ރާއްޖެއަށް 10 ކިލޯއެއްހާ ޑްރަގް އެތެރެކުރި ޕާކިސްތާނު މީހަކު އުމުރަށް ޖަލަށް
ރާއްޖެއަށް 10 ކިލޯއެއްހާ މަސްތުވާތަކެތި އެތެރެކުރި މައްސަލައެއްގައި ޕާކިސްތާނުގެ މީހަކު އުމުރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ. ޕާކިސްތާނުގެ ރައްޔިތެއް ކަމަށްވާ ހަމްޒާ ނައީމްގެ މައްޗަށް ޖަދުވަލު 1 ގައިވާ މަސްތުވާއެއްޗެއް އެތެރެ ކުރުމުގެ ދައުވާކުރީ އޭނާ ޖޫން, 2023 ގައި ރާއްޖެ އައުމުން އޭނާގެ ލަގެޖް ފާސް ކުރިއިރު 9.9 ކިލޯގެ ޑައިމޯފިން ފެނުުނު މައްސަލާގަ އެވެ. ކްރިމިނަލް ކޯޓުން މިދިޔަ މަހުގެ 20 ވަނަ ދުވަހު ކުރި ހުކުމުގައިވަނީ އޭނާ ގެނައި ލަގެޖުން […]