ތިލަދުންމަތީ ޚަބަރު ފުނަދޫ "އަމާން ވެއްޓަށް" 16 ކުދިން ބަދަލުކޮށްފި ށ. ފުނަދޫ، ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރގައި ގާއިމް ކޮށްފައިވާ “އަމާން ވެށި”އަށް 16 ކުއްޖަކު ބަދަލުކޮށްފި އެވެ. ޖެންޑަރ މިނިސްޓްރީން ވިދާޅުވީ، އިޖުތިމާޢީ އަދި ޢާއިލީ ގުޅުމުގެ ތެރެއިން ބޮޑުވުމުގެ ފުރުޞަތު ފަހިކޮށްދިނިމުގެ ގޮތުން 16 ކުއްޖަކު ށ. އަތޮޅު ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރ ގައި ގާއިމް ކޮށްފައިވާ “އަމާން ވެށި”އަށް ބަދަލުކޮށްފައިވާ ކަމަށެވެ. ޓްރާންސް މޯލްޑިވިއަން އެއަރވޭސްގެ ސީޕްލޭންގައި މި ކުދިން ގޮވައިގެން ށ.ފުނަދޫއަށް ވަޑައިގަތީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕެޝަ... ޔުމްނާ ޢަލީ · 5 އަހަރު ކުރިން
ވިޔަފާރި ބިޓްކޮއިނެއްގެ އަގު ބައި މިލިޔަން ރުފިޔާއިން މައްޗަށް! ވޭތުވެދިޔަ ހަފްތާ ތަކުގެ ތެރޭގައި ބިޓްކޮއިންގެ އަގު ދުވަހަކުވެސް ނުދާހާ މައްޗަށް ގޮސްފި އެވެ. މިހާރު ބިޓްކޮއިންއެއްގެ އަގުހުރީ 34385.80 ޑޮލަރުގައި ހިފެހެއްޓިފައެވެ. ދިވެހި ރުފިޔާއިން ބަލާނަމަ އެއީ 527314.48 ރުފިޔާ އެވެ. މިއީ ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި، އެއް ހަމައެއްގައި ބިޓްކޮއިން ހިފެހެއްޓިފައިވާ އެންމެ މަތީ އަގެވެ. ވާރޓުއަލް ކަރަންސީ ނުވަތަ ލޮލަށް ނުފެނުނަސް އިންޓަރނެޓުގެ ޒަރީޢާއިން ބޭނުންކުރެވޭ ބިޓްކޮއިންގެ ވިޔަފާރިއަކީ، ދުނިޔޭގެ ގިނަ ބަޔަކު މިއަދު ކުރަމުން އަންނަ ވިޔަފާރިއެކެވެ. 2020 ވ... މުޙައްމަދު މާއިލް ހަސަން · 5 އަހަރު ކުރިން
ކުޅިވަރު ލީގުކަޕްގެ ފައިނަލްގެ ފުރަތަމަ ޖާގަ ޓޮޓެންހަމްއަށް އިނގިރޭސި ލީގުކަޕްގެ ސެމީފައިނަލް މެޗުގައި އިނގިރޭސި ދެވަނަ ޑިވިޝަންގެ ޓީމެއް ކަމުގައިވާ ބްރެންޓްފޯޑް ބަލިކޮށް ފައިނަލުގެ ފުރަތަމަ ޖާގަ ޓޮޓެންހަމްއިން ކަށަވަރު ކޮށްފިއެވެ. ކަރަބޯކަޕްގެ ނަމުން މިހާރު ނަންދެވިފައިވާ މި މުބާރާތުގެ ސެމީފައިނަލް މެޗު ޓޮޓެންހަމް ކާމިޔާބު ކޮށްފައިވަނީ 2-0 ގެ ނަތީޖާއަކުންނެވެ. އަންގާރަ ދުވަހުގެ ރޭ ޓޮޓެންހަމްގެ ވައިޓް ހާޓް ލޭން ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ދެ ޓީމްގެ ފަރާތުން ވެސް ފެނިގެން ގޮސްފައިވަނީ ދާދި ހަމަހަމަ ކުޅުމެކެވެ. މެޗުގައި ޓޮޓެންހަމް އިން ކާމިޔާބުކުރި [... އިބްރާހިމް ޚަލީލް · 5 އަހަރު ކުރިން
