މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ބ. އަތޮޅަށް (15:00 އިން 20:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ތިލަދުންގެ އަރުޝީފުން ހޯދުން

ފަހުގެ ހޯދުންތައް:
ހޯރަފުށީ އެއަރޕޯޓު ނޮވެމްބަރ 11 ގައި ހުޅުވަނީ

ހޯރަފުށީ އެއަރޕޯޓު ނޮވެމްބަރ 11 ގައި ހުޅުވަނީ

ހޯރަފުށީގައި ތަރައްޤީކުރަމުން އަންނަ އެއަރޕޯޓު މި އަހަރުގެ ޖުމްހޫރީ ދުވަސް (ނޮވެމްބަރ11) ގައި ހުޅުވުމަށް ތައްޔާރުވަމުން އަންނަ ކަމަށް އެ މަސައްކަތް ކުރިއަށް ގެންދާ މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ވިދާޅުވެއްޖެއެވެ. އެ ކޮންޕެނީއިން ވިދާޅުވާ ގޮތުގައި، އެއަރޕޯޓުގެ މަސައްކަތްތަށް މިހާރު ދަނީ ކުރިއަށްވުރެ ހަލުވިކޮށެވެ. އަދި ކަނޑައަޅާފައިވާ ތާރީޚަށް، މަސައްކަތްތަށް އެއްކޮށް ނިންމާލުމަށް މަސައްކަތްކުރަމުން އަންނަ ކަމަށްވެސް އެ ކުންފުނިން ވަނީ ވިދާޅުވެފައެވެ. އެ...

މުޙައްމަދު މާއިލް ހަސަން
ކޯވިޑް-19: އިތުރު ދިވެއްސަކު ނިޔާވެ، ޖުމްލަ 36 އަށް

ކޯވިޑް-19: އިތުރު ދިވެއްސަކު ނިޔާވެ، ޖުމްލަ 36 އަށް

ކޯވިޑް-19 ޖެހުނު އިތުރު ދިވެއްސަކު ނިޔާވެއްޖެ އެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ވިދާޅުވީ ނިޔާވެފައިވަނީ 67 އަހަރުގެ ދިވެހި ފިރިހެނެއްކަމަށެވެ. މި މީހާ ނިޔާވެފައިވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ދަނިކޮށެވެ. މިއަދު ނިޔާވި މީހާއާއިއެކު މިހާތަނަށް ރާއްޖެއިން ކޯވިޑް-19 ޖެހިގެން ނިޔާވި މީހުންގެ އަދަދު ވަނީ 36 އަށް އަރާފައެވެ. މީގެތެރޭގައި ހިމެނެނީ 29 ދިވެހިންނާއި 7 ބިދޭސީންނެވެ. ކޯވިޑް ބަލީގެ ފުރަތަމަ ކޭސް ރާއްޖެއިން ފެނުނީ މިއަހަރުގެ މަރޗްމަހުގެ 7 ވަނަ ދުވަހުއެވެ. […]

ޔުމްނާ ޢަލީ
ތިބާއަށްޓަކައި އަދަދުތައް ތިރި ކުރާނީ އަހަރެން!

ތިބާއަށްޓަކައި އަދަދުތައް ތިރި ކުރާނީ އަހަރެން!

މިދިޔަ އޮގަސްޓް މަހުގެ ކުރީކޮޅު ކޮވިޑް-19ގެ ދެ ވަނަ ރާޅު ބޯމަތިވެ، އަނެއްކާވެސް ނަމްބަރުތައް އުފުލިގެން ދިއުމާ އެކު، އެޗްޕީއޭ އިން ފިޔަވަޅުތައް އަޅައި އާންމުންނަށް ނަސޭހަތްތެރިވީ އަލުން ލޮކްޑައުންއަކަށް ނުގޮސް ސަލާމަތްވެވެން އޮތީ ކޮންމެ މީހެއް ވެސް އަމިއްލަ ޒިންމާއެއް އޮތްކަން ދެކިގެން ކޮވިޑް-19 އިން ރައްކާތެރިވެ ހުރެގެން ކަމެވެ. އެންމެ ފަހުން ފެންނަ ތަފާސްހިސާބުތަކަށް ބަލާއިރު ނަމްބަރުތަކުގެ އަދަދު ދަނީ ދަށްވަމުންނެވެ. މިއީ އަނެއްކާވެސް، ކޮވިޑް ހުއްޓުވުމުގައި ސިއްހީ މާހިރުންގެ ލަފާ އަޑުއަހާ ކަމ...

