މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ނަމާދު ވަގުތު “މެންދުރު ނަމާދުގެ ވަގުތު ވަދެއްޖެ” - ނަމާދުކުރުމަށް ހަނދުމަކޮށްދެން!

ތިލަދުންގެ އަރުޝީފުން ހޯދުން

ފަހުގެ ހޯދުންތައް:
ވެމްކޯ ސައިޓުގައި ހުރި މިސްކިތް ބޮޑުކޮށް އަލުން ހުޅުވައިފި

ވެމްކޯ ސައިޓުގައި ހުރި މިސްކިތް ބޮޑުކޮށް އަލުން ހުޅުވައިފި

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ގެ މާލޭގެ ވޭސްޓް ޓްރާންސްފާ ސެންޓަރުގައި ހުރި މިސްކިތުގެ ޖާގަ ބޮޑުކޮށް އަލުން ހުޅުވައިފިއެވެ. މި މިސްކިތް ހުޅުއްވައިދެއްވީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ގެ ނައިބު ޝާފިއު އަލީއެވެ. އަދި އިމާމްވެ ނަމާދު ކުރެއްވީ އިސްލާމީ މަރުކަޒުގެ އިމާމް އައްޝައިޚްއިބްރާހީމް ރަޝީދު ހަސަނެވެ. އެ ކުންފުނިން ބުނިގޮތުގައި ޖާގަ ބޮޑުކޮށް މި މިސްކިތް އަލުން ހުޅުވީ ރޯދަ މަހާ ގުޅިގެންނެވެ. އެގޮތުންމިހާރު ވުޞޫ ކުރެވޭނެ އިންތިޒާމްވެސް ހަމަޖެހިފައިވާނެ ކަމަށް އެކުންފުނިން […]

އަޙްމަދު ވަހީދު
ރާނީގެ ފިރިކަލުން ޕްރިންސް ފިލިޕް އަވަހާރަވެއްޖެ

ރާނީގެ ފިރިކަލުން ޕްރިންސް ފިލިޕް އަވަހާރަވެއްޖެ

އިނގިރޭސި ވިލާތުގެ ރާނީ ކުއީން އެލިޒަބަތުގެ ފިރިކަލުން ޕްރިންސް ފިލިޕް އަވަހާރަވެއްޖެއެވެ. އޭނާ އަވަހާރަވީ އުމުރުފުޅުން 99 އަހަރުގައެވެ. އޭނާ އަވަހާރަވިކަން މިއަދު ބަކިންހަމް ޕެލަސް އިން ވަނީ އިއުލާންކޮށްފައެވެ. ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދިން ޕްރިންސް ފިލިޕްގެ ހިތްޕުޅުގެ އޮޕަރޭޝަނެއް ވެސް ދާދި ފަހުން ވަނީ ކޮށްފައެވެ. ފިލިޕަށް ވަނީ މަހެއްހާ ދުވަހު ހޮސްޕިޓަލްގައިފަރުވާ ދީފައެވެ. “ލޮބުވެތި ފިރިކަލުން ހިޒް ރޯޔަލް ހައިނެސް ދަ ޕްރިންސް ފިލިޕް، ޑޫކް އޮފް އެޑިންބަރާ އަވަހާރަވިކަން ވަރަށް ފު...

އަޙްމަދު ވަހީދު
ބީއެމްއެލް ސެލްފް ސާވިސް އޭޓީއެމެއް މަކުނުދޫގައި ހުޅުވައިފި

ބީއެމްއެލް ސެލްފް ސާވިސް އޭޓީއެމެއް މަކުނުދޫގައި ހުޅުވައިފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހދ. އަތޮޅަށް ކުރަމުން އަންނަ އިންވެސްޓުމަންޓުގެ ދަށުން މަކުނުދޫގައި ސެލްފް ސާވިސް އޭޓީއެމެއް ހުޅުވައިފިއެވެ. މި ހިދުމަތް މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ނެގުމުގެ އިތުރުން ފައިސާ ޖަމާކުރުމާއި، ބިލަށް ފައިސާ ދެއްކުމާއި ޓްރާންސްފަރކުރުމުގެ ހިދުމަތް ލިބިގެންދާނެއެވެ. މި ފެށުނު އޭޓީއެމް ހިދުމަތާއެކު މިވަގުތު ހދ. އަތޮޅުގެ ތިން ރަށެއްގައި އެންމެ ޒަމާނީ އޭޓީއެމްގެ ހިދުމަތް ބޭންކުން ދަނި ފޯރުކޮށްދެމުންނެވެ. މީގެ ތެރޭގައި ކުޅުދު...

