ތިލަދުންމަތީ ޚަބަރު ކުޅުދުއްފުށިން ހިރިމަރަދޫއަށް މަސްތުވާތަކެތި ގެންދަން އުޅުނު ޒުވާނަކު ހައްޔަރުކޮށްފި ހދ. ކުޅުދުއްފުށި ސިޓީއިން ހދ. ހިރިމަރަދޫއަށް މަސްތުވާތަކެތި ގެންދަން އުޅުނު 18 އަހަރުގެ ޒުވާނަކު ހައްޔަރުކޮށްފިކަމަށް ފުލުހުން ބުނެފި އެވެ. ފުލުހުން ބުނެފައިވަނީ ހދ. ކުޅުދުއްފުށީގައި ހިންގި އޮޕަރޭޝަނަކީ އެއަތޮޅު ހިރިމަރަދޫއަށް މަސްތުވާތަކެތި ގެންދާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޖެނުއަރީ މަހުގެ 15 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްކަމަށެވެ. މި އޮޕަރޭޝަނުގައި 18 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރުކޮށްފައިވާއިރު، ކުޅުދުއްފުށީ ބަނދަރުމަތިން އެމީހާ ހުއްޓުވައި ބަލައިފާސްކ... އަލީ އާދިލް · 5 އަހަރު ކުރިން
ރާއްޖެ މަރުގެ މައްސަލައަކާ ގުޅިގެން ބަނގުލަދޭޝް މީހަކު ހޯދަނީ މަރުގެ މައްސަލައަކާ ގުޅިގެން ބަނގުލަދޭޝް މީހަކު ހޯދަން ފުލުހުން އިޢުލާން ކޮށްފި އެވެ. ފުލުހުން މިއަދު ބުނެފައިވަނީ، ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ މަރުގެ މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. ފުލުހުން ބުނީ މިމައްސަލައާ ގުޅިގެން ހޯދަމުންދަނީ ބަނގުލަދޭޝް، މުޙައްމަދު ޢަލީ ޙޮސެއިން (32އ) ކަމަށެވެ. މުޙައްމަދު ޢަލީ ހޮސެއިންއާގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓ... ޔުމްނާ ޢަލީ · 5 އަހަރު ކުރިން
ވިޔަފާރި ބަނދަރުން މުދާ ނެރުމުގައި އަމަލުކުރަމުންދާ މިންގަނޑުތައް އިތުރަށް ހަރުދަނާ ކުރަނީ މާލޭ ވިޔަފާރި ބަނދަރުން މުދާ ކްލިއަރކުރާ ކުންފުނިތަކުން މުދާ ނެރުމުގައި އަމަލުކުރަމުންދާ މިންގަނޑުތައް އިތުރަށް ހަރުދަނާ ކުރުމަށް އެ ފަރާތްތަކާ އެއްކޮށް މަސައްކަތް ކުރަމުން ގެންދާނެ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޑެޓް އިން ބުނެފި އެވެ. އެކުންފުނިން މިހެންބުނެފައިވަނީ، މާލޭ ވިޔަފާރި ބަނދަރުގައި 7 ޖަނަވަރީ 2021 ވަނަ ދުވަހުގެރޭ، ކޮންޓޭނަރަކުން ބިއްލޫރި ކްރޭޓެއް ނެރުމަށް މަސައްކަތްކުރަނިކޮށް، ނުރައްކާތެރި ހާދިސާއެއް ހިންގައި ޒުވާނަކު ނިޔާވި ހާދިސާއާއި ގުޅިގެން އިއްޔެ ނެރުނު ނޫސް ބަޔާނެއްގަ އެވެ. އެ ނޫ... އިބްރާހިމް އަސްވާޤް · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު އުރީދޫ ކަލަންޑަރުން ތިލަދުންމަތީގެ ތާރީހަށް ދިރުމެއް! 