މައި ޚަބަރަށް ދިޔުމަށް

ތިލަދުންގެ އަރުޝީފުން ހޯދުން

ފަހުގެ ހޯދުންތައް:
ފެނަކައިން ފެން މީޓަރަށް ނަގާ 30ރ. މާފުކޮށްދީފި

ފެނަކައިން ފެން މީޓަރަށް ނަގާ 30ރ. މާފުކޮށްދީފި

ފެނަކަ ކޯޕަރޭޝަނުން ފެން މީޓަރަށް ނަގަމުން އައި 30ރ. އެ ކުންފުނިން މާފުކޮށްދީފި އެވެ. އައްޑޫ ފޭދޫގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު ވިދާޅުވީ، ސަޕްލައި ފެން މީޓަރުން ނަގާ 30ރ. ކަސްޓަމަރުންނަށް މާފުކޮށް ދެއްވުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ނިންމެވުމަށް ކަމަށެވެ. އެހެންކަމުން މިއަދުން ފެށިގެން އެ ފީ ނުނަގާނެ ކަމަށް އޭނާވިދާޅުވިއެވެ. ފެން މީޓަރުން 30ރ.  ނެގުން ހުއްޓާލުމުގެ މަޝްވަރާ ކުރަމުން އަންނަ ކަމަށް 2019ވަނަ […]

އަޙްމަދު ވަހީދު
ކުމުންދޫގެ ފެނާއި ނަރުދަމާ ނިޒާމް ގާއިމް ކުރުމުގެ މަސައްކަތް ފަށައިފި

ކުމުންދޫގެ ފެނާއި ނަރުދަމާ ނިޒާމް ގާއިމް ކުރުމުގެ މަސައްކަތް ފަށައިފި

ހދ. ކުމުންދޫގެ ފެނާއި ނަރުދަމާ ނިޒާމު ގާއިމު ކުރުމުގެ އަމަލީ މަސައްކަތް މޯލްޑިވްސް ވޯޓާ އެންޑް ސުވަރެޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން ފަށައިފިއެވެ. މިއަދު ކުމުންދޫގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަސައްކަތް ފައްޓަވައިދެއްވީ އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހުއަދި މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީ އާއި ކުމުންދޫ ކައުންސިލްގެ ރައީސް އަމީން މުހައްމަދު އެވެ. އެމްޑަބްލިއުއެސްސީން މައުލޫމާތު ދޭގޮތުގައި މި މަޝްރޫއުގެ ދަށުން ކުމުންދޫގެ ފެނުގެ ނިޒާމް ގާއިމްކުރުމަށް ބޭނުންވާ...

އަޙްމަދު ވަހީދު
ޒެޑްއެޗް ކޮންސްޓްރަކްޝަން ހިރަފުސް އިންޓަ-އޮފީސް ފުޓްސަލް ޗެލެންޖެގެ ޗެމްޕިއަންކަން ކުޅުދުއްފުށީ ޕޯޓްއަށް

ޒެޑްއެޗް ކޮންސްޓްރަކްޝަން ހިރަފުސް އިންޓަ-އޮފީސް ފުޓްސަލް ޗެލެންޖެގެ ޗެމްޕިއަންކަން ކުޅުދުއްފުށީ ޕޯޓްއަށް

ކުޅުދުއްފުށީ ހިރަފުސް ޓީމްގެ ފަރާތުން އިންތިޒާމް ކޮށްގެން ކުޅުދުއްފުށީގައި ހުރި ސަރުކާރު އޮފީސްތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ހުޅުވާލައިގެން ” ޒެޑްއެޗް ކޮންޓްރަކްޝަން ހިރަފުސް އިންޓަ-އޮފީސް ފުޓްސަލް ޗެލެންޖް 2021″ ގެ ނަމުގައި ކުރިއަށް ގެންދިޔަ ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ކުޅުދުއްފުށީ ޕޯޓް ލިމިޓެޑުން ހޯދައިފިއެވެ. މި މުބާރާތުގެ ފައިނަލް މެޗު 01 އޭޕްރިލް 2021 ވީ ބުރާސްފަތި ދުވަހުގެ ރޭ ކުޅުދުއްފުށި ޓާފް ފުޓްސަލް ދަނޑުގައި ކުޅެފައިވާއިރު މި މުބާރާތުގެ ޗެމްޕިއަންކަން ޕޯޓް ޓީމުން ހޯދާފ...

