މައި ޚަބަރަށް ދިޔުމަށް

ތިލަދުންގެ އަރުޝީފުން ހޯދުން

ފަހުގެ ހޯދުންތައް:
ކެލާގެ އާބާދީ ދެ ގުނަވާނެ، ތަރައްގީގެ ގޮތުން ބޮޑު ބަދަލެއް ފެންނާނެ: އިބްރޭ

ކެލާގެ އާބާދީ ދެ ގުނަވާނެ، ތަރައްގީގެ ގޮތުން ބޮޑު ބަދަލެއް ފެންނާނެ: އިބްރޭ

ހއ. ކެލާއަކީ ފަތުރުވެރިކަމުގެ މަންޒިލެއް ގޮތުގައި ތަރައްގީ ކުރެވިގެންދާއިރު، ކެލާގެ އާބާދީ ދެ ގުނަ ވާނެ ކަމަށް އަންދާޒާ ކުރަށްވާ ކަމަށާއި، އެރަށަށް ތަރައްގީގެ ގޮތުން ބޮޑު ކުރިއެރުމެއް ލިބިގެންދާނެކަމަށް ކެލާ ދާއިރާގެ މެންބަރު އިބްރާޙީމް ޝަރީފް (ކެލާ އިބްރޭ) ވިދާޅުވެއްޖެއެވެ. އިބްރޭ މިހެން ވިދާޅުވީ ކެލާ ތުނޑީގައި ތަރައްގީ ކުރާ ފަތުރުވެރިކަމުގެ ހޮޓަލާއި ބެހޭ މަޢުލޫމާތު ކެލާ ރައްޔިތުންނާއި ހިއްސާ ކުރުމަށް އެ ހޮޓާ ތަރައްގީ ކުރާ ކުންފުނި، ފެޑޯ އިންވެސްޓްމަންޓްގެ ދެ ޑިރެކްޓަރުންނާއެކ،ު ރޭ ކެލާ ރައްޔިތ...

އަލީ އާދިލް
މިޔަންމާގެ މުޒާހަރާތަކުގައި ގިނަ ބަޔަކު މަރުވެއްޖެ

މިޔަންމާގެ މުޒާހަރާތަކުގައި ގިނަ ބަޔަކު މަރުވެއްޖެ

މިޔަންމާގެ މިލިޓަރީއާ ދެކޮޅަށް ރައްޔިތުން ކުރި މުޒާހަރާތަކުގައި ގިނަ ބަޔަކު މަރުވެއްޖެއެވެ. މި މުޒާހަރާތަކުގައި މަރުވި މީހުންގެ ތެރޭގައި ކުޑަ ކުދިންވެސް ހިމެނެއެވެ. ނަމަވެސް މިހާތަނަށް މަރުވި މީހުންގެ އަދަދެއް ހާމަ ކޮށްފައި ނުވެއެވެ. އެ ގައުމުގައި މުޒާހަރާ ކުރިއަށްދަނީ ފެބްރުއަރި އެއްވަނަ ދުވަހު އެ ގައުމުގެ ސިފައިން ކުރި ބަގާވާތާ ދެކޮޅަށެވެ. މި މުޒާހަރާ އެ ގައުމުގެ ބޮޑެތި ސީޓީތައް ކަމަށްވާ ޔާގިން އާއި މަންޑަލޭ ފަދަ ސިޓީތަކުގައި ވެސް އަންނަނީ ކުރަމުންނެވެ. އެ ގައުމުގެ […]

އަޙްމަދު ވަހީދު
ހޮޅުދޫ ފެން ހިންދާ ނިޒާމުގެ މަސައްކަތް ނިންމާލައިފި

ހޮޅުދޫ ފެން ހިންދާ ނިޒާމުގެ މަސައްކަތް ނިންމާލައިފި

ނ. ހޮޅުދޫ ފެން ހިންދާ ނިޒާމުގެ މަސައްކަތް ނިންމައި، އެ ރަށު ކައުންސިލާ ހަވާލުކޮށްފިއެވެ. ހޮޅުދޫ ފެން ހިންދާ ނިޒާމުގެ މަސައްކަތް ނިންމައި އެ ރަށު ކައުންސިލާއި ހަވާލުކޮށްފައިވަނީ އެކަމަށް ހާއްސަ ކޮށްގެން މިއަދު އެ ރަށުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި އެންވަޔަރަމަންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ބައިވެރިވެވަޑައިގެންނެވިއެވެ. ސަރުކާރުން ހޮޅުދޫގައި ފެން ހިންދާ ނިޒާމެއް ގާއިމުކުރަން، އެމަސައްކަތް ހަވާލުކޮށްފައިވަނީ، އިންޑިއާގެ ކެނޭޑިއަން ކްރިސްޓަލައިން ވޯޓާ ލިމިޓެޑާއެވ...

