ރާއްޖެ މަސްތުވާތަކެއްޗާއިއެކު ޅޮހިން މީހަކު ހައްޔަރުކޮށްފި ނ. ޅޮހީގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއިއެކު އެރަށުން މީހަކު ހައްޔަކޮށްފި އެވެ. ފުލުހުންބުނީ އެއީ، ނ. އަތޮޅު މަނަދޫން ޅޮއްސަށް މަސްތުވާތަކެތި ގެންދާ ކަމަށް އާންމު ފަރާތަކުން ފުލުހުންނަށް ދިން މައުލޫމާތަކާ ގުޅިގެން މަނަދޫގައި މަސައްކަތްކުރާ ފުލުހުން ހިންގި އޮޕަރޭޝަނެއްކަމަށެވެ. މި މަހުގެ 6 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި ޅޮހީ ބަނދަރުމަތިން 30 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށް ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއް ހުރި ދެ ކަރުދާސްކޮޅެއް... އަލީ އާދިލް · 5 އަހަރު ކުރިން
ރާއްޖެ އެކިއެކި ލިޔުންތަކު ގައި ރެވެނިޔު ސްޓޭމްޕް ޖެހުމުގެ ޤާނޫނު އުވާލަނީ “އެކިއެކި ލިޔުންތަކު ގައި ރެވެނިޔު ސްޓޭމްޕް ޖެހުމުގެ ޤާނޫނު” އުވާލުމަށް ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާ ބިލުގެ ބަހުސް ފަށައިފި އެވެ. ދައުލަތުގެ ލިޔެކިއުންތަކުގައި ރެވެނިއު ސްޓޭމްޕް ޖެހުން ހުއްޓާލުމަށް ގާނޫނު އުވާލުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ ސަރުކާރުގެ ފަރާތުން މެދުހެންވޭރު ދާއިރާގެ އަލީ އާޒިމް އެވެ. މި ބިލް ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވަނީ މިދިޔަ މަހުގެ 24ވަނަ ދުވަހުގައެވެ. ޤާނޫނު ނަންބަރު 4/70ޖ. “އެކިއެކި ލިޔުންތަކު ގައި ރެވެނިޔު ސްޓޭމްޕް ޖެ... އަލީ އާދިލް · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ފަޞީލަށް އެހީވުމަށް 96 ހާހަށްވުރެ ގިނަ ރުފިޔާ ޢާއިލާއާއި ހަވާލުކޮށްފި ހއ. ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބްގެ ފަރާތުން އިންތިޒާމް ކޮށްގެން، އެ ރަށު ފެހިފަތް، މުޙައްމަދު ފަޞީލްގެ ކިޑްނީ ޓްރާންސްޕްލާންޓް ކުރުމަށް ބޭނުންވާ ފައިސާ ހޯދުމުގެ ގޮތުން ދިއްދޫގައި ކުރިއަށް ގެންދިޔަ ”މަވެސް ފަޞީލްއަށް އެހީވާނަން” ހަރަކާތު ފަންޑަށް ލިބުނު ފައިސާ ފަޞީލްގެ ޢާއިލާއާއި ހަވާލުކޮށްފިއެވެ. މިގޮތުން މިޑްލް ސްޕޯޓްސް ކުލަބުން ވަނީ ފަޞީލްގެ ޢާއިލާއަށް 96،526.75 އަދި 81 ޔޫއެސް ޑޮލަރު ހަވާލުކޮށްފަ އެވެ. މިޑްލް ސްޕޯޓްސް ކްލަބްގެ ފަރާތުން ފަޞީލްގެ ޢާއިލާއަށް މި ފައިސާ […] ޙުސައިން ޝަހުދީ · 5 އަހަރު ކުރިން
