ރާއްޖެ ދިވެހި ކުޅިވަރުގެ ހިދުމަތްތެރިޔާ މާދިހު އިސްމާއީލް ނިޔާވެއްޖެ ދިވެހިރާއްޖޭގެ ކުޅިވަރުގެ ދާއިރާއަށް ދިގުމުއްދަކަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވަމުންއައި މާދިހު އިސްމާއީލް ކުއްލި ގޮތަކަށް ނިޔާވެއްޖެ އެވެ. މާދިހު އިސްމާއީލް ނިޔާވީ ރޭގެ ވަގުތެއްގައި އައިޖީއެމްއެޗް ހޮސްޕިޓަލްގައެވެ. ނިޔާވިއިރު އުމުރަކީ 51 އަހަރެވެ. މާދިހުގެ ޢާއިލާއިން ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވާފައިވާ ގޮތުގައި އޭނާ ނިޔާވީ ހޮޑުލެވި، ހޭނެތުމުން އަޖީއެމްއެޗް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށެެވެ. މާދިހު އިސްމާއީލް އަކީ ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ޝާހު އިސްމާއީލް އާއި... ޔުމްނާ ޢަލީ · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު މަކުނުދޫން އިތުރު 8 މީހަކު ޕޮޒިޓިވްވެ، ހދ. އަތޮޅުގެ އެކްޓިވް ކޭސްތަކުގެ އަދަދު 105އަށް ހދ. މަކުނުދޫން އިތުރު 8 މީހަކު ކޯވިޑަށް ޕޮޒިޓިވްވެ، ހދ. އަތޮޅުގެ އެކްޓިވް ކޭސްތަކުގެ އަދަދު 105 އަށް އަރައިފިއެވެ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް)އިން ވިދާޅުވީ މަކުނުދޫ އަލަށް ޕޮޒިޓިވްވި 8 މީހުންގެ ތެރޭގައި ހިމެނެނީ މަކުނުދޫ ފްލޫ ކްލިނިކުން ނެގި ސާމްޕަލްތަކުން ޕޮޒިޓިވްވި ސާމްޕަލަކާއި، ކޮންޓެކްޓު ޓްރޭސިން ސާމްޕަލްތަކުގެ ގޮތުގައި ނެގި ސާމްޕަލަކުން ޕޮޒިޓިވްވި 7 ސާމްޕަލެއް ކަމަށެވެ. މަކުނުދޫގައި މިބަލީގެ 11 މީހަކު މިހާރު ތިބިއިރު އެރަށް ރޯގާގެ ޢަލާމަތްތައް ހުރެގެން ފްލޫ […] ޙުސައިން ޝަހުދީ · 5 އަހަރު ކުރިން
ރާއްޖެ 12 ހަފްތާވާއިރުު ކޮވިޝީލްޑްގެ 2 ވަނަ ޑޯޒް ނުލިބުނަސް، 6 މަސްތެރޭ ލިބިއްޖެނަމަ އަލުން ފަށަން ނުޖެހޭނެ! އިންޑިއާގެ ކޮވިޝީލްޑް ވެކްސިނުގެ ފުރަތަމަ ޑޯޒު ޖެހިއިތާ 6 މަސް ފަހުންވެސް 2 ވަނަ ޑޯޒު ޖެހޭނެ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ލަފާ ދީފައިވާ ކަމަށް ޑރ. އަހުމަދު ފައިސަލް ވިދާޅުވެއްޖެ އެވެ. ވެކްސިން ޕްރަގްރާމްގައި އިސްކޮށް ހުންނެވި ޑރ. ފައިސަލް ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ 12 ހަފްތާވާއިރުު ކޮވިޝީލްޑްގެ ދެވަނަ ޑޯޒް ނުލިބުނަސް 6 މަސްތެރޭ ލިބިއްޖެނަމަ އަލުން ފަށަން ނުޖެހޭނެ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ލަފާ ދީފައިވާ ކަމަށެވެ. “ސަބަބަކީ އެއީ ފުރަތަމަ […] އަލީ އާދިލް · 5 އަހަރު ކުރިން