އަޙްމަދު ވަހީދު
ބަންގްލަދޭޝްގައި މޯދީއާ ދެކޮޅަށް މުޒާހަރާ ކުރަނީ

ބަންގްލަދޭޝްގައި މޯދީއާ ދެކޮޅަށް މުޒާހަރާ ކުރަނީ

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ދެކޮޅަށް ބަންގްލަދޭޝްގައި މުޒާހަރާ ކުރަން ފަށައިފިއެވެ. މި މުޒާހަރާ ކުރަން ފެށީ އެ ގައުމަށް މޯދީ ކުރެއްވި ދަރުފުޅާ ގުޅިގެންނެވެ. މި މުޒާހަރާ ފަށާފައިވަނީ އިއްޔެ ބަންގްލަދޭޝްގެ ވެރިރަށް ޑާކާގެ މިސްކިތެއްގައެވެ. މިއަދާ ހަމައަށް މި މުޒާހަރާތަކުގައި ފަސް މީހުން މަރުވެފައިވަ ކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓު ކުރެއެވެ. މިއާ ގުޅިގެން ބަންގްލަދޭޝްގެ ސަރުކާރުން ވަނީ ބޯޑާ ކޮންޓްރޯލް ކުރުމަށް އާމީ ފޮނުވައި ހަމަނުޖެހުން ކޮންޓްރޯލް ކުރުމަށް ސިފައިން ފޮނުވައިފައެވެ. ބޭރ...

އަޙްމަދު ވަހީދު
މޭޔަރުކަން ކުރެވޭނީ ''މޭޔަރަކަށް''، އެއީ ޑރ. މުޢިއްޒު: ރުކުމާ

މޭޔަރުކަން ކުރެވޭނީ ''މޭޔަރަކަށް''، އެއީ ޑރ. މުޢިއްޒު: ރުކުމާ

މާލޭގެ މޭޔަރުކަން ކުރެވޭނީ ”މޭޔަރަކަަށް”ކަމަށާއި، އެ ބޭފުޅަކީ ޕީޕީއެމްގެ ޓިކެޓުގައި މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުޢިއްޒުކަމަށް، ހެންވޭރު ދެކުނު ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު އަބުދުއްކަރީމް (ރުކުމާ) ވިދާޅުވެއްޖެއެވެ. 18 ވަނަ މަޖިލިސްގައި އެމްޑީޕީގެ ޕީޖީ ގްރޫޕްގައި ވެސް ހިމެނި ވަޑައިގެންނެވި، މާލޭ ސިޓީގެ ކުރީގެ މެންބަރުކަން ވެސް ކުރެއްވި، މިހާރުވެސް އެމްޑީޕީގެ މެންބަރެއް ގޮތުގައި ހުންނެވި ރުކުމާ މިހެން ވިދާޅުވީ ޑރ. މުޢިއްޒުގެ ކެމްޕޭނަށް ޚާއްޞަކޮ...

