އަންނަ ފެބްރުއަރީ މަހުގެ 4 ވަނަ ދުވަހަކީ، 2021 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވާ ދުވަސް ކަމަށްވާތީ، އެދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމަށް ހަމަޖައްސައިފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާޙީމް ހޫދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، 4 ފެބްރުއަރީ 2021ވާ ބުރާސްފަތި ދުވަހަކީ، މަޖިލިސް މިއަހަރަށް ހުޅުވާ ދުވަސް ކަމަށްވާތީ، އެދުވަހަކީ ސަރުކާރު ބަންދު ދުވަހެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ސާލިހު ކަނޑައަޅުއްވާފައި ވާކަމަށެވެ.

Ad
rt

އާ އަހަރަށް މަޖިލިސް ހުޅުވާ ޖަލްސާގައި އޮންނާނީ ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވެވުމެވެ.

ކޮންމެ އަހަރަކަށް ވެސް ރައްޔިތުންގެ މަޖިލިސް ހުޅުވާ ދުވަހު ރައީސްގެ ރިޔާސީ ބަޔާނެއް އިއްވަވާނެ އެވެ.