ޑްރަގް މައްސަލައެއްގައި ކޯޓު އަމުރަކުން ބަންދުކޮށްފައިވާ ގެއަކަށް ވަތް މީހަކު ހައްޔަރުކޮށްފި
މަސްތުވާތަކެތި ބޭނުންކުރުމަށާއި އެ ތަކެތީގެ ވިޔަފާރިކުރުމަށް ބޭނުންކުރަމުންދާ ކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން، ކޯޓު އަމުރެއްގެ ދަށުން ބަންދުކޮށްފައި ހުރި ގެއަކަށް ވަތް މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ. މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ސ. ހިތަދޫ، ނޯޖަވާނީގެ، އަޙްމަދު ޒާހިރު (50އ) އެވެ. ފުލުހުން ބުނި ގޮތުގައި އޭނާ ހައްޔަރުކޮށްފައިވަނީ ސ. ހިތަދޫ، ލާމިޔާގެއާގެ 90 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް ސ. ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ނެރެފައިވާ އަމުރާ ހިލާފަށް އެ ގެއަށް ވަދެނުކުމެ އުޅެނިކ...