ރާއްޖެ ކައުންސިލްތަކުގެ އިންތިޚާބު އޭޕްރީލް 3ގައި ބާއްވަނީ ކޯވިޑް-19 ގެ ހާލަތުގެ ސަބަބުން، ރާއްޖޭގައި އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު ޢިއުލާނު ކުރުމުން، ފަސް ކޮށްފައިވާ ލޯކަލް ކައުންސިލް އިންތިހާބު އަންނަ އޭޕްރީލް މަހުގެ ތިން ވަނަ ދުވަހަށް ތާވަލްކުރުމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން ނިންމައިފި އެވެ. އެކަން ހާމަކުރެއްވީ އީސީގެ ރައީސް އަހުމަދު ޝަރީފް މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ. އެ ޓްވީޓްގައި ޝަރީފް ވިދާޅުވީ، ފަސްކުރެވިފައިވާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބު، މިއަހަރުގެ އ... ޔުމްނާ ޢަލީ · 5 އަހަރު ކުރިން
ކޮލަމް ޙަޤީޤީ ބާރުވެރިކަން އިބްނު ކަޘީރު, އެކަލޭގެފާނުގެ ތަފްސީރުގައި ޛިކުރު ކުރައްވާފައިވާ ވާހަކައެކެވެ. ވަރަށްވެސް ޢިބްރަތްތެރި ވާހަކައެކެވެ. މިވާހަކައިގައި ވާހަކަދެކެވެނީ ޢާލަމްތަކުގެ ވެރި އިލާކު ކަމަށްވާ މާތް ﷲ އާއި އިންސާނުންގެ ބައްޕާފުޅު ކަމަށްވާ އާދަމް ޢަލައިހިއްސަލާމް އާ ދެމެދުގައެވެ. އާދަމްގެފާނު ﷲ އަށް ދެންނެވިއެވެ. “އޭ މިއަޅާގެ ރައްބެވެ! އިބައިލާހު، އިބަ އިލާހުގެ އަތްޕުޅުން މިއަޅާ ޚަލްޤު ނުކުރައްވަމުތޯއެވެ؟” ޖަވާބުގައި ބުނެވުނެވެ. “އާއެކެވެ.” އެކަލޭގެފާނު ދެން އެއްސެވިއެވެ. “އިބައިލާހު މިއަޅާގެ ހަށިގަނޑަށް ރޫހ... ޝެއިޚް މުޠީޢު އިސްމާޢީލް މުޙައްމަދު · 5 އަހަރު ކުރިން
ރާއްޖެ ބޭބީ ނާސަރީ އާއި ނާސަރީ ދަރިވަރުންގެ ކިޔެވުން ވެސް ފަށަނީ 10 ޖެނުއަރީ 2020 ވަނަ ދުވަހު، ދިރާސީ އަހަރުގެ ދެވަނަ ޓާމުގެ ކިޔެވުން ފެށޭއިރު ބޭބީ ނާސަރީ އާއި ނާސަރީ ދަރިވަރުންގެ ކިޔެވުން ވެސް ފެށިގެންދާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ. އެޑިއުކޭޝަން މިނިސްޓްރީން ކުރިން ބުނެފައިވަނީ، އެކެޑަމިކް ކަލަންޑަރުގައިވާ ފަދައިން އަންނަ އާދީއްތަ ދުވަހު 2020-2021 ދިރާސީ އަހަރުގެ ދެވަނަ ޓާމުގެ ކިޔެވުން ފަށާނެ ކަމަށެވެ. އަދި އެ ދުވަހު ކިޔެވުން ފަށާނީ އެލްކޭޖީން ފެށިގެން ގްރޭޑް 12 ގެ ހުރިހާ ދަރިވަރުންނަށް ކަމަށް […] ޝިއުނާ އާދަމް · 5 އަހަރު ކުރިން
