ކޮލަމް ނަމާދަށް ސަފު ހަދާގޮތަށް ޢިލްމީ ނަޒަރެއް (2): މައުމޫމަކީ އެކަކުނަމަ އޭނާ ހުއްޓި ހުންނަންޖެހޭ ތަން ބައެއްފަހަރަށް ޖަމާޢަތުގައި ނަމާދުކުރާއިރު އިމާމާއެކު އެންމެ މީހެއް ނަމާދު ކުރާ ފަހަރު އާދެއެވެ. އާންމުކޮށް މިޙާލަތް ދިމާވަނީ ފުރަތަމަ ޖަމާޢަތް ނިމޭފަހުން މިސްކިތުގައި ހެދޭ ޖަމާޢަތްތަކުގައެވެ. މިޙާލަތުގައި މައުމޫމަކީ އެންމެ މީހެކެވެ. އެހެންކަމުން އުފެދޭ ސުވާލަކީ މައުމޫމު ހުންނަންވީ ކޮންތާކުތޯއެވެ؟ އިމާމުގެ ކަނާތް ފަރާތުގަ ތޯއެވެ؟ ނުވަތަ ވާތް ފަރާތުގަ ތޯއެވެ؟ ނުވަތަ ފަހަތުގަތޯއެވެ؟ ކަނާތްފަރާތް ނުވަތަ ވާތް ފަރާތުގައި ހުންނަނަމަ ހުންނަންޖެހެނީ އިމާމާއާ އެއްވަރެއްގަ، އެއްސަފެއްގައިއިތޯއެވެ؟ ނުވަތަ... ޝެއިޚް މުޠީޢު އިސްމާޢީލް މުޙައްމަދު · 5 އަހަރު ކުރިން
ރާއްޖެ އެމްޕީއެލްގައި ހިނގި ހާދިސާ: އަނިޔާވި ދެމީހުގެ ހާލު ރަނގަޅު - އެމްޕީއެލް ކޮންޓޭނަރަކުން ބިއްލޫރި ޕެލެޓެއް ނެރުމުގެ ތެރޭގައި ރޭ ހިނގި ނުރައްކާތެރި ހާދިސާގައި އަނިޔާވި ދެމީހުންގެ ހާލު ވެސް ރަނގަޅު ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނެފި އެވެ. ރޭ މާލޭ ވިޔަފާރި ބަނދަރުގައި ހިނގި ނުރައްކާތެރި މި ހާދިސާއާއި ގުޅިގެން، އެމްޕީއެލް އިން ނެރުނު ބަޔާނެއްގައި ބުނީ އެ ހާދިސާ ހިނގަން މެދުވެރިވީ ބިއްލޫރި ޕެލެޓެއް ކޮންޓޭނަރުން ނެރުމަށް، ފޯކް ލިފްޓު ބޭނުންކޮށްގެން މަސައްކަތްކުރުމުގެ ތެރޭގައި ކަމަށެވެ. އެ ހާދިސާގައި ބިއްލޫރި ޕެލެޓް އަރިއަޅާލި […] ޝިއުނާ އާދަމް · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ކުޅުދުއްފުށީ ކައުންސިލުން ތިން ސްކޫލާއި، ހޮސްޕިޓަލަށް މާސްކު ހަދިޔާކޮށްފި ހދ. ކުޅުދުއްފުށީ ކައުންސިލުން ކުޅުދުއްފުށީގެ 3 ސްކޫލަށާއި، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް)އަށް، ފޭސް މާސްކު ހަދިޔާ ކޮށްފިއެވެ. މިގޮތުން އެ ކައުންސިލުން ވަނީ ކުޅުދުއްފުށީގައި ހުންނަ ޖަލާލުއްދީން ސްކޫލަށާއި، އަފީފުއްދީން ސްކޫލަށާއި އަދި ހދ. އަތޮޅު ތަޢުލީމީ މަރުކަޒަށް އެއިން ކޮންމެ ސްކޫލަކަށް 1300 ފޭސް މާސްކު ހަދިޔާ ކޮށްފައެވެ. މީގެ އިތުރުން ކުޅުދުއްފުށީ ކައުންސިލުން ވަނީ ކޭއާރުއެޗް އަށް 2000 މާސްކު ހަދިޔާކޮށްފައެވެ. ކުޅުދުއްފުށީ ކައުންސިލުން ކުޅުދުއްފުށީގެ 3 ސްކޫލަށާއި، ކުޅުދުއްފުށީ... އަޙްމަދު ވަހީދު · 5 އަހަރު ކުރިން