2021 ވަނަ އަހަރު ފެށުމާ އެކު އުރީދޫން މޯލްޑިވްސްއިން މިވަނީ ޒަމާނީވަންތަ ގޮތަކަށް ރާއްޖޭގެ ތާރީހް އަށް ދިރުމެއް ގެނެސްދީފަ އެވެ. އާއަހަރަށް އަލިވިލުމާއި އެކު އެންމެ ތަފާތު، އެންމެ ރީތި ކަލަންޑަރު ނެރުމުގެ ވާދަވެރިކަމުގެ ތެރެއިން ގިނަ ބައެއްގެ ލޮލުގައި އަޅައިގަތީ އުރީދޫން ނެރުނު ދިރޭ ކަލަންޑަރެވެ. މީސްމީޑިޔާގެ މަންސަ ތަކުގައި މި ކަލަންޑަރުގެ ވީޑިއޯތަކާއި ފޮޓޯތައް ވައިގައި ހިފައި ގިނަބަޔަކު އަންނަނީ ހިއްސާކުރަމުންނެވެ. “ތާރީހުގެ ތެރެއިން ދިވެހިރާއްޖެ”ގެ ނަން ދީފައިވާ މިކަލަންޑަރުގެ ރީތި މަންޒަރު [... ޙުސައިން ޘަޤީފް · 5 އަހަރު ކުރިން
ކޮލަމް ދިވެހި އަދަބިއްޔާތުގައި ފަރިހި ބީވެއަތުން ދިޔަ ހީރާމުތުރަނުކުލަވާ، މުޖުރާއޭފުޅުނަޔާ ކިޔަމޭ މި ފަރިހި ގެންފަށާ، ލިޔެއަނާކޮށް ރީފުތައު ތިޔަމަނުކުލަރަން ދިއަވީދުއަގީ، ނިޔަނެތިވީފުޅު މުޖުރާ ފަރިއްސަކީ ޅެންބަހުރުވައިން ދިވެހިން ކިޔައި އުޅުނުތަކެތީގެ ތެރެއިން މިއަދާ ހަމައަށް އައިސްފައިވާ މައުނަވީ މުހިންމު ތަރިކައެކެވެ. އެއާއި މެދު އަދަބީ، ސަގާފީ ވިސްނުމަކުން ދިރާސާކޮށް ބެލެވިފައި ނެތް އެއްޗެކެވެ. ހަރުދަނާގޮތެއްގައި އެކުލަވާލެވިފައި ހުރި ފަރިހިތަކުން ބުނެދެނީ ހިތުގައި އުފެދުނު އިހުސާސްތަކާއި، ދުށްތަނާއި ހިނގި ހާދިސާތަކާއި، އަސްލެއްގ... ލޫކަސް ޖަލީލް · 5 އަހަރު ކުރިން
ރާއްޖެ ވޯޓުލާ ދުވަހާ ހަމަޔަށް 18 އަހަރުފުރޭ އެންމެންގެ ނަން ވޯޓުލާ މީހުންގެ ލިސްޓުގައި އޮންނާނެ: ހަބީބު ިއިންތިޚާބެއްގެ ވޯޓުލާ ދުވަހާ ހަމަޔަށް ޢުމުރުން 18 އަހަރުފުރޭ އެންމެންގެ ނަން ވޯޓުލާ މީހުންގެ ލިސްޓުގައި އޮންނާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެންބަރު އިސްމާއީލް ހަބީބު ވިދާޅުވެއްޖެއެވެ. ހަބީބު މިހެން ވިދާޅުވީ އިއްޔެ ކުރިއަށް ދިޔަ ރައްޔިތުންގެ މަޖިލިސްގެ 2021 ވަނަ އަހަރުގެ ދައުރުން ބޭރުގައި ބާއްވާ ދެވަނަ ޚާއްޞަ ޖަލްސާގައި ބައެއް މެންބަރުން ދެއްކެވި ވާހަކައާއި ގުޅިގެން ނޫހަކުން ގެނެސްދީފައިވާ ޚަބަރެއް ހިއްސާކުރަށްވަމުން ކުރެއްވި ޓުވީޓެއްގައެވެ. ”ފަހުން 18 އަހަރު ފުރުނު ޒުވާނުންނަށް ވޯޓު... އަލީ އާދިލް · 5 އަހަރު ކުރިން
