ރާއްޖެ ތޫނު ހަތިޔާރާއިއެކު މަސްދޯންޏަށް އެރި މައްސަލައިގައި 26 މީހަކަށް ދައުވާކޮށްފި ކާށިދޫ ދާއިރާގެ މަޖިލިސް މެންބަރު ޢަބުދު ﷲ ޖާބިރު ބައްލަވައިގެންފައިވާ ކަމަށް ބުނާ ދޯންޏަކަށް ފައިސާ ނުދައްކާތީ ކަމަށް ބުނެ، ތޫނު ހަތިޔާރާއިއެކު ބަޔަކު އެ ދޯންޏަށް އެރި މައްސަލައާ ގުޅިގެން 26 މީހަކަށް ދައުވާކޮށްފިއެވެ. ޕީޖީ އޮފީހުން ހާމަކުރެއްވި ގޮތުގައި އެ މީހުންގެ މައްޗަށް ދައުވާ އުފުލައި ހުށަހަޅާފައިވަނީ ލ. ގަމު މެޖިސްޓްރޭޓް ކޯޓަށެވެ. އެގޮތުން އެ މީހުންގެ މައްޗަށް އުފުލީ ބިރުދެއްކުމުގެ ކުށުގެ ދައުވާއެވެ. މިއަހަރުގެ އޮކްޓޯބަރު މަހުގެ26 ވަނަ ދުވަހުގެ ރޭ ހިނގި […] އަޙްމަދު ވަހީދު · 5 އަހަރު ކުރިން
ރާއްޖެ 12 ބާވަތެއް ސިންގަލް ޔޫޒް ޕްލާސްޓިކުގެ ގޮތުގައި ކަނޑައަޅައިފި ޕްލާސްޓިކުން ތައްޔާރުކޮށްފައި ހުންނަ އެއްޗެހީގެ ތެރެއިން ރާއްޖެއަށް އެތެރެކުރާ 12 ބާވަތެއް ސިންގަލް ޔޫޒް ޕްލާސްޓިކުގެ ގޮތުގައި ކަނޑައަޅައި، އަންނަ އަހަރުން ފެށިގެން އެ ބާވަތްތައް ރާއްޖެ އެތެރެކުރުން މަނާކޮށްފިއެވެ. އެކަން ބަޔާންކޮށްފައި ވަނީ އެކަމަށް ރައީސުލް ޖުމްޙޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް މިއަދު ނެރުއްވި “ޕްލާސްޓިކުން ތައްޔާރުކޮށްފައި ހުންނަ އެއްޗެހީގެ ތެރެއިން، ސިންގަލް ޔޫޒް ޕްލާސްޓިކުގެ ގޮތުގައި ބައެއް ތަކެތި ކަނޑައެޅުން” ޤަރާރުގައެވެ. އެ ޤަރާރުގައި ބުނެފައި ވަނީ ޤާނޫނު ނަންބަރު 31... ޔުމްނާ ޢަލީ · 5 އަހަރު ކުރިން
ރާއްޖެ ތަކަންދޫ ފެނަކަ އާ އޮފީސް އިމާރާތް ކޮށްދޭނެ ބަޔަކު ހޯދަނީ ހއ. ތަކަންދޫ ފެނަކަ އާ އޮފީސް އިމާރާތް ކުރުމުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން ޢިއުލާން ކޮށްފިއެވެ. މި މަސައްކަތްތައް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލަމުން ފެނަކައިން ބުނެފައިވަނީ އެ ކުންފުނިން ދޭ ކުރެހުމާއި ބީ.އޯ.ކިޔު އަދި މަޢުލޫމާތާއި އެއްގޮތަށް ހއ. ތަކަންދޫ ފެނަކަ އާ އޮފީސް، އިމާރާތް ކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ. މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުމަށް ހުޅުވާލާފައި ވަނީ... ޝިއުނާ އާދަމް · 5 އަހަރު ކުރިން