އަޙްމަދު ވަހީދު
މިފްކޯ މަސްދަޅު ކޭސް ޑެލިވަރީގެ ހިދުމަތް އައިބީއެމާ ހަވާލުކޮށްފި

މިފްކޯ މަސްދަޅު ކޭސް ޑެލިވަރީގެ ހިދުމަތް އައިބީއެމާ ހަވާލުކޮށްފި

މިފްކޯ މަސްދަޅު ކޭސް ޑެލިވަރީގެ ހިދުމަތް އައިލެންޑް ބެވަރެޖަސް މޯލްޑިވްސް (އައިބީއެމް) އާ ހަވާލުކޮށްފިއެވެ. އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި އައިބީއެމްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރި އިބްރާހިމް އަންވަރެވެ. އަދި މިފްކޯގެފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިސްމާއިލް ފައުޒީއެވެ. އައިބީއެމުން ބުނިގޮތުގައި މިއީ މިފްކޯގެ އުފެއްދުންތައް އަވަހަށް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް ވި އެއްބަސްވުމެކެވެ. އެހެންކަމުން މިހާރު އައިބީއެމްމެދު...

އަޙްމަދު ވަހީދު
އިހަވަންދޫ އާމިނާ ދިޔޯ ސިއްހީ މަރުކަޒުން މުހިންމު ޓެސްޓްތަކެއް ހެދުމުގެ ހިދުމަތް ދޭންފަށައިފި

އިހަވަންދޫ އާމިނާ ދިޔޯ ސިއްހީ މަރުކަޒުން މުހިންމު ޓެސްޓްތަކެއް ހެދުމުގެ ހިދުމަތް ދޭންފަށައިފި

ހއ. އިހަވަންދޫ އާމިނާ ދިޔޯ ސިއްހީ މަރުކަޒުން މުހިންމު ޓެސްޓްތަކެއް ހެދުމުގެ ހިދުމަތް ދޭންފަށައިފި އެވެ، އެމަރުކަޒުން މިއަދު ބުނެފައިވަނީ، އެމަރުކަޒަށް މިނިސްޓްރީ އޮފް ހެލްތުން ފޮނުވާފައިވާ އިއިކްރޯމާ މެޝިން އިންސްޓޯލްކޮށް ހިދުމަތް ދޭން ފެށުމާއިއެކު، މިމަރުކަޒުގެ ލެބޯޓަރީއިން ކުރިން ނުހެދޭ މުހިންމު ޓެސްޓްތަކެއް ހެދުމުގެ ހިދުމަތް ދޭންފެށިފައިވާކަމަށެވެ. އެގޮތުން ތައިރޮއިޑް ޓެސްޓާއި، ޓެލެސީމިއާ ކުދިންނަށް އެންމެ މުހިއްމު އެއް ޓެސްޓް ކަމަށްވާ ފެރަޓިން ޓެސްޓާއި، ހަކުރުބަލީގެ ބަލިމީހުންނަށް މުހިއްމު ޓ...

އިބްރާހިމް އަސްވާޤް
ކުޅުދުއްފުށި ސިޓީ އިން "ޢާތިފާ އަލީ" ހޮވިއްޖެ! ގޮނޑީގައި އިންނާނީ ކާކު؟

ކުޅުދުއްފުށި ސިޓީ އިން "ޢާތިފާ އަލީ" ހޮވިއްޖެ! ގޮނޑީގައި އިންނާނީ ކާކު؟

މާދަމާ ބޭއްވޭ ލޯކަލް ކައުންސިލުގެ އިންތިހާބަކީ އެހެން އިންތިހާބުތަކާއި ޚިލާފަށް ހދ. ކުޅުދޫފުއްޓަށް ހާއްސަ އިންތިހާބެކެވެ. ސަބަބުތައް ބައިވަރެވެ. މިއީ ކުޅުދޫފުއްޓަށް ސިޓީއެއްގެ ދަރަޖަ ލިބުމަށް ފަހު ބޭއްވޭ ފުރަތަމަ ލޯކަލް ކައުންސިލިގެ އިންތިހާބެވެ. ފުރަތަމަ އެސިޓީގެ މޭޔަރަކު އިންތިހާބުކުރަން ރައްޔިތުން ނިކުމެ ވޯޓު އަޅާނެ ފަހަރެވެ. ސިޓީ ކައުންސިލަރުން އިންތިޙާބު ކުރާނެ ފަހަރެވެ. ކުރު މުއްދަތަކަށް ނޫނެވެ. 5 އަހަރު ދުވަހަށެވެ. މި އިންތިހާބުގެ ފޯރި އެ ސިޓީގައި ގަދަވެފައިވާއިރު ތަފާތު އެހެންކަމެއް ކެނޑ...

