ބައިނަލްއަގުވާމީ "އިންޑިއަން ވޭރިއަންޓް" ކިޔާތީ އެގައުމުން ނުރުހިއްޖެ ކޯވިޑް-19ގެ “އިންޑިއަން ވޭރިއަންޓް”އާ ގުޅޭގޮތުން ޕޯސްޓްކޮށްފައިވާ ކޮންޓެންޓުތައް ސޯޯޝަލް މީޑީޔާއިން ނެގުމަށް އެދި އިންޑިއާގެ އިންފޮމޭޝަން ޓެކްނޮލޮޖީ މިނިސްޓްރީން ސޯޝަލް މީޑިއާ ކުންފުނިތަކުގައި އެދިއްޖެއެވެ. ދުނިޔޭގެ އެންމެ ބޮޑު އެއް ނޫސް އޭޖެންސީ ރޮއިޓާޒް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ހުކުރުދުވަހު ފޮނުވާފައިވާ މި ސިޓީ އެ އޭޖެންސީ އަށް ވަނީ ލިބިފައިއެވެ. އިންޑިއާ އިން މިގޮތަށް އެދިފައިވަނީ އެ ގައުމުން ފެނުނު މި ވޭރިއަންޓަށް “އިންޑިއަން ވޭރިއަންޓް” އޭ ކިޔާތީ އެގައުމުގެ ނަން ކިލަނބުވާތީއެވެ. އެ ގަ... އަޙްމަދު ވަހީދު · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ފަލަސްތީނަށް އެހީވާން ފައިސާ އެއްކުރުމުގެ ހަރަކާތެއް ނޮޅިވަރަންފަރުގައި ފަށައިފި އިޒްރޭލްގެ ރަޙްމެއްނެތް އުދުވާނުގެ ވޭން ތަހައްމަލު ކުރަމުންދާ ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިވުމަށް ފައިސާ އެއްކުރުމުގެ ހަރަކާތެއް ހދ. ނޮޅިވަރަންފަރުގައި ފަށައިފިއެވެ. މި ހަރަކާތަކީ ނޮޅިވަރަންފަރު ޒުވާނުން އިސްނަގައިގެން، އެރަށުގެ ކައުންސިލާއި ގުޅިގެން އަދި ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު ޢަބުދުﷲ (މޮސްޓާ)ގެ އެހީތެރިކަމާއެކު ކުރިއަށް ގެންދާ ހަރަކާތެކެވެ. މި ހަރަކާތް މިއަދު އެރަށުގައި ފެށީ ނޮޅިވަރަންފަރު ރައްޔިތުން ފަލަސްތީނާއެކު ތިބިކަން އަންގައިދިނުމުގެ ގޮތުން ކުރިއަށް ގެންދި... ޙުސައިން ޝަހުދީ · 5 އަހަރު ކުރިން
ބައިނަލްއަގުވާމީ އިޒްރޭލުގެ ލާއިންސާނީ އަމަލުތައް ދިފާޢުކުރުމުން ނަސް ޑެއިލީގެ 18 މިލިއަން ފޮލޯވަރުން ގެއްލިއްޖެ އިޒްރޭލުގެ ލާއިންސާނީ އަމަލުތައް ދިފާޢުކުރާ މޭރުމަކުން ކުރި ޕޯސްޓެއްގެ ސަބަބުން މަޝްހޫރު ވީޑިއޯ ބްލޮގާ ނާސް ޑެއިލީގެ 18 މިލިއަން ފޮލޯވާސް ފޭސްބުކުން ގެއްލިއްޖެއެވެ. މިދިޔަ އާދިއްތަ ދުވަހު ނާސް ޑެއިލީގައި އަރަބީންނާއި ޔަހޫދީންނާއި ގުޅޭ ގޮތުން ކުރި ޕޯސްޓުގެ ކުރިން އެ ޕޭޖުގައި 38 މިލިއަން ފޮލޯވަރުން ތިއްބެވެ. ހަފްތާއެއް ނުވަނީސް މި އަދަދު މިވަނީ 20 މިލިއަނަށް ވެއްޓިފައެވެ. ނާސް ޑެއިލީ މަޝްހޫރުކަން ހޯދައިފައިވަނީ 1 މިނިޓެޑުގެ 1000 ވީޑީއޯ ދުނިޔޭގެ އެތައް ޤައުމަކަށް ދަތުރުކޮށް […] ތިލަދުން · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ކެލާ ފުޓްބޯޅަ ދަނޑުގެ ރޮސްޓްރަމް ގާއިމުކުރަން ހަވާލުކޮށްފި ހއ. ކެލާ ފުޓްބޯޅަ ދަނޑުގައި ރޮސްޓްރަމެއް ގާއިމުކުރުމުގެ މަސައްކަތް ހަވާލުކޮށްފިއެވެ. މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ފަރާތުން މި މަސައްކަތް ހަވާލުކުރީ، ރަފް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއެވެ. ރަފް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއި މިި މަސައްކަތް ހަވާލުކުރުމަށް ބުރާސްފަތި ދުވަހު ޔޫތު މިނިސްޓްރީގައި އޮތް ރަސްމިއްޔާތުގައި ޔޫތު މިނިސްޓަރު އަހްމަދު މަޚްލޫފާއި، ކެލާ ދާއިރާގެ މެންބަރު އިބްރާޙީމް ޝަރީފް (ކެލާ އިބްރޭ) ބައިވެރިވެ ވަޑައިގަތެވެ. މި މަސައްކަތުގެ އަގަކީ 3.8 މިލި... ޔުމްނާ ޢަލީ · 5 އަހަރު ކުރިން
ވިޔަފާރި އެސް.އެސް ރަށު ޕިކަޕްގެ އާ ޝިޕްމަންޓެއް ގެނެސް ބެސްޓް ބަޑީން ވިއްކަން ފަށައިފި ބެޓެރީ ވެހިކަލް ރާއްޖެ އެތެރެކޮށް ވިއްކަމުން އަންނަބެސްޓް ބަޑީއިން ކޮލިޓީ ރަނގަޅު އެސް.އެސް ރަށުޕިކަޕްގެ އާ ޝިޕްމަންޓެއް ގެނެސް ވިއްކަން ފަށައިފިއެވެ. ބެސްޓް ބަޑީގެ އޮފިސަލަކު މަޢުލޫމާތުދެމުން ވިދާޅުވީ، އެސް.އެސް ރަށުޕިކަޕްގެ ސްޕެއަރޕާރޓްސް ޔަޤީންކަމާއެކު މިހާރު އެފިހާރައިން ލިބޭނެކަމަށެވެ. ބެސްޓް ބަޑީއިން1200 ވޯޓުގެ ޕިކަޕެއް ވިއްކަނީ 35،000 ރުފިޔާއަށެވެ. މިއީ ރަށު ޕިކަޕްގެ އެންމެ ބޮޑެތި ސައިޒެވެ. ރަށު ޕިކަޕަކީ ރަށްފުށުގެ މަސަކަތްތެރިންގެ ހިތެވެ. މަސައްކަތުގެ ވިންދެވެ. ހާއްސަކޮށް ކުޑަ ހަރަދަކުނ... އަޙްމަދު ވަހީދު · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ގެއްލިގެން ހޯދަމުންދާ ނޮޅިވަރަންފަރު ޒުވާނާ ރާއްޖެއަކުނެތް! ގެއްލިގެން ހޯދަމުންދާ ހދ. ނޮޅިވަރަންފަރު، މޯނިންގ ސަން، އުމުރުން 25 އަހަރުގެ މިސްބާޙް މުޙައްމަދު ރާއްޖޭގައި ނެތްކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ނޮޅިވަރަންފަރު ކައުންސިލުން ވިދާޅުވެއްޖެއެވެ. ނޮޅިވަރަންފަރު ކައުންސިލްގެ ރައީސް ޢަބުދުﷲ ނަދީމް “ތިލަދުން”އަށް ވިދާޅުވީ، އެ ޒުވާނާއާއިބެހޭ ޚަބަރެއް ލިބިފައިވޭތޯ ކައުންސިލްގެ ފަރާތުން އެރަށުގެ ޕޮލިސް ސްޓޭޝަނުން މައުލޫމާތު ހޯއްދެވިކަމަށެވެ. “އަޅުގަނޑުމެން މިދިޔަ ހަފްތާގައި ވާނީ ނޮޅިވަރަންފަރު ޕޮލިސް ސްޓޭޝަންގެ ފުލުހުންނާ ބައްދަލުވުމެއް ބާއްވާފައި، އެއީ... ތިލަދުން · 5 އަހަރު ކުރިން
