މައި ޚަބަރަށް ދިޔުމަށް

ތިލަދުންގެ އަރުޝީފުން ހޯދުން

ފަހުގެ ހޯދުންތައް:
2020: މަހުޖަނުން އިތުރަށް މުއްސަނދިވި އަހަރެއް!

2020: މަހުޖަނުން އިތުރަށް މުއްސަނދިވި އަހަރެއް!

ވޭތުވެދިޔަ 12 މަސްދުވަހަކީ، ދުނިޔެ ނުދެކޭހާ ޙާލުގައި ގިނަ ބަޔަކު ދިރިއުޅެމުންއައި 12 މަސްދުވަހެވެ. ކޯވިޑް-19ގެ ބަލިމަޑުކަން މުޅި ދުނިޔެއަށް ފެތުރުނުއިރު، ފަޤީރުންގެ ނިޞްބަތް އިތުރުވެ، ގިނަ ބަޔަކުވަނީ އިތުރަށް ބިކަވެފައެވެ. ނަމަވެސް، މި ލިޔުމުގައި ބަލާލަން މިއުޅެނީ ފަޤީރުންނަކަށް ނޫނެވެ. 2020 ވަނަ އަހަރަކީ، ދުނިޔޭގެ މަޝްހޫރު ގިނަ ބިލިޔަނަރުން އިތުރަށް މުއްސަނދިވި އަހަރެކެވެ. ދުނިޔޭގައި މި ވަގުތު އެންމެ މުއްސަނދި މީހުންގެ ލިސްޓުގެ 10 ފަރާތުންވަނީ ވޭދުވެދިޔަ އަހަރުގެ ތެރޭގައި 347 ބިލިއަން ޑޮލަރު […...

މުޙައްމަދު މާއިލް ހަސަން
އަދާލަތު ޕާޓީގެ އެންމެ އިސް ދެ މަގާމުގެ އިންތިޚާބު މިމަހު 23ގައި

އަދާލަތު ޕާޓީގެ އެންމެ އިސް ދެ މަގާމުގެ އިންތިޚާބު މިމަހު 23ގައި

އަދާލަތު ޕާޓީ (އޭޕީ)ގެ އެންމެ އިސް ދެ މަގާމު ކަމުގައިވާ، ރައީސާއި ނައިބު ރައީސް ހޮވުމުގެ އިންތިޚާބު މި މަހުގެ 23 ގައި ބާއްވަން ނިންމައިފިއެވެ. މިގޮތުން އޭޕީއިން އިއްޔެ ކުރި ޢިއުލާނެއްގައި ބުނެފައި ވަނީ އެ ޕާޓީގެ ތިން ވަނަ ދައުރަށް ޕާޓީގެ ރައީސާއި ނައިބު ރައީސް ހޮވުމަށް ބާއްވާ އިންތިޚާބު 23 ޖެނުއަރީ ގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން ޕާޓީގެ އިންތިޚާބުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މިމަހުގެ ނުވަ ވަނަ ދުވަހުގެ 2:00ގެ […]

އަޙްމަދު ވަހީދު
ނަރުދޫއަށް އުދަ އަރައި ބައެއް ގޭތަކަށް ގެއްލުން ވެއްޖެ

ނަރުދޫއަށް އުދަ އަރައި ބައެއް ގޭތަކަށް ގެއްލުން ވެއްޖެ

ށ. ނަރުދޫއަށް އުދަ އަރައި ބައެއް ގޭތަކަށް ލޮނުވަދެ، ގެއްލުންތަކެއް ވެއްޖެއެވެ. ނަރުދޫއަށް އުދަ އަރާފައި ވަނީ ރޭ މެންދަމު 2:00 އިން 2:30 އާއި ދެމެދުގެ ވަގުތެއްގައެވެ. ނަރުދޫ ކައުންސިލްގެ ނައިބު ރައީސް މުޙައްމަދު ނިޒާރު ”ތިލަދުން” އަށް ވިދާޅުވީ އެރަށަށް އުދައެރުމުގެ ސަބަބުން 8 ގެއަށް ލޮނު ވަދެފައިވާ ކަމަށެވެ. އަދި 3 ގެއެއްގެ ގެއާއި ބަދިގެއަށް ލޮނުވަދެ ބައެއް ގެއްލުން ވެފައިވާ ކަމަށް ނިޒާރު ވިދާޅުވިއެވެ. ”ރޭ 2 ޖަހާކަށްހާއިރުން ފެށިގެން ރައްޔިތުން […]