ރާއްޖެ ކައުންސިލް އިންތިޚާބުގައި ވޯޓު ދޭނެ މީހުން އިހުތިޔާރު ކުރުމުގައި ފުންކޮށް ވިސްނުމަށް އިލްތިމާސެއް ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ކެންޑިޑޭޓުން އިހްތިޔާރުކުރުމުގައި ރައްޔިތުން މިހާރަށްވުރެ ފުންކޮށް ވިސްނުމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ ސެއިޚް އިލްޔާސް ހުސައިން އިލްތިމާސް ކުރަށްވައިފިއެވެ. ވެރިކަންކުރާ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ ދީނީ ޢިލްމުވެރިންގެ ތެރޭގައި އިސްކޮށް މަސައްކަތްވެސް ކުރަށްވާ ސެއިޚް އިލްޔާސް މި އިލްތިމާސް ކުރެއްވީ ކުރެއްވި ޓުވީޓެއްގައެވެ. ސެއިޚް އިލްޔާސް ކުރެއްވި އެ ޓްވީޓެއްގައި ވިދާޅުވީ ފާއިތުވެ ދިޔަތަނުން އިބްރަތް ހާސިލްކޮށް ކުރިއަށް އޮތް ލޯކަލް ކަ... އަޙްމަދު ވަހީދު · 5 އަހަރު ކުރިން
ރާއްޖެ އިންކަމް ސަޕޯޓް އެލަވެންސް: 242 މިލިއަން ރުފިޔާ ދޫކޮށްފި ކޯވިޑް- 19 އާއި ގުޅިގެން އާމްދަނީއަށް އަސަރުކޮށްފައިވާ ފަރާތްތަކަށް ސަރުކާރުންދޭ “އިންކަމް ސަޕޯޓް އެލަވަންސް”ގެ ގޮތުގައި 242.3 މިލިއަން ރުފިޔާ ދޫކޮށްފި އެވެ. ފިނޭންސް މިނިސްޓްރީ އިން އާންމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު މި ޖެނުއަރީ މަހުގެ 14 ވަނަ ދުވަހާއި ހަމައަށް 17,410 މީހަކަށް އިންކަމް ސަޕޯޓް އެލަވެންސް ދޫކޮށްފައި ވެއެވެ. ކޯވިޑް-19ގެ ސަބަބުން އާމްދަނީ އަށް އަސަރު ކުރާ މީހުންނަށް ދޭ “އިންކަމް ސަޕޯޓް އެލަވެންސް” ލިބޭނީ ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ދިވެހި ރައްޔިތުންގެ ތެރެއިން، […] ޝިއުނާ އާދަމް · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ހައި-ސްޕީޑް ފެރީ: ސެޕްޓެމްބަރު މަހު އުތުރުގެ 3 އަތޮޅަށް ޙިދުމަތް ދޭން ފެށަނީ “އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯރކް” މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ޒޯން 1 ގެ (ހއ.، ހދ. ށ.) އަތޮޅުތަކަށް ޙިދުމަތް ދޭން ފެށޭނީ މިއަހަރުގެ ސެޕްޓެމްބަރުމަހުގެ ތެރޭގައި ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ) އިން ބުނެފި އެވެ. ދިވެހިރާއްޖެ ހައި-ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމަށް ފަރުމާކޮށްފައިވާ “އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯރކް” މަޝްރޫޢުގެ ފުރަތަމަ ފިޔަވަހި ސަރުކާރުން އެމްޓީސީއާއި އިއްޔެ ވަނީ ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކޮށް... އިބްރާހިމް އަސްވާޤް · 5 އަހަރު ކުރިން
