ތިލަދުންމަތީ ޚަބަރު އަތޮޅުތެރޭ ގާއިމުކުރެވުނު ފުރަތަމަ މެޑިކަލް ގޭސް ޕްލާންޓް ކޭއާރުއެޗްގައި ހުޅުވައިފި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް)ގައި މޯލްޑިވް ގޭހުގެ ފަރާތުން ބެހެއްޓި އޮކްސިޖަން ޕްލާންޓް ހުޅުވައި، ހިދުމަތް ދޭން ފަށައިފި އެވެ. އުތުރުގެ އެންމެ ގިނަ ބަޔަކު ޚިދުމަތް ހޯދާ ހޮސްޕިޓަލް ކަމަށްވާ، ކޭއާރުއެޗްގައި، މޯލްޑިވް ގޭހުގެ ފަރާތުން ބެހެއްޓި އޮކްސިޖަން ޕްލާންޓް ހުޅުވައި ދެއްވީ މިއަދު ހަވީރު އެކަމަށް ބޭއްވި ރަސްމިއްޔާތެއްގައި ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބުދުއް ލަތީފެވެ. މި ޚިދުމަތް ފެށިގެން ދިޔުމާއި ގުޅިގެން ޔާސިރު ވިދާޅުވީ، ހަރުފަތަކަށް ފަހު ހަރުފަތެއް ދަނީ […] ޔުމްނާ ޢަލީ · 5 އަހަރު ކުރިން
ރާއްޖެ ރަސްމާދޫ ބަނދަރު ތަރައްޤީ ކުރުމުގެ 11% މަސައްކަތް ނިމިއްޖެ- އެމްޓީސީސީ މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ) އިން މަސައްކަތް ކުރަމުން އަންނަ ރ.ރަސްމާދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތުގެ 11 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ. މި މަޝްރޫޢުއާއި ގުޅޭގޮތުން އެމްޓީސީސީ އިން މިއަދު ކޮށްފައިވާ ޓްވީޓްގައި އިތުރަށް ބުނެފައިވަނީ މި މަޝްރޫޢުގެ ދަށުން ބަނދަރު ތަރައްޤީ ކުރުމަށް ބޭނުންވާ ބޮޑުހިލައިގެ ޝިޕްމެންޓް 28 ޑިސެމްބަރ 2020 ގައި ޕްރިޖެކްޓް ސައިޓަށް އަންލޯޑް ކުރެވިފައިވާ ކަމަށެވެ. މި މަޝްރޫޢުގެ ދަށުން ކޮށް... އިބްރާހިމް ޚަލީލް · 5 އަހަރު ކުރިން
ރާއްޖެ މޯލްޑިވިއަންގެ ސީޕްލޭނެއް މަލިކަށް ދިވެހިރާއްޖޭގެ ޤައުމީއެއަރލައިން މޯލްޑިވިއަން ގެ ސީޕްލޭނެއް އިންޑިޔާގެ މަލިކަށް މިއަދު ދަތުރުކޮށް، ދިވެހި ތާރީޚުން ޖާގަ ހޯދައިފިއެވެ. މޯލްޑިވިއަނުން މިއަދު ބުނީ އެ ކުންފުނީގެ ސީޕްލޭނެއް އިންޑިޔާގެ މަލިކުގައި މިއަދު މަޑުކޮށްލާފައިވާ ކަމަށެވެ. މަލިކުގައި ސީޕްލޭން މި މަޑުކޮށްލީ އިންޑިޔާގެ ސްޕައިސް ޖެޓްގެ ޗާޓާ ދަތުރެއްގައި އަހްމަދުއާބާދަށް ދިއުމުގެ މަގުމަތީ ކަމަށް ވެސް މޯލްޑިވިއަނުން ބުންޏެވެ. “ދިވެހި ފަޅުވެރިންނާއެކު ކުރި މި ދަތުރަކީ ތާރީޚީ ދަތުރެއް. މީގެ ކުރިން ދިވެހި އެއަ... ޔުމްނާ ޢަލީ · 5 އަހަރު ކުރިން
