ރާއްޖެ މުއްދަތު ހަމަވެފައިވާ އައިޑީ ކާޑަށްވެސް ވޯޓުލެވޭނެ: އީސީ ލޯކަލް ކައުންސިލް އިންތިހާބުގައި މުއްދަތު ހަމަވެފައިވާ އައިޑީ ކާޑަށްވެސް ވޯޓުލެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވެއްޖެއެވެ. ޝަރީފް މިހެން ވިދާޅުވެފައިވަނީ އޭޕްރީލް މަހުގެ 10 ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާާއި ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ. “މުއްދަތު ހަމަވެފައިވާ އައިޑީ ކާޑުތައް ޖޫން މަހުގެ ނިޔަލަށް މުއްދަތު އިތުރު ކޮށްފައިވާ ކަމަށް ޑީއެންއާރް އިން ޢިއުލާން ކޮށްފައިވާތީ، ވޯޓު ލުމުގައި އެއްވެސް އައިޑީ ކާޑެއް މުއްދަތު ހަމަވެފަ... އާއިޝަތު ރަފާހް ޢަލީ · 5 އަހަރު ކުރިން
ވިޔަފާރި އެމްޑަބްލިއުއެސްސީ އިން ދުވާފަރުގައި އައިސް ވިއްކާ އަގު ހެޔޮކޮށްފި މޯލްޑިވްސް ވޯޓާ އެންޑް ސްވަރެޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން ރ. ދުވާފަރުގައި ގާއިމް ކޮށްފައިވާ އައިސް ޕްލާންޓުން އައިސް ވިއްކާ އަގު ހެޔޮކޮށްފިއެވެ. މި ގެނެވުނު ހެޔޮ ބަދާލާއެކު، ޖީއެސްޓީ އާއެކު، ކުރިން 1،275ރ. އަށް ލިބުނު އައިސް ޓަނެއް މިހާރު 1،050ރ. އަށް ލިބޭނެއެވެ. އެމްޑަބްލިއުއެސްސީ އިން އައިސް ވިއްކާ އަގު ހެޔޮކުރީ ދުވާފަރާއި އަދި އެ ސަރަހައްދުގެ މަސްވެރިންގެ ބޭނުންތަކާއި ކަންބޮޑުވުންތަކަށް ރިއާޔަށްކޮށް ކަމަށް އެކުންފުނިން ބުންޏެވެ. އަދި މީގެ ސަބަބުން މަސްވެރިންނަށް ހެޔޮ […] އަޙްމަދު ވަހީދު · 5 އަހަރު ކުރިން
ބައިނަލްއަގުވާމީ ފޭސްބުކްގެ 500 މިލިއަނަށްވުރެ ގިނަ މީހުންގެ މައުލޫމާތު ލީކުވެއްޖެ، ރާއްޖޭގެ 86,000 މީހުން ހިމެނޭ ފޭސްބުކް ބޭނުންކުރާ މީހުންގެ 533 މިލިއަން މީހުންގެ ޒާތީ މައުލޫމާތު ލީކުވެއްޖެއެވެ. މައުލޫމާތު ލީކުވި މީހުންގެ ތެރޭގައި ރާއްޖޭގެ 86،337 މީހުން ހިމެނެއެވެ. މި މައުލޫމާތު ލީކު ކޮށްފައިވަނީ ހެކިން ވެބްސައިޓެއްގައެވެ. ލީކުވި މައުލޫމާތުގެ ތެރޭގައި އެ މީހުންގެ ނަންބަރާއި ލޮކޭޝަން އަދި ފުރިހަމަ ނަމާއި އީމެއިލް އެޑްރެސް ހިމެނެއެވެ. މި މައުލޫމާތު ބޭނުންކޮށްގެން ހެކަރުންނަށް އޮންލައިން ޕްލެޓްފޯމުތަކުގައި އެ މީހުންނަށް ހެދިގެން އުޅެވޭނެއެވެ. ފޭސްބުކް ލީކުގެ މައުލޫމާތު ފަޅާ އަރުވާލި ގެއިލް އެންމެ ފުރަތަމަ މި... އަޙްމަދު ވަހީދު · 5 އަހަރު ކުރިން
ވިޔަފާރި އެސްޓީއޯއިން ސެންފޯޑުގެ ހާއްސަ ޕްރޮމޯޝަނެއް ފަށައިފި ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)އިން ސަންފޯޑް ބްރޭންޑުގެ ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ. މިއަދު ފެށި މި ޕްރޮމޯޝަންގެ ދަށުން އެސްޓީއޯއިން ސަންފޯޑުގެ އުފެއްދުމަކަށް ހޭދަ ކުރާ ކޮންމެ 500ރ. އަކަށް ކޫޕަނެއް ލިބޭނެއެވެ. މި ޕްރޮމޯޝަން ކުރިއަށްދާ ވަކިމުއްދަތެއް އެސްޓީއީއޯއިން ހާމަ ކޮށްފައި ނުވެއެވެ. މި ޕްރޮމޯޝަން ކުރިޔަށް ގެންދާނީ މާލޭގައި ހުންނަ އެސްޓީއޯ ހޯމްއިމްޕްރޫވްމެންޓް ގައި އެކަންޏެވެ. މި ޕްރޮމޮޝަނުގައި އިނާމުގެ ގޮތުގައި ވެސް ދޭނީ ސަންފޯޑް ބްރޭންޑުގެ ބާވަތްތަކެވެ. SANFORD Scratch and W... އަޙްމަދު ވަހީދު · 5 އަހަރު ކުރިން
