ތިލަދުންމަތީ ޚަބަރު ބިލެއްފަހި އާ އިންޖީނުގެ އިމާރާތް ކުރުމުގެ މަސައްކަތް ނިންމާލައިފި ފެނަކައިގެ ފަރާތުން ށ. ބިލެއްފަހީގައި ގާއިމުކުރާ އާ އިންޖީނުގެ އިމާރާތްކުރުމުގެ މަސައްކަތް ނިންމާލައިފިއެވެ. ފެނަކައިން މިކަން ހާމަކުރެއްވީ، އެ ކުންފުނީގެ ޚިދުމަތް ފޯރުކޮށްދޭ ރަށްތަކުގައި އިމާރާތް ކުރާ އިންޖީނުގެތަކާއި، އޮފީސް އިމާރާތްތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ހާމަ ކުރަށްވަމުން މިއަދުއެވެ. މިގޮތުން ފެނަކައިން ބުނީ ރަށްރަށުގެ މީހުން ދިރިއުޅޭ ސަރަހައްދުގައި ހުރި ދުވަސްވީ އިންޖީނުގެތައް ޒަމާނީ ވަސީލަތްތަކާއެކު އެކަހެރި ސަރަހައްދުތަކަށް ބަދަލުކޮށް ތަރައްޤީ ކުރުމުގެ ސިޔާސަތުގެ ދަށުން، ށ. ބިލެއް... ޝިއުނާ އާދަމް · 5 އަހަރު ކުރިން
ރާއްޖެ ފެލިވަރު ބިން ހިއްކުމާއި އެއްގަމު ތޮށިހެދުމުގެ މަޝްރޫއު އެމްޓީސީސީއަށް ޅ. ފެލިވަރު ބިން ހިއްކުމާއި އެއްގަމު ތޮށިހެދުމުގެ މަޝްރޫއު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އާއި ހަވާލުކޮށްފިއެވެ. މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީއާއި މި މަސައްކަތް ހަވާލުކޮށްފައި ވަނީ މިއަދުއެވެ. މި މަޝްރޫޢުގެ މަސައްކަތުގެ އެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީ ގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓަރ ޖެނެރަލް އަލްފާޟިލާ ފާތިމަތު ޝާނާ ފާރޫޤް އެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ ސީ.އީ.އޯ އަލްފާޟި... އަޙްމަދު ވަހީދު · 5 އަހަރު ކުރިން
ރާއްޖެ ސިއްހީ ކުއްލި ހާލަތުގައި ވެސް އިންތިހާބު ބޭއްވޭ ބިލު ފާސްކޮށްފި ކޯވިޑް-19 އާ ގުޅިގެން ރާއްޖޭގައި އިއުލާނު ކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި ވެސް ކައުންސިލް އިންތިހާބު ބޭއްވޭ ގޮތަށް ބަދަލުކޮށް އެ އިންތިހާބުގެ ހާއްސަ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ފާސްކޮށްފި އެވެ. އެ ބިލު ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުއްވީ، ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދާއިރާގެ މެންބަރު، ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމެޓީގެ މުޤައްރިރު އަދި އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އަލީ ނިޔާޒެވެ. މި ބިލުގައި ގާނޫނު އިސްލާހުކުރާތާ ހަތް ދުވަހުގެ ތެރޭގައި އިން... އަލީ އާދިލް · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ބިލެއްފަހި ބަނދަރުގެ އަމަލީ މަސައްކަތް ފަށަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ށ.ބިލެއްފަހި ބަނދަރު ތަރައްޤީ ކުރުމުގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރު ވެއްޖެއެވެ. މިކަން ހާމަކުރައްވައި އެމްޓީސީސީއިން މިއަދު ކޮށްފައިވާ ޓްވީޓްގައިވަނީ ށ.ބިލެއްފަހި ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި 18 ޖަނަވަރީ 2021 ގައި ޕްރޮޖެކްޓް ސައިޓް މޮބަލައިޒް ކޮށްފައިވާ ކަމަށެވެ. މި މަޝްރޫޢުގެ ދަށުން އެ ބަނދަރުގެ 9800 ކިއުބިކް މީޓަރ ނެރު ފުންކުރުމާއި، ރޭމްޕެއް ހެދުމާއި އަދި 22 މީޓަރުގެ ގުރޯއި... އިބްރާހިމް ޚަލީލް · 5 އަހަރު ކުރިން