ޙުސައިން ޝަހުދީ
ލަންދޫ "ކުޅިދޮށު ޕާކް" ޒުވާނުންގެ ނަމޫނާ މަސައްކަތެއް

ލަންދޫ "ކުޅިދޮށު ޕާކް" ޒުވާނުންގެ ނަމޫނާ މަސައްކަތެއް

ކޯވިޑް ބަލިމަޑުކަމާއި ގުޅިގެން ރިސޯޓްތައް ބަންދުވިއެވެ. ރިސޯޓްތަކުގައި ވަޒީފާ އަދާކުރި ޒުވާނުން، އެ ޒުވާނުންގެ އުފަން ރަށުގައި ގިނަ ދުވަސްތަކެއް ވަންދެން ތިބެން ޖެހުނެވެ. ލިބިގެންދިޔަ ހުސްވަގުތުގެ ބޭނުންހިފައި ރަށަށް ބޭނުންތެރި މަސައްކަތްތަކެއް ކޮށްދިނުމުގައި އެ ޒުވާނުން ނަމޫނާ ވެސް ދެއްކިތަން ފެނިގެންދިޔައެވެ. ރާއްޖޭގެ އުތުރާއި ދެކުނުންނެވެ. ނ.ލަންދޫގެ ޒުވާނުން ވެސް އެ ޒުވާނުންނަށް ލިބިގެންދިޔަ ހުސްވަގުތުގެ ބޭނުން ހިފައި، މި ވަނީ އެ ރަށުގެ މީހުން ދިރިއުޅޭ ސަރަހައްދާއި 1200 ފޫޓް ދުރުގައިވާ، އެ ރ...

އިބްރާހިމް ޚަލީލް
ފުނަދޫ ކައުންސިލުން ކުރިއަށްގެންދިޔަ ހޭންޑްބޯޅަ ތަމްރީނު ޕްރޮގްރާމް ނިންމާލައިފި

ފުނަދޫ ކައުންސިލުން ކުރިއަށްގެންދިޔަ ހޭންޑްބޯޅަ ތަމްރީނު ޕްރޮގްރާމް ނިންމާލައިފި

ށ. ފުނަދޫ ކައުންސިލުން އިންތިޒާމުކޮށްގެން އެރަށުގައި ކުރިއަށް ގެންދިޔަ ހޭންޑްބޯޅަ ތަމްރީނު ޕްރޮގްރާމް ކާމިޔާބު ކަމާއެކު ނިންމާލައިފިއެވެ. މި ޕްރޮގްރާމަކީ ފުނަދޫ އިޖްތިމާއި މަރުކަޒުގެ ޔޫތު ޑިވޮލޮޕްމަންޓް ޕްރޮގްރާމްގެ ދަށުން ހިންގި ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ ނިމުނު 2020 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 12 އިން 31 ގެ ނިޔަލަށެވެ. ފުނަދޫގެ އުމުރުން 12 އަހަރާއި 18 އަހަރާއި ދެމެދުގެ އަންހެން ކުދިންނަށް ހާއްސަކޮށްގެން އެރަށުގެ އިޖްތިމާއީ މަރުކަޒުގެ ފުޓްސަލް ދަނޑުގައި ކުރިޔަށް...

ޙުސައިން ޝަހުދީ
ރާއްޖެއިން ބޭރުން އަންނަ ދަރިވަރުން ކަރަންޓީނުވާން ޖެހޭނެ: އެޗްޕީއޭ

ރާއްޖެއިން ބޭރުން އަންނަ ދަރިވަރުން ކަރަންޓީނުވާން ޖެހޭނެ: އެޗްޕީއޭ

ރާއްޖެއިން ބޭރުން އަންނަ މީހުންގެ ތެރެއިން ރާއްޖޭގެ ސްކޫލުތަކާއި ކޮލެޖު އަދި ޔުނިވާސިޓީތަކަށް ކިޔަވަން އަންނަ ދަރިވަރުންގެ ކަރަންޓީނުވާން ޖެހޭނެކަމަށް، ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ. އެޗްޕީއޭއިން މިރޭ ކުރި ޢިއުލާނެއްގައި ބުނީ ރާއްޖެއިން ބޭރުން އަންނަ މީހުންގެ ތެރެއިން ރާއްޖޭގެ ސްކޫލުތަކާއި ކޮލެޖު އަދި ޔުނިވާސިޓީތަކަށް ކިޔަވަން އަންނަ ދަރިވަރުން ރާއްޖެއަންނަ ދުވަހުން ފެށިގެން 10 ދުވަހު ގޭގައި ކަރަންޓީނުވާން ޖެހޭނެ ކަމަށެވެ. މިފަދަ ދަރިވަރުން ކަރަންޓީނުން ދޫކޮށްލާނީ 10 ދު...

ޝިއުނާ އާދަމް
އިހަވަން ކަޕް: ސެމީއަށް އެޗެއެން ސްޕޯޓްސް، ކުލަބް ޕެނީ، ކުޅިމަގު އަދި ނައިވާދޫ

އިހަވަން ކަޕް: ސެމީއަށް އެޗެއެން ސްޕޯޓްސް، ކުލަބް ޕެނީ، ކުޅިމަގު އަދި ނައިވާދޫ

ހއ. އިހަވަންދޫގައި ރަޖިސްޓްރީ ކޮށްގެން ހިންގަމުން އަންނަ ޖަމްޢިއްޔާއެއް ކަމުގައިވާ ކުލަބް ޕޯލްސްޓަރގެ ފަރާތުން ހއ އަދި ހދ ގެ ހުރިހާ ރަށަކަށް ހުޅުވާލައިގެން ކުރިއަށް ގެންދާ ފުޓްބޯޅަ މުބާރާތުގެ ސެމީފައިނަލަށް ދިއްދޫ ހީވެސްނުވޭ ސްޕޯޓްސް ކުލަބާއި، ނޮޅިވަރަމް ކުލަބް ޕެނީ، އިހަވަންދޫ ކުޅިމަގު ޓީމްގެ އިތުރުން ޓީމް ނައިވާދޫ ދަތުރު ކޮށްފިއެވެ. މި މުބާރާތުގެ ސެމީ ފައިނަލަށް ޓީމްތައް ދަތުރު ކޮށްފައިވާ ގޮތަށް ބަލައިލާއިރު ދިއްދޫ ހީވެސްނުވޭ ސްޕޯޓްސް ކުލަބް ސެމީ ފައިނަލަށް ދަތުރު ކޮށްފައިވަނީ […]

އިބްރާހިމް ޚަލީލް
ރުކުގެ އައު ޖީލެއް އުފެއްދުމުގެ ޕްރޮގްރާމްގެ ދަށުން ކުޅުދުއްފުށީގައި ރުއް އިންދަން ފަށައިފި

ރުކުގެ އައު ޖީލެއް އުފެއްދުމުގެ ޕްރޮގްރާމްގެ ދަށުން ކުޅުދުއްފުށީގައި ރުއް އިންދަން ފަށައިފި

މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން ކުރިއަށް ގެންދަވާ ރުކުގެ އައު ޖީލެއް އުފެއްދުމުގެ ޕްރޮގްރާމްގެ ދަށުން ކުޅުދުއްފުށީގައި ރުއް އިންދުމުގެ ޕްރޮގްރާމެއް ކުޅުދުއްފުށީ ކައުންސިލުން ފަށައިފިއެވެ. ރުކުގެ އައު ޖީލެއް އުފެއްދުމުގެ ޕްރޮގްރާމްގައި ބައިވެރިވުމަށް 2020 ވަނަ އަހަރުގެ އޮކްޓޯބަރު 25 ވަނަ ދުވަހު ދަނޑުވެރިކަމާއިބެހޭ ވުޒާރާއިން ވަނީ ރާއްޖޭގެ ކައުންސިލް ހުޅުވާލާފައެވެ. އެ ފުރުޞަތުގެ ދަށުން އެކަމަށް އެދި ކުޅުދުއްފުށި ކައުންސިލުން ހުށަހެޅި ހުށަހެޅުމުގެ ދަށުން އެކައުނ...

ޔުމްނާ ޢަލީ
ކޯސްޓްގާޑުގެ ޚިދުމަތަށް 41 އަހަރު ފުރުން ފާހަގަކޮށްފި

ކޯސްޓްގާޑުގެ ޚިދުމަތަށް 41 އަހަރު ފުރުން ފާހަގަކޮށްފި

އެމްއެންޑީއެފް ކޯސްޓްގާޑުގެ ޚިދުމަތަށް 41 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ދިދަ ނެގުމުގެ ރަސްމިއްޔާތެއް ބާއްވައިފިއެވެ. މިރަސްމިއްޔާތު ބާއްވާފައިވަނީ ހުޅުމާލެ ޖެޓީ ސަރަހައްދުގައި މިއަދު ހެނދުނު 06:00 ގައެވެ. ދިދަ ނެގުމުގެ ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފައި ވަނީ ކޯސްޓްގާޑުގެ ކޮމަޑާންޓް ކާނަލް މުޙައްމަދު ސަލީމެވެ. މި ރަސްމިއްޔާތުގައި ކޯސްޓްގާޑުގެ ކޮމަޑާންޓް ކާނަލް މުޙައްމަދު ސަލީމާއި އެމްއެންޑީއެފް ކޯސްޓްގާޑުގެ ސީނިއަރ އޮފިސަރުންނާއި އެހެނިހެން ރޭންކުތަކުގެ ގިނަ އަދަދެއްގެ ސިފައިން ވަ...

އަލީ އާދިލް
މަހައްގޮސް އުޅުނު ޒުވާނެއްގެ އަތް ބިނދިއްޖެ

މަހައްގޮސް އުޅުނު ޒުވާނެއްގެ އަތް ބިނދިއްޖެ

މަސްވެރިކަމުގެ މަސައްކަތުގައި އުޅުނު ދޯންޏެއްގެ ވަތު ތެރެއަށް ވެއްޓި ޒުވާނެއްގެ އަތް ބިނދިއްޖެ އެވެ. އެމްއެންޑީއެފުން ވިދާޅުވީ، މި ހާދިސާ ހިނގާފައިވަނީ ކ. ކޮއްދިއްޕަރު ކައިރިން މަސްވެރިކަމުގައި އުޅުނު “ދޯދި” ނަމަކަށް ކިޔާ ދޯންޏެއްގައި ކަމަށެވެ. މި ހާދިސާގައި ދޯނީގެ ވަތު ތެރެއަށް ވެއްޓި އަތް ބިނދިފައިވަނީ 20 އަހަރުގެ ދިވެހި ޒުވާނެއްގެ ކަމަށް ވެސް އެމްއެންޑީއެފުން ވިދާޅުވެއެވެ. އެ ޒުވާނާ އަވަސް ފަރުވާ އަށް މާލެ ގެނައުމަށް އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑުގެ ސްކޮޑްރަން އިން […]