ކުޅިވަރު ވުލްވްސް އާއި ޓޮޓެންހަމް މެޗަށް ހަމަހަމަ ނިމުމެއް އިނގިރޭސި ޕްރިމިއާ ލީގުގައި އާދީއްތަ ދުވަހުގެ ރޭ ވުލްވްސް އާއި ޓޮޓެންހަމް ބައްދަލުކުރި މެޗު އެއްވަރު ވެގެން ނިމިއްޖެއެވެ. ވުލްވްސްގެ ދަނޑުގައި ކުޅުނު މި މެޗު ދެ ޓީމު އެއްވަރު ވެފައިވަނީ 1-1 ގެ ނަތީޖާއަކުންނެވެ. ދެ ޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރި ހޯދީ ޓޮޓެންހަމުންނެވެ. މެޗުގެ ފުރަތަމަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ އެ ޓީމުގެ ފްރާންސް މިޑްފީލްޑަރ އެންޑޮންބެލޭއެވެ. މި […] އިބްރާހިމް ޚަލީލް · 5 އަހަރު ކުރިން
ކުޅިވަރު ވެސްޓް ބްރޯމްވިޗުން ލިވަޕޫލު މޮޅުވުމުގެ ރިކޯޑް ނިމުމަކަށް ގެނެސްފި އިނގިރޭސި ޕްރިމިއާ ލީގުގައި މި ސީޒަންގައި އަމިއްލަ ދަނޑުގައި ކުޅުނު ހުރިހައި މެޗެއް ކާމިޔާބު ކުރަމުން އައި އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލުން އާދީއްތަ ދުވަހުގެ ރޭ ރެލިގޭޝަން ޒޯނުގައި އޮތް ވެސްޓް ބްރޯމްވިޗް އެލްބިއަން އާއި ބައްދަލުކުރި މެޗު އެއްވަރުވެ އެ ޓީމު ދަމަހައްޓަމުންއައި މޮޅުވުމުގެ ރިކޯޑް ނިމުމަކަށް އައިސްފިއެވެ. ލިވަޕޫލުގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު ނިމިގެން ގޮސްފައިވަނީ 1-1 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރު ވެގެންނެވެ. މެޗުގައި ލިވަޕޫލުން ޖެހި […] އިބްރާހިމް ޚަލީލް · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ނެއްލައިދޫ "ކާޑުގެ" އަށް ނަޒަރެއް! ރާއްޖޭގެ ރައްޔިތުންނަށް ކާބޯތަކެތި ހަމަހަމަކަމާއިއެކު ފޯރުކޮށްދިނުމުގެ މަޤްޞަދުގައި، 80 އަހަރު ކުރިން ދިވެހި ދައުލަތުން ވަނީ، ރަށްފުށުގައި ކާޑުގެތަކެއް އިމާރާތްކޮށްފަ އެވެ. އެގޮތުން އިމާރާތްކުރެވުނު ކާޑުގެތަކުގެ ތެރެއިން ހދ. ނެއްލައިދޫ ކާޑުގެ އިމާރާތްކުރެވިފައިވަނީ ރަށްވެހި މަގުގެ ރަށްވެހި އަސަރު އިމާރާތުގެ ކުރިމަތިން ފެންނަންހުރި އުވަ ތަޅުންގަނޑު އޮތް ބިމުގައެވެ. އެދުވަސްވަރުގެ ޅަފުރާގެ ކުދިން، ނަމަވެސް މިއަދުގެ އުމުރުން ދުވަސްވެފައިވާ ފަރާތްތަކުން މަޢުލޫމާތު ދެއްވިގޮތުގައި، ނެއްލައިދޫ ކާޑުގެއި... ތިލަދުން · 5 އަހަރު ކުރިން
