ރާއްޖެ ބ. އަތޮޅުން އައްޑޫ ސިޓީއަށް އޮރެންޖް އެލާޓް މޫސުން ވަރަށް ބޮޑަށް ގޯސްވެ، ބ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް (މެޓް) އިން އޮރެންޖު އެލާޓު ނެރެފި އެވެ. އޮރެންޖް އެލާޓް ނެރެފައިވަނީ މިރޭ 22:30 އިން ދަންވަރު 02:30 އާއި ހަމަ އަށެވެ. މެޓް އޮފީހުން ބުނެފައިވަނީ މިވަގުތު ތަކުގައި ގަޑިއަކު 34 މޭލާއި 40 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 60 މޭލަށް ވައިގަދަވެ ކަނޑުތައް ވަރަށް ގަދަވުން އެކަށީގެންވާ ކަމަށެވެ. މެޓް އޮފީހުން މިރޭ […] އިބްރާހިމް އަސްވާޤް · 6 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ސަމާލުވޭ! ބޯކޮށް ވާރޭވެހި 60 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ، ކުރިޔަށް އޮތް 24 ގަޑިއިރުވެސް ރާއްޖޭގެ ސަރަހައްދަށް މޫސުން ގޯސްވެ، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި، ވަޔާއި ކަނޑު ގަދަވެ، ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރާނެ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް (މެޓް) އިން ބުނެފި އެވެ. މެޓް އޮފީހުން ބުނެފައިވަނީ ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވުމާއި ގުޅިގެން، ކުރިޔަށް އޮތް 24 ގަޑިއިރުވެސް ރާއްޖޭގެ ސަރަހައްދަށް މޫސުން ގޯސްވެ، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި، ވަޔާއި ކަނޑު ގަދަވެ، ބައެއް ރަށްތަކަށް […] އިބްރާހިމް އަސްވާޤް · 6 އަހަރު ކުރިން
ވިޔަފާރި އެސްޓީއޯއިން އާންމުންނަށް ވިއްކާ ތެލުގެ އަގަށް ބަދަލެއް ނުގެނޭ އެސްޓީއޯއިން އާންމުންނަށް ވިއްކާ ތެލުގެ އަގަށް އެއް ވެސް ބަދަލެއް ގެނެސްފައި ނުވާނެ ކަމަށް ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ) އިން ބުނެފި އެވެ. އެސްޓީއޯގެ މީޑިއޯ ކޯޑިނޭޓަރު އަބްދުﷲ މުހައްމަދު “ތިލަދުން” އަށް ވިދާޅުވީ އެ ކުންފުނިން އާންމުންނަށް ވިއްކާ ތެލުގެ އަގަށް އެއްވެސް ބަދަލެއް ގެނެސްފައި ނުވާނެ ކަމަށެވެ. އަދި އެސްޓީއޯއިން ތެލުގެ އަގަށް އެއްވެސް ބަދަލެއް ގެންނަ ނަމަ އެކަން އެކުންފުނިން އާންމުކޮން އަންގާ އިޢުލާން ކުރާނެކަމަށެވެ. އެސްޓީއޯއިން އަންނަނީ މީގެ ކުރިންވެސް […] އިބްރާހިމް އަސްވާޤް · 6 އަހަރު ކުރިން