އަޙްމަދު ވަހީދު
"މޯލްޑިވްސް ޓޫރިޒަމް ބުލެޓިން،" ގެ ނަމުގައި މަޖައްލާއެއް ނެރެފި

"މޯލްޑިވްސް ޓޫރިޒަމް ބުލެޓިން،" ގެ ނަމުގައި މަޖައްލާއެއް ނެރެފި

“މޯލްޑިވްސް ޓޫރިޒަމް ބުލެޓިން” ގެ ނަމުގައި މަޖައްލާއެއް ނެރެފި އެވެ. މިނިސްޓްރީ އޮފް ޓޫރިޒަމްއިން ޝާއިޢުކުރާ މި މަޖައްލާ ނެރެދެއްވީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އެވެ. މި މަޖައްލާގެ ފުރަތަމަ އަދަދު ނެރެދެއްވުމުގެ ގޮތުން ކުރެއްވި ޓުވީޓެއްގައި ރައީސް ވިދާޅުވީ، މިއީ ފަތުރުވެރިކަމުގެ ދާއިރާއާ ގުޅުންހުރި ހުރިހާ ފަރާތްތަކާއި، ޚާއްޞަކޮށް ފަތުރުވެރިންނާއި ކިޔަވާކުދިންނަށް މުހިންމު މަޢުލޫމާތުތަކެއް ލިބިގެންދާނެ މަޖައްލާއެއް ކަމުގައި ދެކެވަޑައިގަންނަވާކަމަށެވެ. މި މަޖައްލާގެ ފުރަތަމަ އަދަދުގެ އިސްބަ...

އިބްރާހިމް އަސްވާޤް
2020 ވަނަ އަހަރު 554،800 އަށްވުރެ ގިނަ ފަތުރުވެރިން

2020 ވަނަ އަހަރު 554،800 އަށްވުރެ ގިނަ ފަތުރުވެރިން

ހުސްވި 2020 ވަނަ އަހަރު ވެގެން ދިޔައީ، މި ގަރުނުދުއް ނުރައްކާތެރި ބަލިމަޑުކަން ކޯވިޑް-19 ގެ ސަބަބުން މުޅި ދުނިޔެ ހުއްޓުމަކަށްއައި އަހަރެއްގެ ގޮތުގައިއެވެ. މި ބަލިމަޑުކަމުގެ ސަބަބުން މުޅިދުނިޔޭގެ މައިގަނޑު ހުރިހާސިނާއަތެއްހެން ހުއްޓުމަކަށް އައެއެވެ. އޭގެ ތެރޭގައި ރާއްޖެއަށް ވެސް އެންމެ ބޮޑު އާމްދަނީއެއް ލިބޭ ފަތުރުވެރިކަން ހިމެނެއެވެ. ކޯވިޑްބަލީގެ ގޮންޖެހުން ތަކާއިއެކު ވެސް ނިމުނު އަހަރު ރާއްޖެއަށް ވަނީ 554،800 އަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތް ކޮށްފައެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަ...

ޝިއުނާ އާދަމް
އާ އަހަރުގެ ފުރަތަމަ ފަތުވެރިޔާއާއެކު ''މޯލްޑިވްސް ބޯޑަރ މައިލްސް" ފަށައިފި

