މައި ޚަބަރަށް ދިޔުމަށް

ތިލަދުންގެ އަރުޝީފުން ހޯދުން

ފަހުގެ ހޯދުންތައް:
އިތުރު 3 މީހަކު ނިޔާވެ، ރާއްޖޭގެ އަދަދު 132އަށް

އިތުރު 3 މީހަކު ނިޔާވެ، ރާއްޖޭގެ އަދަދު 132އަށް

ރާއްޖެއިން ކޯވިޑް-19 ބަލީގައި އިތުރު ތިން މީހަކު ނިޔާވެއްޖެއެވެ. ނިޔާވެފައި ވަނީ ދިވެހި ތިން ފިރިހެނުންނެވެ. އެއީ އުމުރުން 81 އަހަރުގެ މީހަކާއި، 77 އަހަރުގެ މީހަކާއި އަދި 58 އަހަރުގެ މީހެކެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ވިދާޅުވީ، ނިޔާވި އުމުރުން 81 އަހަރުގެ މީހަކީ ރޭ އައިޖީއެމްއެޗްގެ އެމާޖެންސީއަށް ގެންދެވުނު މީހެއް ކަމަށެވެ. އޭނާ ނިޔާވީ މެންދަމުން އަނބުރާ 2:02 ގައެވެ. ނިޔާވި 77 އަހަރުގެ މީހާ ނިޔާވީ ރޭ 3:18ގައި ހުޅުމާލޭ ކޯވިޑް […]

ޙުސައިން ޝަހުދީ
ކޮޅިގަނޑުގެ އަސަރާއެކު އަނެއްކާވެސް މޫސުން ގޯސްވާނެކަމުގެ އިންޒާރެއް!

ކޮޅިގަނޑުގެ އަސަރާއެކު އަނެއްކާވެސް މޫސުން ގޯސްވާނެކަމުގެ އިންޒާރެއް!

ހުޅަނގު މޫސުމުގެ ބާރު ގަދަވެ ކުރިއަށް އޮތް 3 ދުވަހުވެސް ރާއްޖޭގެ ސަރަޙައްދުގައި ޚާއްޞަކޮށް އުތުރާއި މެދުރާއްޖެ ތެރޭގައި ވައިގަދަވެ ކަނޑުތައް ވަރަށް ގަދަވާނެކަމަށް މޫސުމާއިބެހޭ ޤައުމީ އިދާރާއިން ލަފާކުރައްވައެވެ. މިގޮތުން ޢާންމުގޮތެއްގައި ގަޑިއަކު 13 މޭލާއި 27 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް ބެލެވޭއިރު ވިލާގަނޑުގައި ގަޑިއަކު 50 މޭލާއި 60 މޭލާއި ދެމެދުގެ ބާރުމިނަށް ވައިގަދަވާނޭކަމަށާއި ބައެއްރަށްތަކަށް ބޯކޮށް ވާރޭވެހުމާއި އުދައިގެ އަސަރުކުރުންވެސް އެކަށީގެންވާކަމުގައި އެ އިދާރާއިން މ...

އަލީ އާދިލް
މިހާރު ޔަހޫދީންނަށް އަޤްސާ ތެރެއަށް ވަދެވެނީވެސް އިޒްރޭލު ސިފައިންގެ ފައުޖުތަކާއިއެކު!

މިހާރު ޔަހޫދީންނަށް އަޤްސާ ތެރެއަށް ވަދެވެނީވެސް އިޒްރޭލު ސިފައިންގެ ފައުޖުތަކާއިއެކު!

ހިފާފައިވާ ޤުދްސުގައި އިޒްރޭލުން ވަޒަންވެރިކޮށްފައިވާ ޔަހޫދީންގެ ގިނަ ޢަދަދެއްގެ ބަޔަކު މާތްވެގެންވާ މަސްޖިދުލްއަޤްސާގެ ހަރިއްމަ ތެރެއަށް އާދިއްތަ ދުވަހު ވަދެގަތީ އިޒްރޭލު ސިފައިންގެ ފައުޖެއްގެ ހިމާޔަތުގައެވެ.  އާދީއްތަ ދުވަހުގެ ހެނދުނުގެ ވަގުތުގައި މަސްޖިދުލްއަޤްސާގެ ހަރިއްމަ ތެރެއަށް އިޒްރޭލު ސިފައިންގެ ފައުޖަކާއި އެކު ޔަހޫދީން ވަދެގަތުމުގެ ކުރިން ފަތިހުގެ ފަތިސްނަމާދުގެ ވަގުތުގައި އެމީހުން އެތާނގައި ތިބި ފަލަސްތީނުގެ ރައްޔިތުންނަށް އުނދަގޫކޮށް ބޭރުކޮށްފައިވާއިރު ޙަމަލާދިނުމުގެ ސަބަބުން ބައެއް...