އަލީ އާދިލް
ސޮއިކުރިތާ 11 ދުވަސްތެރޭ ކެލާ ޓޫރިސްޓް ހޮޓަލުގެ ސާވޭ ފަށައިފި

ސޮއިކުރިތާ 11 ދުވަސްތެރޭ ކެލާ ޓޫރިސްޓް ހޮޓަލުގެ ސާވޭ ފަށައިފި

ހއ. ކެލާ ތުނޑީގައި ޓޫރިސްޓް ހޮޓެލެއް ތަރައްގީކޮށް ހިންގަން ސޮއިކުރިތާ 11 ދުވަސްތެރޭ އެ ޓޫރިސްޓް ހޮޓަލުގެ ސާވޭގެ މަސައްކަތް އިއްޔެ ފަށައިފިއެވެ. އެ ޓޫރިސްޓް ހޮޓާ ތަރައްގީކޮށް، ހިންގުމަށް ބިޑް ކާމިޔާބުކޮށްފައި ވަނީ ފެޑޯ އިންވެސްޓްމެންޓުންނެވެ. އެ ޓޫރިސްޓް ހޮޓާ ތަރައްގީކޮށް ހިންގުމުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ޓޫރިޒަމާއި، ފެޑޯ އިންވެސްޓްމެންޓާއި ދެމެދު ސޮއިކުރީ މިމަހުގެ 16 ވަނަ ދުވަހުއެވެ. އެ ހޮޓަލުގެ މަސައްކަތް ފެށުމަށް ބޭނުވާ ސާވޭގެ މަސައްކަތް ކުރުމަށް ކެލާއަށް ސާވޭ ޓީމް ދިޔައީ އިއްޔެއެވެ....

ޙުސައިން ޝަހުދީ
މިޔަރުގެ މަސްވެރިކަން މަނާކޮށްފައި އޮތްއޮތުން ދެމެހެއްޓުމަށް ގޮވާލައިފި

މިޔަރުގެ މަސްވެރިކަން މަނާކޮށްފައި އޮތްއޮތުން ދެމެހެއްޓުމަށް ގޮވާލައިފި

ރާއްޖޭގައި މިޔަރުގެ މަސްވެރިކަން މަނާކޮށްފައި އޮތްއޮތުން ނިމުމަކަށް ނުގެނެސް، އެ ނިންމުން ދެމެހެއްޓުމަށް ގޮވާލައި، އެކަމާ ގުޅިގެން ކަންބޮޑުވާ 112 ފަރާތެއް ގުޅިގެން، ގުޅިފައިވާ ނޫސްބަޔާނެއް ނެރެފިޔެވެ. އެ ނޫސްބަޔާނަކީ ރާއްޖޭގެ 55 ފަރާތަކާއި، ބޭރުގެ 57 ފަރާތެއް ގުޅިގެން ނެރެފައިވާ ބަޔާނެކެވެ. މި ބަޔާން ނެރުމުގައި ރާއްޖޭގެ ބައެއް ޖަމިއްޔާތަކާއި، ބައެއް ރިސޯޓްތަކާއި އަދި ބައެއް ޑައިވިން ސެންޓަރު ފަދަ ފަަރާތްތައް ޝާމިލް ވެއެވެ. މި ނޫސް ބަޔާން ގައި ބުނެފައި ވަނީ މިނިސްޓްރީ އޮފް […]

ޔުމްނާ ޢަލީ
ހދ.އަތޮޅު ވޮލީ މުބާރާތުގެ ފައިނަލުގައި ނޮޅިވަރަންފަރާއި ހަނިމާދޫ

ހދ.އަތޮޅު ވޮލީ މުބާރާތުގެ ފައިނަލުގައި ނޮޅިވަރަންފަރާއި ހަނިމާދޫ

ހދ.އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން އެ އަތޮޅުގެ ރަށު ކައުންސިލުތަކާއި ކުލަބް ޖަމްޢިއްޔާތަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ވޮލީ މުބާރާތުގެ ފިރިހެން ކެޓަގަރީގެ ފައިނަލަށް ނޮޅިވަރަންފަރު ސްޕޯޓްސް ކުލަބާއި ހަނިމާދޫ ސާއްބަ އެކުވެރި ކުލަބް ދަތުރުކޮށްފިއެވެ. މި މުބާރާތުގެ ފިރިހެން ކެޓަގަރީގައި ޖުމްލަ ހަ ޓީމަކުން ވަނީ ބައިވެރިވެފައެވެ. ބައިވެރިވި ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ބައްދަލުކޮށް އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމަށް ފައިނަލުގެ ޖާގަ ލިބިގެންދާ ގޮތަށް ރާވާލެވިފައިވާ ފިރިހެން ކެޓަގަރީގެ ފ...