ރާއްޖެ ދުވާފަރު ޕްރައިމަރީ ސްކޫލަށް އެޑިއުކޭޝަންގެ ހޫނު މަރުޙަބާއެއް އެންމެ ފުރަތަމަ ކޮމިއުނިޓީ ބްރޯޑްކާސްޓް ކުރުމުގެ ހުއްދަ ލިބުނު ރ.ދުވާފަރު ޕްރައިމަރީ ސްކޫލަށް އެޑިއުކޭޝަން މިނިސްޓަރީއިން ހޫނު މަރުޙަބާއެއް ކިޔައިފިއެވެ. އެޑިއުކޭޝަނުން، ދުވާފަރު ޕްރައިމަރީ ސްކޫލްގެ ތާރީޚީ ކާމިޔާބަށް މަރުހަބާ ކިޔާފައި ވަނީ، އެ މިނިސްޓްރީ އިން މިއަދު ފޮނުވި މަރުޙަބާގެ މެސެޖެއްގައެވެ. އެ މެސެޖުގައި ބުނެފައި ވަނީ އެންމެ ފުރަތަމަ ކޮމިއުނިޓީ ބްރޯޑްކާސްޓް ކުރުމުގެ ހުއްދަ ލިބުނު ދުވާފަރު ޕްރައިމަރީ ސްކޫލުގެ އެންމެހާ ބޭފުޅުންނަށް ވަރަށް ހޫނު މަރުޙަބާއެއް ކިޔާ ކަމަށެވެ. “އަޅުގަނޑުމެންގެ... ޔުމްނާ ޢަލީ · 6 އަހަރު ކުރިން
ރިޕޯޓް އާރްއާރްޓީ: މިއީ ގައުމަށްޓަކައި ވާ ގުރުބާނީއެއް “އެންމެ މިސްވަނީ އާއިލާ. މަންމަ ކައްކާފައި ކާންދޭ މީރު ކެއުން. ވަކިން ފެސިލިޓީއެއްގައި، އާއިލާއާ ބައްދަލުނުވެ، މިހާ ދުވަސްވީމަ ދެރަވޭ،” އުމުރުން 24 އަހަރުގެ މަރިޔަމް ޝިއުނާ ބުންޏެވެ. ޝިއުނާ އަކީ ކޮވިޑް-19 ގެ ފްރޮންޓްލައިންގައި އެންމެ ބުރަ، އެންމެ ނުރައްކާތެރި އެއް މަސައްކަތް ކަމަށްވާ ރެޕިޑް ރެސްޕޮންސް ޓީމް (އާރްއާރްޓީ)ގެ ޚިދުމަތްތެރިއެކެވެ. އެ މަސައްކަތުގައި އޮތް ނުރައްކާތެރިކަން ޝިއުނާ ވެސް ގަބޫލުކުރެ އެވެ. އޭނާ އާއި އެހެން ބައިވެރިންގެ މުޅި ދުވަސް ކަހަލަ ގޮތަކަށް ހޭދަކުރަނީ […] ތިލަދުން · 6 އަހަރު ކުރިން
ކުޅިވަރު އުއެފާ ނޭޝަންސް ލީގު: އިޓަލީ އެއްވަރުވެ، ނެދަލެންޑްސްއަށް ހަނިމޮޅެއް ޔުއެފާ ނޭޝަންސް ލީގުގައި ރޭ އިޓަލީ އާއި ބޮސްނިއާ ބައްދަލު ކުރި މެޗު އެއްވަރުވިއިރު، ނެދަލެންޑްސްއާއި ޕޮލެންޑް ބައްދަލު ކުރި މެޗުން ނެދަލެންޑްސް މޮޅުވެއްޖެއެވެ. ރޭ އިޓަލީއާއި ބޮސްނިއާ ބައްދަލުކުރި މެޗު ދެޓީމު އެއްވަރު ވެފައިވަނީ 1-1 ގެ ނަތީޖާއަކުންނެވެ. މުޅި މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މެޗުގައި ފެނުނު ދެ ލަނޑު ވެސް ފެނިގެން ގޮސްފައިވަނީ ދެވަނަ ހާފުގައެވެ. ދެވަނަ ހާފު ފަށައިގެން 12 ވަނަ މިނެޓުގައި ރޯމާއަށް ކުޅެމުން އަންނަ ފޯވާޑް […] އިބްރާހިމް ޚަލީލް · 6 އަހަރު ކުރިން
