ރާއްޖެ ޒުވާނުންގެ ބޮޑުބެރު ގްރޫޕެއް އުފަށްދަނީ މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްއިން ޒުވާނުންގެ ބޮޑުބެރު ގްރޫޕެއް އުފެއްދުމުގެ މަސައްކަތް ފަށައިފިއެވެ. ޔޫތު މިނިސްޓްރީއިން މިއަދު ވިދާޅުވީ، ދިވެހި ޒުވާނުން ބާރުވެރިކުރުވުމަށާއި، ތަފާތު ހުނަރުތައް ދަސްކޮށްދިނުމަށް ހިންގާ ޕްރޮގްރާމްތަކުގެ ތެރެއިން ބޮޑުބެރު ޖެހުމަށް ދަސްކޮށްދޭ ޕްރޮގްރާމެއް ހިންގުމަށް އެ މިނިސްޓްރީއިން ނިންމާފައިވާ ކަމަށެވެ. މިޕްރޮގްރާމްގެ ތެރެއިން ހޮވާލެވޭ ޒުވާނުން ހިމަނައިގެން ނެޝަނަލް ޔޫތު ސެންޓަރގެ ބޮޑުބެރު ގްރޫޕެއް އުފެއްދުމަށް ހަމަޖެހިފައިވާކަމ... ޔުމްނާ ޢަލީ · 5 އަހަރު ކުރިން
ވިޔަފާރި އުނގޫފާރު މަގު ހެދުމުގެ 70 އިންސައްތަ މަސައްކަތް ނިންމާލައިފި ރ. އުނގޫފާރު މަގުހެދުމުގެ މަޝްރޫއުގެ 70 އިންސައްތަ މަަސައްކަތް ނިންމާލައިފިއެވެ. މި މަޝްރޫއު ހިންގާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ މިހާރު ކުރިއަށްދަނީ މަގުތަކުއި ތާރުއެޅުމުގެ މަސައްކަތްކަމަށެވެ. މި މަސައްކަތް ފަށާފައިވަނީ މިދިޔަ އާދީއްތަ ދުވަހުގައެވެ. މި މަޝްރޫޢުގެ ދަށުން، 16،488 އަކަ މީޓަރުގެ ސަރަހައްދެއްގައި ތާރުއެޅުމާއި، އޭބީސީ ފަށަލަ އެޅުމާއި، ސަބްގްރޭޑް މަސައްކަތް ކުރާނެއެވެ. މީގެ އިތުރުން އެ ރަށުގެ ފެންހިންދާ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތ... އަޙްމަދު ވަހީދު · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ބީނާފުށްޓާއި، ކަނޑާލި ފިނޮޅު ސަރުކާރުން އަތުލީ ރަނގަޅަށް: ހައި ކޯޓު ރިސޯޓް ހަދަން ޔޮޓް ޓުއާސް ކުންފުންޏަށް ދޫކުރި ހއ. ބީނާފުށްޓާއި އެރަށް ކައިރީގައި އޮންނަ ކަނޑާލި ފިނޮޅު ސަރުކާރުން އަތުލީ ރަނގަޅަށް ކަމަށް ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ. މަޖިލީހުުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ޔޮޓް ޓުއާސް ކުންފުންޏަށް 2013 ވަނަ އަހަރު ސަރުކާރުން ދޫކުރި ބީނާފުށްޓާއި ކަނޑާލިފިނޮޅު ސަރުކާރުން އަތުލީ ކުލި ނުދައްކާ ކަމަށް ބުނެ 2016 ވަނަ އަހަރު އެވެ. ސިވިލް ކޯޓުން ވެސް ނިންމާފައި އޮތީ އެތަން އަތުލީ […] އަލީ އާދިލް · 5 އަހަރު ކުރިން