ޚަބަރު ސަފާރީއަކުން ފީނަން ފޭބި އިނގުރައިދޫ ޒުވާނަކު ނިޔާވެއްޖެ ސަފާރީއަކުން ފީނަން ފޭބި އިނގުރައިދޫ ޒުވާނަކު ނިޔާވެއްޖެ އެވެ. ފުލުހުން ވިދާޅުވީ އދ. ދަނގެތީ ފަޅުގައި އޮތް ބުލޫފޯރސް 1 ނަމަކަށް ކިޔާ ސަފާރީއަކުން ޑައިވިނަށް ގޮސް އުޅުނު ޒުވާނަކު މިރޭ 22:30 ނިޔާވެފައިވާކަމަށެވެ. ފުލުހުން ވިދާޅުވީ ނިޔާވެފައިވަނީ ރ. އިނގުރައިދޫ، ވެސްޓް ބީސްޗް މުމްތާޒް ހުސައިން އެވެ. 32 އަޖަރުގެ މިޒުވާނާގެގެ ހަބަރެއް ނުވެގެން ބެލި އިރު ފެނިފައިވަނީ ސަފާރީ އާއި ދިމާލު މޫދު އަޑީގައި އޮއްވައެވެ. “އެމީހާ ނެގިއިރު އެއްވެސް ހަރަކާތެއް ނެތް ކަމަށް […] އަލީ އާދިލް · 5 އަހަރު ކުރިން
ރާއްޖެ ދޮޅުމަސް ތެރޭގައި ކުޑަކުދިންގެ ހިޔާގައި އަލިފާނުގެ 3 ހާދިސާއެއް ހިނގާފައިވާތީ އާކްގެ ކަންބޮޑުވުން އުމުރުން 13 އަހަރާއި 18 އަހަރުގެ ކުދިން ބެލެހެއްޓުމަށް ދައުލަތުގެ ބެލުމުގެ ދަށުގައި ހިންގަމުން އަންނަ ކުޑަކުދިންގެ ހިޔާ މަރުކަޒުގައި ދޮޅު މަސް ދުވަހުގެ ތެރޭގައި އަލިފާނުގެ ތިންވަނަ ހާދިސާއެއް ހިނގާފައިވާތީ، އެޑްވޮކޭޓިން ދަ ރައިޓްސް އޮފް ޗިލްޑްރެން (އާކް) އިން އެކަމާ ކަންބޮޑުވުން ފާޅުކޮށްފި އެވެ. ރާއްޖޭގެ ކުޑަކުދިންގެ ހައްގުގައި މަސައްކަތް ކުރާ ޖަމިއްޔާއެއް ކަމުގައިވާ އާކް މޯލްޑިވްސް އިން މިކަން ހާމަކުރީ މި މަހުގެ 6 ވަނަ ދުވަހު ކުޑަކުދިންގެ ހިޔާގައި ދިރިއުޅޭ ކުދިންގެ […] އަޙްމަދު އަރުޝަމް · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ފަލަސްތީނަށް އެހީތެރިވުމަށް ކެލާ ރައްޔިތުން 26،900 ރުފިޔާ ހަދިޔާކޮށްފި ހއ. ކެލާ ރައްޔިތުން ވެސް ފަލަސްތީނުގެ ލޮބުވެތި ރައްޔިތުންނާއެކު ތިބިކަން ހާމަކޮށްދީ، އެ ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން 26،900 ރުފިޔާ ހަދިޔާކޮށްފިއެވެ. މިފައިސާއަކީ، ކެލާ ރައްޔިތުންގެ ފަރާތުން ފަލަސްތީނުގެ އަޚުންނާއި އުޚުތުންނަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް ކެލާ ކައުންސިލުން އިސްނަގައިގެން ހިންގި ފައިސާއެއްކުރުމުގެ ހަރަކާތުން ލިބުނު ފައިސާއެވެ. މިގޮތުން ކެލާ ކައުންސިލުން ވަނީ އެ ކައުންސިލް އިދާރާގައި ބެހެއްޓި ފަންޑު ފޮށްޓަށް ލިބުނު 26900 ރުފިޔާ އިންޓަނޭޝަނަކް އެއިންޕޭންގެ އެކައުންޓަށް އި... ޙުސައިން ޝަހުދީ · 5 އަހަރު ކުރިން