ކުޅިވަރު އިބްރަހިމޮވިޗްގެ ދެ ލަނޑުން މިލާނަށް މުހިންމު މޮޅެއް އިޓާލިއަން ސީރިއާ އޭ ގައި އޭސީ މިލާނާއި ކަލިއާރީ ބައްދަލު ކުރި މެޗުގައި މިލާންގެ ފޯވާޑް ޒަލްޓަން އިބްރަހިމޮވިޗް ޖެހި ދެ ލަނޑުން މިލާން މޮޅުވެ އެ ޓީމަށް ޕޮއިންޓް ތާވަލުގެ އެއްވަނާގައި ތިން ޕޮއިންޓަށް ލީޑެއް ލިބިއްޖެއެވެ. ހޯމަ ދުވަހުގެ ރޭ ކަލިއާރީގެ ދަނޑުގައި ކުޅުނު މި މެޗު މިލާނުން ކާމިޔާބު ކޮށްފައިވަނީ 2-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި މިލާނުން ވަނީ ވަރަށް ކުރީކޮޅު ލަނޑު ޖަހައި ލީޑު ނަގާފައެވެ. މެޗުގެ 7 ވަނަ […] އިބްރާހިމް ޚަލީލް · 5 އަހަރު ކުރިން
ރާއްޖެ ކުޑަކުއްޖަކާ މެދު ޖިންސީ އަމަލު ހިންގި މައްސަލައެއް 15 އަހަރުގެ އަންހެން ކުއްޖަކާއި މެދު ޖިންސީ އަމަލު ހިންގިކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި އެވެ. ފުލުހުން ވިދާޅުވީ، އެ މައްސަލައިގެ ތުހުމަތުގައި ދެމީހަކު ހައްޔަރު ކުރީ ނޯތު ސެންޓްރަލް ޕޮލިސް ޑިވިޝަން ގައި ހިމެނޭ ރަށަކުން ކަމަށެވެ. އެއީ ކ، އއ، އދ، ވ އތޮޅު ހިމެނޭ ސަރަހައްދެވެ. އެ ސަރަހައްދުގެ ރަށެއްގައި އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާ މެދު ޖިންސީ އަމަލު ހިންގުމާއި ޖިންސީ އަމަލު ހިންގުމަށް ގްރޫމް ކުރުވި މައްސަލަ […] ޝިއުނާ އާދަމް · 5 އަހަރު ކުރިން
ވިޔަފާރި މިހާރު އުރީދޫ ކަސްޓަމަރުންގެ މޮބައިލް ބެލެންސްއިން ގިފްޓް ކާޑު ގަނެލެވޭނެ މުވާސަލާތީ ކުންފުނި އުރީދޫ މޯލްޑިވްސްއިން، ގޭމިންގް ކޯޑު އަދި އީ-ގިފްޓް ކާޑު ގަނެވޭ އިންޓަނޭޝަނަލް އޮންލައިން ޕްލެޓްފޯމް ”ކާރޓީ ސްޓޯރ” ރާއްޖެއަށް ތައާރަފްކޮށްފިއެވެ. ކާޓީ ސްޓޯރަކީ ގޭމިން ކޯޑް އަދި އީ-ގިފްޓް ކާޑް ގަނެވޭ އިންޓަނޭޝަނަލް އޮންލައިން ޕްލެޓްފޯމެކެވެ. ކަސްޓަމަރުންނަށް ޒަމާނީ ގިނަ ފަސޭހަތަކެއް ގެނެސްދެމުންދާ އުރީދޫ އިން ބުނީ، މި ހިދުމަތާއިއެކު ކްރެޑިޓް ކާޑުގެ ބަދަލުގައި އެ ކުންފުނީގެ މޮބައިލް ބެލެންސް ބޭނުންކޮށްގެން ކާރޓީ ސްޓޯރ މެދުވެރިކޮށް ގޭމިންގ، މިއުޒިކް، އައި ޓިއުންސް، ގޫގްލް ޕްލޭ،... އަޙްމަދު ވަހީދު · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު "ޕަލްސް"ގެ ނަމުގައި ކުރިއަށް ގެންދިޔަ ފްރީޑައިވް ޓްރެއިނިންގްް ކޯސް ނިންމާލައިފި “ޕަލްސް”ގެ ނަމުގައި ފްރީ ޑައިވް ކެލާގެ ފަރާތުން ބޭއްވި ފްރީޑައިވް ކޯސް ނުވަތަ އޮކްސިޖަންއާއި ނުލާ ފީނަން ދަސްކޮށްދޭ ކޯސް ނިންމާލައިފިއެވެ. ނޭވާ ލުމަށް ބޭނުން ކުރާ އެއްވެސް އާލާތެއް ނެތި މޫދު އަޑިއަށް ފީނުން ނުވަތަ ފްރީޑައިވްގެ މި ކޯސް