ރާއްޖެ އެޗްއާރުސީއެމްގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު އަލުން ހުޅުވާލައްވައިފި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް)ގެ ހުސްވެފައިވާ މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުޞަތު ރައީސް އޮފީހުން ހުޅުވާލައިފި އެވެ. އެޗްއާރުސީއެމްގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ރައީސް އޮފީހުން މިއަދު ހުޅުވައިލީ، އެ ކޮމިޝަނުން ހުސްވެފައިވާ މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުޞަތު ކުރިން ހުޅުވައިލުމުން އެކަމަށް ކުރިމަތިލެއްވި ފަރާތްތަކަށް، ރައްޔިތުންގެ މަޖިލީހުން ރުހުން ދެއްވާފައިނުވާތީ ކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ. އެޗްއާރުސީއެމްގެ މެންބަރުކަމ... ޝިއުނާ އާދަމް · 5 އަހަރު ކުރިން
ވިޔަފާރި އުރީދޫ 5ޖީއިން ޖަރުމަނުގައި ހުރި ރޮބޮޓެއް ކޮންޓްރޯލް ކުރެވޭނެ ފުރުސަތު ދިވެހި ދަރިވަރުންނަށް އީކޯ އޯގަނައިޒޭޝަން އާއި އުރީދޫ މޯލްޑިވްސް ގުޅިގެން މިއުނިކްގެ ޓެކްނިކަލް ޔުނިވާސިޓީއިން އުފަންވެފައިވާ ސްޓާޓަޕެއް ކަމުގައިވާ ރޮބޯއީއާއެކު ޕާޓްނަޝިޕެއްގާއިމުކޮށް، ރޮބޯޓިކް ޓެލެޕްރެސެންސް އިވެންޓެއް ބާއްވައިފިއެވެ. ވީއާރް ކެފޭގައި މިއަދު ބޭއްވި އެ އިވެންޓުގައި ގިޔާސުއްދީން އިންޓަނޭޝަނަލް އަދި ބިލަބޮންގް ހައިސްކޫލްގެ ރޮބޯޓިކްސް ދަރިވަރުންތަކެއް ވަނީ އުރީދޫ 5ޖީއެއާފައިބާގެ އެހީގައި ރޮބޯއީ މެދުވެރިކޮށް ޓެލެޕޯޓްވުމުގެ ތަޖުރިބާކޮށްފައެވެ. އަދި އެ އިވެންޓްގައި އުރީދޫ 5ޖީ އެއާފައިބާ މެދުވެރިކޮށް ދަރިވަރ... އަޙްމަދު ވަހީދު · 5 އަހަރު ކުރިން
ރާއްޖެ އޭޕްރިލް 3 އިން ފެށިގެން ވެކްސިންގެ 2 ވަނަ ޑޯޒް ފަށަނީ ކޯވިޑް-19އިން ދިފާޢުވުމަށް ޖަހާ ވެކްސިންގެ ދެވަނަ ޑޯޒް، މިފެށޭ އޭޕްރިލް މަހުގެ 3 ވަނަ ދުވަހުން ފެށިގެން ދޭން ފަށާނެ ކަމަށް ސަރުކާރުން ބުނެފިއެވެ. ރާއްޖެގައި ކޯވިޑް-19އިން ރައްކާތެރިވުމަށް ޤައުމީ ކެމްޕޭން ”ކޯވިޑް-19 ދިފާޢު” ފަށާފައި ވަނީ މިއަހަރުގެ ފެބްރުއަރީ 1 ވަނަ ދުވަހުއެވެ. އެ ދުވަހު ރާއްޖެގައި ދޭން ފަށާފައި ވަނީ އިންޑިއާއިން ހަދިޔާކުރި، ކޮވިޝީލްޑް ވެކްސިންއެވެ. މި ވެކްސިންގެ 2 ވަނަ ޑޯޒް ޖަހަން ރާއްޖޭގައި ނިންމާފައި ވަނީ ފުރަތަމަ ޑޯޒް ޖަހާތާ 56 […] ޔުމްނާ ޢަލީ · 5 އަހަރު ކުރިން