އިބްރާހިމް ޚަލީލް
ގައިދުރުކަމާއެކު ނަމާދުކުރަން ނިންމާފައިވާ ނިންމުން ނިމުމަކަށް

ގައިދުރުކަމާއެކު ނަމާދުކުރަން ނިންމާފައިވާ ނިންމުން ނިމުމަކަށް

ކޯވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް މާލެ ސަރަހައްދު (މާލެ، ހުޅުމާލެ، ވިލިނގިލި، ގުޅީފަޅު، ތިލަފުށި، ހުޅުލެ)ގައި ގައިދުރުކޮށްގެން ނަމާދު ކުރުމަށް އިސްލާމިކް މިނިސްޓްރީއިން ނިންމާފައިވާ ނިންމުން ނިމުމަކަށް ގެނެސްފިއެވެ. އެ ގޮތަށް އަމަލު ކުރަން ފަށާނީ މިއަދުގެ މަޣްރިބް ނަމާދުން ފެށިގެން ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަޙްމަދު ޒާހިރު ޢަލީ ވަނީ ވިދާޅުވެފައެވެ. މިނިސްޓަރު ޑރ. އަޙްމަދު ޒާހިރު ޢަލީ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ކޯވިޑް-19އާއި ގުޅިގެން މިސްކިތްތަކުގައި ގައިދުރުކަމާއެކު ނަމާދުކުރަން...

ޔުމްނާ ޢަލީ
އަދަބީ 2 މުބާރާތެއްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

އަދަބީ 2 މުބާރާތެއްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

ދިވެހި ބަހުގެ އެކަޑަމީގެ 2021ވަނަ އަހަރުގެ އަދަބީ ކަލަންޑަރުގައި ކަނޑައަޅައިފައިވާ ދެ މުބާރެއްތައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. އެ ދެ މުބާރާތަކީ އަލްއުސްތާޛު މުޙައްމަދު ޖަމީލު ދީދީގެ ވާދައިގެ ތަށްޓަށް ބާއްވާ މަޒުމޫނު ލިޔުމުގެ 36ވަނަ ޤައުމީ މުބާރާތާއި އައްޝައިޚް މަލިމް މޫސާ މާފަތްކަލޭފާނުގެ ވާދައިގެ ތަށްޓަށް ބާއްވާ ކުރުވާހަކަ ލިޔުމުގެ 32ވަނަ ޤައުމީ މުބާރާތެވެ. ދިވެހި ބަހުގެ އެކަޑަމީން ބުނީ، މި އަހަރު ވެސް މި ދެ މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ އަތުން ނޫނީ ކޮންޕިއުޓަރުން […]

ޝިއުނާ އާދަމް
"ތާރީޚު އިސްލާމީ ދީބާ މަޙަލް"އަކީ، ރާއްޖޭގެ ތާރީޚުގެ އަގުހުރި ރަންމުތެއް: ރައީސް

"ތާރީޚު އިސްލާމީ ދީބާ މަޙަލް"އަކީ، ރާއްޖޭގެ ތާރީޚުގެ އަގުހުރި ރަންމުތެއް: ރައީސް

އަލްޤާޞީ ޙަސަން ތާޖުއްދީން ލިޔުއްވާފައިވާ “ތާރީޚް އިސްލާމި ދީބާ މަޙަލް” ފޮތަކީ، ރާއްޖޭގެ ތާރީޚުގެ ވަރަށް އަގުހުރި ރަންމުތެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހް ވިދާޅުވެއްޖެ އެވެ. އެ މަނިކުފާނު މިހެން ވިދާޅުވީ ވަނީ، ޙަސަން ތާޖުއްދީން ލިޔުއްވާފައިވާ “ތާރީޚް އިސްލާމި ދީބާ މަޙަލް” ގެ ދިވެހި ތަރުޖަމާ ރަސްމީކޮށް ނެރެދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސް ޞާލިޙް ވިދާޅުވީ، ދިވެހިރާއްޖޭގެ ތާރީޚާ ބެހޭގޮތުން، ޙަސަނ...