އިބްރާހިމް ޚަލީލް
މާލޭ ސިޓީއަށް ފުރިހަމަ ތަސައްވުރަކާއެކު ޑރ. މުޢިއްޒު!

މާލޭ ސިޓީއަށް ފުރިހަމަ ތަސައްވުރަކާއެކު ޑރ. މުޢިއްޒު!

މާދަމާ އޮންނަ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި މާލޭ ސިޓީގެ މޭޔަރު ކަމަށް، އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓް، ޑރ. މުހައްމަދު މުޢިއްޒު ވާދަކުރަށް ވަނީ، މާލޭ ސިޓީގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ އެތައް މައްސަލައަކާއި، ދަތިކަމެއް ހައްލުކޮށް ދިނުމުގެ މަތިވެރި އަޒުމާއެކު، އެކަންކަމަށް ބޭނުންވާނޭ ފުރިހަމަ ތަސައްވުރަކާއެކު އެވެ. ހައުސިން މިނިސްޓަރުކަމުގެ މަގާމުވެސް ފުރުއްވާފައިވާ ޑރ. މުޢިއްޒު އަކީ ވޭތުވި ސަރުކާރުގައި މާލޭގެ މަލަމަތި ބަދަލުކޮށްލުމުގެ ވެސް އެއްމެ އިސް މޭސްތިރިއެވެ. ކަސްރަތުކޮށްލަން ހ...

އަލީ އާދިލް
ހއ. އަތޮޅުގެ 2 ރަށާއި ހދ އަތޮޅުން 1 ފަޅު ރިސޯޓް ތަރައްޤީކުރަން ބީލަމަށް ލައިފި

ހއ. އަތޮޅުގެ 2 ރަށާއި ހދ އަތޮޅުން 1 ފަޅު ރިސޯޓް ތަރައްޤީކުރަން ބީލަމަށް ލައިފި

ފަތުރުވެރިކަން ތަރައްޤީކުރުމަށް ބީލަމުގެ އުސޫލުން ކުއްޔަށް ދޫކުރުމަށް ކަނޑައަޅުއްވާފައިވާ ރަށްރަށާއި ބިންބިމުގެ ތެރެއިން ޓޫރިސްޓް ރިޒޯޓް ތަރައްޤީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް 16 ރަށެއް ހުޅުވާލައިފި އެވެ. މިނިސްޓްރީ އޮފް ޓޫރިޒަމްއިން މިރޭ ކުރި އިޢުލާންގައި ތިލަދުންމަތިން ހުޅުވާލާފައިވަނީ 2 ރަށާއި 1 ފަޅެވެ. އެއީ ހއ އަތޮޅުން ވެލިފިނޮޅާއި ހއ. އަލިދުއްފަރުފިނޮޅެވެ. ހދ. އަތޮޅުން ހުޅުވާލާފައިވަނީ ކުޑަފަރުފަސްގަނޑެވެ. މިދިޔަ އަހަރު ޑިސެމްބަރ މަހުގެ 27 ވަނަ ދުވަހު ރިސޯޓު ހަދަން ހުޅުވާލި 4 ރަށުގެ ތެރޭގަ...

އިބްރާހިމް އަސްވާޤް
ޝަރުތު ތަކަކާއި އެކު ކަރަންޓީނު ނުވެ ރަށްރަށަށް ވޯޓުލުމަށް ދެވޭނެ ގޮތް ހަދައިފި

ޝަރުތު ތަކަކާއި އެކު ކަރަންޓީނު ނުވެ ރަށްރަށަށް ވޯޓުލުމަށް ދެވޭނެ ގޮތް ހަދައިފި

އޭޕްރިލް 10 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވޯޓުލާން ރަށްރަށަށް ދާން ބޭނުންވާ މީހުންނަށް ޝަރުތު ތަކަކާއި އެކު ކަރަންޓީނު ނުވެ، ރަށްރަށް ދެވޭނެ އުސޫލެއް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހަދައިފި އެވެ. މިއަދު އާންމުކުރި އެންގުމެއްގައިވާ ގޮތުން ކަރަންޓީން ވުމެއް ނެތި ވޯޓުލާން ރަށްރަށަށް ދެވޭނެ ފުރުސަތު އޮތީ އަންނަ އާދިއްތަ ދުވަހުގެ ނިޔަލަށެވެ. އެކަމަކު، 10 ދުވަހުގެ ކަރަންޓީނާ ނުލައި ދަތުރުކުރާއިރު ޚާއްސަ އުސޫލުތަކަކަށް އަމަލުކުރަން […]

ޖަލްވާން ޖާދުﷲ
ކުޅުދުއްފުށީގެ ނިންމުން - ތިލަދުންމަތީގެ ތަރައްޤީއާއި ގުޅިފައި!

