ފިއްލަދޫ ކައުންސިލްގެ ރަސްމީ ވައިބަރ ކޮމިއުނިޓީ އިފްތިތާޙްކޮށްފި
ހއ. ފިއްލަދޫ ކައުންސިލްގެ ރަސްމީ އެންގުންތަކާއި މަޢުލޫމާތުތައް ރައްޔިތުންނާ ގާތުން ހިއްސާކުރުމަށްޓަކައި، އެ ކައުންސިލްގެ ރަސްމީ ވައިބަރ ކޮމިއުނިޓީ މިއަދު އިފްތިތާޙްކޮށްފިއެވެ. ފިއްލަދޫ ކައުންސިލުން މަޢުލޫމާތު ދެއްވާ ގޮތުގައި، މި ކޮމިއުނިޓީ އުފެއްދުމުގެ މައިގަނޑު މަޤްޞަދަކީ ކައުންސިލުން ނެރޭ އެކި އެކި އެންގުންތައް ރަށުގެ ކުދިބޮޑު އެންމެހާ ރައްޔިތުންނަށް ފަސޭހަކަމާއެކު ފޯރުކޮށްދިނުމެވެ. ވައިބަރ އަކީ ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ބޭނުންކުރާ ސޯޝަލް މީޑިއާ އެޕްލިކޭޝަނަކަށް ވާތީ، މިއީ މަޢުލޫމާތު ފ...