ކޮލަމް ތިރަށު މީހުން މީގެ ފައިވާނަށް ކިޔާއުޅުނީ ކޮން ނަމެއް؟ އަޅުގަނޑުމެންގެ ތެރޭގައި ގިނަ ބަޔަކު އެކަންކަމަށް އެހާބޮޑަށް ނުވިސްނާ ބައެއް ކަންކަން އެކި ގޮތްގޮތުން އަޅުގަނޑުމެންގެ ސަމާލުކަމަށް ގެނެސްދެއްވާ އެއް ބޭފުޅަކީ “ނާޖިޙު ދީދީ”އެވެ. “ދިވެހިރާއްޖެއިން ބްރިޓިޝް މިއުޒިއަމަށް ގެންދެވުނު ތަކެތީގެ ތެރެއިިން” މި ސިލްސިލާގެ ދަށުން ފޭސްބުކްގައި މިނިސްޓްރީ އޮފް އާރޓްސް، ކަލްޗަރ އެންޑް ހެރިޓޭޖުގެ ރިސާޗް އެނަލިސްޓް މުޙައްމަދު ނާޖިޙް ގެނެސްދެމުން ގެންދާ ސިލްސިލާގެ ތެރެއިން ލޮލުގައި އަޅައިގަނެ ކުޑައިރުގެ ހަނދާންތަކުގެ ތެރެއަށް ގަންބާލީ މި ފައިވާން ޖޯޑެވެ. “އެދުވަސ... އަލީ އާދިލް · 5 އަހަރު ކުރިން
ރާއްޖެ ސުނާމީއަށް 15 އަހަރުފަހުން ކުރިމަތިވެފައި މިއޮތީ މަސްތުވާތަކެތީގެ ސުނާމީއެއް: ސައުދު ދެވަނަ ސުނާމީއަށް 15 އަހަރުފަހުން ބައްދަލުކޮށްފައި މިއޮތީ މަސްތުވާތަކެތީގެ ސުނާމީއެއް ކަމަށާއި، އެ ވަބާއިން ސަލާމަތްވެ ތިބުމަށް ހަމަހަމަކަމާއިއެކު ފުރިހަމައަށް ޤާނޫނު ތަންފީޒު ކުރެވިއްޖެނަމަ މުޅި ރާއްޖެ އޮންނާނީ އެއްބައި ވަންތަ ކަމާއިއެކީގައި ކަމަށް ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ޙުސައިން ވިދާޅުވެއްޖެއެވެ. ސައުދު މިހެން ވިދާޅުވީ، ޤައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބާގައި ރޭ ހުވަދުއަތޮޅު އުތުރުބުރީ އަތޮޅު ތަޢުލީމީ މަރުކަޒުގައި ބޭއްވެވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ސަ... ޝިއުނާ އާދަމް · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު މާރަންދޫ، ފެނަކަ އާ އޮފީސް އިމާރާތް ކޮށްދޭނެ ބަޔަކު ހޯދަނީ ހއ.މާރަންދޫ ފެނަކަ އާ އޮފީސް އިމާރާތް ކުރުމުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން ޢިއުލާން ކޮށްފިއެވެ. މި މަސައްކަތްތައް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލަމުން ފެނަކައިން ބުނެފައިވަނީ އެ ކުންފުނިން ދޭ ކުރެހުމާއި ބީ.އޯ.ކިޔު އަދި މަޢުލޫމާތާއި އެއްްގޮތަށް ހއ. މާރަންދޫ ފެނަކަ އާ އޮފީސް އިމާރާތް، އިމާރާތް ކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ. މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުމަށް ހުޅުވާލާފ... އަޙްމަދު ވަހީދު · 5 އަހަރު ކުރިން
