ރާއްޖެ ކޯވިޑް ބަލީގައި އަނެއްކާ ވެސް ދެ މީހަކު ނިޔާވެއްޖެ ރާއްޖޭގެ ކޯވިޑް ބަލީގެ ހާލަތު ގޯހުން ގޯހަށް ގޮސް އަނެއްކާ ވެސް އިތުރު ދެމީހުން ނިޔާވެއްޖެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ނިޔާވެފައި ވަނީ 78 އަހަރުގެ ފިރިހެނަކާއި އަދި 85 އަހަރުގެ ފިރިހެނެކެވެ. މިބަލީގައި އިތުރު ދެ މީހުން ނިޔާވުމުން، މިއަދު މި ބަލީގައި ނިޔާވި މީހުންގެ އަދަދު 7 އަށް އެރީއެވެ. މިބަލީގައި އިއްޔެ ވެސް ވަނީ 6 މީހަކު ނިޔާވެފައެވެ. އަދި ރާއްޖެއިން މިހާތަނަށް މިބަލީގައި ޖުމްލަ 136 މީހަކު ވަނީ ނިޔާވެފައެވެ. މި […] ޖަލްވާން ޖާދުﷲ · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު އަލާމާތްތައް ހުރެގެން ޑޮކްޓަރަށް ދެއްކި މީހަކާއިއެކު 5 މީހެއް ނޭކުރެންދޫން ޕޮޒިޓިވްވެއްޖެ ހދ .ނޭކުރެންދޫން 6 މީހުން ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ. ނޭކުރެންދޫ ސިއްހީ މަރުކަޒުން ހާމަކޮށްފައިވާ މައުލޫމާތު އެނގޭގޮތުގައި، ހޯމްކަރަންޓީނުގައި ތިބި 5 ފަރާތެއްގެ ކިބައިން ކޯވިޑަށް ޝައްކުކުރެވޭ އަލާމަތްތައް ފެނުމާ ގުޅިގެން ނެގި ސާމްޕަލްވަނީ ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައެެވެ. މި 5 ފަރާތް ޕޮޒިޓިވް ވުމާ ގުޅިގެން އިތުރު 14 ދުވަހުގެ މުއްދަތަށް މިފަރާތްތައް ތިބި 2 ގެއެއްވަނީ ކަރަންޓީނުކުރެވިފައެވެ. މީގެ އިތުރުން، ކޯވިޑުގެ އަލާމަތްްތައް ފެނިގެން ޑޮކްޓަރަށް ދެއްކި ފަރާތެއްގެ ސާމްޕަލްވަނީ އެރަށުން ޕ... އައިޝަތު އިލްމާ އަދުނާން · 5 އަހަރު ކުރިން
ޚަބަރު އިޖުތިމާއީ ކޮމިޓީގެ މުގައްރިރަކަށް އިހަވަންދޫ ދާއިރާގެ މެންބަރު ޝިފާއު ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގެ މުގައްރިރުގެ މަޤާމަށް އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު އިންތިހާބުކޮށްފި އެވެ. ޝިފާއު އެ މަޤާމަށް އިންތިހާބުކޮށްފައިވަނީ ކޮމިޓީގައި ވޯޓްދެއްވި 9 މެންބަރުންގެ ތެރެއިން 7 މެންބަރުންގެ ތާއީދު ލިބިވަޑައިގެންނެވެ. އިޖުތިމާއީ ކޮމިޓީގެ މުގައްރިރުކަމަށް ކުރިމަތިލައްވަފައިވަނީ ޝިފާއުގެ އިތުރުން މަޑަވެލި ދާއިރާގެ މެންބަރު ހުސައިން ފިރުޝާނެވެ. އިޖުތިމާއީ ކޮމިޓީގެ މުގައްރިރުގެ މަޤާމުގައި ހުންނެވި ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސާގެ މައްޗަށް... އަލީ އާދިލް · 5 އަހަރު ކުރިން