ޔުމްނާ ޢަލީ
ވިމެން އިން ޓެކްގެ މާސްޓަރ ކްލާހުގެ ގޯލްޑް ޕާޓަނަރަކަށް އުރީދޫ

ވިމެން އިން ޓެކްގެ މާސްޓަރ ކްލާހުގެ ގޯލްޑް ޕާޓަނަރަކަށް އުރީދޫ

ވިމެން އިން ޓެކް މޯލްޑިވްސްގެ މާސްޓަރ ކްލާސް، “ޑިޖިޓަލް ކޮމިއުނިކޭޝަން 101” ގެ ގޯލްޑް ޕާރޓނަރެއްގެ ގޮތުގައި އޫރީދޫ ހަމަޖައްސައިފިއެވެ. ވިޔަފާރި ނުވަތަ ބްރޭންޑް ކުރިއަރުވަން ކޮންޓެންޓް ތައްޔާރުކޮށް ކަސްޓަމަރުންނާއި މުއާމަލާތުކުރާ ފަރާތްތަކަށް އަމާޒުކޮށްގެން ހިންގާ މިޕްރޮގްރާމަކީ މީސްމީޑިއާބޭނުންކޮށްގެން ކަސްޓަމަރުންނާއި ފުރިހަމަ ގޮތެއްގައި މުޢާމަލާތު ކުރާނެ ގޮތްތައް ދަސްކޮށްދޭ ޕްރޮގްރާމެކެވެ. މިޕްރޮގްރާމުގައި ޓުވިޓަރ އާއި އިންސްޓަގްރާމް ފަދަ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ބޭނުންކުރާނެ ކޮންޓެންޓ...

އަޙްމަދު ވަހީދު
މާލޭގެ ރައްޔިތުން ބޭނުން ވަނީ ގުޅީފަޅު ގެދޮރުވެރިކަމުގެ މަންޒިލަކަށް ހަދަން: ޑރ.މުޢިއްޒު

މާލޭގެ ރައްޔިތުން ބޭނުން ވަނީ ގުޅީފަޅު ގެދޮރުވެރިކަމުގެ މަންޒިލަކަށް ހަދަން: ޑރ.މުޢިއްޒު

މާލޭ ސިޓީގެ ރައްޔިތުން ބޭނުން ވަނީ ގުޅީފަޅަކީ، އެ ރައްޔިތުންގެ ގެދޮރުވެރިކަމުގެ މަންޒިލަކަށް ހަދަން ކަމަށް ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި މާލޭ ސިޓީގެ މޭޔަރު ކަމަށް ކުރިމަތިލާފައިވާ އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓް، ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ޑރ. މުޢިއްޒުގެ ސޯޝަލް މީޑިއާ ޕްލެޓްފޯމުތަަކާއި ކެމްޕޭން ލަވަ އިފްތިތާހްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ އިންތިޚާބަށް ނުކުމެތިބި ޕީޕީއެމް ކެންޑިޑޭޓުންނަކީ، ތަރައްޤ...

އަލީ އާދިލް
ކޮނޑޭ އާއި ކަނޑުހުޅުދޫ އާ އިންޖީނުގޭގެ ބިންގާ އަޅައިފި

ކޮނޑޭ އާއި ކަނޑުހުޅުދޫ އާ އިންޖީނުގޭގެ ބިންގާ އަޅައިފި

ގއ. ކޮނޑޭ އާއި ކަނޑުހުޅުދޫގައި އަލަށް އިމާރާތްކުރާ އިންޖީނުގޭގެ އާ އިމާރާތުގެ ބިންގާ މިއަދު އަޅައިފިއެވެ. ކޮނޑޭގައި އާ އިންޖީނުގޭގެ ބިންގާ އަޅުއްވައިދެއްވީ، ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު ސައީދު އާއި ގެމަނަފުށި ދާއިރާގެ މެންބަރު އަހުމަދު ސައީދު އާއިގއ. އަތޮޅު ކައުންސިލްގެ ރައީސް އަހުމަދު ފުއާދުގެ އިތުރުން، ކޮނޑޭ ކައުންސިލްގެ ރައީސް އަހުމަދު އަބްދުލް ހަކީމެވެ. ކަނޑުހުޅުދޫގެ އިންޖީނުގޭގެ ބިންގާ އަޅުއްވައިދިނީ، ފެނަކައިގެ އެމް.ޑީ އަހްމަދު ސައީދު އާއި ގެމަނަފުށި ދާއިރާގެ މެންބަރު...

