ހުރިހާ ގޮނޑިއެއް އެމްޑީޕީއަށް ލިބުނު ހަމަ އެކަނި ސިޓީ އަކަށް ކުޅުދުއްފުށި
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުން ވެރިކަން ކުރާ ކޯލިޝަނުގެ މައި ޕާޓީ އެމްޑީޕީއަށް އެންމެ ބޮޑު ކާމިޔާބީއެއް ލިބުނު ސިޓީއަކަށް ހދ. ކުޅުދުއްފުށި ސިޓީ ވެއްޖެ އެވެ. އިލެކްޝަން ކޮމިޝަންއިން އާންމުކޮށްފައިވާ ވަގުތީ ނަތީޖައިން މިހާރު ދައްކާ ގޮތުން އެސިޓީގެ ހުރިހާ ގޮނޑިއެއް މިވަނީ އެމްޑީޕީއިން ކަށަވަރުކޮށްފަ އެވެ. މިއީ ކުޅުދުއްފުށީގެ ސިޓީ ކައުންސިލެއް އެކުލަވާލަން އިންތިހާބެއްވުނު ތާރީހީ އިންތިހާބެކެވެ. މީގެ ކުރިންވެސް ކުޅުދުއްފުށީ ކައުންސިލްގެ މެޖޯރިޓީ ނަގަމުން އައިސްފައ...