ރާއްޖެ ކައުންސިލަރުންގެ މާލީ ބަޔާން ހުށަހެޅުމުގެ ސުންގަޑި މިމަހުގެ 27 އަށް ކައުންސިލަރުންގެ މާލީ ބަޔާން މިމަހުގެ 27 ވަނަ ދުވަހުގެ ކުރިން ކައުންސިލްތަކަށް ހުށަހެޅުމަށް އަންގައިފި އެވެ. ދިވެހިރާއްޖޭގެ އިދާރީދާއިރާތައް ލާމަރުކަޒީ އުސޫލަށް ހިންގުމުގެ ގާނޫނަށް އަމަލުކުރުމުގެ ގޮތުން، ސިޓީ ކައުންސިލްގެ މޭޔަރުންނާއި، އަތޮޅު އަދި ރަށު ކައުންސިލްގެ ރައީސުން އަދި ކައުންސިލަށް އިންތިހާބުވި މެންބަރުންގެ މާލީ ބަޔާން ހުށަހެޅުމަށް ލޯކަލް ގަވަރމެންޓް އޮތޯރެޓީ (އެލްޖީއޭ) އިން މިހާރުވަނީ އަންގާފަ އެވެ. އެލްޖީއޭގެ އިއުލާންގައިވާ ގޮތުން، ކައުންސިލަށް ހޮވޭ ކޮންމެ މެންބަރަކު އިންތިހާބުވުމާއެ... އައިޝަތު އިލްމާ އަދުނާން · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ވެލިފިނޮޅާއި އަލިދުއްފަރުފިނޮޅު އަދި ކުޑަފަރުފަސްގަނޑުގެ އަގު ކުޑަކޮށްފި ރިސޯޓުތައް ތަރައްގީ ކުރަން މިދިޔަ މަހު ބީލަމަށް ހުޅުވައިލި ހއ. ވެލިފިނޮޅާއި ހއ. އަލިދުއްފަރުފިނޮޅު އަދި ހދ. ކުޑަފަރުފަސްގަނޑުގެ އަގު ކުޑަކޮށްފި އެވެ. ޓޫރިޒަމް މިނިސްޓްރީންވަނީ އުތުރުގެ މި 3 ރަށް ހިމެނޭހެން 23 ރަށުގެ އިކުއިޒިޝަން ކޯސްޓްވެސް ކުޑަކޮށްފަ އެވެ. އެ މިނިސްޓްރީން ނެރުނު އިއުލާނެއްގައި ބުނެފައިވާގޮތުގައި 16 ރިސޯޓެއް ހަދަން ދޫކުރާ މި 23 ރަށުގެ އަގު ދަށްކުރީ ކޮވިޑް-19 އާ ގުޅިގެން އިންވެސްޓް ކުރުމަށް އައިބަދަލާއެކުގައެވެ. ރިސޯޓު ތަރައްގީ ކުރަން ދޫކުރި ރިސޯޓުތަކާއި އަގަށް ގެނައި […] އަޙްމަދު ވަހީދު · 5 އަހަރު ކުރިން
ކުޅިވަރު ކަޅު ފަންގަސް އަކީ ގައިންގަޔަށް އަރާ ބައްޔެއް ނޫން: ޑރ. މައުރޫފް ކަޅު ފަންގަސް އަކީ ގައިންގަޔަށް އަރާ ބައްޔެއް ނޫން ކަމަށް ޑރ. މައުރޫފް ހުސައިން ވިދާޅުވެއްޖެއެވެ. ކަޅު ފަންގަސް އަކީ ކޯވިޑަށް ފަރުވާ ކުރުމުގައި ގިނައިން ސްޓެރޮއިޑް ނަގަން ޖެހުމުގެ ސަބަބުން ނުވަތަ އެނޫންވެސް ސަބަބަކާއި ހެދި ދިފާޢީ ބާރު ދަށްވެފައިވާ މީހުންގެ ގަޔަށް އާންމުގޮތެއްގައި ވެސް މާޙައުލުގައި ހުންނަ ފޫ ނުވަތަ ފަންގަސްގެ ވައްތަރެއް ބާރުގަދަ ކުރުމުން ޖެހޭ ބައްޔެއް ކަމަށް ޑރ. މައުރޫފް ވިދާޅުވިއެވެ. “މި ވައްތަރުގެ ފަންގަސް ވެރިވެގަންނަނީ ސައިނަސް ތަކަށާއި، ހަންގަނޑާއި، […] ޝިއުނާ އާދަމް · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު މަކުނުދޫން 4 މީހަކު، ފީވަކުން އެކަކު ޕޮޒިޓިވްވެއްޖެ ހދ. މަކުނުދޫން 4 މީހަކު އަދި ށ. ފީވަކުން އެކަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ. މަކުނުދޫ ސިއްހީ މަރުކަޒުން ހާމަކުރި ކޯވިޑާގުޅޭ އެންމެ ފަހުގެ މައުލޫމާތަށް ބަލާއިރު އެރަށުން ޕޮޒިޓިވްވެފައިވާ މީހަކާ ޑައިރެކްޓް ކޮންޓެކްޓްވި އިތުރު 4 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އެހެންކަމުން އެރަށުގެ އެކްޓިވް ކޭސްތަކުގެ އަދަދު ވަނީ 10 އަކަށް އަަރައިފައެވެ. އެރަށުން ޖުމްލަ 587 ސާމްޕަލް އެއް ނެގިފައިވާއިރު، 571 ސާމްޕަލްވަނީ ނެގަޓިވްވެފައެވެ. މަކުނުދޫން ޖުމްލަ 14 ފަރާތެއް ފޮޒިޓިވްވެފައިވާއިރު، 4 ފަރާތެއް ވަނީ މިބަލިނ... އައިޝަތު އިލްމާ އަދުނާން · 5 އަހަރު ކުރިން
ރާއްޖެ ބަންގާޅު ކަނޑުގައި އުފެދުނު ކޮޅިގަނޑު ބާރުގަދަވެ ތޫފާނަކަށް ބަދަލުވެއްޖެ ބަންގާޅު ކަނޑުގައި އުފެދުނު ކޮޅިގަނޑު ބާރުގަދަވެ ތޫފާނަކަށް ބަދަލުވެއްޖެއެވެ. މި ތޫފާނަށް ދީފައިވާ ނަމަކީ “ޔަސް” އެވެ. އެކަންހާމަކޮށް ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ބުނީ މި ތޫފާނު ދަތުރުކުރަމުން ދާނީ އުތުރު ހުޅަނގު އުތުރަށް ރާއްޖެއާއި ދުރަށް ކަމަށެވެ. “މި ތޫފާނުގެ ސީދާ އަސަރު އަސަރު ރާއްޖެއަށް ނުކުރާނެ. ނަމަވެސް ހުޅަނގު މޫސުމުގެ ބާރުގަދަވުމާއި ގުޅިގެން ރާއްޖޭގެ ސަރަހައްދުގައި ކުރިއަށް އޮތް 2 ދުވަހުވެސް ވައިގަދަވެ އަދި ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭ،” […] ޔުމްނާ ޢަލީ · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު އިހަވަންދޫ އިމަގުގެ "ނަވުރުމާ" ޕްރޮގްރާމް ނިންމާލައިފި ހއ. އިހަވަންދޫ މަސްވެރިންގެ ގުޅުން، (އިމަގު)އިން މިދިޔަ ބަރަކާތްތެރި ރަމަޟާންމަހުގައި އިންތިޒާމްކޮށްގެން ކުރިއަށް ގެންދިޔަ “ނަވުރުމާ” ޕްރޮގްރާމް ނިންމާލައިފިއެެވެ. އިމަގުގެ ރަސްމީ ފޭސްބުކް ޕޭޖް މެދުވެރިކޮށް ނަވުރުމާގެ ފަހު އެޕިސޯޑްގެ ގުރުލުން އިއްޔެވަނީ ކުރިއަށް ގެންގޮސްފައެވެ. މި އެޕިސޯޑުގައި ފިތުރު އީދު ދުވަހަށް ހާއްސަކޮށް ހުޅުވައިލި 3 ސުވާލަށް ނުވަތަ މަސައްކަތް ފުރިހަމަކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ނަސިީބުވެރި 3 ފަރާތެއްވަނީ ގުރުއަތުން ނަގައިފައެވެ. ނަވުރުމާ ޕްރޮގާރާމަކީ “ގިވްއަވޭ” ޕްރޮގްރ... އައިޝަތު