އިބްރާހިމް އަސްވާޤް
ލިވަޕޫލާއިއެކު ގަދަ ހަތަރަކަށް ޗެލްސީ

ލިވަޕޫލާއިއެކު ގަދަ ހަތަރަކަށް ޗެލްސީ

އިނގިރޭސި ޕްރިމިއާ ލީގުގެ ގަދަ ހަތަރެއްގެ ފަހު ދެ ޖާގަ ލިވަޕޫލާއި ޗެލްސީ ކަށަވަރު ކޮށްފިއެވެ. ލީގުގެ ފަހު މެޗުތައް އާދީއްތަ ދުވަހުގެ ރޭ އެއްވަގުތެއްގައި ކުޅެފައިވާއިރު، ފަހު މެޗުތަކާއި ކުރިމަތިލީއިރު ލީގުގެ ގަދަހަތަރެއްގެ ފަހު ދެ ޖާގައިގެ ވާދަވެރިކަން އޮތީ ވަރަށް ބޮޑުވެފައެވެ. ފަހު މެޗުތައް ކާމިޔާބު ކޮށްގެން ލިވަޕޫލަށާއި ޗެލްސީއަށް އެ ދެޖާގަ ކަށަވަރު ކުރުމުގެ އަމިއްލަ ބާރު އޮތްނަމަވެސް ލެސްޓާ ސިޓީއަށް ވެސް ފުރުޞަތުއޮތެވެ. އާދީއްތަ ދުވަހުގެ ރޭ ލިވަޕޫލުން ވަނީ އަމިއްލަ […]

އިބްރާހިމް ޚަލީލް
ހަނިމާދޫން އިތުރު 4 މީހަކު ކޯވިޑަށް ޕޮޒިޓިވްވެއްޖެ

ހަނިމާދޫން އިތުރު 4 މީހަކު ކޯވިޑަށް ޕޮޒިޓިވްވެއްޖެ

ހދ. ހަނިމާދޫގައި ހޯމް ކަރަންޓީނުގައި ތިބި 4 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ. ހަނިމާދޫ ސިއްހީ މަރުކަޒުން ވިދާޅުވީ، ހަނިމާދޫ ގައި ހޯމް ކަރަންޓީން ގައި ތިބި 4 މީހެއްގެ ކިބައިން ބަލީގެ އަލާމާތްތައް ފެނިގެން ޓެސްޓު ކުރިއިރު އެ މީހުން ކޯވިޑް ޕޮޒިޓިވްވެފަ ވާކަމަށެވެ. މިއާއެކު މިވަގުތު އެރަށުގަ އެކްޓިވް ކޭސްތަކުގެ އަދަދު 6 އަށް އަރާފަވާ ކަމަށް ސިއްހީ މަރުކަޒުން ވަނީ ވިދާޅުވެފަ އެވެ. ހަނިމާދޫން އިތުރު ބަޔަކު ޕޮޒިޓިވްވިއިރު، ރާއްޖޭގެ މީހުން އުޅޭ 70 […]

ޔުމްނާ ޢަލީ
ކޮވިޑް ބަލީގައި އިތުރު 3 މީހަކު ނިޔާވެ އަދަދު 129 އަށް

ކޮވިޑް ބަލީގައި އިތުރު 3 މީހަކު ނިޔާވެ އަދަދު 129 އަށް

ކޮވިޑް ބަލީގައި ރާއްޖެއިން އިތުރު 3 ދިވެއްސަކު ނިޔާވެއްޖެ މިބަލީގައި ނިޔާވި މީހުންގެ ޖުމްލަ އަދަދު 129 އަށް އަރައިފި އެވެ. ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މި ބަލީގައި މއިަދު އެންމެފަހުން ނިޔާވެފައިވަނީ އުމުރުން 78 އަހަރުގެ ފިރިހެނަކާއި، 68 އަހަރުގެ އަންހެނަކާއި، 79 އަހަރުގެ އަންހެނެއް ކަމަށެވެ. މިއެންމެންނަކީވެސް ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންއައި ފަރާތްތަކެވެ. އުމުރުން 79 އަހަރުގެ އަންހެން މީހާ ނިޔާވެފައިވަނީ މިއަދު އިރުއޮއްސި 6:40 ގައެވެ. އަދި […]