ބައިނަލްއަގުވާމީ ވައިރަހުގެ އާ ވޭރިއަންޓް އިންޑިއާއާއި، ޕާކިސްތާނަށް ވެސް ފޯރައިފި އިނގިރޭސި ވިލާތުން ފެނިގެން އުޅޭ ކޮރޯނާވައިރަހުގެ އާ ވޭރިއަންޓް އިންޑިއާ އާއި ޕާކިސްތާނަށް ވެސް ފޯރައިފިއެވެ. މިގޮތުން އިނގިރޭސިވިލާތުން އެނބުރި އައި ތިންމީހެއްގެ ގައިން ކޯވިޑް ވައިރަހުގެ އާ ވޭރިއަންޓް ފެނިފައިވާ ކަމަށް ޕާކިސްތާނުން ބުނެފައި ވެއެވެ. އެތިންމީހުންވެސް ނިސްބަތްވަނީ ކަރާޗީއަށެވެ. ޕާކިސްތާނު ސަރުކާރުން ބުނީ، އިނގިރޭސިވިލާތުން އެނބުރި އެ ޤައުމަށް ދިޔަ މީހުންގެ ތެރެއިން 12 މީހެއްގެ ސާމްޕަލް ނެގުނު ކަމަށާއި، އޭގެ ތެރެއިން 6 މީހަކު ކޯވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި 3 މީހެއްގެ […] ހުސައިން ހަބީބް · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު އިހަވަން ކަޕް ފުޓްބޯޅަ މުބާރާތް 2020ގެ ކުއާޓާ މެޗުތައް މިއަދު ފަށަނީ ހއ. އިހަވަންދޫގައި ރަޖިސްޓްރީ ކޮށްގެން ހިންގަމުން އަންނަ ޖަމްޢިއްޔާއެއް ކަމުގައިވާ ކުލަބް ޕޯލްސްޓަރގެ ފަރާތުން ހއ އަދި ހދ ގެ ހުރިހާ ރަށަކަށް ހުޅުވާލައިގެން ކުރިއަށް ގެންދާ ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލް މެޗުތައް މިއަދު ފަށާނެއެވެ. ޖުމްލަ ފަނަރަ ޓީމާއިއެކު ފެށި މި މުބާރާތުގެ ކުއާޓާގެ މެޗުތައް 30 ޑިސެމްބަރ 2020 ގައި ފެށުމަށް ތާވަލު ކުރެވިފައިވާއިރު، މި މުބާރާތުގެ ކުއާޓާގެ ޖާގަތައް ކަށަވަރު ކޮށްފައިވާ ޓީމްތަކަކީ އުލިގަމް، ދިއްދޫގެ ހީވެސްނުވޭ ސްޕޯޓްސް ކުލަބް، ނޮޅިވަރަމްގެ […] އިބްރާހިމް ޚަލީލް · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ފުނަދޫ ބީއެމްއެލް ބްރާންޗުން ''އުންގާ'' ޖަމިއްޔާއަށް އަންގި ހަދިޔާކޮށްފި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލްގެ) ގެ ށ. ފުނަދޫ ބްރާންޗްއިން، އެރަށުގައި ތިމާވެށީގެ ދާއިރާއިން ޚާއްޞަކޮށް މަސައްކަތް ކުރަމުން އަންނަ ޔުނައިޓެޑް ނިއު ޖެނެރޭޝަން އެޑަލްޓްސް (އުންގާ) ޖަމިއްޔާއަށް އަންގި ހަދިޔާކޮށްފިއެވެ. ބީއެމްއެލް ފުނަދޫ ބްރާންޗްގެ މި އެހީތެރިކަމަކީ، އުންގާ ޖަމިއްޔާއިން ކޮންމެ ހަފުތާއެއްގެ ހޮނިހިރު ފާހަގަ ކުރަމުންއަންނަ ”ސާފުކުރާ ހޮނިހިރު ދުވަސް”ގައި ބޭނުން ކުރުމަށް ހަދިޔާކުރި އަންގިއެވެ. ބީއެމްއެލް ފުނަދޫ ބްރާންޗުން، އުންގާ ޖަމިއްޔާއަށް އަންގި ހަދިޔާކުރުން އޮތީ އިއްޔެ، އެ ބްރާ... ޙުސައިން ޝަހުދީ · 5 އަހަރު ކުރިން