ތިލަދުން
ވަށަފަރު ނަރުދަމާ ލަސްވާތީ އެމްޑީޕީ 2 ކެނޑިޑޭޓުން ރުޅިގަދަވެ، ބެނާ ދަމައިފި

ވަށަފަރު ނަރުދަމާ ލަސްވާތީ އެމްޑީޕީ 2 ކެނޑިޑޭޓުން ރުޅިގަދަވެ، ބެނާ ދަމައިފި

ހއ. ވަށަފަރުގައި ސަރުކާރުން ގާއިމުކުރަން ނިންމާފައިވާ ނަރުދަމާގެ ސާވޭގެ މަސައްކަތް ލަސްވާތީ، އަންނަ ލޯކަލް ކައުންސިލް އިންތިޚާބުގައި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޓިކެޓްގައި ވަށަފަރު ކައުންސިލަށް ވާދަކުރާ ދެ ކެނޑިޑޭޓުން ނުރުހުން ފާޅުކޮށް ސަރުކާރަށް ފާޑުކިޔާފައިވާ ބެނާތަކެއް އެރަށުގައި ދަމައިފިއެވެ. އެމްޑީޕީގެ ރަސްމީ ކުލަ ކަމުގައިވާ ރީނދޫ ފޮތީގައި ދަމާފައިވާ އެ ބެނާގައި ބުނެފައި ވަނީ ” ވަށަފަރު ނަރުދަމާއަކީ ދެ ސަރުކާރުގެ ވެރިން ކުޅެން ގެންގުޅުއްވާ ބޯޅައަކަށް ނަހައްދަވާ” މިހެން...

އަލީ އާދިލް
އަހަރެމެންގެ ލޮލުން މިކުރަނީ ކީއްހެއްޔެވެ؟

އަހަރެމެންގެ ލޮލުން މިކުރަނީ ކީއްހެއްޔެވެ؟

ލޯއަނދިރި ފިރިހެންކުއްޖަކު ޢިމާރާތެއްގެ ސިޑިމަތީގައި ގަނޑެއް ހިފަހައްޓައިގެން އިނެވެ. އޭނާގެ ފައިކައިރީގައި އޭނާގެ ބޮލުގައި އަޅާ ތޮފި އުޑުތިލަމަތިން ބާއްވާފައި އޮތެވެ. އޭގައި ދެތިން ރުފިޔާ އޮތެވެ. އެ ފިރިހެން ކުއްޖާ ހިފަހައްޓައިގެން އިން ގަނޑުގައި ލިޔެފައި ވެއެވެ. “އަހަރެންނަކީ ލޯ އަނދިރި ކުއްޖަކީމެވެ. އަހަރެންނަށް އެހީއެއްވެދޭށެވެ” ކައިރިން ހިނގާފައި ދިޔަ މީހެއް މިކުއްޖާ ފެނުމުން ހިތުގައި ހަމްދަރުދީ އުތުރި އަރަންފަށައިފިއެވެ. އޭނާގެ ޖީބު އޭނާ ހާވާލިއެވެ. އެ ފަގީރު ނިކަމެތި ލޮލަށް ނުފެންނަ ކުއްޖ...

ތިލަދުން
ނަރުދޫ ދަނޑުވެރިން، ހިތްވަރާއިއެކު ދަނޑުހެއްދުމުގައި

ނަރުދޫ ދަނޑުވެރިން، ހިތްވަރާއިއެކު ދަނޑުހެއްދުމުގައި

ށ. ނަރުދޫއަކީ އުތުރުގެ ރަށްތަކުގެ ތެރެއިން އެއްގޮތަށް ވުރެ ގިނަ ގޮތް ގޮތުން ނަމޫނާއަކަށް ބެލުން ރަނގަޅު ރަށެއްކަން ވޭތުވި ދުވަސްތަކުގައި އެރަށުގެ ރައްޔިތުން ވަނީ ސާބިތު ކޮށްދީފައި އެވެ. ދުނިޔެ ތަޖުރިބާ ކުރަމުން މިދާ ކޯވިޑްގެ ބަލިމަޑުކަމުގެ ތެރެއިން ރާއްޖޭގެ އަތޮޅަކުން އެންމެ ގިނަ މީހުން އެއްފަހަރާހެން އެންމެ ފުރަތަމަ ޕޮޒިޓިވްވި ރަށަކީ ނަރުދޫއެވެ. ރާއްޖެއަށް ކޯވިޑްގެ ބަލިމަޑުކަން ފެތުރެންފެށި ދުވަސްވަރު، މުޅިންއަލަށް ރާއްޖޭގެ ރަށަކުން ކުރާންޖެހުނު ތަޖުރިބާގައި ބިރާއި، ސިހުމާއި ކަންބޮޑުވުމުގެ ތެރެ...