ކުޅުދުއްފުށީގެ ނިންމުން - ތިލަދުންމަތީގެ ތަރައްޤީއާއި ގުޅިފައި!

ކުޅުދުއްފުއްޓަކީ ދިގު މާޒީއަކާއި ރަށަށް ޚާއްޞަ ސަޤާފަތަކާއި އާދަކާދަތަކެއް ލިބިފައިވާ ރަށެކެވެ. ތަޢުލީމާއި ވިޔަފާރީގެ އިތުރުން ބޭސްފަރުވާގެ އެންމެހާ ބޭނުންތަކަށް ބޮޑުތިލަދުންމައްޗާއި ރާއްޖޭގެ މުޅި އުތުރުން އެ ރަށަކަށް ބަރޯސާވާ އުތުރުގެ ‘ހިތެވެ’. އެހެންކަމުން ޙަޤީޤި ލާމަރުކަޒީ ނިޒާމަކަށް ރިބަން ކަނޑައި އަތްޖެހުމަށްޓަކައި، ކުޅުދުއްފުށީ ސިޓީ ވާންޖެހޭނީ މި ހުރިހާ ދާއިރާއެއްގެ މުހުތާދުތައް ފުއްދައިދިނުމުގެ ލަޔާޤަތު ހުރި ސަހަރަކަށެވެ. ކުޅުދުއްފުށީގެ ހައިބަތު ހުރި ދިގު ތާރީޚާއި އެ ތާރީޚުގެ ފަތްފުށްތަކާ...

ހާޝިމް އަބޫބަކުރު
އުރީދޫ ސުޕަނެޓް ހިތާދޫއަށް

އުރީދޫ ސުޕަނެޓް ހިތާދޫއަށް

އުރީދޫގެ ފިކްސްޑް ބްރޯޑްބޭންޑް ހިދުމަތް، އުރީދޫ ސުޕަރނެޓް ބ. ހިތާދޫއަށް ތައާރަފުކޮށްފިއެވެ. މިއީ ރާއްޖޭގެ އެންމެ ހަލުވި އިންޓަނެޓް ސްޕީޑު ކަމަށްވާ 100 އެމްބީޕީއެސްއާ ހަމައަށް އިންޓަނެޓު ލިބޭ ހިދުމަތެވެ. ކަސްޓަމަރުންގެ ބޭނުންތަކަށްފަރުމާކޮށްފައިވާހަލުވިސްޕީޑުގެ އިންޓަނެޓް ޕެކޭޖްތައް މި ހިދުމަތް ބޭނުންކުރާ ކަސްޓަމަރުންނަށް ލިބޭނެއެވެ. ހިތާދޫއަށް މި ހިދުމަތް ތައާރަފު ކުރުމާއެކު އެ ރަށުން އެންމެ ފުރަތަމަ ހިދުމަތަށް އެދޭ 20 މީހުންނަށް މައިކްރޮސޮފްޓް 360 ލައިސެންސް ލިބޭނެއެވެ. އުރީދޫގެ އެކްޓިން ޗީފް ކ...

އަޙްމަދު ވަހީދު
އާތިފް: ކުޅުދުއްފުށި ސިޓީގެ މޭޔަރުކަމަށް ވަރުގަދަ ތަސައްވަރަކާއި އެކު!

އާތިފް: ކުޅުދުއްފުށި ސިޓީގެ މޭޔަރުކަމަށް ވަރުގަދަ ތަސައްވަރަކާއި އެކު!

ކުޅުދުއްފުށި ސިޓީ ގެ ފުރަތަމަ މޭޔަރަކަށް ވުމުގެ އަޒުމާއި އެކު އެމްޑީޕީގެ ޓިކެޓްގައި މުޙައްމަދު އާތިފް ނުކުންނަނީ ވަރަށް ގިނަ އުންމީދު ތަކަކާއި އެކުގައެވެ. ކުޅުދުއްފުއްޓަށް ޚިދުމަތް ކުރުމަށް އަބަދުވެސް އާތިފްގެ ހިތުގައި އޮންނަ ލޯބި ޢަމަލީ ގޮތުން ދައްކަން ބޭނުންވެއެވެ. އެހެންކަމުން ކުޅުދުއްފުށި ސިޓީއަކަށްވުމާއި އެކު އެކަމަށް އަތުކުރި އޮޅާލާ އާތިފް ނުކުތެވެ. ކުޅުދުއްފުށީގެ އިޖްތިމާއީ އިޤްތިސާދީ އަދި ޢުމްރާނީ ގޮތުން ބަދަލުތަކެއް ސިޓީއެއްގެ ގޮތުގައި ގެނެސްދިނުމުގެ ބޭނުމުގައި ނުކުތުމުގެ ކުރިން ރަށުގެ...