ރާއްޖެ ޑރ. މުޢިއްޒުގެ ހާލުކޮޅު ދެރަވެ ފަރުވާ ދެނީ ކުރީގެ ހައުސިން މިނިސްޓަރު އަދި އިދިކޮޅު ޕީޕީއެމްގެ އެއް ނައިބު ރައީސް، ޑރ. މުހައްމަދު މުޢިއްޒުގެ ހާލުކޮޅު ދެރަވެ އެޑްމިޓްކޮށް ފަރުވާ ދޭން ފަށައިފި އެވެ. ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭގެ މޭޔަރު ކަމަށް ވެސް ވާދަކުރައްވާ ޑރ. މުޢިއްޒުގެ އެޑްމިޓްކޮށް ފަރުވާ ދެމުން ދަނީ އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގެ އެމެޖެންސީ ގައެވެ. މުއިއްޒުގެ ހާލުކޮޅު ދެރަވެ، ފަރުވާދޭން ފެށުމާއިގުޅިގެން ކުރިސުވާލަކަށް ޖަވާބުދެއްވަމުން މުޢިއްޒުގެ ޢާއިލާގެ ބޭފުޅަކު ”ތިލަދުން”އަށް ވިދާޅު... ޔުމްނާ ޢަލީ · 5 އަހަރު ކުރިން
ރާއްޖެ ބްރިޖުގައި ދެ އެކްސިޑެންޓް ހިނގައިފި ސިނަމާލެ ބްރިޖުގައި ދެ އެކްސިޑެންޓެއް ހިންގައިފި އެވެ. ފުލުހުން ވިދާޅުވީ، މިގޮތުން ހިނގި ފުރަތަމަ އެކްސިޑެންޓް ހިނގީ ހައިވޭގެ އެމްއެންޑީއެފް ޕޯސްޓް ހިސާބުގައި ކަމަށެވެ. މި އެކްސިޑެންޓް ހިނގީ ދުއްވާފައި ދިޔަ އެމްބިއުލާންސެއް ޕިކަޕެއްގެ ފަހަތުގައި ޖެހިގެންނެވެ. މިރޭ 8:30 ހާއިރު ހިނގި މި އެކްސިޑެންޓްގައި މީހަކަށް އަނިޔާއެއް ނުވެއެވެ. ނަމަވެސް ދެ ވެހިކަލަށްވެސް ބޮޑެތި ގެއްލުންވެފައިވެއެވެ. ސިނަމާލެ ބުރިޖުގައި މިރޭ ހިނގި ދެވަނަ އެކްސިޑެންޓް ހިނގާފައި ވަނީ ވެސް ހަމަ އެހާކަށްހާއިރުއެވެ. އެއްކޮޅަށް ދުއް... ޔުމްނާ ޢަލީ · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު އިހަވަންދޫ މަސްވެރިއެއްގެ ޝުޢޫރު "މިތިބީ ކަށި ކުނބުރު ޖަންގައްޔެއްގައި، ކަށިތައް ހެރި ލޭ ދަނީ އޮހޮރެމުން" ގިނަ ކަންބޮޑުވުންތަކެއް ފާޅުކޮށް، ދޮށީގެ މަސްވެރިކަމުގައި ހަރަކާތްތެރިވާ މަސްވެރިންތަކެއް، ފެލިވަރުގައި ޑިސެމްބަރު 22 ވަނަ ދުވަހު އިހުތިޖާޖު ކޮށްފައި ވަނިކޮށް، ހއ. އިހަވަންދޫ މަސްވެރި ޢާއިލާތައް ވެސް ވަނީ ޑިސެމްބަރު 25 ވަނަ ދުވަހު، އިހަވަންދޫ ބަނދަރު ސަރަޙައްދުގައި އިހުތިޖާޖުކޮށްފައެވެ. އޭގެ ތެރެއިން އެއް މަސްވެރިއަކީ އިހަވަންދޫ ”މާވެހި” ދޯންޏަށް ނިސްބަތްވާ މަސްވެރިއެއްކަމަށްވާ މުޙައްމަދު ސައީދެވެ. މަސްވެރިން މިހާރު ފަށާފައިވާ އިހުތިޖާޖުތައް ރާވާ ހިންގުމުގައި އުތުރުގެ މަސްވެރިންގެ ތެރެއިން ސައީދ... ޙުސައިން ޝަހުދީ · 5 އަހަރު ކުރިން