ރާއްޖެ އެމްޕީއެލްގައި ހިނގި ހާދިސާ: ތާށިވި މީހާ ސަލާމަތްކޮށްފި އެމްޕީއެލްގައި މިރޭ ހިނގި ނުރައްކާތެރި ހާދިސާގައި ކޮންޓޭނާގައި ތާށިވި މީހާ ސަލާމަތް ކޮށްފިއެވެ. އެމްއެންޑީއެފުން ދެންމެ ވިދާޅުވީ، އެ ހާދިސާގައި ކޮންޓޭނާ ތެރޭގައި ތާށިވި މީހާ ސަލާމަތްކޮށް، އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންދިޔުމުގެ މަސައްކަތް ކުރައްވަމުން ދާކަމަށެވެ. ކޮންޓޭނާއަކުން ބިއްލޫރި ޕެލެޓްތަކެއް ހުސްކުރަން އުޅެނިކޮށް މިރޭ ހިނގި އެ ހާދިސާގައި، އެކަކު ކޮންޓޭނާގައި ތާށިވިއިރު، ދެވަނަ މީހާ ޒަޚަމްވެގެން ވަނީ ކުރިން އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންގޮސްފައެވެ. އެމްޕީއެލްގައި ހިނގި ހާދިސާ: ތާށިވި މ... ޝިއުނާ އާދަމް · 5 އަހަރު ކުރިން
ރާއްޖެ އެމްޕީއެލްގައި ނުރައްކާތެރި ހާދިސާއެއް އެމްޕީއެލްގައި ނުރައްކާތެރި ހާދިސާއެއް ހިނގައި، އެކަކު ވަރަށް ބޮޑަށް ޒަޚަމްވެ، އިތުރު މީހަކު ކޮންޓޭނާއެއްގެ ތެރޭ ތާށިވެއްޖެއެވެ. އެމްއެންޑީއެފުން ދެންމެ ވިދާޅުވީ، އެމްޕީއެލްގައި ބިއްލޫރި ޕެލެޓެއްވެއްޓި، މީހަކު ތާށިވެގެން އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިޔު ސާވިސަސްއިން ހަރަކާތްތެރި ވަމުން އަންނަ ކަމަށެވެ. އަދި އެ ހާދިސާއާއި ގުޅޭ ރިޕޯޓް އެ އިދާރާއަށް ލިބިފައި ވަނީ މިރޭ 19:45 ގައި ކަމަށެވެ. އެ ސަރަޙައްދުގައި މިވަގުތު ހުރި ޕިކަޕް ޑްރައިވަރެއް ”ތިލަދުން”އަށް ބުނީ ކޮންޓާނާ ތެރޭ އެކަކު ބިއްލޫރި ”ކެރ... ޔުމްނާ ޢަލީ · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު އިހަވަންދޫ އިމަގު ޖަމިއްޔާއިން އެއްލައްކަ ރުފިޔާގެ އަގުބޮޑު މުބާރާތެއް އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު) ޖަމްޢިއްޔާގެ ފަރާތުން އިންތިޒާމް ކޮށްގެން ބޮޑު ތިލަދުންމައްޗަށް އަމާޒު ކޮށްގެން “އިމަގު ކަޕް 2021” ގެ ނަމުގައި އަގުބޮޑު ފުޓްބޯޅަ މުބާރާތެއް ބޭއްވުމަށް ނިންމައި އެކަން އިޢުލާން ކޮށްފިއެވެ. މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ ޑިސެމްބަރ މަހުގެ ތެރޭގައެވެ. ބޮޑު ތިލަދުންމަތޫގައި ހިމެނޭ ހއ، ހދ، އަދި ށ އަތޮޅު ރަށްތަކަށް އަމާޒު ކުރެވިފައިވާ މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 100،000 (އެއްލައްކަ ރުފިޔާ) ދިނުމަށް ވަނީ ހަމަޖެހިފައެވެ. […] އިބްރާހިމް ޚަލީލް · 5 އަހަރު ކުރިން