ރާއްޖެ ހާލުގައި ޖެހުނު ބޭރުގެ ޔޮޓަކަށް އެމްއެންޑީއެފްގެ އެހީތެރިކަން ހާލުގައި ޖެހުނު ޔޮޓެއް ސަލާމަތްކުރުމަށް އެމްއެންޑީއެފް އިން އެހީތެރިކަން ފޯރުކޮށްދީފިއެވެ. އެމްއެންޑީއެފްއިން ވިދާޅުވީ، ރާއްޖޭގެ ސާޗް އެންޑް ރެސްކިއު ސަރަހައްދުގެ ތެރެއިން ހާލުގައި ޖެހުނު މި ޔޮޓަކީ ސީޝެލްސް އިން ފުރައިގެން ތައިލެންޑްގެ ޕުކެޓަށް ދަތުރުކުރި ސެއިލިން ޔޮޓް “ލަގާން” ކަމަށެވެ. މި ޔޮޓް ހާލުގައި ޖެހިގެން އުޅޭކަމުގެ މައލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރު (އެމްއާރުސީސީ) އަށް ލިބިފައި ވަނީ މި މަހުގެ 29 ވަނަ ދުވަހުގެ މެންދުރުފަހު 14:55 ހާއިރު ކަމަށް […] ޝިއުނާ އާދަމް · 5 އަހަރު ކުރިން
މަޖިލިސް ބްރޯޑްކޮމްއަށް 3 ނަމެއް، ނަންތައް ދިރާސާކުރަން ކޮމެޓީއަށް ފޮނުވައިފި މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ (ބްރޯޑްކޮމް)ގެ މެންބަރުކަމުގެ މަޤާމަށް ކުރިމަތިލި ތިން ބޭފުޅެއްގެ ނަން، ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް މިއަދު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފި އެވެ. މިއަދު ކުރިއަށްދާ މަޖިލިސްގެ ޖަލްސާގައި އެ ނަންތައް ވަނީ، ދިރާސާ ކުރުމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ފޮނުވާފައެވެ. ރައީސް އޮފީހުން، ބްރޯޑްކޮމްގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލީ މި މަހުގެ 14 ވަނަ ދުވަހު އެވެ. އެ ފުރުޞަތު ހުޅުވައިލީ އެ ކޮމިޝަންގެ މެމްބަރު އާމިނަތު... ޔުމްނާ ޢަލީ · 5 އަހަރު ކުރިން
ރާއްޖެ ޗައިނާއިން ހަދިޔާކުރި ވެކްސިންގެ 2 ވަނަ ބެޗް ރާއްޖެ ގެނެސްފި ޗައިނާ ސަރުކާރުން ދިވެހިރާއްޖެއަށް ހަދިޔާކުރާނެކަމަށް އިއުލާނުކޮށްފައިވާ، 2 ލައްކަ ޑޯޒް ސިނޮފާމް ވެކްސިންގެ ދެވަނަ ބެޗް މިއަދު ރާއްޖެ ގެނެސްފިއެވެ. މިއާއިއެކު ޗައިނާއިން ރާއްޖެއަށް ހަދިޔާކުރަން ނިންމި ސިނޮފާމް ވެކްސިންގެ 2 ލައްކަ ޑޯޒް މިވަނީ ރާއްޖެ ގެނެވިފައެވެ. މި ވެކްސިންގެ ފުރަތަމަ ބެޗް، 1 ލައްކަ ޑޯޒް ދިވެހި ސަރުކާރާއި ހަވާލުކުރީ މިމަހުގެ 25 ވަނަ ދުވަހުއެވެ. ފޮރިން މިނިސްޓަރު ޢަބުދުﷲ ޝާހިދު މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ، ޗައިނާއިން ހަދިޔާކޮށްފައިވާ ސިނޮފާމް ވެކްސިންގެ ބާކީ […] ޖަލްވާން ޖާދުﷲ · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ކުމުންދޫގެ ދުރު ރާސްތާ ތަރައްޤީގެ މަގުޗާޓް އިފްތިތާޙްކޮށްފި ތިލަދުންމަތީ ދެކުނުބުރީ ކުމުންދޫ ކައުންސިލުގެ އިދާރާއިން އެ ރަށުގެ ދުރު ރާސްތާ ތަރައްޤީގެ މަގުޗާޓް އިފްތިތާޙް ކޮށްފިއެވެ. ކުމުންދޫ ކައުންސިލުގެ ދުރުރާސްތާ ތަރައްޤީގެ މަގުޗާޓް އިފްތިތާޙް ކޮށްފައިވަނީ 30 މާޗް 2021 ވީ އަންގާރަ ދުވަހުގެ ރޭ 20:45 ގައި އެރަށު ސްޓޭޖް ސަރަހައްދުގެ، އެ ކައުންސިލުން މިކަމަށްޓަކައި ބޭއްވި ހާއްސަ ހަފްލާއެއްގައެވެ. މި ހަފްލާގެ ޝަރަފްވެރި ކޮށްދެއްވާފައި ވަނީ ކުމުންދޫއަށާއި އަދި ދައުލަތަށް ގިނަ ދުވަހު ޚިދުމަތް ކޮށްދެއްވާފައިވާ ބޭފުޅެއް ކަމުގައިވާ އަލްފާޟިލް ސައީދު އަހުމަދެވެ.... އިބްރާހިމް ޚަލީލް · 5 އަހަރު ކުރިން
ވިޔަފާރި މާޅޮހުގެ ބަނދަރުގެ މަޝްރޫއު ފެށުމަށް ސައިޓް މޯބިލައިޒް ކޮށްފި އއ. މާޅޮސް ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް ފެށުމުގެ ގޮތުން ޕްރޮޖެކްޓް ސައިޓް މޮބިލައިޒްކޮށްފިއެވެ. ސަރުކާރުން މި މަޝްރޫއު ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއެވެ. އެ ކުންފުނިން މި މަޝްރޫއު ފެށުމަށްސައިޓް މޮބިލައިޒް ކުރީ އިއްޔެއެވެ. މި މަޝްރޫއު ދަށުން، 24،335 ކިއުބިކް މީޓަރުގެ ސަރަހައްދެއް ކޮނުމާއި 394 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި، 407 މީޓަރުގެ ސަރަހައްދެއްގައިބޭރުތޮށި ލުމުގެ އިތުރުން، 56 މީޓަރުގައި ގްރޮއިންސް... އަޙްމަދު ވަހީދު · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ގެއްލުނު ސިފައިންގެ މީހާގެ ހަށިގަނޑު ކަނޑުއަޑިން ފެނިއްޖެ ”އޮފް ޑިއުޓީގައި” މޫދަށް މަސްހިފަން ގޮސް އުޅެނިކޮށް ގެއްލުނު ސިފައިންގެ މީހާ ހޯދަމުން ދަނިކޮށް، އޭނާގެ ހަށިގަނޑު ކަނޑު އަޑިން ފެނިއްޖެއެވެ. އެމްއެންޑީއެފުން ވިދާޅުވީ، ގެއްލުނު ލާންސް ކޯޕްރަލް ހުސައިން ފާރިޝްގެ ހަށިގަނޑު ކޯސްޓްގާޑްގެ ޑައިވަރުންނަށް ކަނޑުއަޑިން ފެނިފައިވާ ކަމަށެވެ. އޭނާގެ ހަށިގަނޑު ފެނިފައި ވަނީ ކަނޑުގެ 12 މީޓަރު އަޑިންނެވެ. ފާރިޝްގެ ހަށިގަނޑު ފެނުނީ މިރޭ 20:50 ހާއިރު ކަމަށާއި އޭނާގެ ހަށިގަނޑު އެމްއެންޑީއެފް ލޯންޗަށް ނަގައިގެން ކައްދޫ އަށް ދަތުރު ކުރަމުންދާ ކަމަށް އެ […] ޖަލްވާން ޖާދުﷲ · 5 އަހަރު ކުރިން
