ހއ. އިހަވަންދޫގައި ރަޖިސްޓްރީ ކޮށްގެން ހިންގަމުން އަންނަ ޖަމްޢިއްޔާއެއް ކަމުގައިވާ ކުލަބް ޕޯލްސްޓަރގެ ފަރާތުން ހއ އަދި ހދ ގެ ހުރިހާ ރަށަކަށް ހުޅުވާލައިގެން ކުރިއަށް ގެންދާ ފުޓްބޯޅަ މުބާރާތުގެ ސެމީފައިނަލަށް ދިއްދޫ ހީވެސްނުވޭ ސްޕޯޓްސް ކުލަބާއި، ނޮޅިވަރަމް ކުލަބް ޕެނީ، އިހަވަންދޫ ކުޅިމަގު ޓީމްގެ އިތުރުން ޓީމް ނައިވާދޫ ދަތުރު ކޮށްފިއެވެ.

މި މުބާރާތުގެ ސެމީ ފައިނަލަށް ޓީމްތައް ދަތުރު ކޮށްފައިވާ ގޮތަށް ބަލައިލާއިރު ދިއްދޫ ހީވެސްނުވޭ ސްޕޯޓްސް ކުލަބް ސެމީ ފައިނަލަށް ދަތުރު ކޮށްފައިވަނީ ކުއާޓާ ފައިނަލްގައި ޓީމް އުލިގަމްގެ މައްޗަށް 1-0 ގެ ނަތީޖާއަކުން ކުރި ހޯދައިގެންނެވެ.

Ad
rt

ނޮޅިވަރަމް ކުލަބް ޕެނީ ސެމީ ފައިނަލަށް ދަތުރު ކޮށްފައިވަނީ ކުއާޓާ ފައިނަލް މެޗުގައި ޓީމް ތުރާކުނާއި ވާދަކޮށް 1-0 ގެ ނަތީޖާއަކުން ކުރި ހޯދައިގެންނެވެ. އިހަވަންދޫ ކުޅިމަގު ޓީމުން ސެމީ ފައިނަލުގެ ޖާގަ ކަށަވަރު ކޮށްފައިވަނީ ކުއާޓާ ފައިނަލްގައި މާރަންދޫ ޗެޕޭ އެކަޑަމީގެ ޓީމާއި ވާދަކޮށް ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމް އެއްވަރުވެ، ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި 6-5 ގެ ނަތީޖާއަކުން ކުރި ހޯދައިގެންނެވެ. ޓީމް ނައިވާދޫ ސެމީ ފައިނަލުގެ ޖާގަ ކަށަވަރު ކޮށްފައިވަނީ ކުއާޓާ ފައިނަލުގައި އިހަވަންދޫ ސެންސިޓީގެ މައްޗަށް 2-0 ގެ ނަތީޖާއަކުން ކުރި ހޯދައިގެންނެވެ.

މި މުބާރާތުގެ ސެމީ ފައިނަލްގެ މެޗުތައް 02 ޖަނަވަރީ 2021 ވާ ހޮނހިރު ދުވަހު ކުޅުމަށް ހަމަޖެހިފައިވާއިރު، ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ބައްދަލު ކުރާނީ އެޗްއެން ސްޕޯޓްސް އާއި ކުލަބް ޕެނީއެވެ. މި މެޗު ފެށުމަށް ހަމަޖެހިފައިވަނީ އެ ދުވަހުގެ ހަވީރު 16:00 ގައެވެ.

IHAVAN CUP 2020
MATCH 24 (QUARTER FINAL 3)
FINAL SCORE:
KULHIMAGU 6-5 CHEPEY SPORTS
MAN OF THE MATCH:
MOHAMED AFFAN (KULHIMAGU J.33)

Posted by Club Polestar (CPS) on Thursday, December 31, 2020

ސެމީ ފައިނަލްގެ ދެވަނަ މެޗުގައި ބައްދަލު ކުރާނީ ކުޅިމަގު ޓީމާއި ޓީމް ނައިވާދޫއެވެ. މި މެޗު ފެށުމަށް ހަމަޖެހިފައިވަނީ އެ ރޭ 20:00 ގައެވެ.

IHAVAN CUP 2020
MATCH 25 (QUARTER FINAL 4)
FINAL SCORE:
TEAM NAIVAADHOO 2-0 SENCITY
MAN OF THE MATCH:
ALI HUSHAM (TEAM NAIVAADHOO J.5)

Posted by Club Polestar (CPS) on Friday, January 1, 2021

މިއީ ތިލަދުންމަތީގެ ޖަމްޢިއްޔާއަކުން ހއ އަދި ހދ އަތޮޅަށް ހުޅުވާލައިގެން ބާއްވާ އެންމެ އަގުބޮޑު ފުޓްބޯޅަ މުބާރާތެވެ. މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 50000 (ފަންސާސް ހާސް ރުފިޔާ) ދިނުމަށް ހަމަޖެހިފައިވާ އިރު، ރަނަރަޕް ޓީމަށް ދިނުމަށް ހަމަޖެހިފައިވަނީ 25000 (ފަންސަވީސްހާސް ރުފިޔާ) އެވެ.

IHAVAN CUP 2020
SEMI FINAL
2 JAN 2021
MATCH FIXTURES

Posted by Club Polestar (CPS) on Friday, January 1, 2021