ރާއްޖެ ވޯޓު ކަރުދާހުގައި އޮންނަ ކޮންމެ ތިލަފަތަކީ އެމްޑީޕީ ކެންޑިޑޭޓެއް، ވޯޓުދެއްވާ: ސިއްޕެ ވޯޓު ކަރުދާހުގައި އޮންނަ ކޮންމެ ތިލަފަތަކީ އެމްޑީޕީ ކެންޑިޑޭޓެއް ކަމަށާއި، އަތަށް ވޯޓު ކަރުދާސް ކޮޅު ލިބުމުން އަރިމަތީގައި އޮންނަ ތިލަފަތް ވޯޓު ދިނުމަށް މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ(އެމްޑީޕީ)ގެ ނައިބު ރައީސް އަދި ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ޝިފާޒް(ސިއްޕެ) އެމްޑީޕީގެ މެންބަރުން ކިބައިން އެދިވަޑައިގެންފި އެވެ. ރައްޔިތުންގެ މަޖިލިސްގެ ބާރަށު ދާއިރާގެ ކުރީގެ މެންބަރުކަން ވެސް ކުރެއްވި ސިއްޕެ މިހެން ވިދާޅުވީ، އެމްޑީޕީން މިހާރު ކުރިއަށް ގެންދާ ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަ... އަލީ އާދިލް · 5 އަހަރު ކުރިން
ވިޔަފާރި މީދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް އެމްޓީސީސީއިން ފަށައިފި އައްޑޫ ސިޓީ މީދޫގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފިއެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށީ މިދިޔަ މަހުގެ 25 ގައެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމުގެރަސްމިއްޔާތުގައި އެމްޓީސީސީގެ ސިއީއޯ އާދަމް އާޒިމާއި މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް އަދި ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޝިފާޒު އަލީބައިވެރިވެވަޑައިންނެވިއެވެ. މި މަޝްރޫއުގެ ދަށުން 1،848 ކިއުބ... އަޙްމަދު ވަހީދު · 5 އަހަރު ކުރިން
ރާއްޖެ އައްޑޫ ސަރަހައްދީ ބަނދަރު ތަރައްގީ ކުރަން އެމްޓީސީސީއާ ހަވާލުކޮށްފި އައްޑޫގައި ސަރަހައްދީ ބަނދަރެއް ތަރައްގީ ކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ. ސ. ހިތަދޫގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި އެމްޓީސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ. އަދި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ ޝާހިދު އަލީ އެވެ. އެ ރަސްމިއްޔާތުގައި ހިތަދޫ ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު އަސްލަމް އާއި ހުޅުދޫ ދާއިރާގެ މެމްބަރު އ... އަޙްމަދު ވަހީދު · 5 އަހަރު ކުރިން
ރާއްޖެ މިޔަރު މަސްވެރިކަމަށް ހުޅުވާލާތީ "ޝާކް ޕްރޮޖެކްޓް" އިން ކަންބޮޑުވުން ފާޅުކޮށްފި ރާއްޖޭގައި މިޔަރު މަސްވެރިކަމަށް ހުޅުވާލާތީ މިޔަރުގެ ހިމާޔަތުގައި މަސައްކަތްކުރާ އިންޓަރނޭޝަނަލް ޖަމިއްޔާއެއް ކަމުގައިވާ “ޝާކް ޕްރޮޖެކްޓް” އިން ކަންބޮޑުވުން ފާޅުކޮށް ސަރުކާރާއި ރައްޔިތުންގެ މަޖިލީހަށް ސިޓީއެއް ފޮނުވައިފި އެވެ. އެޖަމިއްޔާއިން ކަންބޮޑުވުން ފާޅުކޮށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް އަށާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އަށް އެޑްރެސްކުރައްވާ ފޮނުވާފައިވާ ވަނީ، މާކަނޑުގައި މިޔަރު މަސްވެރިކަން ކުރަން ހުއްދަ ދިނުމުގެ ވިސްނުން މިނިސްޓްރީ އޮފް ފިޝަރީޒް އިން ގެންގުޅޭކ... އާއިޝަތު ރަފާހް ޢަލީ · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ތިލަދުންމަތީ ހުނަރުވެރިން: ތަކަންދޫ އިން އުފަންވި މަޝްހޫރު ޕްރެޒެންޓަ އަދި ކުޅަދާނަ ނޫސްވެރިޔާ! މިއީ ތިލަދުންމަތީ އުތުރުބުރީ ހއ.