ރާއްޖެ މޫދަށް ދިޔަ ސިފައިންގެ މީހަކު ގެއްލިއްޖެ ”އޮފް ޑިއުޓީގައި” މޫދަށް ދިޔަ ސިފައިންގެ މީހަކު ގެއްލިގެން ހޯދަން ފަށައިފި އެވެ. އެމްއެންޑީއެފުން ވިދާޅުވީ، ލ. ކައްދޫގެ އިރުމަތީފަރާތު މޫދަށް ފޭބި ހަތަރު ސިފައިންގެ ތެރެއިން ލާންސް ކޯޕްރަލް ހުސައިން ފާރިޝް ގެއްލިފައިވާ ކަމަށެވެ. އެ ހަތަރު ސިފައިން ވެސް މޫދަށް ގޮސްފައި ވަނީ ”އޮފް ޑިއުޓީ”ގައި ކަމަށް އެމްއެންޑީއެފްއިން ވިދާޅުވިއެވެ. ގެއްލުނު ލާސްކޯޕްރަލް ހުސައިން ފާރިޝް ހޯދުމުގެ މަސައްކަތް އެމްއެންޑީއެފްގެ ސެންޓްރަލް އޭރިއާގެ ކޯސްޓްގާޑް ސްކޮޑްރަންގެ ޑައިވަރުން ދަނީ ކުރަމުންނެވެ. މި ހާދިސާގެ ރިޕޯޓް... ޔުމްނާ ޢަލީ · 5 އަހަރު ކުރިން
ވިޔަފާރި އެސްޓީއޯއިން ފިޔާ، އަލުވި އަދި ބިހުގެ އާ ސްޓޮކެއް ގެނެސް ރޯދައަށް އަގުހެޔޮކޮށްފި ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ފިޔާ، އަލުވި އަދި ބިހުގެ އާ ސްޓޮކެއް ގެނެސްފިއެވެ. މި ސްޓޮކާއެކު މިހާރު އެސްޓީއޯއިން ފިޔާ ކިލޯއެއް 9.50ރ. އަށް އަދި އަލުވި ކިލޯއެއް 9ރ. އަށް ލިބޭނެއެވެ. އަދި އެ ކުންފުނިން ބިހުގެ އަގު އުޅެނީ 1.40ރ. އަށެވެ. އެސްޓީއޯއިން މިތަކެތި ވަކިން ވިއްކުމުގެ އިތުރުން ހޯލްސޭލްވެސް ކުރާނެއެވެ. އެގޮތުން ހޯލްސޭލްކޮށް ފިޔާ ބަސްތާއެއް 200ރ. އަށް ލިބޭއިރު އަލުވި ބަސްތާއެއް185ރ. އަށް އަދި ބިސް ކޭހެއް 265އަށް […] އަޙްމަދު ވަހީދު · 5 އަހަރު ކުރިން
ރާއްޖެ ލޯފަން ކުދިންނަށް ޚާއްޞަ ޤުރްއާން ހިތުދަސްކޮށްދޭ ކްލާހެއް އިސްލާމިކް ޔުނިވާސިޓީ (އައިޔޫއެމް) ފެށުމަށް ހަމަޖެހިފައިވާ ލޯފަން ކުދިންނަށް ޚާއްޞަ ޤުރްއާން ހިތުދަސްކޮށްދޭ ކްލާހަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި ކޯހަކީ ހިލޭ ކިޔަވައިދޭ ކޯހެކެވެ. މި ކޯހުގެ ޖާގައިގެ ޢަދަދަކީ 60 އެވެ. މި ކޯސް ކުރިއަށް ގެންދަން ނިންމާފައި ވަނީ އައިޔޫއެމްގެ މާލޭ ކެމްޕަސްގެ ކުއްލިއްޔާ އޮފް ޤުރްއާން އެންޑް ސުންނާއިންނެވެ. މި ކޯހުގައި ދެވޭ 60 ޖާގައަކީ، އެ ކެމްޕަސް އަށް ގޮސްގެން ކިޔަވެވުމަށް 30 ޖާގަ އަދި އޮންލައިންކޮށް ކިޔެވުމަށް 30 […] ޔުމްނާ ޢަލީ · 5 އަހަރު ކުރިން