މަޖިލިސް ދައުރުން ބޭރުން މަޖިލިސް ޖަލްސާއެއް ބާއްވަން އެޖެންޑާ ކޮށްފި ދައުރުން ބޭރުން ރައްޔިތުންގެ މަޖިލިސް ޖަލްސާއެއް ބާއްވަން އެޖެންޑާ ކޮށްފިއެވެ. މި ޖަލްސާ ބާއްވަން އެޖެންޑާކޮށްފައި ވަނީ، މި މަހުގެ 13 ވާ ބުދަ ދުވަހުގެރޭ 20:30 އަށެވެ. މި ޖަލްސާއަށް އެޖެންޑާ ކޮށްފައި ވަނީ، ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދާއިރާގެ މެންބަރު، ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމެޓީގެ މުޤައްރިރު އަދި އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އަލީ ނިޔާޒު ހުށަހަޅުއްވާފައިވާ ލޯކަލް ކައުންސިލް އިންތިޚާބުގެ ޚާއްސަ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ ފުރަތަމަ ކިޔުން […] ޝިއުނާ އާދަމް · 5 އަހަރު ކުރިން
ރާއްޖެ ކައުންސިލް އިންތިޚާބު ބޭއްވޭނެ ގޮތައް ގާނޫނު އިސްލާާހުކުރަން ހުށަހަޅައިފި ދައުރުން ބޭރުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ބާއްވާއި ސިއްޙީ ކުއްލި ނުރައްކަލު ހާލަތު އުވާނުލެވުނަސް ކައުންސިލް އިންތިޚާބް ބޭއްވޭނެގޮތަށް ގާނޫނު އިސްލާހުކުރުމަށް މަޖިލީހަށް ހުށައަޅައިފިއެވެ. ސަރުކާރުގެ ފަރާތުން އެ އިސްލާޙްގެ ބިލު ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދާއިރާގެ މެމްބަރު، ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމެޓީގެ މުޤައްރިރު އަދި އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އަލީ ނިޔާޒެވެ. އެބިލު ހުށަހެޅުއްވުމުގެ އިތުރުން ދައުރުން ބޭރުން ޖަލްސާއެއް ބާއްވައި ދިނުމަށް އޭނާ ވަނީ އެދި... އަޙްމަދު ވަހީދު · 5 އަހަރު ކުރިން
ރާއްޖެ ހިޔާނާތުގެ މައްސަލައަކާ ގުޅިގެން 40 އަހަރުގެ ބިދޭސީއަކު ހޯދަނީ ހިޔާނާތުގެ މައްސަލައަކާ ގުޅިގެން 40 އަހަރުގެ ބިދޭސީއަކު ހޯދަން އެމީހާގެ ފޮޓޯ މޯލްޑިވްސް ޕޮލިސް އިން އާންމު ކޮށްފި އެވެ. ފުލުހުން ބުނީ، ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ ހިޔާނާތުގެ މައްސަލައަކާއި ގުޅިގެން ބިދޭސީ މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދާކަމަށެވެ. މިމައްސަލައާއި ގުޅިގެން ހޯދަމުންދަނީ ބަނގުލަދޭޝް، މުޙައްމަދު ކޮކާން (40އ) ނަމަކަށއ ކިޔާ މީހެކެވެ. ފުލުހުން ބުނީ، މުޙައްމަދު ކޮކާންއާގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޖެނެރަލް އިންވެސްޓިގޭ... އިބްރާހިމް އަސްވާޤް · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު "ސާއްބަ އެނިވާސަރީ ކަޕް 2020" ގެ ޗެމްޕިއަންކަން ޝީލްޑަށް ހދ. ހަނިމާދޫގައި ރަޖިސްޓަރީ ކޮށްގެން ހިންގަމުން އަންނަ ޖަމްޢިއްޔާއެއް ކަމުގައިވާ ސާއްބަ އެކުވެރި ކުލަބްގެ ފަރާތުން އިންތިޒާމް ކޮށްގެން، “ސާއްބަ އެނިވާސަރީ ކަޕް 2020” ގެ ނަމުގައި ކުރިއަށް ގެންދިޔަ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ފުރަތަމަ ފަހަރަށް ޝީލްޑުން ކާމިޔާބު ކޮށްފިއެވެ. 06 ޖަނަވަރީ 2021 ވީ ބުދަ ދުވަހު ހަވީރު ހަނިމާދޫ ފުޓްބޯޅަ ދަނޑުގައި ކުޅުނު ފައިނަލް މެޗު ޝީލްޑުން ކާމިޔާބު ކޮށްފައިވަނީ ރޫޙް ޓީމުގެ މައްޗަށް 2-1 ގެ ނަތީޖާއިން ކުރި ހޯދައިގެންނެވެ. ވާދަވެރި […] އިބްރާހިމް ޚަލީލް · 5 އަހަރު ކުރިން
ރާއްޖެ ވިލިނގިލީ ފުޓްސަލް ދަނޑުގައި ރޯކޮށްލުން ކުށްވެރިކޮށް، އެ މައްސަލަ ތަހުގީގުކުރަން ގޮވާލައިފި ގއ. ވިލިނގިލީ ފުޓްސަލް ދަނޑުގައި ރޯކޮށްލުން ކުށްވެރިކޮށް، އެމައްސަލަ ތަހުގީގުކުރަން ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ޙުސައިން ގޮވާލަށްވައިފިއެވެ. މީގެއިތުރުން ވިލިނގިލީގެ ޒުވާނުންނަށް ދިމާވެފަވާ ފުޓްސެލް ދަނޑުގެ ދަތިކަމަށް އަވަސް ހައްލެއް ހޯދުމަށް ސަރުކާރާއި ގުޅިގެން މަސައްކަތް ކުރަށްވަމުން ގެންދަވާ ކަމަށް ވެސް ސައުދު ވަނީ ވިދާޅުވެފައެވެ. ސައުދު މި ގޮތަށް ވިދާޅުވީ، ”ދަނޑުގައި ހުޅުޖަހައިގެން އާ ޓާފް ދަނޑެއް ސަރުކާރުން ނުދޭނެ” މިސުރުޚީގެ ދަށުން ޔޫތު މިނިސްޓަރު އަޙްމަދު މަޙްލޫފް ވިދާޅުވި، ވިދާޅުވ... އަލީ އާދިލް · 5 އަހަރު ކުރިން
ރާއްޖެ އައިލެންޑް އޭވިއޭޝަންއަށް އާ އެމްޑީއެއް ގައުމީ އެއާލައިން މޯލްޑިވިއަން ހިންގާ، އައިލެންޑް އޭވިއޭޝަން ސަރވިސަސް ޕްރައިވެޓް ލިމިޓެޑް (އައިއޭއެސް) ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް މުހައްމަދު މިހާދު އައްޔަނުކުރައްވައިފިއެވެ. މިހާދު އެ މަގާމަށް އައްޔަނު ކުރެއްވިއިރު، ކުރިން އެ މަގާމުގައި ހުންނެވި މުހައްމަދު ރިޒްވީ، ރީޖަނަލް އެއާޕޯޓުތައް ހިންގަން ސަރުކާރުން އަލަށް އުފެއްދި ކުންފުނި، ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަނު ކުރެއްވުމަށް