އާ އަހަރަކީ އިޤްތިޞާދު އާރާސްތުކޮށް އިޖުތިމާޢީ ފޭރާން ވަރުގަދަކުރުމަށް ލިބޭ އާ ފުރުޞަތެއް: ރައީސް
މި ފެށުނު އާ ހިޖުރީ އަހަރަކީ ރާއްޖޭގެ އިޤްތިޞާދު އާރާސްތުކޮށް، އިޖުތިމާޢީ ފޭރާން ވަރުގަދަކުރުމަށް ލިބޭ އާ ފުރުޞަތެއްކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ހިޖުރީ އައު އަހަރު ފެށުމުގެ މުނާސަބަތުގައި ރައީސް ފޮނުއްވި ޚިޠާބުގައި، މި ދަނޑިވަޅަކީ ޤައުމީ މަޞްލަޙަތު އިސްކޮށް، އެއްބައިވަންތަކަން އާލާކުރަންވީ ވަގުތުކަން ފާހަގަކުރެއްވިއެވެ. ރައީސްގެ ޚިޠާބުގައި، މީގެ ސާދަސަތޭކައަށްވުރެ ގިނަ އަހަރު ކުރިން މާތް ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ އާއި އެކަލޭގެފާނުގެ އަޞްޙާބުން މައ...