ރާއްޖެ ގައުމުގެ މަސްލަހަތު ގެއްލޭ ކަންކަމަށް ސިޔާސީ ޕާޓީތަކުން ހިތްވަރު ނުދޭން ގޮވާލައިފި ގައުމުގެ މަސްލަހަތު ގެއްލޭ ފަދަ ކަންކަމަށް ސިޔާސީ ޕާޓީތަކުން ހިތްވަރު ނުދިނުމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް، އަހްމަދު ޝަރީފް ގޮވާލައްވައިފި އެވެ. ޝަރީފު އެގޮތަށް ގޮވާލެއްވީ “ޗެނަލް 13” ގެ ލައިވް ޕްރޮގްރާމެއްގައި ވާހަކަ ދެއްކި މީހަކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ހަށިކޮޅުގައި އަލިފާން ރޯކުރަން ގޮވާލި މައްސަލައެއް ފެންމަތިވުމާ ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ. އެގޮތުން ޝަރީފް ވިދާޅުވީ ސިޔާސީ ޕާޓީތަކުން ގައުމުގެ މަސްލަހަތު ގެއްލޭ ފަދަ ކަންކަމަށް އެއްވެސް ގޮތަކަށް ހިތްވަރު ނުދިނުމަށް ގޮވ... ޔުމްނާ ޢަލީ · 6 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ތިލަދުންމަތީ ހުނަރުވެރިން: ސިއްބެގެ ފިހިން ރާއްޖޭގެ ޗާލުކަން ރާއްޖެއަކީ ވެސް އެކިފެންވަރުގެ ކުރެހުންތެރިން ތިބި ޤައުމެކެވެ. ބައެއް މީހުންނަކީ ފޫހި ފިލުވާލަން ކުރަހާ އުޅޭ މީހުންނެވެ. ބައެއް މީހުން އާމްދަނީއެއް ހޯދުމުގެ ގޮތުން ކުރަހާއުޅޭއިރު އަނެއްބަޔަކު ވަޒީފާ އަދާކޮށްފައި ލިބޭ ހުސްވަގުތުގައި ވެސް ކުރަހާ އުޅެއެވެ. ބައެއް މީހުން ޤަބޫލުކުރާ ގޮތުގައި ކުރަހައިގެން ދިރިއުޅުމުގެ ކަންކަން ހަމަޖެއްސޭވަރު އާމްދަނީއެއް ރާއްޖޭގައި ހޯދުމަކީ އުނދަގޫކަމެކެވެ. “ތެދެއްމެ، ބައެއް މީހުން އަދިވެސް ޤަބޫލެއް ނުކުރޭ މިއީ މުސްތަޤުބަލު އޮތްދާއިރާއެއް ކަމަކަށް، ނަމަވެސް އަހަރެންގެ... އިބްރާހިމް ޚަލީލް · 6 އަހަރު ކުރިން
ރާއްޖެ ޤައިދީންގެ ސުލޫކީ މިންގަނޑު ބަހައްޓަންޖެހޭ ގޮތުގެ ޤަވާއިދަށް އަމަލު ކުރަން ފަށައިފި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ބެލުމުގެ ދަށުގައި ތިބޭ ޤައިދީންނާއި ބަންދު މީހުންގެ ސުލޫކީ މިންގަނޑު ބަހައްޓަންޖެހޭ ގޮތުގެ ޤަވާއިދަށް ޢަމަލު ކުރަން ފަށައިފިއެވެ. ކަރެކްޝަނަލް ސަރވިސްގެ ޤަވާއިދު “ޖަލުގައި ބަންދުކުރެވޭ މީހުންގެ ސުލޫކީ މިންގަނޑު ބަހައްޓަންޖެހޭ ގޮތުގެ ޤަވާއިދު”އަށް އަމަލުކުރަން ފަށާފައި 3 ސެޕްޓެމްބަރު 2020 ވަނަ ދުވަހުއެވެ. މި ޤަވާއިދު އެކުލަވާލުމުގެ މަގްސަދަކީ ޖަލުގައި ހުންނަ ހުރުމުގައި، ޤައިދީންނާއި ބަންދުކޮށްފައިތިބޭ މީހުންގެ އަޚްލާގާއި ސުލޫކާއި އުޅުމާއި ގުޅުންތައް ދަމަހައްޓަންޖ... ޔުމްނާ ޢަލީ · 6 އަހަރު ކުރިން
