ބަލޯގަންގެ ދެ ގޯލާއެކު އެމެރިކާއިން ޕެރަގުއޭގެ މައްޗަށް ކުރި ހޯދައިފި
32 އަހަރަށްފަހު އެމެރިކާގައި ބާއްވާ ފުރަތަމަ ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި، ފޯލަރިން ބަލޯގަން ކާމިޔާބުކޮށްދިން ދެ ލަނޑާއެކު 4-1 ގެ ނަތީޖާއަކުން ޕެރަގުއޭ ބަލިކޮށް އެމެރިކާއިން ތިން ޕޮއިންޓް ކަށަވަރުކޮށްފިއެވެ. ލޮސް އެންޖެލިސްގެ ސޯފައި ސްޓޭޑިއަމްގައި ކުޅުނު މި މެޗަކީ 1930 ވަނަ އަހަރަށްފަހު ވޯލްޑް ކަޕް މެޗެއްގައި އެމެރިކާއިން ހަތަރު ލަނޑު ޖެހި ފުރަތަމަ ފަހަރެވެ. މެޗުގެ ފުރަތަމަ ހާފުގައި އެމެރިކާއިން ވަނީ ވަރުގަދަ ކުޅުމެއް ދައްކައި ތިން ލަނޑުގެ ލީޑެއް ނަގާފައެވެ. ކެޕްޓަން […]