އިލްމާ އަދުނާން · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ކުޅުދުއްފުށިން އިތުރު 4 މީހަކު ޕޮޒިޓިވް، އެކްޓިވް ކޭސްތަކުގެ އަަދަދު 17ގައި! ކުޅުދުއްފުށި ސިޓީއިން ކޯވިޑް-19 އަށް އިތުރު 4 މީހުން ޕޮޒިޓިވްވެ، އެ ސިޓީގެ އެކްޓިވް ކޭސްތަކުގެ އަދަދު 17 އަށް އަަރައިފިއެވެ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) އިން ވިދާޅުވީ، ޕޮޒިޓިވްވެފައިވަނީ މިމަހުގެ 22 ދުވަހާއި އަދި 23 ވަނަ ދުވަހުގެ އިރުއޮއްސި 6:00 ގެ ކުރިން ނެގިފައިވާ 116 ސާމްޕަލްގެ ތެރެއިން 4 ސާމްޕަލް ކަމަށެވެ. ޕޮޒިޓިވްވެފައިވަނީ ކޯވިޑް-19 އަށް ޝައްކުކުރެވޭ އަލާމަތްތައް ފެނިގެން ނެގުނު 4 ސާމްޕަލް ކަމަށް ވެސް އެ ހޮސްޕިޓަލުން ވިދާޅުވިއެވެ. […] ޙުސައިން ޝަހުދީ · 5 އަހަރު ކުރިން
ރާއްޖެ ކޯވިޑް ބަލީގައި މިއަދު ނިޔާވި މީހުންގެ އަދަދު 5އަށް އަރައިފި ރާއްޖެއިން ނުރައްކާތެރި ކޯވިޑް-19 ބަލީގައި އިތުރު 2 މީހަކު ނިޔާވެއްޖެއެވެ. ނިޔާވެފައި ދެ ދިވެހިންނެވެ. އެއީ 93 އަހަރުގެ ފިރިހެނަކާއި އަދި 85 އަހަރުގެ ފިރިހެނެކެވެ. މިބަލީގައި އިތުރު ދެ މީހުން ނިޔާވުމުން، މިއަދު މި ބަލީގައި ނިޔާވި މީހުންގެ އަދަދު 5 އަށް އެރީއެވެ. މިބަލީގައި އިއްޔެ ވެސް ވަނީ 6 މީހަކު ނިޔާވެފައެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން މައުލޫމާތު ދެއްވާ ގޮތުގައި ނިޔާވި ދެ މީހުންނަކީ ވެސް ހުޅުމާލޭ ކޯވިޑް ފެސިލިޓީގައި ފަރުވާ […] ޖަލްވާން ޖާދުﷲ · 5 އަހަރު ކުރިން
ރިޕޯޓް ލިބޭ އެންމެ ބޮޑު ހިތްވަރަކީ މުރައިދޫ ރައްޔިތުންގެ ކިޔަމަންތެރިކަން ހއ. މުރައިދޫ ރައްޔިތުން މިހާރު ތަޖުރިބާ ކުރަމުންދާ ކޯވިޑް-19ގެ ހާލަތުން އަރައިގަތުމަށް ލިބޭ އެންމެބޮޑު ހިތްވަރަކީ އެރަށުގެ ރައްޔިތުންގެ ކިޔަމަންތެރިކަމާއި، ދައްކާ ނަމޫނާއެވެ. އެވާހަކަތައް މިނޫހަށް ހިއްސާކޮށްދެއްވީ، މުރައިދޫ ކައުންސިލްގެ ރައީސް އަލީ ސިނާންއެވެ. އެވާހަކަތަކަށް ދިޔުމުގެ ކުރީން މުރައިދޫއަށް ކުރިމަތިވި ހާލަތުން ތަންކޮޅެއް ތިލަކޮށްލާނަމެވެ. މުރައިދޫ ރައްޔިތުންނަށް ސިހުމެއް މިމަހުގެ 18 ވަނަ ދުވަސް ވެގެން ދިޔައީ މުރައިދޫގެ ރައްޔިތުންނަށް ސިހުން ގެނުވި ދުވަހަކަށެވެ. އެދުވަހަކީ މިފަހުން ރ... ޙުސައިން ޝަހުދީ · 5 އަހަރު ކުރިން