އަލީ އާދިލް
ކުއްލިނުރައްކަލުގެ ހާލަތު ޢިއުލާން ނުކޮށް އޮތުމަކީ، ބޮންގޮއްވި ބޮޑުންނަށް ލިބުނު ފުރުސަތެއް: ވައްޑޭ

ކުއްލިނުރައްކަލުގެ ހާލަތު ޢިއުލާން ނުކޮށް އޮތުމަކީ، ބޮންގޮއްވި ބޮޑުންނަށް ލިބުނު ފުރުސަތެއް: ވައްޑޭ

ކުއްލިނުރައްކަލުގެ ހާލަތު ހިންގުމުގެ ބާރުގެ ބޭނުން ނުހިފައިއޮތުމަކީ، ބޮންގޮއްވުމުގެ އަޑީގައިތިބި މީހުންނަށް ލިބުނު ފުރުސަތެއްކަމަށް އުނގޫފާރު ދާއިރާގެ މެންބަރު އިބްރާހީމް ވަހީދު (ވައްޑޭ) ވިދާޅުވެއްޖެއެވެ. ވައްޑޭ މިހެން ވިދާޅުވީ، މިއަދު ކުރެއްވި ޓްވީޓެއްގައެވެ. ވައްޑޭ ވިދާޅުވީ، ސަލާމަތީބާރުތަކަށް ފާހަގަކުރެވިފައިވާކަމަށް ބުނާ، މީހުން މެރުމަށް ފަސްނުޖެހޭ ހަރުކަށިފަރާތްތަކުން އެމީހުންގެ ކަންކަން ފޮރުވުމަށް ވަގުތު ދެވިގެން ނުވާނެ ކަމަށެވެ. އެ މީހުންނަށް އެ ފުރުސަތު ލިބުނަ ނުދިނުމަށް ކުއްލިނުރައްކާ ހ...

އަލީ އާދިލް
ހުޅުމާލޭ ފެސިޓީގައި އޮތް ބަލިމީކު ޕެނަޑޯލް ކާޑެއް ހޯދަން ގުޅި: ޝިޔާމް

ހުޅުމާލޭ ފެސިޓީގައި އޮތް ބަލިމީކު ޕެނަޑޯލް ކާޑެއް ހޯދަން ގުޅި: ޝިޔާމް

ހުޅުމާލޭ ކޯވިޑް ފެސިޓީގައި އޮތް ބަލިމީކު ޕެނަޑޯލް ކާޑެއް ހޯދަން މިއަދު ފޯނުކުރި ކަމަށް ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. ޝިޔާމް މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވި ގޮތުގައި ހުޅުމާލޭ ކޯވިޑް ފެސިޓީއަށް ޕެނަޑޯލް ކާޑެއް ފޮނުވައި ދިނުމަށް އެދި ގުޅީ އޭނާގެ ރަށްޓެއްސެއްކަމަށެވެ. ކޯވިޑަށް ފަރުވާ ހޯދަން އެ ފެސިލިޓީގައި އެޑްމިޓްކޮަށްފައި އޮތް ޝިޔާމްގެ ރައްޓެހި މީހާ ގުޅީ އޭނާގެ އަނބިކަނބަލުންނަށްކަމަށް ވެސް އޭނާ ވިދާޅުވިއެވެ. “‏ހުޅުމާލެ ކޯވިޑް ފެސިލިޓީއިން ގިނަ ޢަދަދަކަށް […]

އަލީ އާދިލް
އިސްމާޢީލް ފަތުޙީ ކޯވިޑް ބަލީގައި އަވާހާރަވެއްޖެ

އިސްމާޢީލް ފަތުޙީ ކޯވިޑް ބަލީގައި އަވާހާރަވެއްޖެ

ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިޔާ އިސްމާޢީލް ފަތުޙީ ކޯވިޑް-19 ބަލީގައި އަވާހާރަވެއްޖެއެވެ. ރާއްޖޭގެ ކުރީގެ އޮޑިޓަރ ޖެނަރަލްކަން ކުރައްވާފައިވާ، ޢުމުރުން 80 އަހަރުގެ އިސްމާޢީލް ފަތުޙީ އަވަހާރަވީ، ކޯވިޑް-19އަށް ޕޮޒިޓިވްވެގެން ދަރުމަވަންތަ ހޮސްޕިޓަލުގެ 17ވަނަ ފަންގިފިލާގައި ފަރުވާދެމުންދަނިކޮށް މިއަދު ހަވީރު 17:40 ގައެވެ. އިސްމާޢީލް ފަތުޙީއަކީ ރާއްޖޭގެ އޮޑިޓަރ ޖަނަރަލްގެ މަޤާމުގެ އިތުރުން މާލީ ދާއިރާގައި ދިގު މުއްދަތެއް ވަންދެން ޚިދްމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އަދި އިސްމާޢީލް ފަތުޙީވަނީ ފ...