ޙުސައިން ޝަހުދީ
ކިރު ބޯކިބާ، ހަވީރު ސަޔަށް ވަރަށް މީރުވާނެ

ކިރު ބޯކިބާ، ހަވީރު ސަޔަށް ވަރަށް މީރުވާނެ

ވަރުދާގެ މިފަހަރުގެ ހޮވާލުން މިއޮތީ ހަވީރު ސަޔާއި ގުޅިފައި އެވެ. މިފަހަރު މިއޮތީ ހަވީރު ސަޔަށް އިންސާފުކޮށްލުމަށް އެންމެ ރަނގަޅު ޗޮއިސްއެއްގެ ގޮތުގައި ތައްޔާރު ކޮށްލެވިދާނެ ”ކިރު ބޯކިބާ”އެވެ. ”ކިރު ބޯކިބާ” ހަވީރު ސަޔަށް އެންމެ ރަނގަޅު ހޮވުމެއްގެ ގޮތުގައި މި ގެނެސްދެނީ ކުރީ ހަފުތާ ތަކެކޭވެސް އެއްގޮތަށް ތަފާތު ކެއުމުގެ ބާވަތެއް ގެނެސްދިނުމަށް، ހދ. ފިނޭއަށް ނިސްބަތްވާ ކަނބަލެއް ކަމަށްވާ ވަރުދާ އަޙްމަދުގެ އެހީތެރިކަމާއި އެކުގައި އެވެ. މިގޮތުން ”ކިރު ބޯކިބާ” ތައްޔާރު ކުރާނެ ގޮތްވެސް […]

ޝިއުނާ އާދަމް
އުތީމުން ދަނޑުބިން ދޫކުރި ގޭބިސީތަކަށް ލިޔުން ހަވާލުކޮށްފި

އުތީމުން ދަނޑުބިން ދޫކުރި ގޭބިސީތަކަށް ލިޔުން ހަވާލުކޮށްފި

ހއ. އުތީމުން ދަނޑުވެރި ކަމަށް ބިން ހޯދުމަށް އެދުނު އެރަށުގެ ރައްޔިތުންނަށް ބިން ދޫކޮށް، ބިންތައް ހަވާލު ކުރި ކަމުގެ ވަގުތީ ލިޔުން ހަވާލު ކޮށްފިއެވެ. އުތީމު ކައުންސިލުން ބުނީ ދަނޑުވެރިކަން އެރަށުން ބިން ހޯދުމަށް އެދުނު އެރަށުގެ 44 ގޭބިސީއަކަށް ބިން ދޫކޮށްފައި ވާ ކަމަށެވެ. މިގޮތުން އެރަށުން ދަނޑުވެރިކަމަށް ބިން ދޫކުރި ގޭބިސީތަކަށް، އެ ގޭބިސީތަކަށް ބިން ދޫކުރި ކަމުގެ ވަގުތީ ލިޔުން ހަވާލުކުރުން އޮތީ އިއްޔެ އުތީމު ކައުންސިލްގައި އެކަމަށް ބޭއްވި ރަސްމިއްޔާތެއްގައި […]

ޔުމްނާ ޢަލީ
ހދ. އަތޮޅުގެ ތިން ރަށެއްގެ އާ އިންޖީނުގޭގެ ބިންގާ އަޅައިފި

ހދ. އަތޮޅުގެ ތިން ރަށެއްގެ އާ އިންޖީނުގޭގެ ބިންގާ އަޅައިފި

ފެނަކަ ކޯޕަރޭޝަން އިން ހދ. އަތޮޅު ކުމުންދޫ އާއި ވައިކަރަދޫ އަދި ނެއްލައިދޫގައި އަޅާ އާ އިންޖީނުގޭގެ ބިންގާ އަޅައިފިއެވެ. ތިން ރަށުގެ އިންޖީނުގެ އާއި އޮފީސް ބްލޮކްގެ ބިންގާ އަޅުއްވައިދެއްވީ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދު މުހައްމަދުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު އަދި ރަށު ކައުންސިލުގެ ރައީސުންނެވެ. ކުމުންދޫގެ އިންޖީނުގެ އެޅުމަށް ހަވާލުކޮށްފައިވަނީ ވަލީދު ކޮންސްޓްރަކްޝަންސްއާ ކަމަށްވާއިރު، 270 ދުވަހުގެ ތެރޭގައި މި މަސައްކަތް...

ޔުމްނާ ޢަލީ
ދޫދިނުމަށް ޕްރެޝަރު ނުކުރައްވާ! ސިއްހީ މާހިރުންނަށް އެކަން ދޫކޮށްލައްވާ!