ނިންމަވާފައިވާ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. އައިއޭއެސްގެ އެމްޑީ ކަމަށ... ޝިއުނާ އާދަމް · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު މަދުން ނޫނީ ނުފެންނަ "ހުދު ކޯމަހެއް" ހދ. އަތޮޅުގައި ދުނިޔެއިން މަދުން ނޫނީ ނުފެންނަ ހުދު ކޯމަހެއް (އަލްބިނޯ ކޯމަހެއް) ހދ. އަތޮޅުން ފެނިއްޖެ އެވެ. “އަލްބިނޯ” ކޯމަހަކީ އެހެން ކޯމަހަށް ވުރެއް އެތަކެއް ގޮތަކުން ތަފާތު އަދި ހާއްސަ ސިފަތަކެއް ލިބިގެންވާ ކޯމަހެކެވެ. ހުދު ކުލައިގެ މިކޯމަސް ފެންނަ ވީޑިއޯ މީސްމީޑިޔާގައި ހިއްސާކޮށްފައިވަނީ މަޝްހޫރު “ޒުވާން މަސްވެރިޔާ” ހަސަން ސާޖިންއެވެ. ހަލުވި ކަމާއިއެކު ދައުރުވަމުން އަންނަ މިވިޑިއޯ އެނާ ހިއްސާކޮށްފައިވަނީ އިއްޔެ ހެނދުނުގެ ވަގުތެއްގަ އެވެ. މިހާތަނަށް 11 ހާސް މީހުން ވަނީ މި ވީޑިއޯ […] އަލީ އާދިލް · 5 އަހަރު ކުރިން
ރާއްޖެ ކޯވިޑް ބަލީގައި ކުރީގެ ފަނޑިޔާރު މުޖުތާޒް އަވަހާރަވެއްޖެ ކޯވިޑަށް ޕޮޒިޓިވްވެ، ހާލުކޮޅު ދެރަވުމުން އެޑްމިޓްކޮށްފައި ވަނިކޮށް ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ރިޓަޔާޑް ޖަސްޓިސް މުޖްތާޒް ފަހުމީ އަވަހާރަ ވެއްޖެއެވެ. އޭނާ އަވަހާރަވީއިރު ކޯވިޑް ބަލީގެ ސަބަބުން ހާލުކޮޅު ދެރަވުމުގެ ސަބަބުން އޮންނެވީ ދަރުމަވަންތަ ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފައެވެ. އުމުރުން 61 އަހަރުގެ މުޖުތާޒް ކޯވިޑަށް ޕޮޒިޓިވްވީ އާއިލާއާއެކު ޗުއްޓީ ހޭދަކުރެއްވުމަށް ލ. އަތޮޅަށް ވަޑައިގެން ހޯމް ކަރަންޓީނުގައި ހުންނަވަނިކޮށްކަމަށް މައުލޫމާތު ލިބިފައި ވެއެވެ. އޭނާ ކޯވިޑަށް ޕޮޒިޓިވްވިކަން އެނގުނީ... އަޙްމަދު ވަހީދު · 5 އަހަރު ކުރިން
ރާއްޖެ މާފުށީ ޖަލު އާންމު ހާލަތަށް ގެނެސްފި މާފުށީ ޖަލު އާންމު ހާލަތަށް ގެނެސްފައިވާ ކަމަށް ކޮމިޝަނަރު އޮފް ޕްރިޒަންސް އަހްމަދު މުހައްމަދުފުޅު ވިދާޅުވެއްޖެއެވެ. ކޮމިޝަނަރު އޮފް ޕްރިޒަންސް، މިރޭ 20:51 ގައި ކުރެއްވި ޓުވީޓެއްގައި ވަނީ މާފުށި ޖަލު ސަރަހައްދަށް މިރޭ ބޭރުން ބަޔަކު ގަވައިދާ ހިލާފަށް ވަތްކަމުގެ މައުލޫމާތު ލިބިގެން ޖަލު ކުއްލި ހާލަތަށް ގެނެވިފައިވާ ކަމަށް ވިދާޅުވެފައެވެ. މީގެ އިތުރުން ޖަލުން އެއްވެސް ގައިދީއެއް ފިލާފައި ނުވާކަން އޭނާ ކަށަވަރު ކޮށްދެއްވި އެވެ. އޭގެފަހުން މިރޭ 22:11 ގައި، ކޮމިޝަނަރު އޮފް […] ޝިއުނާ އާދަމް · 5 އަހަރު ކުރިން