ރާއްޖެ މަޖިލީހަށް މިއަދު ވަޑައިގަތީ 22 މެމްބަރުން، ސަލާމުގައި 22 މެންބަރުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މިއަދު ވަޑައިގަތީ 22 މެމްބަރަކު ކަމަށާއި ސަލާމް ގައި 22 މެންބަރުން ތިއްބެވިކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. މިއަދުގެ ޖަލްސާ ފައްޓަވައިދެއްވައި ޖަލްސާގެ ހާޒިރީ އިއްވަވަމުން ރިޔާސަތުގައި އިންނެވި ރައީސް ނަޝީދު ވިދާޅުވީ ރަސްމީ ދަތުރުފުޅެއްގައި ދެ މެމްބަރުން ތިއްބެވި އިރު ކަރަންޓީނުގައި 3 މެމްބަރަކު ތިއްބެވި ކަމަށެވެ. މަޖިލިސް ރައީސް ވިދާޅުވީ ސަލާމުގައި ތިއްބެވި 22 މެމްބަރުންގެ ތެރެއިން 20 މެމްބަރުން ވަޑައިގެންވީ އެ މެމްބަރުންގ... އަލީ އާދިލް · 5 އަހަރު ކުރިން
ބައިނަލްއަގުވާމީ ޕިކާސޯގެ މި ކުރެހުން 55 މިލިއަން ޑޮލަރަށް ވިއްކާލަނީ މަޝްހޫރު ކުރެހުންތެރިޔާ ޕަބްލޯ ޕިކާސޯގެ ކުރެހުމެއް 55 މިލިއަން ޑޮލަރަށް ނީލަމުގައި ވިއްކާލަން ނިންމައިފިއެވެ. މި ކުރެހުމަކީ ޕިކާސޯގެ ޒުވާން އިރުގެ ލޯބިވެރިޔާ، މެރީ ޓެރެސާ ހާއްސަކޮށްގެން ކުރެހި ކުރެހުމެކެވެ. މި ކުރެހުމުގައި ފެންނަނީ އޭނާގެ ލޯބިވެރިޔާ ކުޑަދޮރެއްގެ ކައިރީގައި އިށީންދެލައިގެން އިންނަ މަންޒަރެވެ. ޕިކާސޯ މި ކުރެހުން ތައްޔާރުކޮށްފައިވަނީ 1932 ވަނަ އަހަރުގައެވެ. އެއީ އޭނާގެ ހަޔާތަށް ބޮޑެތި ބަދަލުތަކެއް އައި އަހަރެކެވެ. އޭރު އޭނާއަށް 50 އަހަރެވެ. މި ކުރެހުން ވިއްކާލަން ބާއްވާ ނީލަން […] އަޙްމަދު ވަހީދު · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ހޯރަފުށީ ފުޓުސަލް ދަނޑުގެ ޓާފް ހަލާކުކޮށްލައިފި ހއ. ހޯރަފުށީގެ ފުޓްސަލް ދަނޑުގައި އަޅާފައިވާ ޓާފް ހަލާކޮށްލައި ޓާފް ދަނޑަށް ގެއްލުންދީފައިވާކަމަށް ހޯރަފުށީ ކައުންސިލް އިދާރާއިން ބުނެފި އެވެ. ހއ. ޙޯރަފުށީ ކައުންސިލުން ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ފުޓްސަލް ދަނޑުގެ ޓާފް ހަލާކޮށްލާ ގެއްލުން ދީފައިވާކަމަށެވެ. އެކަމާއި މެދު ވަރަށް ބޮޑަށް ކަންބޮޑުވެ ހިތާމަ ކުރާކަމަށް ހޯރަފުށީ ކައުންސިލުން ބުނެއެވެ. “ހޯރަފުށި ފުޓްސަލް ދަނޑުގެ ޓާފް ހަލާކު ކޮށްލުމަކީ ޒުވާނުންނަށް ދިން ބޮޑު ގެއްލުމެއް، އެކަހަލަ ވިޔާނުދާ ކަންކަމުން ދުރުވުމަށް އިލްތިމާސްކު... އަލީ އާދިލް · 5 އަހަރު ކުރިން