ތަކަންދޫ، ވެޔޮދަށުގެ އަޙްމަދު ހަމީދު އާދަމެވެ. މަޝްހޫރު ޕްރެޒެންޓަރެކެވެ. ކުޅަދާނަ ނޫސްވެރިޔެކެވެ. ބަޔާން ކުރެވިދިޔަ ދާއިރާތަކުން މިހާރު ރާއްޖޭގެ އެންމެން ދަންނަ ފަރިތަ ނަމެކެވެ. ހަމީދު މިއަދު ގިނަބައެއްގެ މަޤުބޫލުކަން ހޯދާފައިވީ ނަމަވެސް، އެ މަޤުބޫލްކަމާއި ހިސާބަށް ވާޞިލްވުމުގައި ކަޑަތު ކޮށްފައިވާ އުނދަގޫ މަރުހަލާތަކަކީ މުހިންމު ވާހަކަތަކެކެވެ. ހަމީދު އެންމެ ފުރަތަމަ ތަޢުލީމް ހާސިލް ކޮށްފައިވަނީ އުފަން ރަށުގައެވެ. ހއ.ތަކަންދޫ މަދަރުސަތުލް ޝަހީދު އަލީ ތަކުރުފާނު ސ... އިބްރާހިމް ޚަލީލް · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ކުމުންދޫގެ ތާރީޚްގައި ރައީސް ޞާލިޙްގެ ނަންފުޅު ރަންއަކުރުން ލިޔެވޭނެ: ރާޢީ ހދ. ކުމުންދޫގެ ތާރީޚްގައި ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙްގެ ނަންފުޅު ރަންއަކުރުން ލިޔެވިގެންދާނެކަމީ މުޖައްރިބުކަމެއް ކަމަށް މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޢީ ވިދާޅުވެއްޖެއެވެ. ކުމުންދޫގެ ފެނާއި ނަރުދަމާ ނިޒާމު ގާއިމު ކުރުމުގެ އަމަލީ މަސައްކަތް އިފްތިތާޙް ކުރުމަށް އިއްޔެ އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރާޢީ ވިދާޅުވީ، މިއީ ތާރީޚީ ދުވަހެއް ކަމަށާއި، ތާރީޚްގައި ލިޔެވޭނެ ބޮޑު ދުވަހެއް ކަމަށެވެ. ރާޢީ ވިދާޅުވީ، ވެރިކަމެއް ބަދަލުވެ އާ ވެރިއެއް ބަދަލުވާ ކޮންމެ ފަހަރަކ... އަލީ އާދިލް · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ''މަވެސް ފަޞީލްއަށް އެހީވާނަން'' ހަރަކާތުން 86 ހާހަށްވުރެ ގިނަ ރުފިޔާ! ހއ. ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބްގެ ފަރާތުން އިންތިޒާމް ކޮށްގެން، އެ ރަށު ފެހިފަތް، މުޙައްމަދު ފަޞީލްގެ ކިޑްނީ ޓްރާންސްޕްލާންޓް ކުރުމަށް ބޭނުންވާ ފައިސާ ހޯދުމުގެ ގޮތުން ދިއްދޫގައި ކުރިއަށް ގެންދިޔަ ”މަވެސް ފަޞީލްއަށް އެހީވާނަން” ހަރަކާތަށް ބޮޑު ތަރުޙީބެއް ލިބިއްޖެއެވެ. މިގޮތުން ބުރާސްފަތި އަދި ހުކުރު ދުވަހު ދިއްދޫ ބޮޑު މަގުގެ ދެ ސަރަހައްދެއްގައި ކުރިއަށް ގެންދިޔަ މި ހަރަކާތުން 86،711.75 ރުފިޔާއާއި، 81 ޔޫއެސް ޑޮލަރު ވަނީ ހޯދާފައެވެ. މި ހަރަކާތާއި ގުޅޭގޮތުން މިޑްލް […] ޙުސައިން ޝަހުދީ · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު މިދަތި ހާލަތުގައި ވެސް ރައީސް ޞާލިޙް އިސްކުރެއްވީ ރައްޔިތުން: ޝާހް ކޯވިޑް-19 ބަލިމަޑުކަމާގުޅިގެން މުޅި ދުނިޔެއާއި، ރާއްޖެގެ އިޤްތިޞާދު ވެސް ހީނަރުވެފައި އޮތް