ރާއްޖެ ކޯވިޑްގައި އިތުރު މީހަކު ނިޔާވެ، މިމަހު ނިޔާވި މީހުންގެ އަދަދު 50 އަށް ކޯވިޑު-19 ގައި މިއަދު ރާއްޖެއިން ދެވަނަ މީހަކު ނިޔާވެ މިބަލީގައި ރާއްޖެއިން ނިޔާވި މީހުންގެ އަދަދު 122 އަށް އަރައިފި އެވެ. ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މި ބަލީގައި އެންމެފަހުން ނިޔާވެފައިވަނީ އުމުރުން 59 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އޭނާ އަކީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންދިޔަ މީހެއް ކަމަށާއި އޭނާ ނިޔާވެފައިވަނީ މިއަދު ހަވީރު 4:15 ހާއިރު ކަމަށް އެޗްޕީއޭ އިން ބުނެއެވެ. މިއީ މި މަހު މި ބަލީގައި […] އިބްރާހިމް އަސްވާޤް · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ފަލަސްތީނަށް އެހީވުމުގެ ގޮތުން ނެއްލައިދޫގައި ހާއްސަ ހަރަކާތްތަކެއް ފަލްސްތީނު ރައްޔިތުނަށް ދެމުންގެންދާ ހަމަލާތައް ކުށްވެރިކޮށް، ފަލަސްތީނަށް އެހީވުމުގެ ގޮތުން ހދ.ނެއްލައިދޫގެ ކައުންސިލާއި ރަށުގެ ޒުވާނުން ގުޅިގެން ހދ.ނެއްލައިދޫގައި ހާއްސަ ހަރަކާތްތަކެއް ފަށައިފިއެވެ. މިހަރަކާތް މިމަހުގެ 29 ވަނަ ދުވަހާ ހަމައަށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާއިރު، ނެއްލައިދޫގެ ގޭގެއަށް ފަންޑުފޮށި ހިފައިގެން ޒިޔާރަތްކޮށް ޖުމްލަ 35،700 ރުފިޔާ އާއި 118 ޑޮލަރު އިއްޔެގެ ހަރަކާތުން ލިބިފައިވާކަމަށް ނެއްލައިދޫ ކައުންސިލްގެ ރައީސް މުހައްމަދު އަލީފް ވިދާޅުވިއެވެ. މިމަހުގެ 29 ވަނަ ދުވަ... އައިޝަތު އިލްމާ އަދުނާން · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ކޭއާރުއެޗްގައި އަލިފާނުގެ ހާދިސާއިން ރައްކާތެރިވުމަށް ބޭނުންވާ ނިޒާމެއް ގާއިމުކޮށްދޭނެ ބަޔަކު ހޯދަނީ ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓް (ކޭއާރުއެޗް)އަށް އަލިފާނުގެ ހާދިސާއިން ރައްކާތެރިވުމަށް ބޭނުންވާ ތަކެތި ފޯރުކޮށްދީ އެފަދަ ނިޒާމެއް ގާއިމްކޮށްދޭނެ ބަޔަކު ހޯދަން އިއުލާންކޮށްފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ނެރުނު އިއުލާނެއްގައި ބުނީ މި ކަމަށް ޝައުގުވެރިވާ ފަރާތްތަކުން ބީލަމުގައިބައިވެރިވުމަށް މާދަމާއިން ފެށިފެން މި މަހުގެ 27ގެ ނިޔަލަށް ރެޖިސްޓަރ ކުރުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. ރަޖިސްޓަރ ކުރަން ޖެހޭނީtenders@mtcc.com.mv އަށް އީމެއިލް ކޮ... އަޙްމަދު ވަހީދު · 5 އަހަރު ކުރިން
