފިރިހެނަކު، އެ ރަށު ޖެޓީއާއިދިމާ ފަޅުތެރެއަށް މޫދަށް ވެއްޓިފައިވާކަމަށެވެ. ފުލުހުން ބުނީ އެމީހާ މަރުވެފައިވަނީ ގުރައިދޫ ހެލްތު ސެންޓަރ އަށް ގެންގޮސް ފަރުވާދެމުން ދަނިކޮށް ކަމަށެވެ. މި މައްސަލައާއި ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ބަލަމުންދާކަމަށް ބުނެއެވެ. އެރަށުން ވާހަކަ ދެއްކި މީހަކު ބުނެފައިވަނީ މަރުވި މީހާއަކީ އެކަނި […]

އަލީ އާދިލް
ޗައިނާގެ ސިޔާސަތަކީ ގައުމުތަކުގެ ދާޚިލީ ކަންކަމުގެ ތެރެއަށް ނުވަދެ، ގުޅުން ބަދަހިކުރުން: ސަފީރު

ޗައިނާގެ ސިޔާސަތަކީ ގައުމުތަކުގެ ދާޚިލީ ކަންކަމުގެ ތެރެއަށް ނުވަދެ، ގުޅުން ބަދަހިކުރުން: ސަފީރު

ޗައިނާއިން އަބަދުވެސް ގެންގުޅޭ ސިޔާސަތަކީ ގައުމުތަކުގެ ދާޚިލީ ކަންކަމުގެ ތެރެއަށް ނުވަދެ، ޤައުމުތަކާއި ގުޅުން ބަދަހިކުރުމުގެ ސިޔާސަތު ކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖަންގް ލިޖޮންގް ވިދާޅުވެއްޖެއެވެ. ސަފީރު މިގޮތަށް ވިދާޅުވީ އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން ހިންގާ ސިޔާސީ ހަރަކާތްތަކަށް ޗައިނާއިން އެހީވެދީ، ރާއްޖޭގެ ދާހިލީ ކަންކަމުގެ ތެރެއަށް ވަަންނަމުންދާ ކަމަށް ތުހުމަތު ކުރައްވައި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލ...

އަލީ އާދިލް