ރާއްޖެ ޗެނަލް13 އިން މައާފަށް އެދެފި، ބްރޯޑްކޮމް އިން މައްސަލަ ބަލަނީ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙްގެ ހަށިކޮޅުގައި ހުޅުޖަހަން ފެންނަ ކަމަށްބުނެ ޗެނަލް13 އިން ގެނެސްދިން ލައިވް ޕްރޮގްރާމެއްގައި މީހަކު ވާހަކަ ދެއްކި މައްސަލާއިގައި އެ ސްޓޭޝަނުން މައާފަށް އެދިއްޖެ އެވެ. އެމައްސަލާގައި ޗެނަލް13 އިން މައާފަށް އެދިފައިވާއިރު، އެ މައްސަލަ ބަލާނެ ކަމަށް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން ވަނީ ބުނެފައެވެ. އެމައްސަލާގައި މާފަށް އެދެމުން ޗެނަލް13 އިން ބުނެފައި ވަނީ ބުރާސްފަތި ދުވަހު މެންދުރު 13:00 ގައި އެ ޗެނަލުން ބްރޯޑްކާސްޓު ކުރި “ރައްޔިތުންގެ އަޑު” ޕްރޮގްރާމަށ... ޝިއުނާ އާދަމް · 6 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ދާދިވަރުކޮށް އުތީމު ގަނޑުވަރު އަޅުގަނޑު އިނީ ގޭގެ ސޯފާގައެވެ. ފެންނަނީ ބޮޑުތަކުރުފާނު އަވަހާރަފުޅު ލެއްޕެވި އުނދޯލިދާންކޮޅެވެ. ނުހުޅުވޭ ދޮރުކޮޅެވެ. ބޮޑުތަކުރުފާނު ހަނގުރާމައިގައި ގެންގުޅުއްވި ބޮޑު ފޮށިކޮޅެވެ. އެ ބޭފުޅުން އެރުއްވި މަރަވަޅިކޮޅުތަކެވެ. ދަންޑަހެލުމެން ބޭފުޅުން ނިދިކުރެއްވި ކުޑައަށިކޮޅެވެ. މުޅިގެއަށް އަލިކޮށްލަދޭ ހަތްހުޅުކޮޅުލީ ވޮށްކޮޅެވެ. ބޭރުގެ މަންޒަރުތައް ކުލަކޮށް ފޯރުކޮށްދޭ އަޖައިބެއް ފަދަ ލޯވަޅެވެ. އާދެ! އެއީ ރާއްޖޭގައި ހުރި އެންމެ ގިނަ ދުވަސްވީ ގެކޮޅެވެ. އުތީމު ގަނޑުވަރެވެ. ެައަޅުގަނޑަށް އެތައް ފަހަރަކު އެ... ޢަބްދުﷲ ސަޢީދު · 6 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ބީއެމްއެލް ކޮމިއުނިޓީ ފަންޑުން ކެލާ ސުކޫލު ދަރިވަރުންނަށް ފިނިމައިޒާނެއް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ކޮމިއުނިޓީ ފަންޑުގެ އެހީގައި ކެލާ ސުކޫލު ކައިރީގައިވާ ފިނި މައިޒާން ޒަމާނީ ފެންވަރަށް ތަރައްޤީކޮށް އަލުން ހުޅުވައިފިއެވެ. މި މަސައްކަތްކޮށްފައި ވަނީ ބީ.އެމް.އެލް ކޮމިއުނިޓީ ފަންޑުގެ އެހީގައި އައިޑިއާސް ޖަމިއްޔާ އާއި ކެލާ ރައްޔިތުން ގުޅިގެންނެވެ. މި ފިނި މައިޒާން އަކީ ކެލާ ސުކޫލުގެ ދަރިވަރުންނާއި ބެލެނިވެރިން ސުކޫލުދޮށަށް އައިސް މަޑުކޮށްލާގެން ތިބެން ބޭނުންކުރާ މައިޒާނެކެވެ. އެޖަމިއްޔާއިން ބުނީ މިއީ މީގެ 15 ވަރަކަށް އަހަރު ކުރިން ރައްޔިތުންނާއި ރަށު އޮފީސް […] އިބްރާހިމް އަސްވާޤް · 6 އަހަރު ކުރިން