ރާއްޖެ ގޭސް ފުޅިއެއް ގޮވައި ދެ މީހަކު ފިހިއްޖެ މާލެ ސިޓީގެ، މާލޭގެ ގެއެއްގައި ގޭސްފުޅިއެއް ގޮވައި ދެ މީހަކު ފިހިއްޖެއެވެ. އެމްއެންޑީއެފުން ވިދާޅުވީ، މި ހާދިސާ ހިނގާފައި ވަނީ ހ. ތިން ނޫނުގޭގެ ފަސް ވަނަ ފަންގިފިލާގައި ކަމަށެވެ. އަދި މި ހާދިސާގެ ރިޕޯޓު ލިބުމާއިއެކު އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު އިން ހަރަކާތްތެރިވާން ފަށާފައިވާ ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ. މި ހާދިސާގައި ދެ މީހަކު ފިހި، އެކިވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށް ވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ. މި ދެމީހުންނަށް މިހާރު ދަނީ އައިޖީއެމްއެޗް ހޮސްޕިޓަލްގައި […] ޔުމްނާ ޢަލީ · 5 އަހަރު ކުރިން
މަޖިލިސް ކައުންސިލްތަކުގެ އިންތިޚާބު ބޭއްވޭނެ ގާނޫނީ ހައްލެއް ހޯދަން ދައުރުން ބޭރުން މަޖިލީހުގެ ޖަލްސާއެއް ކައުންސިލްތަކުގެ އިންތިޚާބު ބޭއްވޭނެ ގާނޫނީ ހައްލެއް ހޯދަން ދައުރުން ބޭރުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް މަސައްކަތް ފަށައިފިއެވެ. ދައުރުން ބޭރުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް މަސައްކަތް ފަށާފައިވާ ކަމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ މެންބަރަކު “ތިލަދުން” އަށް ވަނީ ކަށަވަރުކޮށް ދެއްވާފައެވެ. އޭނާ ވިދާޅުވީ އެ ޖަލްސާ ބާއްވަނީ “ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ޚާއްޞަ ޤާނޫނު 2020” އަށް އިސްލާޙް ގެނެސް ކައުންސިލްތަކުގެ އިންތިޚާބު ބޭއްވޭނެ ޤާނޫނީ ހައްލެއް ހޯދުމަށ... އަލީ އާދިލް · 5 އަހަރު ކުރިން
ވިޔަފާރި ޕޯސްޓުން ފައިނޭންޝަލް ހިދުމަތްތައް ފުޅާކޮށް، ޕޯސްޓަލް ބެންކިންގެ ހިދުމަތް ފަށަނީ މޯލްޑިވްސް ޕޯސްޓުން ފައިނޭންޝަލް ހިދުމަތްތައް ފުޅާކޮށް، ޕޯސްޓަލް ބެންކިން ސަރވިސް ހިދުމަތް ފަށަން ތައްޔާރުވެއްޖެ އެވެ. މޯލްޑިވްސް ޕޯސްޓުން ބުނީ، މިކަމަށް އޮތް ފުރުސަތުތައް ދިރާސާކޮށް ދެނެގަތުމުގެ ބޭނުމުގައި ކުރިއަށް ގެންދާ ކޮންސަލްޓަންސީ މަސައްކަތް ފެށުމުގެ ގޮތުން އަލްފާޟިލާ ފާތުމަތު ޝަފީގާ އާއި އެކު އެމް.އޯ.ޔޫ އެއްގައި އިއްޔެ ސޮއިކުރެވުނުކަމަށެވެ. ޕޯސްޓަލް ބޭންކިން އަދި ތަފާތު ފައިނޭންޝަލް ޚިދުމަތްތަކަކީ ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް ޕޯސްޓް މެދުވެރިކޮށް ވަކިން ޚާއްސަކޮށް ރަށްފުށުގެ އާބާދީތ... އިބްރާހިމް އަސްވާޤް · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ޒުވާނުން އިސްނަގައިގެން އިހަވަންދޫ ހުރަވީ ދަނޑުގައި ޓާފް އަޅަނީ ހއ.