ތިލަދުން
ފިއްލަދޫ ޞިއްޙީ މަރުކަޒުގެ މަސައްކަތް ހަވާލުކުރިތާ އެއްދުވަސްތެރޭ އަމަލީ މަސައްކަތް ފަށައިފި

ފިއްލަދޫ ޞިއްޙީ މަރުކަޒުގެ މަސައްކަތް ހަވާލުކުރިތާ އެއްދުވަސްތެރޭ އަމަލީ މަސައްކަތް ފަށައިފި

ފިއްލަދޫ ޞިއްޙީ މަރުކަޒުގެ އެކްސްޓެންޝަން މަސައްކަތް ހަވާލުކޮށް އެކަމުގެ އެއްބަސްވުމުގައި ސޮއިކުރިތާ އެއްދުވަސް ތެރޭގައި އެކަމުގެ އަމަލީ މަސައްކަތް ފަށައިފި އެވެ. ފިއްލަދޫ ކައުންސިލުން މިމަސައްކަތް ކުރުމަށް ސޮއިކޮށްފައިވަނީ ޕާރފެކްޓް މަލަފެހި މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އާއެކު އެވެ. ފިއްލަދޫ ކައުންސިލްގެ ރައީސް ފަލާހް “ތިލަދުން” އަށް މައުލޫމާތު ދެމުން ވިދާޅުވެފައިވަނީ، އެމަސައްކަތް ހަވާލުކުރި ފަރާތުން އެމަސައްކަތް ކުރުމަށް ބޭނުންވާ ސާމާނު މިހާރު އެރަށް ގެންގޮސްފައިވާކަމަށެވެ. އަދި މިއީ 105 ދު...

އާއިޝަތު ރަފާހް ޢަލީ
ފުލުހުންނަށް ދަރުސްއެއް ކުރިއަށް ގެންގޮސްފި

ފުލުހުންނަށް ދަރުސްއެއް ކުރިއަށް ގެންގޮސްފި

މޯލްޑިވްސް ޕޮލިސް ސަރވިސްއާއި، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް ގުޅިގެން، ފުލުހުންގެ މުއައްސަސާގައި މަސައްކަތްކުރާ މުވައްޒަފުންގެ ދީނީ ހޭލުންތެރިކަން އިތުރުކުރުމާއި ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ދަރުސްއެއް ބާއްވައިފިއެވެ. އިސްކަންދަރު ކޮށީގައި މިއަދު ކުރިއަށް ގެންދިޔަ ދަރުސް އަކީ ”އީމާން ކަމާއި މާތްﷲގެ އެއްކައުވަންތަކަން” މި ނަމުގައި ކުރިއަށް ގެންދިޔަ ދަރުސް އެކެވެ. މިދަރުސް ދެއްވީ އައްޝެއިޚް އިލްޔާސް ޖަމާލްއާއި، އައްޝެއިޚް އަލީ ޒާހިރު ބިން ސަޢީދު ޤާސިމްއެވެ. މި ދަރުސްގައި މައުލޫމާތު...

އިބްރާހިމް އަސްވާޤް
ހޯރަފުށީގެ މަގު ހެދުމުގެ މަޝްރޫއު އެމްޓީސީސީއަށް

ހޯރަފުށީގެ މަގު ހެދުމުގެ މަޝްރޫއު އެމްޓީސީސީއަށް

ހއ. ހޯރަފުށީގެ މަގު ހެދުމުގެ  މަޝްރޫއުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފި އެވެ. މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާ ސްޓްރަކްޗާގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެމްޓީސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް އޮޕަރޭޓިން އޮފިސަރު ޝާހިދު ހުސައިން މުސާއެވެ. އަދި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ އެ މިނިސްޓްރީގެ ޕާމަނަންޓްސެކްޓްރީ ޒީނިޔާ އަހުމަދު ހަމީދެވެ. މި މަޝްރޫއު އެމްޓީސީސީއާ ހ...

އަޙްމަދު ވަހީދު