ކޮލަމް ފަންގަސްގެ ސަބަބުން ލައްޖެހުން ކޮންޓްރޯލުކުރުމަށް، އަމިއްލައަށް ތައްޔާރުކުރެވިދާނެ ބޭހެއް އަހަރެމެން ހައްދައިއުޅޭ ގަސްގަހުގައި ތަފާތު ވައްތަރުގެ ލައް ޖެހުމަކީ ވަރަށް ޢާއްމު ކަމެކެވެ. ލަކަކީ ފަންގަސް ބައްޔެކެވެ. އާމުކޮށް ލައްޖަހަނީ ގަހުގެ ފަތްތަކުގައި ކަމަށް ވިއަސް ބައެއް ފަހަރު ގަހުގައި އަޅާތަކެތީގައާއި މައިގަނޑާއި އޮފިތަކުގައިވެސް ލައްޖަހައެވެ. ލައްޖެހުމުން ގަހުގެ ހެދުމަށް ހުރަސް އެޅި ގަސް މަރުވާ ފަހަރު އަންނައިރު ގަހުގައި އަޅާތަކެތި ބޭނުންނުކުރެވި ދާތަން އާދެއެވެ. ފަންގަސް ބަލިތަކަށް ކޮންމެހެން ފިހާރައިން ގަންނަ ފަންގިސައިޑެއް ބޭނުން ނުކޮށްވެސް ފަރުވާކުރެވިދާނެއެވެ. އެގޮތުން މިފަހަ... ހުބާ ޕްލާންޓްސް · 5 އަހަރު ކުރިން
ރާއްޖެ އިސްކުރަންވީ އިސްލާމް ދީނުގައި އަންގަވާފައިވާ ގޮތަށް، އެކުގައި މަސައްކަތްކުރުމުގެ ރޫޙު: ނައިބު ރައީސް މިއަދު އިސްކުރަންވީ މާތްވެގެންވާ އިސްލާމް ދީނުގައި އަންގަވާފައިވާ ގޮތަށް، އެކުގައި މަސައްކަތްކުރުމުގެ ރޫޙު ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ. ނައިބު ރައީސް ފައިޞަލް މިހެން ވިދާޅުވީ، ޤައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބާގައި ރޭ ހުވަދުއަތޮޅު އުތުރުބުރީ އަތޮޅު ތަޢުލީމީ މަރުކަޒުގައި ބޭއްވެވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، މީގެ 15 އަހަރުކުރިން ކުރިމަތިވި ހިތާމަވެރި ސުނާމީ ކާރިޘާގެ ހަނދާންތައް އައު... ޔުމްނާ ޢަލީ · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ކޭއާރުއެޗުން ދުވާލަކު ސްކޭން އެޕޮއިންޓްމަންޓް ދޫކުރެވޭ އަދަދު 15އިން 40އަށް ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް (ކޭއާރްއެޗް) އަށް، އަލަށް ގުޅުނު ރޭޖިއޮލޮޖިސްޓުންނާއެކު ދުވާލަކު ސްކޭން އެޕޮއިންޓްމަންޓް ދޫކުރެވޭ އަދަދު 15 އިން 40 އަށް މަތިވެގެން ދާނެ ކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ. ބޮޑުތިލަދުންމަތީގެ މައި ސަރަޙައްދީ ހޮސްޕިޓަލް، ކޭއާރްއެޗްއިން ބުނީ މާލެ ފިޔަވައި ރާއްޖޭގެ އެއް އަތޮޅެއްގައި އެންމެ ގިނަ މާބަނޑު މީހުން ތިބޭ އަދި ވިހާ އަތޮޅަކީ ހދ. އަތޮޅު ކަމަށެވެ. މީގެއިތުރުން ހއ، ހދ، ށ އަތޮޅު ހިމެނޭ ގޮތަށް މި ސަރަހައްދުގައި މާބަނޑު […] ޝިއުނާ އާދަމް · 5 އަހަރު ކުރިން