ބާއްވާފައިވަނީ ޖެނުއަރީ މަހުގެ 10 ވަނަ ދުވަހުންފެށިގެން ނެވެ. މި ކޯހަކީ، އަލަށް ފްރީ ޑައިވިންގްއަށް ވަންނަން ފަރާތްތަކަށްވެސް ބައިވެރިވެވޭނެހެން ފަރުމާކޮށްގެން ކުރިއަށް ގެންދިޔަ ކޯހެކެވެ. މި ގޮތުން، ފްރީޑައިވިންގް ލެވަލް 1 އަދި […] މުޙައްމަދު މާއިލް ހަސަން · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު 2020ގައި ކޭއާރުއެޗްއަށް ބާރު ބޮޑު: 184 ރަށަކުން 101362 މީހުން ހިދުމަތް ހޯދި ނިމުނު 2020 ވަނަ އަހަރު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) އިން ރާއްޖޭގެ 184 ރަށަކަށް ނިސްބަތްވާ 101,362 މީހުން ހިދުމަތް ހޯދައިފިއެވެ. އެ ހޮސްޕިޓަލްގެ މެނޭޖަރު އަޙްމަދު ދާއޫދު ވިދާޅުވީ ކޭއާރުއެޗްގެ އޯޕީޑީއިން 2020 ވަނަ އަހަރު 101,362 މީހުން ހިދުމަތް ހޯދާފައިވާ ކަމަށެވެ. މީގެ ތެރޭގައި ދިވެހިރާއްޖޭގެ 184 ރަށަކަށް ނިސްބަތްވާ މީހުން ހިދުމަތް ހޯދާފައިވާ ކަމަށާއި، އަދި 23 ޤައުމަކަށް ނިސްބަތްވާ 1763 ބިދޭސީން ވެސް އެ ހޮސްޕިޓަލުން މިދިޔަ އަހަރު ހިދުމަތް […] ޔުމްނާ ޢަލީ · 5 އަހަރު ކުރިން
ކުޅިވަރު ވަރުގަދަ ބާސެލޯނާ ބަލިކޮށް ސުޕަކަޕްގެ ތަށި އެތުލެޓިކް ބިލްބާއޯ ކާމިޔާބު ކޮށްފި ސްޕެނިޝް ސްޕަރ ކަޕްގެ އެންމެ ކާމިޔާބު ޓީމް ކަމުގައިވާ ބާސެލޯނާ ބަލިކުރުމަށް ފަހު އެ މުބާރާތުގެ ޗެމްޕިއަންކަން އެތުލެޓިކް ބިލްބާއޯއިން ހޯދައިފިއެވެ. އާދީއްތަ ދުވަހުގެ ރޭ ކުޅުނު މި މުބާރާތުގެ ފައިނަލް މެޗުގައި ބާސެލޯނާގެ މައްޗަށް ބިލްބާއޯއިން ކުރިހޯދާފައިވަނީ 3-2 ގެ ނަތީޖާއަކުންނެވެ. ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރި ހޯދާފައިވަނީ ބާސެލޯނާއިންނެވެ. މި ލަނޑު މެޗުގެ 40 ވަނަ މިނެޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ އެ ޓީމްގެ ފްރާންސް ފޯވާޑް […] އިބްރާހިމް ޚަލީލް · 5 އަހަރު ކުރިން
ރާއްޖެ އެންޑީއޭއަށް އާ ސީއީއޯއެއް ނެޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ) އަށް ސީއީއޯ އެއް އައްޔަނުކޮށްފިއެވެ. އެ އޭޖެންސީގެ ސީއީއޯއަކަށް އައްޔަނުކޮށްފައިވަނީ މުހައްމަދު ހަބީބެވެ. އޭނާ މި މަގާމަށް އައްޔަނުކޮށްފައި މިވަނީ އެ މަގާމު ހުސްކޮށް އޮންނަތާ ތިން މަހެއްހާ ދުވަސް ފަހުންނެވެ. އެ އޭޖެންސީގެ ސީއީއޯގެ މައިގަނޑު މަސްއޫލިއްޔަތަކީ އޭޖެންސީގެ ބޯޑުގެ ލަފަޔާ އިރުޝާދުގެ މަތިން އެޖެންސީ ހިންގުމާއި ބޯޑުގެ ނިންމުންތައް ތަންފީޒުކުރުމެވެ. އެ މަގާމުގެ މުސާރައިގެ ގޮތުގައި 18,000 ރުފިޔާ ލިބޭއިރު ފޯނު އެލަވަންސްގެ ގޮތުގައި 1,000 ރުފިޔާ، އަދި […] އަޙްމަދު ވަހީދު · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ކުޅުދުއްފުށީ ކައުންސިލުން ދެމުންދާ "ބޮނބިތެޅުމުގެ ޚިދުމަތް" ދޭ ދުވަސްތަކަށް ކުޑަ ބަދަލެއް ހދ. ކުޅުދުއްފުށީ ކައުންސިލުން ދެމުން އައި ބޮނބިތެޅުމުގެ ޚިދުމަތް ދޭ ދުވަސްތަކަށް ކުޑަ ބަދަލެއް