ބައިނަލްއަގުވާމީ ކޯވިޑް-19ގެ އައު ވޭރިއަންޓްއާއި އެކު އިނގިރޭސިވިލާތުގެ ބޯޑަރުތައް އިތުރަށް ހަރުކަށިކޮށްފި އިނގިރޭސިވިލާތުގައި ހަލުވިކަމާއި އެކު ފެތުރެމުން އަންނަ ކޯވިޑް-19ގެ އައު ވޭރިއަންޓްއާއި އެކު، އެ ޤައުމުގެ ބޯޑަރުތައް އިތުރަށް ހަރުކަށިކުރުމަށް އެ ޤައުމުން ނިންމައިފިއެވެ. މި އައު ނިންމުމުގެ ދަށުން “ޓްރެވަލް ކޮރިޑޯ” ގައި ކަރަންޓީން ވާން ނުޖެހޭ ޤައުމުތަކުން އަންނަ މީހުންވެސް ދެން ކަރަންޓީން ވާން ޖެހޭނެއެވެ. ކޯވިޑް-19ގެ އައު ވޭރިއަންޓްގެ ސަބަބުން އެ ޤައުމުގެ ބޮޑު ވަޒީރު ބޯރިސް ޖޯންސަންވަނީ ތިންވަނަ ރާޅަކަށް ތައްޔާރުވުމަށް ބޮޑެތި މަސައްކަތް ކުރަމުންނެވެ. ބޯރިސްގެ އެންމެ މުހިންމު މަސައްކަތެއްގެ ގޮތުގ... މުޙައްމަދު މާއިލް ހަސަން · 5 އަހަރު ކުރިން
ބައިނަލްއަގުވާމީ ރަޝިޔާގެ އިދިކޮޅު އެކްޓިވިސްޓް ނަވާލްނީ ހައްޔަރުކުރަނީ މިިދިޔަ އަހަރުގެ ތެރޭގައި ޒަހަރު ދީގެން މަރާލަން ބަޔަކު މަސައްކަތްކޮށްފައިވާ ރަޝިޔާގެ އިދިކޮޅު އެކްޓިވިސްޓު ރަޝިޔާއަށް އެރުމާއި އެކު ހައްޔަރުކުރުމަށް ނިންމައިފިއެވެ. އޭނާއަށް ޒަހަރު ދީގެން މަރާލުމަށް މަސައްކަތް ބަޔަކު ކުރުމާއި އެކު، ފަރުވާ ހޯދުމަށް އޭނާ ގޮސްފައިވަނީ ޖަރުމަނުވިލާތަށެވެ. އަދި ޖަރުމަނުވިލާތުން މިއަދު އެނބުރި ރަޝިޔާއަށް ދިޔުމާއި އެކު ރަޝިޔާ ކޯޓުތަކުގެ އަމުރަކާއި އެކު، އޭނާ މިވަނީ ހައްޔަރުކުރުމަށް ނިންމާފައެވެ. އޭނާ ހައްޔަރުކުރުމަށް ނިންމާފައިވަނީ މަކަރާއި ޙީލަތް އަދި އޮޅުވާލުމުގެ ދަ... މުޙައްމަދު މާއިލް ހަސަން · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ހަނިމާދޫ އެއާޕޯޓު މުވައްޒަފުން ތެރެއިން ސިވިލް ސާވިސްގައި ތިބުމަށް އެދޭ މުވައްޒަފުން ނަން ނޯޓު ކުރަނީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު މުވައްޒަފުން ތެރެއިން ސިވިލް ސާވިސްގައި ދެމި ތިބުމަށް ބޭނުންވާ މުވައްޒަފުން ނަން ނޯޓު ކުރުމަށް ހުޅުވާލައިފިއެވެ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓްގެ އޮފީހުން، އެ އެއާޕޯޓްގެ މުވައްޒަފުންނަށް މިއަދު ނެރުނު އެންގުމެއްގައި ބުނީ، ރީޖަނަލް އެއާޕޯޓް ކުންފުންޏަކަށް ބަދަލުވުމުގެ މަރުހަލާ ކުރިއަށް ދާތީ، ސިވިލް ސާވިސް މުވައްޒަފުން ގޮތުގައި ދެމި ތިބުމަށް ބޭނުންވާ މުވައްޒަފުން އެ އޮފީހަށް ގޮސް ނަން ނޯޓު ކުރުމަށް އެދޭ ކަމަށެވެ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު މިހާތަނަށް ހިންގަ... އަލީ އާދިލް · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ކުރިނބީގައި ޕާކު ގާއިމުކުރާ ސަރަހައްދު ސާފުކުރުމަށް ފެނަކަ އަދި ދިއްދޫ ''ކޭޑީ'' ކުންފުނީގެ އެހީތެރިކަން ހދ. ކުރިނބީގައި ތަރައްގީކުރާ ކުޑަކުދިންގެ ޕާކު ގާއިމުކުރާ ސަރަހައްދު ސާފުކުރުމުގެ މަސައްކަތުގައި ކުރިނބީ ފެނަކަ ބްރާންޗްގެ މުވައްޒަފުންނާއި، ހއ. ދިއްދޫ ކޭޑީ ކުންފުނިން ބައިވެރިވެ، އެހީތެރިކަން ފޯރުކޮށްދީފިއެވެ. މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްއާއި ކުރިނބީ ކައުންސިލް ގުޅިގެން އެރަށުގައި ތަރައްގީ ކުރާ ޕާކު ގާއިމުކުރާ ސަރަހައްދު ސާފު ކުރުމުގެ މަސައްކަތް ކުރިނބީ ކައުންސިލާއި، އެރަށުގެ ރައްޔިތުން ގުޅިގެން ފެށީ މި ހިނގާ ޖެނުއަރީ މަހުގެ 15 ވަނަ ދުވަހުއެވެ. ކުރިނބީ ކައުން... އަޙްމަދު ވަހީދު · 5 އަހަރު ކުރިން
ރާއްޖެ ހއ. އަތޮޅުގެ 13 ރަށަކަށް 56 ދިވެހި ނަރުހުން ހޯދަނީ ހއ. އަތޮޅުގެ 13 ރަށަކަށް 56 ދިވެހި ނަރުހުން ހޯދަން ހއ. އަތޮޅު ހޮސްޕިޓަލުން ޢިއުލާން ކޮށްފިއެވެ. މިގޮތުން ބިދޭސީ ނަރުހުންގެ ބަދަލުގައި ދިވެހި ނަރުހުން ހޯދަން ހއ. އަތޮޅު ހޮސްޕިޓަލުން ޢިއުލާން ކޮށްފައި ވަނީ، އެއަތޮޅު އިހަވަންދޫ ފިޔަވައި އެ އަތޮޅުގެ އެހެން ރަށްތަކުގެ ޞިއްޙީމަރުކަޒުތަކަށާއި އަދި ހއ. އަތޮޅުހޮސްޕިޓަލަށެވެ. އެތަން ތަނުން ވަނީ ރެޖިސްޓަރޑް ނަރސް، ސީނިއަރ ރެޖިސްޓަރޑް ނަރސް އަދި ކްލިނިކަލް ނަރސް މަގާމުތަކަށް ފުރުޞަތު ހުޅުވާލައި ފައެވެ. އެ ޢިއުލާންގައި ބުނާގޮތުން […] ޔުމްނާ ޢަލީ · 5 އަހަރު ކުރިން
ރާއްޖެ ސަފާރީއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި، ވެރިމީހާ ފިހިއްޖެ ކ. މާފުށި ކައިރީގައި އޮތް ސަފާރީއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި، އެ ސަފާރީގެ ވެރިމީހާ ފިހިއްޖެއެވެ. އެމްއެންޑީއެފްއިން ވިދާޅުވީ އެ ހާދިސާ ހިނގާފައި ވަނީ ”އޯސަން ޑައިވިން” ނަމަކަށް ކިޔާ ސަފާރީއެއްގައި ކަމަށެވެ. އަދި އެ ހާދިސާގައި ފިހިފައި ވަނީ އެ ސަފާރީގެ ވެރިމީހާ ކަމަށާއި، އެއީ ބިދޭސީ ފިރިހެނެއް ކަމަށް ވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ. އެ ހާދިސާގައި ފިހުނު ސަފާރީގެ ވެރިމީހާ ވަނީ މާފުށީ ލޯންޗެއްގައި މާފުއްޓަށް ގެންގޮސްފައި ކަމަށާއި، އަދި އަލިފާން ރޯވުމާއެކު އެ […] ޝިއުނާ އާދަމް · 5 އަހަރު ކުރިން