ޖަރުމަނުގެ ފުރަތަމަ މެޗުގައި ބޮޑު މޮޅެއް ހޯދައި ފެންވަރު ދައްކާލައިފި
ވޯލްޑް ކަޕްގައި އަލަށް ވާދަކުރާ ކުރަސާއޯ އަތުން 7-1 ގެ ބޮޑު ތަފާތަކުން ޖަރުމަނު މޮޅުވެއްޖެއެވެ. އާދީއްތަ ދުވަހު ކުޅުނު މި މެޗުގައި ކައި ހަވާޓްޒް ވަނީ ދެ ލަނޑު ކާމިޔާބުކޮށް، ޖަރުމަނުގެ ފެށުން ވަރުގަދަކޮށްދީފައެވެ. މެޗުގެ 6 ވަނަ މިނެޓުގައި ފީލިކްސް އެންމެޗާ ޖަރުމަނަށް ލީޑު ނަގައިދީފައި ވަނިކޮށް، ކުރަސާއޯގެ ލިވާނޯ ކޮމެނެންސިއާ ވަނީ 21 ވަނަ މިނެޓުގައި ލަނޑެއް ޖަހައި ނަތީޖާ އެއްވަރުކޮށްފައެވެ. މިއީ ވޯލްޑް ކަޕްގެ ތާރީޚުގައި އެ ގައުމުން ޖެހި ފުރަތަމަ […]