ގެނެސްފިއެވެ. އެ ކައުންސިލުން ކުރިން އެ ޚިދުމަތް ދެމުން އައީ އަންގާރަ އަދި ހޮނިހިރު ދުވަހުގެ ހެނދުނު 9:00 ން 12:30 އަށެވެ. ނަމަވެސް އިއްޔެއިން ފެށިގެން އެކައުންސިލުން ގެނައި ބަދަލުގައި ވަނީ ހޮނިހިރު ދުވަހުގެ ބަދަލުގައި އެ ޚިދުމަތްދޭ ދުވަހަކީ ބުރާސްފަތި ކަމަށް ހަމަޖައްސާފައެވެ. އެހެންކަމުން ދެން އެ ކައުންސިލުން އެ ޚިދުމަތް ފޯރުކޮށްދޭނީ އަންގާރަ އަދި ބުރާސްފަތި ދުވަހުގެ ހެނދުނު 9:00 […] ޔުމްނާ ޢަލީ · 5 އަހަރު ކުރިން
ރާއްޖެ ވެލިގަނޑު ރިސޯޓުގައި އަލިފާނުގެ ހާދިސާއެއް އއ. ވެލިގަނޑު ރިސޯޓުގެ ގެސްޓް ރޫމެއްގައި ރޯވެ، އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. އެމްއެންޑީއެފުން ވިދާޅުވީ، އެ ރިސޯޓުގެ ގެސްޓް ރޫމެއްގައި އަލިފާނުގެ ހާދިސާއެއް ހިނގުމުން އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ސާވިސްއިން ހަރަކާތެރި ވަމުން އަންނަ ކަމަށެވެ. އެ ރިސޯޓުގެ ގެސްޓް ރޫމްގައި ރޯވި އަލިފާން، އެ ރިސޯޓުގެ މުވައްޒަފުން ކޮންޓްރޯލް ކޮށްފައިވާއިރު، އެމްއެންޑީއެފް ފަޔާ ލޯންޗު މިހާރު ދަނީ އެ ރިސޯޓަށް ދަތުރުކުރަމުންނެވެ. މި އަލިފާނުގެ އެ ހާދިސާގެ މައުލޫމާތު އެ އިދާރާއަށް ލިބުނީ މިއަދު […] ޝިއުނާ އާދަމް · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ދިއްދޫން އިތުރު ކޯވިޑް ކޭހެއް ހއ. ދިއްދޫގައި ހޯމް ކަރަންޓީނުގައި ހުރި މީހަކު ކޯވިޑް-19 އަށް ޕޮޒިޓިިވް ވެއްޖެއެވެ. ދިއްދޫ ކައުންސިލްގެ އޮފިޝަލެއް ”ތިލަދުން”އަށް ވިދާޅުވީ، އެރަށުގައި ހޯމް ކަރަންޓީނުގައި ހުރި މީހަކު ކޯވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އަދި އެމީހާއަކީ ދިވެއްސެއް ކަމަށް ވެސް އެ އޮފިޝަލް ވިދާޅުވިއެވެ. އެ އޮފިޝަލް ވިދާޅުވީ، އެމީހާ ޕޮޒިޓިވްވެފައިވާކަން އެނގުނީ އެމީހާގެ ހޯމް ކަރަންޓީނުގެ 10 ދުވަސް ހަމަވެގެން ނެގި ރިލީޒް ސާމްޕަލުން ކަމަށެވެ. އޭނާ ޕޮޒިޓިވްކަން އެނގުނީ ރޭގެ ވަގުތެއްގައެވެ. އެ މައުލޫމާތު […] ޔުމްނާ ޢަލީ · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ކުޅުދުއްފުށީގައި ބާއްވާ ފޮޓޯގްރާފަރ ޕްރޮގުރާމްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ކައުންސިލާއި މިނިސްޓްރީ އިފް ޔޫތު ސްޕޯޓްސް އެންޑް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް ގުޅިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ފޮޓޯގްރާފަރުން ޓްރެއިން ކުރުމުގެ ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވައިލައިފިއެވެ. މި ޕްރޮގްރާމަކީ ސަރުކާރުގެ ސްޓްރެޓަޖިކް އެކްޝަން ޕްލޭންގެ ސްޓްރެޓަޖީތައް ހާސިލް ކުރުމުގެ ގޮތުން އަތޮޅު ތެރޭގެ ޒުވާނުންގެ ހުނަރު ކުރިއަރުވާ ކުރިމަގު އުޖާލާކުރުމުގެ މަޤްޞަދުގައި ރާވާ ހިންގާ ޕްރޮގްރާމެއްކަމަށް ކުޅުދުއްފުށީ ކައުންސިލުން ބުނެ އެވ... އިބްރާހިމް ޚަލީލް · 5 އަހަރު ކުރިން