ދޫދިނުމަށް ޕްރެޝަރު ނުކުރައްވާ! ސިއްހީ މާހިރުންނަށް އެކަން ދޫކޮށްލައްވާ!

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި އަޅަންޖެހިފައި ވަނީ ހަރުކަށި ފިޔަވަޅުތަކެކެވެ. ކުރިމަތިލާންޖެހިފައި ވަނީ، އާއްމު ދިރިއުޅުން އެފުށް މިފުށަށް ޖަހާލާ ފަދަ އުނދަގޫ ކަންތައްތަކަކާ އެވެ. އެކަމަކު، އެއީ ހާލަތު ނިޔާކުރި ގޮތުން ކަންކަން ކުރަންޖެހިފައިވާ ގޮތެވެ. އެ ނޫން، އެ އަށް ވުރެ ވަކި މޮޅު ގޮތެއް ނެތެވެ. ގިނަ ގައުމުތަކުގައި އެޅި ލޮކްޑައުންގެ ފިޔަވަޅުތައް ލުއިކުރަން ފެށުމުގެ މާ ކުރިން، އެކަމުގެ ނަތީޖާއާ ބެހޭ ގޮތުން ސިއްހީ މާހިރުން ވަނީ ވާހަކަ ދައްކަވާފަ އެވެ. […]

ތިލަދުން
ޔުއެފާ ނޭޝަންސް ލީގު: ބެލްޖިއަމް މޮޅުވިއިރު އިންގްލަންޑް ބަލިވެއްޖެ

ޔުއެފާ ނޭޝަންސް ލީގު: ބެލްޖިއަމް މޮޅުވިއިރު އިންގްލަންޑް ބަލިވެއްޖެ

ޔޫއެއެފާ ނޭޝަންސް ލީގުގައި ބުދަ ދުވަހުގެރޭ ދުނިޔޭގެ ރޭންކިންގެ އެއްވަނައިގައި މިވަގުތު އޮތް ބެލްޖިއަމް އަދި އައިސްލެންޑް ބައްދަލުކުރިމެޗް 2-1ން ކާމިޔާބުކުރީ ބެލްޖިއަމްއެވެ. މެޗްގެ ތިންގޯލްވެސް ފެނިގެންދިޔައީ ފުރަތަމަ ހާފްގައެވެ. ފުރަތަމަ ގޯލް ޖަހާ ލީޑުނެގީ މެޗްގެ 9 ވަނަ މިނިޓްގައި އިންޓަމިލާންގެ ސްޓްރައިކަރ ލުކާކޫ ކާމިޔާބުކޮށްދިން ގޯލުނުނެވެ. މެޗްގެ 17 ވަނަ މިނިޓަގއި ސައެވަސަން ވަނީ އައިސްލެންޑަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ. މުޗުން ބެލްޖިއަމް މޮޅިވިގޯލް މެޗުގެ 39 ވަނ މިނިޓްގައި ކާމިޔާބުކޮށްދިނީ...

އަޙްމަދު އަސްފާން
މަތީ ތަޢުލީމު ފުރިހަމަ ކުރުމަށް ޒަކާތު ފަންޑުން އެހީތެރިކަން ފޯރުކޮށްދެނީ

މަތީ ތަޢުލީމު ފުރިހަމަ ކުރުމަށް ޒަކާތު ފަންޑުން އެހީތެރިކަން ފޯރުކޮށްދެނީ

މަތީ ތަޢުލީމު ޙާޞިލު ކުރަމުންދާ ދަރިވަރުންގެ ތެރެއިން، މާލީ ފުދުންތެރިކަން ނެތުމުގެ ސަބަބުން ކިޔެވުން ކުރިއަށް ގެންދިއުމަށް ދަތިވެފައިވާ ދަރިވަރުންނާއި، ފުރިހަމަކުރަމުން ދިޔަ ކޯސް މެދުކެނޑިފައިވާ ދަރިވަރުންނާއި، ގްރެޖުއޭޓް ނުވެވިފައިތިބި ދަރިވަރުންނަށް “މަތީ ތަޢުލީމަށް ޒަކާތު ފަންޑުން ސްކޮލަރޝިޕާއި ޚާއްޞަ އެހީ ދިނުމުގެ އުސޫލު” ގެ ދަށުން އެހީއަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި ފުރުޞަތު ބުދަ ދުވަހުން ފެށިގެން 15 ނޮވެމްބަރ 2020 ވާ އާދީއްތަ ދުވަހުގެ މެންދުރު 14:00 ގެ ނިޔަލަށް ވަނީ [...

