ގިނަ ބައެއްގެ ފޭވަރިޓް ބްރެޒިލް އާއި މޮރޮކޯގެ މެޗު އެއްވަރު
ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި ވިނީޝިއަސް ޖޫނިއާ ކާމިޔާބުކުރި ލަނޑާއެކު، ފަސް ފަހަރުގެ ޗެމްޕިއަން ބްރެޒިލުން މޮރޮކޯއާ ވާދަކޮށް 1-1 އިން އެއްވަރުވެއްޖެއެވެ. މެޓްލައިފް ސްޓޭޑިއަމްގައި ކުޅުނު މި ފޯރިގަދަ މެޗުގައި 80,663 ސަޕޯޓަރުން ހާޒިރުވެފައިވެއެވެ. މެޗުގެ ކުރީކޮޅު މޮރޮކޯއިން ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން މެޗުގެ 21 ވަނަ މިނެޓުގައި އިސްމާއިލް ސައިބާރީ ވަނީ ލަނޑެއް ޖަހައި އެފްރިކާގެ ޗެމްޕިއަނުންނަށް ކުރިހޯދައިދީފައެވެ. މި ލަނޑު ޖެހުމަށް ފުރުސަތު ލިބުނީ ބްރެޒިލްގެ ލޫކަސް ޕަކޭޓާ އަތުން […...