އިނގްލިޝް ޕްރިމިއަރ ލީގު: ލިވަޕޫލް އާއި ޗެލްސީއަށްވެސް ޕޮއިންޓެއް
އިނގްލިޝް ޕްރިމިއަރ ލީގުގައި ހޮނިހިރު ދުވަހުގެރޭ މިދިޔަ ސީޒަންގެ ޗެމްޕިއަން ލިވަޕޫލް އަދި އެވަޓަން ބައްދަލުކުރި މެޗު އެއްވަރުވެއްޖެއެވެ. މެޗުގައި އެވަޓަންއިންވަނީ ދެފަހަރެއްގެ މަތިން ފަހަތުންއަރައި ނަތީޖާ ހަމަހަމަކޮށްފައެވެ. މެޗުގެ ފުރަތަމަގޯލް ތިންވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ މާނޭއެވެ. ނަމަވެސް 19 މިނިޓްގައި އެވަޓަންގެ ކީން ކާމިޔާބުކޮށްދިން ގޯލާއިއެކު ފުރަތަމަ ހާފް ނިމުމުގެ ކުރިން ނަތީޖާވަނީ ހަމަހަމަކޮށްދީފައެވެ. ލިވަޕޫލްގެ ދެވަނަ ގޯލް މެޗްގެ 72 ވަނަ މިނިޓްގައި ކާމިޔާބޮކޮށްދިނީ ސަލާހްއެވެ....