ރާއްޖެ ކަރު ބުރިކުރާށާއި ހުޅުޖެހުމަށް ގޮވާއިރު ބަލަން ތިބުމަކީ އެކަމުގައި ބައިވެރިވުން ފަދަ ކަމެއް: ނިހާދު ކަރު ބުރިކުރުމާއި ހުޅުޖެހުމަށް ގޮވައި، ޤާނޫނާއި ޚިލާފު އެތައް ކަމަކަށް ހިތްވަރުދެމުން ދާއިރު ބަލަން ތިބުމަކީ އެކަމުގައި ބައިވެރިވުން ފަދަ ކަމެއް ކަމަށް ފޭދޫ ދާއިރާގެ މެންބަރު މުހައަދު ނިހާދު ވިދާޅު ވެެއްޖެއެވެ. މެންބަރު ނިހާދު މި މޭރުމުން ޓުވީޓެއް ކުރަށްވާފައި މިވަނީ ރައީސް ޞާލިޙްގެ ހަށިކޮޅުގައި ހުޅު ޖަހަން ފެންނަ ކަމަށްބުނެ ޗެނަލް13 އިން ގެނެސްދިން ލައިވް ޕްރޮގްރާމެއްގައި މީހަކު ވާހަކަ ދެއްކި މައްސަލަ ފުލުހުން ބަލަން ފަށާފައި ވަނިކޮށެވެ. ނިހާދު ވިދާޅުވީ ކަރު ބުރިކުރުމާއި ހުޅުޖެހުމާއި […] އަލީ އާދިލް · 6 އަހަރު ކުރިން
ރާއްޖެ ރާއްޖޭގައި އުފައްދާ ކަރަންޓުގެ މަދުވެގެން %24 އަކީ އިއާދަކުރަނިވި ހަކަތައަށް ހެދުމަކީ އަމާޒެއް: ޑރ. ޙުސެން 2023 ނިމުމުގެ ކުރިން ރާއްޖޭގައި އުފައްދާ ކަރަންޓުގެ މަދުވެގެން %24 އަކީ އިއާދަކުރަނިވި ހަކަތައަށް ހެދުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް އެންވަޔަރަމަންޓް މިނިސްޓަ ޑރ. ޙުސެން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ. މިނިސްޓަރު ޑރ، ޙުސައިން މިހެން ވިދާޅުވީ “ހަ ރަށެއްގައި އިރުގެ އަލިން ހަކަތަ އުފެއްދުމަށް ހުޅުވާލި ފުރުސަތަށް ބޮޑު ތަރުހީބެއްޖެ” މި ސުރުޚީގެ ދަށުގައި ނޫހަކުން ގެނެސް ދީފައިވާ ޚަބަރެއް ޓުވީޓާގައި ހިއްސާ ކުރަށްވަމުން ކުރެއްވި ޓުވީޓެއްގައި އެވެ. މިނިސްޓަރު ޑރ. ޙުސައިން ވިދާޅުވީ 2023 ގެ […] ޝިއުނާ އާދަމް · 6 އަހަރު ކުރިން
ރިޕޯޓް "1676"، ކޮވިޑް ހޮޓްލައިންގެ ނުފެންނަ ފަޅި! މުޅި ތަނުގައި އެއްއަޑަކަށް ގުގުމާފައި ހުރީ، ފޯނުކޯލްތަކަށް ޖަވާބުދިނުމަށް ހަރަކާތްތެރިވި ހީވާގި މަސައްކަތްތެރިންގެ އަޑެވެ. ފެނިގެން ދަނީ އާއްމުންގެ ފޯނު ކޯލުތަކަށް އިޖާބަ ދިނުމަށް އެ މުވައްޒަފުން ހަލުވިކަމާއި، ފަރިތަކަމާއި އެކުހަރަކާތްތެރިވަމުންދިޔަ މަންޒަރެވެ. މިއީ، ދަރުބާރުގޭގެ ދެވަނަ ފަންގިފިލާގައި ޤާއިމްކޮށްފައިވާ ކޮވިޑް ކޯލްސެންޓަރަށް ދިޔަ އަޅުގަނޑާއި، އެކުވެރި ނޫސްވެރިންގެ ޓީމަށް ތަޖުރިބާކުރެވުނު ކަންކަމެވެ. އެތަނަށް ވަނުމާ އެކު ހިތަށް ވެރިވެގެންދިޔައީ ތަފާތު އިހުސާސްތަކެކެވެ. ކޯލް ސެންޓަރ... ތިލަދުން · 6 އަހަރު ކުރިން