އިހަވަންދޫ އިރުމަތީ އަވަށުގައި އުފެދިފައިވާ ޒުވާން ފުޓްބޯޅަ ޓީމްތަކުން އިސްނަގައިގެން، އެ އަވަށު ހުރަވީ ފުޓްބޯޅަ ދަނޑުގައި ޓާފް އެޅުމަށް ނިންމައި އެކަން އިޢުލާން ކޮށްފިއެވެ. މިކަން އިޢުލާން ކޮށްފައިވަނީ 04 ޖަނަވަރީ 2021 ވީ ހޯމަ ދުވަހުގެ ރޭ އިހަވަންދޫ ކުލަބް ޕޯލްސްޓަގެ ފަރާތުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދިޔަ އިހަވަން ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗުގެ ހާފްޓައިމްގައި ބޭއްވި ކުރު ރަސްމިއްޔާތެއްގައެވެ. މި މަސައްކަތަކީ އިހަވަންދޫ އިރުމަތީ އަވަށަށް ނިސްބަތްވާ ޒުވާން ޓީމްތައް […] އިބްރާހިމް ޚަލީލް · 5 އަހަރު ކުރިން
ރާއްޖެ އައްޑޫއަށް ވަންނާނީ ޕައުންޑް، މާނައަކީ ގިނަ ޢަދަދެއްގެ އިނގިރޭސި ފަތުރުވެރިން ޒިޔާރަތްކުރާނެ: ޑރ. މައުސޫމް އައްޑޫ ސިޓީއަށް ފަތުރުވެރިކަމުން ވަންނާނީ ޕައުންޑް ކަމަށް ވިދާޅުވީ އެ ސިޓީއަށް އެންމެ ގިނައިން ޒިޔާރަތްކުރާނީ އިނގިރޭސި ވިލާތުގެ ފަތުރުވެރިންކަމަށް ބެލެވޭތީ، އެކަމަށް އިޝާރާތްކޮށް ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް މިއަދު ވިދާޅުވެއްޖެ އެވެ. ޑރ. މައުސޫމް މިހެން ވިދާޅުވީ ކުރެއްވި ޓުވީޓެއްގައެވެ. އޭނާ މިގޮތަށް ވިދާޅުވީ، ”އައްޑޫ ސިޓީއަށް ފަތުރުވެރިކަމުން ވަންނާނީ ޕައުންޑް ކަމަށް” އޭނާ ވިދާޅުވީ ކޮން މާނައެއްގައި ކަމަށް އަންގައި ދިނުމުގެ ގޮތުންނެވެ. އައްޑޫ ސިޓީއަށް ކުރަށްވަމުން ގެންދަވާ ދ... އަލީ އާދިލް · 5 އަހަރު ކުރިން
ރާއްޖެ ހއ. އަތޮޅުން ފެށިގެން މ. އަތޮޅަށް ހުދު ސަމާލު ނެރެފި މޫސުން ގޯސްވާނެ ކަަމަށް ލަފާކޮށް ހއ. އަތޮޅުން ފެށިގެން މ. އަތޮޅާއި ދެމެދުގެ ސަރަހައްދަށް ހުދުސަމާލު ނެރެފިއެވެ. މޫސުމާއިބެހޭ ޤައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލްސަރވިސަސް ގެ މެޓް އޮފީހުން ނެރުނު މި ހުދު ސަމާލުގެ ވަގުތަކީ މިރޭ 23:30 އިން ފަތިހު 4:30 އަށެވެ. މި ސަމާލުގައި ބުނެފައިވަނީ، ސަމާލުގެ ވަގުތުގައި އެސަރަހައްދުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށެވެ. އަދި ވިލާ ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށް ވެސް މެޓް އޮފީހުން ވަނީ […] ޙުސައިން