ބައިނަލްއަގުވާމީ ބްރަޒިލުގައި 1 ދުވަހުގެ ތެރޭގައި 4000 އަށްވުރެ ގިނަ ކޯވިޑް މަރު ބްރަޒިލުން ކޯވިޑް-19 ފެނުނު ފަހުން ފުރަތަމަ ފަހަރަށް އެ ބަލި ޖެހިގެން އެއް ދުވަހުގެ ތެރޭގައި 4000 އަށްވުރެ ގިނަ މީހުން މަރުވެއްޖެ އެވެ. އެ ގައުމުގެ ހެލްތު މިނިސްޓްރީން އާއްމު ކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުގައި އިއްޔެ އެ ގައުމުން ކޯވިޑް ޖެހިގެން 4،195 މީހުން މަރުވިއެވެ. މިއާއެކު އެ ގައުމުގައި މި ބަލީގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 366،000 އަށް އަރައިފައެވެ. ބްރަޒިލްގައި ކޯވިޑް މަރުތައް ގިނަވިނަމަވެސް އެ ގައުމުގެ ސަރުކާރުން ވައިރަސް […] އަޙްމަދު ވަހީދު · 5 އަހަރު ކުރިން
ރާއްޖެ ވޯޓްލާން ދަނީ "ހުއްދަ ހޯދައިގެންތޯ، ކިހިނެތްތޯ، ކޮންތާކުންތޯ" އީސީއިން ނުބަލާނެ ވޯޓްލާން މަރުކަޒަށް ދަނީީ “ހުއްދަ ހޯދައިގެންތޯ، ކިހިނެތްތޯ، ކޮންތާކުންތޯ” ނުބަލާނެކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް އަހުމަދު ޝަރީފް އާދަމް ވިދާޅުވެެއްޖެ އެވެ. ޝަރީފް މިހެން ވިދާޅުވީ އިއްޔެ ކުރެއްވި ޓުވީޓެއްގަ އެވެ. ޝަރީފް ވިދާޅުވީ ވޯޓްލާ މަރުކަޒަށް ވޯޓްލާން ދާ މީހާގެ ނަން ވޯޓާސް ލިސްޓްގައި އޮވެއްޖެނަމަ އެ މީހަކަށް ވޯޓް ލެވޭނެ ކަމަށެވެ. ވޯޓްލާ މަރުކަޒަށް ވޯޓްލާން އަންނަ މީހާގެ ނަން ވޯޓާސް ރަޖިސްޓްރީގައި އޮވެއްޖެނަމަ އޭނާއަށް ވޯޓް ލެވޭނެ. ކިހިނެތްތޯ، ކޮންތާކުންތޯ އައީ […] އަލީ އާދިލް · 5 އަހަރު ކުރިން
ރާއްޖެ ސްޓެލްކޯގެ ސީއެސްއާރުގެ ދަށުން މެދު ޒިޔާރަތާއި ހުކުރު މިސްކިތު މުންނާރުގެ އާބާތުރަ ފިލުވަން ފަށައިފި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) ގެ ސީއެސްއާރުގެ ދަށުން މާލޭ ހުކުރު މިސްކިތުގެ މުންނާރާއި މެދު ޒިޔާރަތުގެ އާބާތުރަފިލުވައި ސާފުކުރުމުގެ މަސައްކަތް ފަށައިފި އެވެ. ފަންނާއި ސަޤާފަތާއި ތަރިކައާ ބެހޭ ވުޒާރާއާއި ސްޓެލްކޯ ގުޅިގެން މިމަސައްކަތް ފަށާފައިވަނީ ރަމަޟާންމަހަށް ތައްޔާރުވުމުގެ ގޮތުން އިއްޔެގަ އެވެ. މިމަސައްކަތް ފެށްޓެވުމަށް ބޭއްވި ރަސްމިއްޔާތުގައި ފަންނާއި ސަޤާފަތާއި ތަރިކައިގެ ވަޒީރު ޔުމްނާ މައުމޫން އާއި ސްޓެލްކޯގެ މެނޭޖިންގ ޑައިރެކްޓަރ ހަސަން މުޣުނީ ވަނީ ވައިވެރިވެލައްވާފަ އެވެ. ޔުމް... އިބްރާހިމް އަސްވާޤް · 5 އަހަރު ކުރިން
