މެންބަރު އިކްރާމް މާރާމާރީ ހިންގައި، މަގާމްގެ ހައިސިއްޔަތު ބޭނުންކުރި ކަމަށް ބުނާ މައްސަލަ މަޖިލީހަށް
ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ހަސަން، ކޯވިޑް-19 ސާމްޕަލް ނެގި ސިއްހީ ޙިދުމަތްތެރިޔާއަށް ހަމަލާދީ، އަދި މަގާމްގެ ހައިސިއްޔަތު ބޭނުންކޮށް، ބިރުދެއްކުމަށް މަސައްކަތްކުރި މައްސަލަ ކަމަށް ބުނާ މައްސަލަ، މޯލްޑިވްސް ހެލްތް ޕްރޮފެޝަނަލްސް ޔޫނިއަން (އެމްއެޗްޕީޔޫ) އިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ. އޮކްޓޯބަރ މަހުގެ 9 ވަނަ ދުވަހު ރޭ ހިނގާފައިވާ މި ހާދިސާއާއި ގުޅޭ މިމައްސަލަ އެމްއެޗްޕީޔޫއިން ހުށަހަޅާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒް އަދި ސުލޫކީ ކޮމެޓީއަށެ...