އިބްރާހިމް ޚަލީލް
ހަނިމާދޫގެ މަގު ހެދުމުގެ މަޝްރޫޢުގެ %67 މަސައްކަތް ނިމިއްޖެ: އެމްޓީސީސީ

ހަނިމާދޫގެ މަގު ހެދުމުގެ މަޝްރޫޢުގެ %67 މަސައްކަތް ނިމިއްޖެ: އެމްޓީސީސީ

ހދ. ހަނިމާދޫގެ މަގުތައް ޒަމާނީ ފެންވަރަކަށް ހެދުމުގެ މަޝްރޫޢުގެ %67 މަސައްކަތް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. މި މަޝްރޫޢުގެ ތެރެއިން ފައިމަގުގައި ހިނގޭ ގޮތަށް 16،518 އަކަ މީޓަރުގެ ސަރަޙައްދެއް ޤާއިމުކުރުމުގެ އިތުރުން މަގުގައި ދުއްވޭ ގޮތަށް 38،916 އަކަ މީޓަރުގެ ސަރަޙައްދެއް ޤާއިމުކުރުމަށްވަނީ ހަމަޖެހިފައެވެ. އަދި 19,679.7 އަކަ މީޓަރުގެ ސަރަޙައްދެއްގައި މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތް ވެސް މި މަޝްރޫޢުގެ ތެރެއިން ކޮށް ނ...

އިބްރާހިމް ޚަލީލް
ހަނިމާދޫ އަދި ނަރުދޫ ހިމެނޭހެން 9 ރަށެއްގެ ގެސްޓް ހައުސްތައް މިއަދު ހުޅުވާލަނީ

ހަނިމާދޫ އަދި ނަރުދޫ ހިމެނޭހެން 9 ރަށެއްގެ ގެސްޓް ހައުސްތައް މިއަދު ހުޅުވާލަނީ

ކޯވިޑާއި ގުޅިގެން ބޯޑަރު ބަންދު ކުރުމާއިއެކު، ބަންދުކުރި ފަތުރުވެރިކަމުގެ ދާއިރާގެ ގެސްޓް ހައުސްތައް މިއަދު އަލުން ހުޅުވާލާއިރު 9 ރަށެއްގެ 16 ގެސްޓް ހައުސްއެއް ހުޅުވާލާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ. ކޯވިޑާއި ގުޅިގެން މިއަހަރުގެ މާޗް 17 ގައި ބަންދުކުރި ގެސްޓު ހައުސްތައް އަލުން ހުޅުވާލާއިރު ރަށު ފެންވަރުގައި ރައްކާތެރިކަމުގެގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ފުރިހަމަކުރުމަށްފަހު، ގެސްޓް ހައުސްތައް ހުޅުވުމުގެ އެއްވެސް އިޢުތިރާޒެއްނެތްކަމަށް މިހާތަނަށް 9 ރަށަކުން ޓޫރިޒަމް މިނިސްޓްރީއަށް އަނ...

ޝިއުނާ އާދަމް
ފޯކައިދޫ ސްކޫލުގައި 12 ކްލާސްރޫމާއި، މަލްޓިޕާޕަސް ހޯލެއް ޢިމާރާތް ކޮށްދޭނެ ބަޔަކު ހޯދަނީ

ފޯކައިދޫ ސްކޫލުގައި 12 ކްލާސްރޫމާއި، މަލްޓިޕާޕަސް ހޯލެއް ޢިމާރާތް ކޮށްދޭނެ ބަޔަކު ހޯދަނީ

ށ. ފޯކައިދޫ ސްކޫލުގައި 12 ކްލާސްރޫމް އަދި މަލްޓިޕާޕަސް ހޯލް 2 ބުރި ޢިމާރާތުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދުމަށް މިނިސްޓްރީ އޮފް ފައިނޭންސްއިން ޢިއުލާނު ކޮށްފިއެވެ. މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ އެދިލެއްވުމުގެ މަތިން ފޯކައިދޫ ސްކޫލުގައި ތަރައްޤީ ކުރުމަށް ހަމަޖެހިފައި މިވާ 12 ކްލާސްރޫމް އަދި މަލްޓިޕާޕަސް ހޯލް 2 ބުރި ޢިމާރާތް ވެގެންދާނީ މިފަދަ ގޮތަކަށް މުޅި ށ. އަތޮޅުގައިވެސް އެންމެ ޒަމާނީ ފެންވަރަކަށް އެޅިގެން ދާނޭ އެއް އިމާރާތަށެވެ. މި ބީލަމުގައި ބައިވެރިވާން […]

މުޙައްމަދު އިނާން