ރާއްޖެ 203 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ނައްތާލައިފި މިއަހަރުގެ ސެޕްޓެމްބަރާއި އޮކްޓޫބަރު މަހު ފުލުހުން ހިންގި އޮޕަރޭޝަންތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ 203 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ނައްތާލައިފިކަމަށް ފުލުހުން ބުނެފި އެވެ. ފުލުހުން ބުނީ، މިތަކެތި ނައްތާލާފައިވަނީ މިއަދު ހެނދުނު ދޫނިދޫގައި ކަމަށެވެ. މަސްތުވާތަކެތި ނައްތާލުމުގެ ހަރަކާތުގައި އާންމު މީޑިޔާތަކަށާއި އޮބްޒާވަރުންނަށް ބައިވެރިވުމުގެ ފުރުޞަތު ދީފައިވިވެ އެވެ. މިއަދު ނައްތާލާފައިވަނީ 2020 ސެޕްޓެމްބަރު 8 ވަނަ ދުވަހު ޑާކާ މަގުން ރާއްޖެއައި ބަންގްލަދޭޝް ރައްޔިތެއްގެ... ޔުމްނާ ޢަލީ · 5 އަހަރު ކުރިން
ރާއްޖެ އެމްއެމްޕީއާރުސީގެ މައްސަލައިގައި ނިހާނުގެ މައްޗަށް ހަ ދައުވާއެއް ކުރީގެ ސަރުކާރުގައި ހިނގާފައިވާ މޯލްޑިވްސް މާރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، (އެމްއެމްޕީއާރުސީ) ހިޔާނާތުގެ މައްސަލާގައި ތުހުމަތު ކުރެވޭ ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު ނިހާން ހުސައިން މަނިކުގެ މައްޗަށް ހަ ދައުވާއެއް އުފުލައި ކްރިމިނަލް ކޯޓަށް އެ މައްސަލަ ހުށަހަޅައިފިއެވެ. ޕްރޮސިކިއުޓަރ ޖެނަރަލްގެ އޮފީހުން ވިދާޅުވީ އެމްއެމްޕީއާރުސީގެ މައްސަލާގައި ނިހާނުގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލަ ތަޙުޤީޤުކުރުމަށްފަހު، 6 ދަޢުވާއެއް ކުރުމަށް މިއަދު ކްރިމިނ... އަލީ އާދިލް · 5 އަހަރު ކުރިން
ކުޅިވަރު ޗެލްސީ އަދި ލެސްޓާއަށް ވެސް ޕޮއިންޓެއް އިނގިރޭސި ޕްރިމިއާ ލީގުގައި ހޯމަދުވަހުގެ ރޭ ޗެލްސީ ކުޅުނު މެޗު އެއްވަރުވެގެން ނިމުނު އިރު ލެސްޓާ ސިޓީ ކުޅުނު މެޗު ވެސް އެއްވަރުވެ ޕޮއިންޓަކުން ފުއްދާލަން ޖެހިއްޖެއެވެ. ޗެލްސީގެ ސްޓެމްފޯޑް ބްރިޖް ސްޓޭޑިއަމްގައި ކުޅުނު މެޗު އެސްޓަންވިލާ އާއި ވާދަކޮށް އެއްވަރު ވެފައިވަނީ 1-1 ގެ ނަތީޖާއަކުންނެވެ. މި ސީޒަންގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އެސްޓަން ވިލާއިން މި މެޗުގައި ވެސް ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ. ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ފުރަތަމަ […] އިބްރާހިމް ޚަލީލް · 5 އަހަރު ކުރިން