އިބްރާހިމް ޚަލީލް
އެމްޑީޕީ މެންބަރުން ނިޒާމީ ނުކުތާ ނަގަނީ ރައީސް އޮފީހުން އަންގައިގެން: އާދަމް ޝަރީފް

އެމްޑީޕީ މެންބަރުން ނިޒާމީ ނުކުތާ ނަގަނީ ރައީސް އޮފީހުން އަންގައިގެން: އާދަމް ޝަރީފް

އިދިކޮޅު މެންބަރުން ރައްޔިތުންގެ މަޖިލިސްގެ ތަޅުމުގައި ބަހުސް ކުރަމުންދާއިރު، ދަތިވާގޮތަށް، އެމްޑީޕީ މެންބަރުން ނިޒާމީ ނުކުތާ ނަގަމުން ދަނީ ރައީސް އޮފީހުން އަންގައިގެން ކަމަށް އިދިކޮޅު ކޯލިޝަންގެ ޕީޖީ ލީޑަރ، މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ވިދާޅުވެއްޖެ އެވެ. އާދަމް ޝަރީފް މިހެން ވިދާޅުވީ ވެންޓިލޭޓަރުތަކުގެ މައްސަލާގައި ވެންޓިލޭޓަރުތަކުގެ މައްސަލާގައި މަތިޖެހުމުގެ ފުރުޞަތު ދީފިނަމަ ރާއްޖޭގެ ރައްޔިތުންނަށް ލިބޭނެ ގެއްލުން ވަރަށް ބޮޑު ކަމަށް ވިދާޅުވެ، އެކަމުގައި ރައްޔިތުންނާއެކުގައި ދޫދި...

އަލީ އާދިލް
އައު ގާނޫނުގެ ދަށުން ފުލުހުން ހުވާކޮށްފި

އައު ގާނޫނުގެ ދަށުން ފުލުހުން ހުވާކޮށްފި

މިއަދު އަމަލުކުރަން ފެށި ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ ދަށުން ފުލުހުން ހުވާކޮށްފި އެވެ. ފުލުހުން ހުވާކުރުމަށް އިސްކަންދަރު ބިލްޑިންގގައި މިއަދު ބޭއްވި ހުވާކުރުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް އާއި ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޒް އަހުމަދު މުއުތަސިމު އަދުނާން އެވެ. މިރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހޯމް އެފެއަރޒް އިމްރާން އަބްދުﷲ އާއި ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު އާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަބްދުލް މަންނާން ޔޫސ...

އަލީ އާދިލް
ވެންޓިލޭޓަރު މައްސަލާގައި ފެންނަނީ ސަރުކާރުން ބައިވެރިވެފައިވާތަން: ރައީސް ނަޝީދު

ވެންޓިލޭޓަރު މައްސަލާގައި ފެންނަނީ ސަރުކާރުން ބައިވެރިވެފައިވާތަން: ރައީސް ނަޝީދު

ވެންޓިލޭޓަރު މައްސަލާގައި ފެންނަނީ ސަރުކާރުން ބައިވެރިވެފައިވާތަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. އެމްޑީޕީގެ ރައީސްގެ މަގާމުވެސް ފުރުއްވަމުން ގެންދަވާ، ރައީސް ނަޝީދު މިހެން ވިދާޅުވީ ކުރެއްވި ޓްވީޓެއްގަ އެވެ. ރައީސް ނަޝީދު ވިދާޅުވީ، ވެންޓިލޭޓަރުތަކުގެ މައްސަލާގައި މަތިޖެހުމުގެ ފުރުޞަތު ދީފިނަމަ ރާއްޖޭގެ ރައްޔިތުންނަށް ލިބޭނެ ގެއްލުން ވަރަށް ބޮޑު ކަމަށެވެ. ”ސަރުކާރުން މިކަމުގައި ބައިވެރިވެފައިވާތަން ފެންނަނީ، ވައްކަން ކުރާ ސަރުކާރަކާއެކު އެމްޑީޕީ...

އަލީ އާދިލް
ހދ.އަތޮޅު ކައުންސިލް ވޮލީ މުބާރާތުގެ އަންހެން ކެޓަގަރީގެ ފައިނަލުގައި ހަނިމާދޫއާއި ނޮޅިވަރަންފަރު

ހދ.އަތޮޅު ކައުންސިލް ވޮލީ މުބާރާތުގެ އަންހެން ކެޓަގަރީގެ ފައިނަލުގައި ހަނިމާދޫއާއި ނޮޅިވަރަންފަރު

ހދ.އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން އެ އަތޮޅުގެ ރަށު ކައުންސިލުތަކާއި ކުލަބް ޖަމްޢިއްޔާތަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ވޮލީ މުބާރާތުގެ އަންހެން ކެޓަގަރީގެ ފައިނަލަށް ނޮޅިވަރަންފަރު ލައިކަންއާއި ހަނިމާދޫ ޒުވާނުންގެ ޖަމްޢިއްޔާ ދަތުރު ކޮށްފިއެވެ. މި މުބާރާތުގެ ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި 25 މާޗް 2021 ވީ ބުރާސްފަތި ދުވަހު ބައްދަލު ކޮށްފައިވަނީ ނޮޅިވަރަންފަރު ލައިކަންއާއި ޓީމް ނައިވާދޫއެވެ. މި މެޗު ސީދާ ތިން ސެޓުން ކާމިޔާބުކޮށް ފައިނަލުގެ ފުރަތަމަ ޖާގަ ހޯދާފައިވަނީ ނޮޅިވަރަންފަރު ޓ...