ރާއްޖެ ހަސަނާއަށް "ގޭދޮށު މަސްފެކްޓަރީ" މާނަ ކުރެވުނުގޮތް މި ސަރުކާރުން ތަންފީޒު ކުރަމުންދާ އެޖެންޑާ-19 މެނިފެސްޓޯގައި ހިމެނޭ “ގޭދޮށު މަސްފެކްޓަރީ” މިލަންދޫ ދާއިރާގެ ކުރީގެ މެންބަރު ހަސަން މުފީދު އަބުދުލް ޤާދިރު (ހަސަނާ) އަށް މާނަ ކުރެވޭގޮތް ރޭގައި ވަނީ ކިޔުއްވައި ދެއްވައިފައެވެ. ރޭ އިދިކޮޅު ޕްރޮގްރޮއްސިވް ކޯލިޝަނުން މާލޭ ސިޓީ ކާނިވަލުގައި ބޭއްވި ”ވިސްނާ” ޖަލްސާގައި ވާހަކަ ދައްކަވަމުން ހަސަނާ ވިދާޅުވީ، މަސްވެރިން ހިއްސާނުވާ ދެ ފުރާޅުޖެއްސި އެންމެ ގެއެއް ވެސް ރާއްޖޭގައި ނުހުންނާނެ ކަމަށެވެ. މަސްވެރިކަމަކީ ދިވެހި އިޤްތިޞާދުގެ ލޭނާރު ކަމަށް ވިދާޅުވެ، […] އަލީ އާދިލް · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު އަލިދުއްފަރު ފިނޮޅާއި، ކުޑަޅައިމެންދޫ އަދި ވައިކަރަމުރައިދޫން ބައެއް ފަތުރުވެރިކަމަށް ހުޅުވާލައިފި ހއ. އަލިދުއްފަރު ފިނޮޅާއި، ށ. ކުޑަޅައިމެންދޫ އަދި ހދ. ވައިކަރަ މުރައިދޫން ބައެއް ބީލަމަށް ހިމެނޭހެން އިތުރު ރަށެއް ފަތުރުވެރިކަމަށް ބީލަމަށް ހުޅުވައި ލައިފިއެވެ. މިގޮތުން މިއަދު މި ނިސްޓްރީ އޮފް ޓޫރިޒަމުން ފަތުރުވެރިކަމަށް ބީލަމަށް ހުޅުވާލީ ހއ. އަލިދުއްފަރު ފިނޮޅާއި، ހދ. ވައިކަރަމުރައިދޫން 15 ހެކްޓަރުގެ ބިމާއި، ށ. އަތޮޅު ކުޑަޅައިމެންދޫ އަދި ނ. އަތޮޅުގެ ކުންނަމެލައި އެވެ. ޓޫރިޒަމް މިނިސްޓްރީން ބުނީ މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ ޖަނަވަރީ 14 ވަނަ ދުވަހު ވާޗުއަލްކޮށް ބާއްވާ […] ޔުމްނާ ޢަލީ · 5 އަހަރު ކުރިން
ޚަބަރު އިޤްތިޞާދު އަލުން ކޮޅަށް ޖެހުމަށް އެންމެ އިސްކަމެއް ދޭންޖެހޭ އެއް ދާއިރާއަކީ މަސްވެރިކަން: ރައީސް ރާއްޖޭގެ އިޤްތިޞާދު އަލުން ކޮޅަށް ޖެހުމަށް މިކުރާ މަސައްކަތުގައި، އެންމެ އިސްކަމެއް ދޭންޖެހިފައިވާ އެއް ދާއިރާއަކީ މަސްވެރިކަން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސް ޞާލިޙް މިހެން ވިދާޅުވީ، ދިވެހި ދައުލަތުން ދެއްވާ އެކިއެކި އިނާމުތައް ދެއްވުމަށާއި، ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަހާ ގުޅިގެން ރޭ ޖުމްހޫރީ މައިދާނުގައި ބޭއްވި ރަސްމީ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ، ކޯވިޑުން ރައްކާތެރިވުމުގެ ގޮތުން، ރާއްޖޭގެ ބ... އަޙްމަދު ވަހީދު · 5 އަހަރު ކުރިން