ޚަބަރު ސަޢޫދީ ސަރުކާރުން ހަދިޔާކުރި ކަދުރު ބެހުމުގެ އުޞޫލު އާންމުކޮށްފި 1442 ވަނަ އަހަރުގެ ރަމަޟާން މަހަށް ދިވެހިރާއްޖެއަށް ސަޢޫދީ އަރަބިއްޔާގެ ސަރުކާރުން ހަދިޔާކުރި ކަދުރު ބެހުމުގެ އުޞޫލު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން އާންމު ކޮށްފިއެވެ. މި އަހަރުގެ ރަމަޟާންމަހަށް ސަޢޫދީ ސަރުކާރުން ރާއްޖެއަށް 25 ޓަނު (12،500 ޕަކެޓް) ކަދުރު ހަދިޔާ ކޮށްފައިވާއިރު، މި އަހަރު މި ކަދުރު ބެހުމަށް ހަމަޖެހިފައިވަނީ ފާއިތުވި 1441 ވަނަ އަހަރު ރާއްޖޭގައި އެކުލަވާލެވުނު ފަގީރުންގެ ދަފްތަރުގައި ހިމެނޭ 10944 (ދިހަހާސް ނުވަސަތޭކަ ސާޅީސް ހަތަރެއް) މީހުންނަށް، ކޮންމެ މީހަކަށް […] އިބްރާހިމް ޚަލީލް · 5 އަހަރު ކުރިން
ވިޔަފާރި ނ އަތޮޅުގެ ދެ މަޝްރޫއެއް އެމްޓީސީސީއާ ހަވާލުކޮށްފި ނ އަތޮޅުގެ ދެ މަޝްރޫއެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ. އެ ކުންފުންޏާ މިއަދު ހަވާލުކޮށްފައިވަނީ ޑިޒައިން އެންޑް ބިލްޑް އުސޫލުން ނ.ވެލިދޫ ދޯނި އެހެލާ ސަރަހައްދު ހެދުމުގެ މަސައްކަތާއި އެ އަތޮޅުގެ މަނަދޫ ބަނދަރުގެ މަސައްކަތެވެ. މި ދެ މަޝްރޫއު އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރައްވައިފައިވަނީ، އެ ކުންފުނީގެ ޗީފް އޮޕަރޭޓިންގ އޮފިސަރު ޝާހިދު ޙުސައިން މޫސާއެވެ. މިނިސްޓްރީއޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާާސްޓްރަކްޗަރގ... އަޙްމަދު ވަހީދު · 5 އަހަރު ކުރިން
ރާއްޖެ ކެނެޑާގެ ސަރުކާރުން ރާއްޖޭގެ ޞިއްޙީދާއިރާއަށް 1 މިލިއަން ޑޮލަރުގެ އެހީތެރިކަން ފޯރުކޮށްދީފި ދިވެހިރާއްޖެއިން ކޯވިޑް-19 އާ ދެކޮޅަށް ކުރަމުންގެންދާ މަސައްކަތްތަކަށް އެހީތެރިވެދިނުމުގެ ގޮތުންނާއި، ރައްކާތެރި ގޮތެއްގައި މެޑިކަލް ވޭސްޓް ނައްތާލުމުގެ މަސައްކަތް ހަރުދަނާކުރުމަށްޓަކައި ކެނެޑާ ސަރުކާރުން 1.35 ކެނޭޑިއަން ޑޮލަރުގެ އެހީ ރާއްޖެއަށް ފޯރުކޮށްދީފިއެވެ. ކެނެޑާ ސަރުކާރުންނާއި ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ (WHO) އިން ގުޅިގެން ދިވެހިރާއްޖޭގައި ޤާއިމުކުރެވޭ “ޑިސްއިންފެކްޝަން އޮފް މެޑިކަލް ވޭސްޓް” ގެ ނަމުގައި ލޯންޗް ކުރެވޭ މި ޕްރޮޖެކްޓް އިފްތިތާޙް ކުރެއްވުމަށް، މިއަދު ހެލްތު މިނިސްޓްރީގައި ބ... އަލީ އާދިލް · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ކުޅުދުއްފުށީ ހައުސިން ޔުނިޓުތައް ނިންމަން ދޮންބެޒް ކުންފުންޏަށް ކުޅުދުއްފުށި ސިޓީގައި އިމާރާތްކުރަން ފަށާފައިވާ 105 ހައުސިން ޔުނިޓުގެ މަސައްކަތް ނިންމަން ދޮންބެޒް ޕްރައިވެޓް ލިމިޓެޑާ މިއަދު ހަވާލުކޮށްފިއެވެ. އެކަމަށްޓަކައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗާގައި މިއަދު ކުރިއަށް ދިޔަ ރަސްމިއްޔާތުގައި، މިނިސްޓްރީގެ ފަރާތުންއެއްބަސްވުމުގައި ސޮއިކުރެއްވީ ހައުސިން ޑިޕާޓްމަންޓުގެ ޑިރެކްޓާ ޖެނެރަލް އަހްމަދު ވިޝާން ނަސީމްއެވެ. އަދި ދޮންބެޒް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ހެޑް އޮފް އޮޕަރޭޝަން އަލީ ހަމްދޫން... އަޙްމަދު ވަހީދު · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު އެންމެ އިސްކަމެއް ދޭނީ ކުޅުދުއްފުށީ ރައްޔިތުންގެ ޖީބަށް ފައިސާ ވަންނާނެ ގޮތެއް ހޯދުން: އާތިފް އެންމެ އިސްކަމެއް ދޭނީ ހދ. ކުޅުދުއްފުށި ސިޓީގެ ރައްޔިތުންގެ ޖީބަށް ފައިސާ ވަންނާނެ ގޮތެއް ހޯދުން ކަމަށް ކުޅުދުއްފުށީ ސިޓީގެ މޭޔަރުކަމަށް އެމްޑީޕީގެ ޓިކެޓްގައި ވާދަ ކުރައްވާ މުޙައްމަދު އާތިފް ވިދާޅުވެއްޖެ އެވެ. އާތިފް މިހެން ވިދާޅުވެފައިވަނީ ރޭގައި އެރަށުގައި ބޭއްވި ރަށްވެހި ފަތިސް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިޖަލްސާގައި ވާހަކަ ދައްކަވަމުން އާތިފް ވިދާޅުވީ އިންތިހާބު ވެއްޖެ ނަމަ އެންމެ ފުރަތަމަ ކުރާނެ ކަމަކީ އެ ސިޓީގެ ތަރައްގީގެ ޕްލޭން ހެދުން ކަމަށެވެ. އަޅުގަނޑުމެންގެ ކައުންސިލެއްގެ... އާއިޝަތު ރަފާހް ޢަލީ · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ތިލަދުންމަތި ބާރަށު ނެރު ފުން ކުރަން އެމްޓީސީސީއަށް ތިލަދުންމަތި ބާރަށު ނެރު ފުން ކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ. ޕްލޭނިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި މަޝްރޫއުގެ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޗީފް އޮޕްރޭޓިންއޮފިސަރު ޝާހިދު ހުސައިން މޫސާއެވެ. މި މަޝްރޫއު އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ 12.17 މިލިއަން ރުފިޔާ އަށެވެ. އަދި މި މަސައްކަތް ނިންމުމަށް 120 ދުވަހުގެ މުއްދަތެއް އެ ކުންފުންޏަށް ވަނީ ދީފައެވެ. ޑިޒައިން އެން... އަޙްމަދު ވަހީދު · 5 އަހަރު ކުރިން