އިބްރާހިމް ޚަލީލް
ވޯޓުލުމަށް އަމިއްލަ ގަލަމެއް ބޭނުންކުރަން ބާރުއަޅަން: އީސީ

ވޯޓުލުމަށް އަމިއްލަ ގަލަމެއް ބޭނުންކުރަން ބާރުއަޅަން: އީސީ

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ވޯޓުލުމަށް އަމިއްލަ ގަލަމެއް ބޭނުން ކުރުމަށް ބާރުއަޅާކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން ބުނެފިއެވެ. އެކަން ހާމަކޮށްފައި ވަނީ އިންތިޚާބާއި ގުޅޭގޮތުން އީސީއިން ކޮށްފައިވާ ޢިއުލާނެއް ގައެވެ. އީސީއިން ބުނީ، “ކޯވިޑް-19 ގެ ހާލަތުގައި ރައްކައުތެރިކަމާއެކު ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ކުރިޔަށް ގެންދިއުމުގައި ޢަމަލުކުރަންވީ ގޮތުގެ އުސޫލު” ގެ 4 ވަނަ މާއްދާގެ (އ) ގައި ބަޔާންކޮށްފައ...

ޔުމްނާ ޢަލީ
އެމްއެމްސީގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި

އެމްއެމްސީގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ މެންބަރުކަމަށް ކުރިމަތި ލުމުގެ ފުރުޞަތު މިނިސްޓްރީ އޮފް ހޯމް އެފެއާޒްއިން ހުޅުވާލައިފި އެވެ. އެމްއެމްސީގެ މެންބަރު ކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހޯމް މިނިސްޓްރީއިން މި ހުޅުވައިލީ، މޯލްޑިވްސް މީޑިއާ ކައުންސިލުގެ ޤާނޫނުގެ ދަށުން އެކުލަވާލާފައިވާ މޯލްޑިވްސް މީޑިއާ ކައުންސިލްގެ މީޑިއާގެ މެންބަރެއްގެ މުއްދަތު 2021 މާޗް 1 އަށް ހަމަވެފައިވާތީއެވެ. އެމްއެމްސީ އެކުލެވިގެންވަނީ މީޑިއާގެ 7 މެންބަރުންނާއި އާންމުންގެ 7 މެންބަރުން ހިމެނޭގޮތަށެވެ. ކައުންސިލަށް ހޮވޭ...

ޔުމްނާ ޢަލީ
ބާރަށު އިސް މެޖިސްޓްރޭޓްގެ މައްސަލަ ކުރިއަށް ނުގެންދަން ނިންމައިފި

ބާރަށު އިސް މެޖިސްޓްރޭޓްގެ މައްސަލަ ކުރިއަށް ނުގެންދަން ނިންމައިފި

ހއ. ބާރަށު މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަލްއުސްތާޛު ޢަބްދުލްޣަނީ ޢަލީގެ މައްޗަށް ހުށަހެޅުނު މައްސަލައަކީ އިތުރަށް ކުރިޔަށް ގެންދަންޖެހޭ މައްސަލައެއް ނޫންކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ. ޖޭއެސްސީން ބުނީ  އެ މައްސަލައަކީ، ހއ. ބާރަށު މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަލްއުސްތާޛު ޢަބްދުލްޣަނީ ޢަލީ ޤާނޫނުއަސާސީއާ ޚިލާފަށް ދިފާއީ ވަކީލެއްގެ ޙައްޤުނުދީ މައްސަލައެއް ކުރިއަށް ގެންގޮސްފައިވާކަމަށް ބުނެ ހުށަހެޅުނު މައްސަލައެއް ކަމަށެވެ. އެ މައްސަލަ ތަޙްޤީޤުކުރ...

އަލީ އާދިލް