ދުވަސްވަރެއްގައި ފެނާ ނަރުދަމާ ފަދަ އަސާސީ ޚިދުމަތެއް ގުރުބާން ނުކުރަށްވާ ރައީސްއަކަށް ފެނުނީ މިއަދު ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙްކަމަށް މޯލްޑިވްސް ވޯޓާ އެންޑް ސުވަރެޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ)ގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު ވިދާޅުވެއްޖެއެވެ. ހދ. ކުމުންދޫގެ ފެނާއި ނަރުދަމާ ނިޒާމު ގާއިމު ކުރުމުގެ އަމަލީ މަސައްކަތް އިފްތިތާޙް ކުރުމަށް އިއްޔެ އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުނ... ޔުމްނާ ޢަލީ · 5 އަހަރު ކުރިން
ރާއްޖެ ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް މިއަދު ޖަހަން ފަށާނެ! ކޯވިޑް-19އިން ދިފާޢުވުމަށް ޖަހާ ވެކްސިނެއްކަމަށްވާ، ކޮވިޝީލްޑް ވެކްސިންގެ 2 ވަނަ ޑޯޒް މިއަދު ޖަހަން ފަށާނެއެވެ. ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ބުނެފައިވާގޮތުން މިއަދު ދެވަނަ ޑޯޒް ޖަހަން ފަށާނީ، ފެބްރުއަރީ 4-1 އާއި ދެމެދު ފުރަތަމަ ޑޯޒް ޖަހާފައިވާ ފަރާތްތަކަށެވެ. މިއަދު ދެވަނަ ޑޯޒް ޖެހުން ކުރިއަށް ދާނީ ސޯޝަލް ސެންޓަރ، ނެޝެނަލް އާޓް ގެލެރީ، ހުޅުމާލެ ފްލޫ ކްލިނިކް، ވިލިމާލެ ޒުވާނުންގެ މަރުކަޒު އަދި ސެނެހިޔާގައި ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ. އެ މަރުކަޒުތަކުގައި ވެކްސިން […] ޔުމްނާ ޢަލީ · 5 އަހަރު ކުރިން
ރާއްޖެ "ބްލޫ ސަޖަން"ދޯނި ވިލިމާލޭ ހުޅަނގު ފަރާތު ފަރަށް އަރައިފި “ބްލޫ ސަޖަން” ނަމަކަށްކިޔާ ދޯންޏެއް ވިލިމާލޭ ހުޅަނގުފަރާތު ފަރަށް އަރައިފިއެވެ. އެންމެންޑީއެފްއިން ވިދާޅުވީ އެ ދޯންޏަކީ އދ. މާމިނގިލިން ފުރައިގެން ވިލިމާލެއަށް ދަތުރުކުރި ދޯންޏެއް ކަމަށެވެ. އެ ދޯނީގައި ދިވެއްސަކާއި، 2 ބިދޭސީއަކު ތިއްބެވެ. އެ ދޯނި ފަރަށް އެރިކަމުގެ ރިޕޯޓް ލިބުމާއި ގުޅިގެން އެމްއެންޑީއެފްގެ ކޯސްޓް ގާޑުން ހަރަކާތްތެރިވަމުން އަންނަ ކަމަށް އެ އިދާރާއިން ވިދާޅުވެއެވެ. މީގެއިތުރުން އެމްއެންޑީއެފްގެ ޑައިވަރުން ވެސް އަންނަނީ ހަރަކާތްތެރި ވަމުންނެވެ. މިހާދިސާގެ ރިޕޯޓް ލިބިފައި ވަނީ މެންދަ... ޖަލްވާން ޖާދުﷲ · 5 އަހަރު ކުރިން
ރާއްޖެ ދަގަނޑޭގެ ތާއީދު ވެސް ޑރ. މުޢިއްޒުއަށް ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި މާލޭ ސިޓީގެ މޭޔަރު ކަމަށް ކުރިމަތިލާފައިވާ އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓް، ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުޢިއްޒުއަށް ތާއީދު ކުރަން ޢަލީ އަޝްފާޤް (ދަގަނޑޭ)، ނިންމައިފިއެވެ. ފުޓުބޯޅައިން ރާއްޖެއަށް އެތައް ރީތި ނަމަކާއި ޝަރަފެއް ހޯދައިދިން ރާއްޖޭގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ ދަގަނޑޭ، ޑރ. މުޢިއްޒަށް ތާއީދު ކުރަން ނިންމިކަން ހާމަކުރެއްވީ ޑރ. މުޢިއްޒު ކުރެއްވި ޓުވީޓެއްގަ އެވެ. ”މާލޭގެ މޭޔަރުކަމަށް އަޅުގަނޑަށް ތާއީދު ކުރެއްވި ކަމަ... އަލީ އާދިލް · 5 އަހަރު ކުރިން