ރާއްޖެ އެމްޓީސީސީ އިން ތ އަތޮޅުން ލ އަތޮޅަށް ލޯންޗް ފެރީގެ ޚިދުމަތް ފަށައިފި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ގެ ފަރާތުން ތ އަތޮޅާއި ލ އަތޮޅާއި ދެމެދު ލޯންޗް ފެރީގެ ޚިދުމަތް ފަށައިފިއެވެ. މިގޮތުން މިއަދުފެށި، މި ފެރީގެ ނިޒާމުގެ ތެރެއިން ދަތުރު ކުރުމަށް ހަމަޖެހިފައިވާ ރަށްތަކުގެ ތެރޭގައި ހިމެނެނީ ތ. ވޭމަންޑޫގެ އިތުރުން އެ އަތޮޅު ތިމަރަފުށި އަދި ލ. ގަމެވެ. ހަފްތާއަކު ހަތަރު ދުވަހު މި ދަތުރުތައް ބޭއްވުމަށް ޝެޑިއުލް ކޮށްފައިވާއިރު އެ ދުވަސްތަކަކީ ހޮނިހިރު، އާދީއްތަ، އަންގާރައިގެ އިތުރުން ބުރާސްފަތި ދުވަހެވެ. މި […] އިބްރާހިމް ޚަލީލް · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ކެލާ އަންހެނުންގެ ކޮމެޓީން ތަރައްޤީކުރި ''އޮޑި ބަން ޕާކު'' ވަރަށްޗާލު ހއ. ކެލާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ އިން، އެރަށު ގޮނޑު ދޮށުގައި ތަރައްޤީ ކުރި ”އޮޑި ބަން ޕާކު” ހުޅުވައިފިއެވެ. ކެލާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން މި ޕާކު ތަރައްޤީކޮށްފައި ވަނީ އެރަށުގެ ”އޮޑި ބަން މަގު”ގެ ގޮނޑުދޮށު ސަރަޙައްދުގައެވެ. އެ ކޮމެޓީގެ ރައީސާ، ހައްވާ ޝަހުމާ ”ތިލަދުން”އަށް ވިދާޅުވީ، މި ޕާކު ތަރައްޤީކޮށް ނިންމާލީ ތިން ހަފުތާއެއްހާ ދުވަހުން ކަމަށާއި، މި މަސައްކަތް ފުރިހަމަ ކުރުމުގައި ގިނަ ބަޔެއްގެ އެއްބާރުލުން ލިބިގެން ގޮސްފައިވާ […] ޙުސައިން ޝަހުދީ · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު މަނަދޫން މިލަދުއަށް - އިއުތިލާފުގެ މާލޫދު ދަތުރު އެހެލާފައިހުރި ބޮޑު މަސްދޯންޏެއް ބާލައިގެން ޒުވާން ކުދިންކޮޅެއް ފުރަން ތައްޔާރުވަނީއެވެ. އެއީ މަނަދޫ ޤާސިމް ހާރޫނު ހާޖީގެ “ދިލާވަރު” ކިޔާ މަސް ދޯންޏެވެ. އެ މަސައްކަތުގައި ހުރިހާ ކުދިން އުޅުނީ ވަރަށް ފޯރިއާއި ޖޯޝުގައެވެ. ނަމަވެސް ދަތުރަށް ނުފުރެނީސް އެ ފޯރިގަނޑުގައި ކުންޏެއް ޖެހުނެވެ. ދަތުރުގެ ދެ ބައިވެރިއަކަށް އެ ދޯނިން ނުދެވޭނެކަމަށް އޮޑިވެރި ފަރާތުން އެންގެވީއެވެ. އެއީ މުޙައްމަދު ޙަމީދާއި ޢަބްދުލްޣަފޫރު ޢަލީއެވެ. ވީކީއްތޯ އަހާލަން ކެރޭ މީހަކު ވެސް އެ ޒަމާނަކު ނުހުންނާނެއެވެ. އެ […] ޢަބްދުﷲ ސަޢީދު · 5 އަހަރު ކުރިން