އަޙްމަދު ވަހީދު
''މަވެސް ފަޞީލްއަށް އެހީވާނަން'' ހަރަކާތް މާދަމާވެސް ދިއްދޫގައި ކުރިއަށްދާނެ!

''މަވެސް ފަޞީލްއަށް އެހީވާނަން'' ހަރަކާތް މާދަމާވެސް ދިއްދޫގައި ކުރިއަށްދާނެ!

ހއ. ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބްގެ ފަރާތުން އިންތިޒާމް ކޮށްގެން، އެ ރަށު ފެހިފަތް، މުޙައްމަދު ފަޞީލްގެ ކިޑްނީ ޓްރާންސްޕްލާންޓް ކުރުމަށް ބޭނުންވާ ފައިސާ ހޯދުމުގެ ގޮތުން މިއަދު އެރަށުގައި ކުރިއަށް ގެންދިޔަ ހަރަކާތް މާދަމާ ވެސް ކުރިއަށް ދާނެ ކަމަށް އެ ކްލަބުން ބުނެފިއެވެ. ”މަވެސް ފަޞީލްއަށް އެހީވާނަން” ނަމުގައި މިއަދު ދިއްދޫގައި ފެށި މިހަރަކާތަށް ވަނީ ބޮޑު ތަރުޙީބެއް ލިބިފައެވެ. މިގޮތުން ފަޞީލަށް އެހީވުމަށް ފައިސާ ހޯދުމަށް މިއަދުގެ ހަރަކާތުގައި ވިއްކަން ބެހެއްޓި ޓީޝާޓްތައް ހަރަކާތް […]

ޙުސައިން ޝަހުދީ
ރޯދަ އިނާޔަތް އަންނަ ބުރާސްފަތި ދުވަހު!

ރޯދަ އިނާޔަތް އަންނަ ބުރާސްފަތި ދުވަހު!

ވަޒީފާ އާއި ބެހޭ ގާނޫނު ބުނާ، ރަމަޟާން އިނާޔަތް 8 އޭޕްރިލް 2020ގައި ސަރުކާރުގެ މުވައްޒަފުންނަށް ދޭން ނިންމާފައިވާ ކަމަށް މިނިސްޓްރީ އޮފް ފިނޭންސްއިން ބުނެފިއެވެ. މިގޮތުން މިއަދު އެ މިނިސްޓްރީން އާންމުކުރި 1442ވަނަ އަހަރުގެ ރަމަޟާންމަހުގެ އިނާޔަތު ފައިސާދިނުމުގައި އަމަލުކުރާނެ ގޮތާއިގުޅޭ ސާކިއުލާގައި ބުނެފައި ވަނީ، ވަޒީފާއާއިބެހޭ ޤާނޫނުގައި ބުނާގޮތަށް، ރަމަޟާން އިނާޔަތުގެ ގޮތުގައި ވަޒީފާ އަދާކުރާ ކޮންމެ މުސްލިމަކަށް ދޭނީ 3000 ރުފިޔާ ކަމަށެވެ. މުސާރަ ލިބޭގޮތަށް އެއް ވަޒީފާއަށް ވުރެ ގިނަ ވަޒީފާ އަދ...

ޔުމްނާ ޢަލީ
މަސްތުވާތަކެތީގެ މައްސަލައެއްގައި އިހަވަންދޫއިން ހައްޔަރުކުރި މީހާ ދޫކޮށްލައިފި

މަސްތުވާތަކެތީގެ މައްސަލައެއްގައި އިހަވަންދޫއިން ހައްޔަރުކުރި މީހާ ދޫކޮށްލައިފި

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން، އިހަވަންދޫއިން ހައްޔަރުކުރި މީހާ ދޫކޮށްލައިފި އެވެ. މިމައްސަލައާއި ގުޅިގެން ތިލަދުން އަށް މަޢުލޫމާތުދެމުން ފުލުހުންބުނީ އެމީހާ ދޫކޮށްލާފައިވަނީ ކޯޓަށް ނުގެންގޮސްކަމަށެވެ. މައްސަލައިގެ ތަހުޤީޤު ދަނީ ކުރަމުން. ބަންދުގައި ބެހެއްޓޭނެ މިންވަރަށް ހެކި ލިބިފަ ނުވާތީ އެމީހާ ވަނީ ދޫކޮއްލައިފަ. ފުލުހުން ބުނެފައިވެއެވެ. ފުލުހުންގެ ވެބްސައިޓުގައި އިއްޔެ އާންމުކޮށްފައިވާ މަޢުލޫމާތުގައި ބުނެފައިވަނީ އިހަވަންދޫގައި ހިންގި މަސްތުވާތަކެ...