ރާއްޖެ ކަނޑިތީމުން 9 މީހަކު، މިލަންދޫ 6 މީހަކު ޕޮޒިޓިވްވެއްޖެ ށ. އަތޮޅު ކަނޑިތީމުން އިތުރު 9 މީހަކު އަދި އެ އަތޮޅު މިލަންދޫއިން އިތުރު 6 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ. ކޯވިޑްގެ ހާލަތުގެ ސަބަބުން އެ ދެރަށް ވެސް އޮތީ މޮނިޓަރިން ހާލަތުގައެވެ. ކަނޑިތީމު ސިއްހީ މަރުކަޒުން ހާމަކުރެއްވި އެންމެފަހުގެ މައުލޫމާތަށް ބަލާއިރު އެރަށުން އިތުރު 9 މީހަށް މިބަލިޖެހުނުއިރު، އެރަށުގެ އެކްޓިވް ކޭސްތަކުގެ ޢަދަދު ވަނީ 76 އަށް އަރާފައެވެ. ނަގާފައިވާ ސާމްޕަލުތަކުން ނަތީޖާ ނުލިބި ވަނީ ދެ ސާމްޕަލެކެވެ. އެރަށުން މިހާތަނަށް 794 ސާމްޕަލެއް […] ޝިއުނާ އާދަމް · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ކޮމަންޑޫ މަސްވެރިންގެ ޖަމިއްޔާގެ އެހީއާއިއެކު ށ.އަތޮޅު ތައުލީމީ މަރުކަޒުގައި ފުޓްސަލް ދަނޑެއް އަޅަނީ ށ. ކޮމަންޑޫ، މަސްވެރިންގެ ފެއާޓްރޭޑް ޖަމިއްޔާގެ އެހީތެރިކަމާއެކު ށ. އަތޮޅު ތައުލީމީ މަރުކަޒުގައި ފުޓްސަލް ދަނޑެއް ގާއިމުކުރުމުގެ މަސައްކަތް ފަށައިފިއެވެ. ކޮމަންޑޫގައި ހުންނަ ށ. އަތޮޅުގެ ތައުލީމީ މަރުކަޒުގައި އެރަށުގެ “މަސްވެރިންގެ ފެއާޓްރޭޑް ޖަމިއްޔާ”ގެ އެހީތެރިކަމާއެކު ގާއިމުކުރުމަށް ހަމަޖެހިފައިވަނީ 100 ފޫޓާއި 50 ފޫޓް ޓާފް ފުޓުސަލް ދަނޑެއްކަމަށް ކޮމަންޑޫ ކައުންސިލްގެ ރައީސް މުހައްމަދު ސިނާން “ތިލަދުން”އަށް ވިދާޅުވިއެވެ. މަސްވެރިންގެ ފެއާޓްރޭޑް ޖަމިއްޔާއިން މިހާރު ވަނީ މި ދަނޑު އެޅުމަށް ބޭނުންވ... އައިޝަތު އިލްމާ އަދުނާން · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ވަށަފަރުން 2 މީހަކު، މުރައިދޫން އިތުރު 3 މީހަކު ޕޮޒިޓިވްވެއްޖެ ހއ. ވަށަފަރު ހޯމް ކަރަންޓީނުގައި ތިބި ދެ މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެ އެވެ. ވަށަފަރުން މިނޫހަށް މައުލޫމާތު ހިއްސާކުރި މީހަކު ބުނީ، އެރަށު ގެއެއްގައި ހޯމް ކަރަންޓީނު ތިބި ދެ މީހަކު ކޯވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށް އެރަށު ސިއްހީ މަރުކަޒުން ރޭ ވިދާޅުވެފައިވާ ކަމަށެވެ. އެ ދެމީހުންނާއި ކޮންޓެކްޓް ވެފައިވާ އެއްވެސް މީހަކު ވާނަމަ ލަސް ނުކުރަށްވާ ކަމާބެހޭ ފަރާތްތަކަށް މައުލޫމާތު ހިއްސާ ކުރުމަށް އެރަށު ސިއްހީ މަރުކަޒުން އެދިލައްވާފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ. މީގެއިތުރުން އެ […] ޔުމްނާ ޢަލީ · 5 އަހަރު ކުރިން