މަޖިލީހުން ހެދި ގާނޫނުތަކުން ''މޭޔަރު ޝިފާގެ އަތް'' ކަނޑަމުންދިޔަ ތަން ފެނުނު: ވަހީދު
ވޭތުވި 7 އަހަރު ތެރޭގައި ފެނިގެން ދިޔައީ ރައްޔިތުންގެ މަޖިލީހުން ހަދަމުން ދިޔަ ގާނޫނުތަކުން މާލޭގެ މޭޔަރުކަމުގައި ހުންނެވި ޝިފާ މުޙައްމަދުގެ ”އަތް” ކޮންމެ ދުވަހަކު ކަނޑަމުންދިޔަ ތަން ކަމަށް ދިއްދޫ ދާއިރާގެ މެންބަރު ޢަބުދުﷲ ވަޙީދު ވިދާޅުވެއްޖެއެވެ. މެންބަރު ވަޙީދު މިހެން ވިދާޅުވީ މިއަދު ކުރިއަށް ދިޔަ މަޖިލީހުގެ ޖަލްސާގައި ސަރުކާރުގެ ފަރާތުން، ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ ބަހުސްގައި...