ތިލަދުން
ތިލަދުންމަތި އިހަވަންދޫ ބަނދަރު ފުންކޮށް ނިމެނީ

ތިލަދުންމަތި އިހަވަންދޫ ބަނދަރު ފުންކޮށް ނިމެނީ

ހއ. އިހަވަންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، ބަނދަރު ފުންކުރުމުގެ މަސައްކަތުގެ 98 އިންސައްތަ ނިމިފައިވާ ކަމަށް އެމްޓީސީސީން ބުނެފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ ބަނދަރު ފުންކުރުމުގެ އިތުރުން އެއްގަމު ތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ފުރަތަމަ ޝިޕްމަންޓް މި މަހުގެ 20 ވަނަ ދުވަހު ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައިވާ ކަމަށެވެ. މި މަޝްރޫޢުގެ ދަށުން، 30,509 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 95 މީޓަރުގެ […]

އަޙްމަދު ވަހީދު
ހަނިމާދޫ ސްކޫލަށް 52 އަހަރު! އުންމީދުތައް ފުރިހަމަކުރުމަށް ހައްލުކުރަންޖެހޭ އެތައްކަމެއް

ހަނިމާދޫ ސްކޫލަށް 52 އަހަރު! އުންމީދުތައް ފުރިހަމަކުރުމަށް ހައްލުކުރަންޖެހޭ އެތައްކަމެއް

ހދ ހަނިމާދޫގައި، އެކިސިފަސިފާގައި ތަޢުލީމް ފޯރުކޮށްދެމުން އަންނަތާ މިހިގާ 2021 ވަނަ އަހަރުގެ މެއި މަހުގެ 19 ވަނަ ދުވަހަށް 52 އަހަރު ފުރުނީއެވެ. ހަނިމާދޫގައި ފުރަތަމަ ތަޢުލީމް ފޯރުކޮށް ދިނުމަށްޓަކައި ޢިމާރާތެއް ކުރެވިފައިވަނީ، އައްޑިހައިގެ އަހަރު ތަކުގެ ފަހުކޮޅުއެވެ. “ފީރޯޒްވިލާ” ކިޔާ ބިމުގައެވެ. “ހަނިމާދޫ މަކްތަބް”ގެ ނަމުން ނަންދެވުނު އެ މަދަރުސާގައި 1993 ވަނަ އަހަރާ ހިސާބަށް ތަޢުލީމް ފޯރުކޮށްދީފައި ވެއެވެ. ހަނިމާދޫ ރައްޔިތުން، ހަނިމާދޫ ހަނދުވަރީމަގާ ދިމާ އަތިރިމަތީގައި މަދަރުސާއެއް ބިނާކޮށް، އެ...

އިބްރާހިމް ޚަލީލް
އެންމެ ރަނގަޅަށް ކޮޕީފަތް އިންދާ ހައްދާނޭގޮތް - ހުބާ ޕްލާންޓްސް

އެންމެ ރަނގަޅަށް ކޮޕީފަތް އިންދާ ހައްދާނޭގޮތް - ހުބާ ޕްލާންޓްސް

ކޮޕީފަތަކީ ދިވެހިންގެ ތެރޭގައި އެންމެ މަޤުބޫލު އެއް ފަތް ތަރުކާރީއެވެ. މިއީ ހައްދަން ފަސޭހަ އެއްޗަކަށް ވުމުން ރާއްޖޭގެ ހުރިހާ ހިސާބެއްގައިވެސް ކޮޕީފަތް ހައްދަމުން ގެންދެއެވެ. ކުރި ކެނޑުން ކޮޕީފަތް ރާއްޖޭގައި އަބަދުވެސް ހައްދައި އުޅެނީ ކުރި ޖަހައިގެންނެވެ. މުޑުވައް ކުރަން ރަނގަޅީ ބަލި ނުޖެހި ހުރި ގަހަކުން ކުރި ނަގައިގެނެވެ. ކުރި ނެގުމުގައި ބަލާނީ ގާތްގަނޑަކަށް ފަންސުރެއްގެ ފަލަ މިނުގެ ތަނޑިލާފައި ހުރި، 6 އިންޗި ދިގުމިނުގެ ކުރި ނެގުމަށެވެ. ތޫނު ވަޅިއެއް ނުވަތަ ޕްރޫނިންގ […]