އަލީ އާދިލް
އެޕްރެންޓިސްޝިޕް ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ވެމްކޯއިން ހުޅުވާލައިފި

އެޕްރެންޓިސްޝިޕް ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ވެމްކޯއިން ހުޅުވާލައިފި

ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން ޒުވާނުންނަށް ތަމްރީނު ދިނުމަށް ހުޅުވާލި ޕްރޮގުރާމްގެ ތެރެއިން ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)ގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. އެ ކުންފުނިން ވަނީ މި ޕްރޮގްރާމުގެ ދަށުން 29 ފުރުސަތެއް ހުޅުވާލައިފައިވަނީ މިއަދު އެވެ. މި ޕްރޮގްރާމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މި މަހުގެ 14 ވަނަ ދުވަހުގެ މެންދުރު 2:00ގެ ކުރިން ފޯމު ހުށަހަޅަން ޖެހޭނެ އެވެ. ފޯމް ހުށައަޅަން ޖެހެނީ މިކަމަށް ހާއްސަކުރެވިފައިވާ އޮންލ...

އަޙްމަދު ވަހީދު
ސްޓެލްކޯއިން ސިންގަލް ޔޫސް ޕްލާސްޓިކާ ދުރަށް

ސްޓެލްކޯއިން ސިންގަލް ޔޫސް ޕްލާސްޓިކާ ދުރަށް

ސްޓެލްކޯ އިން ސިންގަލް ޔޫސް ޕްލާސްޓިކް ނުވަތަ އެއް ފަހަރު ބޭނުންކޮށް އުކާލާ ޕްލާސްޓިކް ބޭނުން ކުރުން ހުއްޓާލައި، ކަރުދާސް މަދު ކުރަން ޕޭޕާލެސް ޓްރާންސެކްޝަންތައް ހަދަން ފަށައިފިއެވެ. މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ސްޓެލްކޯއިން ވަނީ އެ ކުންފުނިން ހިންގާ 35 އިންޖީނުގެއަކީ ވެސް ސިންގަލް ޔޫސް ޕްލާސްޓިކް ވެއްދުން މަނާ ތަންތަނުގެ ގޮތުގައިކަނޑައަޅާފައިވައެވެ. އަދު ސިންގަލް ޔޫސް ޕްލާސްޓިކް ބޭނުން ކުރުން ހުއްޓާލުމަށް ކުރާ މަސައްކަތުގައި މުވައްޒަފުން ބައިވެރިކުރުމަށް ކޮންމެ މުވައްޒަފަކަށް ވެސް ރީ-ޔޫސަބަ...

އަޙްމަދު ވަހީދު
މާލެ ސަރަހައްދުގެ ކާފިއު ނިމުމަކަށް

މާލެ ސަރަހައްދުގެ ކާފިއު ނިމުމަކަށް

ކޯވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް މާލެ ސަރަހައްދު (މާލެ، ހުޅުމާލެ، ވިލިނގިލި، ގުޅީފަޅު، ތިލަފުށި، ހުޅުލެ)ގައި އަޅާފައިވާ ބައެއް ފިޔަވަޅުތަކަށްލުއިދީ، މާލެ ސަރަހައްދުގެ ކާފިއު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނިމުމަކަށް ގެނެސްފިއެވެ. ހެލްތް ޕްރޮޓެކެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން މިއަދު އާންމު ކުރި އެންގުމުގައި ވަނީ ރޭގަނޑު 11:00 އިން ފެށިގެން ފަތިހު 4:30 އަށް، މާލެ ސަރަހައްދުގެ މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން މާނާކުރި ކުރުން ވަނީ ނިމުމަކަށް ގެނެސްފައެވެ. މިއާއިއެކު...

ޔުމްނާ ޢަލީ