ޖިނާއީ ބޮޑެތި މައްސަލަތައް ތަހުގީގުކުރުމުގައި އިސްދައުރެއް އަދާކުރި 117 އޮފިސަރެއްގެ އަގުވަޒަންކޮށްފި
ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ހިންގާފައިވާ ޖިނާއީ ބޮޑެތި މައްސަލަތައް ތަހުގީގުކުރުމުގައި އިސްދައުރެއް އަދާކުރި ފުލުހުންގެ އަގުވަޒަންކުރުމަށް މިއަދު އިސްކަންދަރު ބިލްޑިންގގައި ހާއްސަ ރަސްމިއްޔާތެއް ބާއްވައިފިއެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދުއެވެ. މި ރަސްމިއްޔާތުގައި، ޖިނާއީ ބޮޑެތި މައްސަލަތައް ތަހުގީގުކޮށް ކާމިޔާބުކަމާއިއެކު ނިންމުމުގައި އަމަލީގޮތުން ބައިވެރިވި އޮފިސަރުންނާއި، އެކި ގޮތްގޮތުން އެހީތެރިވެދިން ޖުމްލަ 117 އޮފިސަރަކަށް ވަނީ...