ވިޔަފާރި ފަރެސްމާތޮޑާ އެއާޕޯޓުގެ މަސައްކަތް ބާރަށް ކުރިއަށް ގދ. ފަރެސްމާތޮޑާ އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް ހަލުވި ކަމާއެކު ކުރިއަށްދާ ކަމަށް އެ އެއާޕޯޓުގެ މަސައްކަތް ކުރަމުން އަންނަ މޯލްޑިވްސްޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނިގޮތުގައި އެއާޕޯޓުގެ ރަންވޭއާއި ޓާނިން ޕެޑްގެ ސަބްގްރޭޑް މަސައްކަތް މިހާރު ވަނީ ނިމިފައެވެ. ފަރެސްމާތޮޑާ އެއާޕޯޓުގެ ރަންވޭގެ ސަބްގްރޭޑް މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ކޮނުމުގެ މަސައްކަތް އެމްޓީސީސީން ފެށީ މި އަހަރުގެ ޖެނުއަރީ މަހުގައެވެ. މި މަޝްރޫއުގެ ދަށު... އަޙްމަދު ވަހީދު · 5 އަހަރު ކުރިން
ރާއްޖެ ކޯވިޑް ބަލީގައި 48 އަހަރުގެ ދިވެހިއްސަކު ނިޔާވެއްޖެ ކޯވިޑް-19އަށް ފަރުވާ ހޯދަމުން ދިޔަ 48 އަހަރުގެ ދިވެހި ފިރިހެނަކު ނިޔާވެއްޖެއެވެ. މިއީ ކޯވިޑް-19 ޖެހިގެން ރާއްޖެއިން ނިޔާވި 121 ވަނަ މީހާއެވެ. ހެލްތް ޕްރޮޓެކްޝަން އެޖެންސީން (އެޗްޕީއޭ) އިން ވިދާޅުވިގޮތުގައި އޭނާއަކީ ހުޅުމާލޭ ފެސިލިޓީގައި ފަރުވާއަށް އެޑްމިޓް ކޮށްފައި އޮތް މީހެކެވެ. އޭނާ ނިޔާވީ މެންދުރު 12:02 ގައެވެ. ހުޅުމާލޭ ފެސިލިޓީގައި ފަރުވާއަށް އެޑްމިޓް ކޮށްފައި އޮތް 57 އަހަރުގެ ދިވެހި އަންހެނެއް ވެސް ރޭ އިރާކޮޅު ނިޔާވިއެވެ. ރާއްޖެއިން ރެޔާއި ހަމައަށް ޖުމްލަ 52،045 […] ޝިއުނާ އާދަމް · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ރައްޔިތުން ނުރުހުމުން އިޒްރޭލަށް ތާއީދު ކުރި އިންޑިއާ ޓީޗަރު ޅައިމަގުން ބާލައިފި ށ. ޅައިމަގު ސްކޫލްގައި މަސައްކަތްކުރާ އިންޑިއާ ޓީޗަރަކު މީސް މީޑިއާގައި ހައްދުފަހަނައަޅާފައިވާ އިޒްރޭލަށް ތާއީދުކޮށް ލިޔުމުން އެކަމާއި ޅައިމަގު ރައްޔިތުން ނުރުހުން ފާޅުކުރުމުން އޭނާ އެރަށުން ބާލައިފިއެވެ. ޅައިމަގު ކައުންސިލްގެ ރައީސް އާދަމް އަޒްމީރު “ތިލަދުން”އަށް ވިދާޅުވީ، އެ ޓީޗަރު އިޒްރޭލަށް ތާއީދުކޮށް ފޭސްބުކްގައި ކުރި ޕޯސްޓާ ގުޅިގެން އޭނާ ހުރީ އިއްޔެ ސަސްޕެންޑު ކޮށްފަކަމަށެވެ. “ސްކޫލުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި އޭނާ އިއްޔެ ސަސްޕެންޑް ވެސް ކޮށްފި، އެ ޑިޔުކޭޝަނުން ދިޔައީ އެ މައްސަލަ ބ... ޔުމްނާ ޢަލީ · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ބާރަށު ރައްޔިތުން، މުރައިދޫ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދީފި ހއ. ބާރަށު ރައްޔިތުން، އެއަތޮޅު މުރައިދޫ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދީފިއެވެ. ކޯވިޑް-19އާއި ގުޅިގެން މިމަހުގެ 18 ވަނަ ދުވަހުން ފެށިގެން މުރައިދޫ އޮތީ އަރާ ފޭބުން މަނާކޮށް، އަދިވެސް މޮނިޓަރިން ހާލަތުގައެވެ. މިހާލަތުގައި ބާރަށު ރައްޔިތުން، މުރައިދޫ ރައްޔިތުންނަށް މި ފޯރުކޮށްދިން އެހީތެރިކަމާއި ގުޅިގެން ބާރަށު ކައުންސިލުން ވިދާޅުވެފައި ވަނީ، މި އެހީތެރިކަމަކީ، މުރައިދޫ ރައްޔިތުންގެ ތެރެއިން ބަޔަކު ކޯވިޑް19 އަށް ޕޮޒިޓިވް ވުމާއި ގުޅިގެން އެރަށް މޮނީޓަރިންގެ ހާލަތުގައި އޮތުމުން އެރަށުގެ ރައްޔ... ޙުސައިން ޝަހުދީ · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ދިއްދޫން އިތުރުބަޔަކު ޕޮޒިޓިވްވެ، އެކްޓިވް ކޭސްތަކުގެ އަދަދު 50އަށް އަރައިފި ހއ. ދިއްދޫއިން އިތުރު ބަޔަކު ކޯވިޑަށް ޕޮޒިޓިވްވެ އެރަށުގެ އެކްޓިވް ކޭސްތަކުގެ އަަދަދު 50 އަށް އަރައިފިއެވެ. ދިއްދޫގައި ހުންނަ ހއ. އަތޮޅު ހޮސްޕިޓަލުން ހާމަކުރަށްވާފައިވާ މައުލޫމާތަށް ބަލާއިރު ދިއްދޫން އިއްޔެ ވަނީ އަލަށް 10 މީހަކަށް ކޯވީޑް ބަލިޖެހިފަ އެވެ. މިގޮތުން އިއްޔެ ހަވީރު 17:20ގައި އެ ހޮސްޕިޓަލުން ހާމަކުރެއްވި މައުލޫމާތުގައި އަލަށް 5 މީހަކު އެރަށުން ވަނީ ޕޮޒިޓިވްވެފައެވެ. އަދި ރޭ 23:15ގައި އާންމު ކުރެއްވި މައުލޫމާތުގައި ވެސް އަލަށް 5 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. […] ޔުމްނާ ޢަލީ · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު މުރައިދޫން އަނެއްކާވެސް އިތުރު 6 މީހަކު ޕޮޒިޓިވްވެއްޖެ ހއ. މުރައިދޫއިން އަނެއްކާ ވެސް އިތުރު 6 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ. މެއި 20 ވަނަ ދުވަހު ވެސް އެރަށުން ވަނީ 6 މީހަކު ޕޮޒިޓިވްވެފައެވެ. މިއާއިއެކު މުރައިދޫގެ އެކްޓިވް ކޭސްތަކުގެ އަދަދު ވަނީ 13 އަށް އަރާފަ އެވެ. އެރަށުން ފުރަތަމަ މީހަކު ޕޮޒިޓިވްވީ މެއި 18 ވަނަ ދުވަހުއެވެ. އެއީ ކޯވިޑް-19ގެ އަލާމާތްތައް ފެނިގެން އެރަށު ސިއްހީ މަރުކަޒަށް ދެއްކި މީހެކެވެ. އެ މީހާއަކީ މިފަހުން ދަތުރެއް ވެސް ކޮށްފައިނުވާ، ޓްރެވަލް […] ޙުސައިން ޝަހުދީ · 5 އަހަރު ކުރިން