ޝަހުދީ · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ކުމުންދޫ ކޭވައިއެސް އިން ގަސް އިންދުމުގެ ހަރަކާތެއް ފަށައިފި ހދ. ކުމުންދާގައި ދަރުމައަށް މަސައްކަތްކުރާ ޖަމިއްޔާއެއް ކަމަށްވާ ކުމުންދޫ ޔޫތު ސްޕޯޓްސް (ކޭވައިއެސް) އިން އެރަށުގައި ގަސް އިންދުމުގެ ހަރަކާތެއް ފަށައިފިއެވެ. ކޭވައިއެސްއިން މި ފެށި ގަސް އިންދުމުގެ ހަރަކާތަކީ ކުމުންދޫއިން ނެތެމުންދާ އަދި މަދުވަމުންދާ ބައެއް ގަހުގެ ބާވަތްތައް އާލާކޮށް، އެ ރަށް ފެހިކުރުމަށް ފެށި ހަރަކާތެކެވެ. މިހަރަކާތާއި ގުޅިގެން އެ ޖަމިއްޔާގެ ޖެނެރަލް ސެކްރެޓަރީ ފާރިއު އަޙްމަދު މުފީދު ”ތިލަދުން” އަށް ބުނީ މި ހަރަކާތަކީ އެ ޖަމިއްޔާގެ 2021 ވަނަ އަހަރުގެ […] ޙުސައިން ޝަހުދީ · 5 އަހަރު ކުރިން
މަޖިލިސް ފެބްރުއަރީ ހަތަރެއް ސަރުކާރު ބަންދު އަންނަ ފެބްރުއަރީ މަހުގެ 4 ވަނަ ދުވަހަކީ، 2021 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވާ ދުވަސް ކަމަށްވާތީ، އެދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމަށް ހަމަޖައްސައިފިއެވެ. ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާޙީމް ހޫދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، 4 ފެބްރުއަރީ 2021ވާ ބުރާސްފަތި ދުވަހަކީ، މަޖިލިސް މިއަހަރަށް ހުޅުވާ ދުވަސް ކަމަށްވާތީ، އެދުވަހަކީ ސަރުކާރު ބަންދު ދުވަހެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ސާލިހު ކަނޑައަޅުއްވާފައި ވާކަމަށެވެ. އާ އަހަރަށް މަޖިލިސް ހުޅުވާ ޖަލްސާގައި އޮނ... ޝިއުނާ އާދަމް · 5 އަހަރު ކުރިން
ކުޅިވަރު ޗެމްޕިއަން ލިވަޕޫލް ބަލިވެއްޖެ އިނގިރޭސި ޕްރިމިއާ ލީގުގައި ސައުތުހެމްޓަން އަތުން އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލް ބަލިވެއްޖެއެވެ. ހޯމަ ދުވަހުގެ ރޭ ސައިތުހެމްޓަންގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައިވަނީ 1-0 ގެ ނަތީޖާއަކުންނެވެ. މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު މެޗުގެ ދެވަނަ މިނެޓުގައި ސައުތުހެމްޓަން އަށް ކާމިޔާބު ކޮށްދީފައިވަނީ އެ ޓީމްގެ އިނގިރޭސި ފޯވާޑް ޑެނީ އިންގްސްއެވެ. މި ލަނޑު އިންގްސް ކާމިޔާބު ކޮށްފައިވަނީ އެ ޓީމަށް ލިބުނު ހިލޭ ޖެހުމަކުން އެ ޓީމްގެ މިޑްފީލްޑަރ […] އިބްރާހިމް ޚަލީލް · 5 އަހަރު ކުރިން