ހުބާ ޕްލާންޓްސް
މެންބަރު އަޙްމަދުގެ އެހީތެރިކަން މުރައިދޫއަށް

މެންބަރު އަޙްމަދުގެ އެހީތެރިކަން މުރައިދޫއަށް

ކޯވިޑްގެ ހާލަތުގެ ސަބަބުން ފުރަބަންދު ހާލަތުގައި އޮތް ހއ. މުރައިދޫއަށް، ރައްޔިތުންގެ މަޖިލީހުގައި އެރަށް ތަމްސީލް ކުރަށްވާ، ބާރަށު ދާއިރާގެ މެންބަރު އަޙްމަދު ޢަބުދުﷲ ކަނޑުމަސް ހަދިޔާ ކުރަށްވައިފިއެވެ. މިގޮތުން މެންބަރު އަޙްމަދު މިއަދު ވަނީ އެރަށަށް 235 ކިލޯގެ ތާޒާ ކަނޑުމަސް ހަދިޔާ ކުރަށްވާފައެވެ. މުރައިދޫ ކައުންސިލްގެ ރައީސް އަލީ ސިނާން “ތިލަދުން”އަށް ވިދާޅުވީ، މެންބަރު އަހްމަދު ވަރަށް ގާތުން މުރައިދޫ ރައްޔިތުންގެ ހާލު ބައްލަވަމުން ގެންދަވާ ކަމަށެވެ. “އެމްޕީ ގުޅުއްވާނެ ކޮންމެ ދުވަހަކު، ރައްޔިތުނ...

ޙުސައިން ޝަހުދީ
އިންތިހާބެއްގައި ވާދަކޮށް ކާމިޔާބުވުމަކީ، ނުރައްކާ ނެތިދާ ސަބަބެއްކަމަށް ނުދެކެން: ޝަމީމް

އިންތިހާބެއްގައި ވާދަކޮށް ކާމިޔާބުވުމަކީ، ނުރައްކާ ނެތިދާ ސަބަބެއްކަމަށް ނުދެކެން: ޝަމީމް

އިންތިހާބެއްގައި ވާދަކޮށް ކާމިޔާބުވުމަކީ، ނުރައްކާ ނެތިދާ ސަބަބެއްކަމަށް ދައުލަތުން ނުދެކޭކަމަށް ޕްރޮސިކިއުޓާ ޖެނަރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެ އެވެ. ޝަމީމް މިހެން ވިދާޅުވީ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތުގައި ފުލުހުންގެ ބަންދުގައި ހުއްޓާ ގދ. ގައްދޫ ކައުންސިލްގެ ރައީސް ކަމަށް އިންތިހާބުވެވަޑައިގެން މަގާމުގެ ހުވާކުރައްވައި އޮފީހަށް ނުކުންނަވަން ފައްޓަވާފައިވާ މުހައްމަދު އަހުމަދު (އެމްޑީ) ބަންދުން ދޫކޮށްލި އަމުރު ހައިކޯޓުން މިއަދު ބާތިލްކުރުމާއި ގުޅޭ ހަބަރެއް ހިއްސާކުރައްވާ ކުރެއްވ...

އަލީ އާދިލް
ފުރަބަންދަކަށް ނުގޮސް މާލެ ސަރަހައްދުގެ ފިޔަވަޅުތައް ވަރުގަދަ ކުރަނީ

ފުރަބަންދަކަށް ނުގޮސް މާލެ ސަރަހައްދުގެ ފިޔަވަޅުތައް ވަރުގަދަ ކުރަނީ

ފުރަބަންދަކަށް ނުގޮސް، ކޯވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް މާލެ ސަރަހައްދު (މާލެ، ހުޅުމާލެ، ވިލިނގިލި، ގުޅީފަޅު، ތިލަފުށި، ހުޅުލެ)ގައި އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަ ކުރަން ސަރުކާރުން ނިންމައިފިއެވެ. ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަޒީޒު ވިދާޅުވީ ކޯވިޑުގެ ބަލިމަޑުކަމުން އަރައިގަތުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން މިމަހުގެ 26 ވަނަ ދުވަހުން ފެށިގެން މާލެ ސަރަހައްދުގައި އިތުރު ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާ ކަމަށެވެ. “ލޮކްޑައުންއެއް ކުރުމަށް ނިންމާފައެއް ނުވޭ...

ޙުސައިން ޝަހުދީ