އާ އަހަރުގެ ފުރަތަމަ ފަތުވެރިޔާއާއެކު ''މޯލްޑިވްސް ބޯޑަރ މައިލްސް" ފަށައިފި

މިފެށުނު، 2021 ވަނަ އަހަރު ރާއްޖެ އައި ފުރަތަމަ ފަތުރުވެރިޔާއާއެކު މޯލްޑިވްސް ބޯޑަރ މައިލްސް’ ޕްރޮގްރާމް ފަށައިފިއެވެ. މިއީ މުޅި ދުނިޔޭގައި ވެސް މިފަދަ ޕްރޮގްރާމެއް ފެށި ފުރަތަމަ ފަހަރެވެ. މި ޕްރޮގްރާމަކީ ކޯވިޑް19ގެ ބަލިމަޑުކަމާއެކު ދިވެހިރާއްޖޭގެ ބޯޑަރު ބަންދުކުރުމާއި ގުޅިގެން، ފަތުރުވެރިން ރާއްޖެއައުން ހުއްޓި، ޤައުމުގެ އިޤްތިޞާދަށް އައި ހީނަރުކަމުން އަރައިގަނެ، ރާއްޖޭގެ ފަތުރުވެރިކަން އާ ހަރުފަތަކަށް ގެންގޮސް، އިތުރަށް ކުރިއެރުވުމަށްޓަކައި މޯލްޑިވްސް އިމިގްރޭޝަންގެ އިސްނެގުމާއެކު، މިނިސްޓްރީ އ...

ޔުމްނާ ޢަލީ
ހަނިމާދޫ ''ގޯތީގެ އިންތިޒާރުގައި'' ހޭދަކުރި އިތުރު އަހަރެއް

ހަނިމާދޫ ''ގޯތީގެ އިންތިޒާރުގައި'' ހޭދަކުރި އިތުރު އަހަރެއް

2020 ވަނަ އަހަރު ފަސްދީ ދިޔައިރު، އެ އަހަރު ވެގެން ދިޔައީ ހދ. ހަނިމާދޫގެ ރައްޔިތުންކުރެ ބޯހިޔާވަހިކަމެއް ހޯދުމަށްޓަކައި، ގޯތީގެ އިންތިޒާރުގައި ތިބި އެތައް ރައްޔިތުންނެއް ހޭދަކުރި އިތުރު އަހަރެއްގެ ގޮތުގައެވެ. ހަނިމާދޫން އެންމެފަހުން ގޯތި ދޫކޮށްފައި ވަނީ 2010 ވަނަ އަހަރުއެވެ. އެހެން ކަމުން މިއަހަރު ނިމިގެންދިޔައިރު، އެންމެ ފަހުން ހަނިމާދޫން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރިތާ 10 އަހަރު ފާއިތުވީއެވެ. ބިމުގެގޮތުން ބެލިޔަސް ގޯތި ނުދެވޭނެ އެއްވެސް ސަބަބެއްނެތް ހދ. ހަނިމާދޫއަކީ ބިމުގެ ގޮތުން ބަލާއިރު...

Thiladhun
ނަމާދަށް ސަފު ހަދާގޮތަށް ޢިލްމީ ނަޒަރެއް (1): ސަފު ސީދާ ކުރުން

ނަމާދަށް ސަފު ހަދާގޮތަށް ޢިލްމީ ނަޒަރެއް (1): ސަފު ސީދާ ކުރުން

ޝައްކެއްނެތް ގޮތުގައި ނަމާދަކީ މުސްލިމަކަށް ވުމަށްފަހު މާތް ﷲއަށް ކުރާ އަޅުކަންތަކުގެ ތެރެއިން އެންމެ މުހިންމު އެއް އަޅުކަމެވެ. އަޅުގަނޑުމެން މުސްލިމުންނަކީ ދުވަހުގެ 24 ގަޑި އިރުތެރޭ 5 ވަގުތު މިސްކިތަށް އަރައި ނަމާދު ކުރާ ބައެކެވެ. އެހެންކަމުން މިއަޅުކަމާ ގުޅޭ ކަންކަން އޮޅުންފިލުވައި ހެދުމަކީ ވަރަށް މުހިންމު ކަމެކެވެ. އަދި ހަމައެއާއެކު، ނަމާދުގައި ޚާއްސަކޮށް ޖަމާޢަތުގެ ނަމާދުގައި ކަމެއް ގޯސްވާނަމަ އެވާހަކަ ވަރަށް ގިނަފަހަރަށް ދެކެވެއެވެ. އެގޮތުން ސަފުގެ ވާހަކައަކީ އަބަދުވެސް ދެކެވޭ ވާހަކައެކެވެ....

ޝެއިޚް މުޠީޢު އިސްމާޢީލް މުޙައްމަދު