ރާއްޖެ ޢަދާވާތްތެރިކަން ކުޑަ މުޖުތަމަޢެއް ބިނާކުރުމުގެ އަަސާސީ މަގަކީ ތަޢުލީމާއި ތަރުބިއްޔަތު ދިނުމުގެ މަގު: ޑރ. ޝަހީމް ޢަދާވާތްތެރިކަން ކުޑަ މުޖުތަމަޢެއް ބިނާކުރުމުގެ އަަސާސީ މަގަކީ ތަޢުލީމާއި ތަރުބިއްޔަތު ދިނުމުގެ މަގުކަމަށް ކުރީގެ އިސްލާމީ ޔުނިވަރސިޓީގެ ޗާންސެލަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ. ޑރ. ޝަހީމް ވިދާޅުވީ ޤާނޫނަށް ގެންނަ ބަދަލުގެ ސަބަބުން އިސްލާމީ ޝަރީޢަތުގައި ކަނޑައެޅި ބަޔާންވެގެންވާ ހެޔޮކަންކަމަށް އަމުރުކޮށް ނުބައިކަންތައް ނަހީކުރުމުގެ، މަތިވެތި އަސާސަށް އެއްވެސް އުނިކަމެއް އައިސްގެން ނުވާނެކަމަށެވެ. ޝަހީމް މިހެން ވިދާޅުވީ، ލާދީނީ ގޮވުން ހުއްޓުވުމަށް ސަރުކާރުން ހުށަހެޅި ބިލާއި ގު... ޖަލްވާން ޖާދުﷲ · 5 އަހަރު ކުރިން
ރާއްޖެ މަރުހަބާ ޝާހިދު: އދގެ އާންމު މަޖިލީހުގެ ރައީސްކަން ކާމިޔާބު ކުރައްވައިފި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އދ. ގެ އާންމު މަޖިލީހުގެ ރައީސް ކަން ކާމިޔާބުކުރައްވައިފި އެވެ. މިރޭ ބޭއްވި އިންތިހާބުގައި ޝާހިދު އެ މަގާމަށް ހޮވި ވަޑައިގެންނެވީ އަފްޣާނިސްތާނުގެ ކުރީގެ ހާރިޖީ ވަޒީރު ޑރ. ޒަލްމާއި ރަސޫލް އާއި ވާދަ ކުރައްވަ އެވެ. މިރޭ ނެގި ވޯޓްގައި އާންމު މަޖިލީހުގައި ހިމެނޭ 193 މެންބަރު ގައުމަކުން ލީ ސިއްރު ވޯޓެކެވެ. މިނިސްޓަރު ޝާހިދަށް ލިބިވަޑައިގަތީ 191 ވޯޓުގެ ތެރެއިން 143 ވޯޓުންނެވެ. އާންމު މަޖިލީހުގައި ހިމެނޭ […] އަލީ އާދިލް · 5 އަހަރު ކުރިން
ރާއްޖެ ނަޝީދު ޖަލުން މިނިވަންކުރީ 12 މެންބަރުންގެ މަސައްކަތާއެކު، އެކަމަކު ދިނީ ދޯކާ: ލަތީފް ކުރީގެ ރައީސް، މިހާރުގެ މަޖިލިސް ރައީސް މުޙައްމަދު ނަޝީދު ޖަލުން މިނިވަންވީ 12 މެންބަރުންގެ ވެސް މަސައްކަތާއެކު ކަމަށާއި، ނަމަވެސް 12 މެންބަރުންނަށް ނަޝީދު ވެވަޑައިގަތް ވަޢުދާ ވަނީ ޚިލާފުވެ ވަޑައިގެންފައި ކަމަށް ދިއްދޫ ދާއިރާގެ ކުރީގެ މެންބަރު އަބުދުއްލަތީފް މުހައްމަދު ވިދާޅުވެއްޖެއެވެ. ލަތީފް އެ ވިދާޅުވި 12 މެންބަރުންނަކީ ކުރީގެ ސަރުކާރުގެ ދުވަސްވަރު އެ ސަރުކާރުގެ އަނިޔާވެރިކަމާދެކޮޅަށް ކަމަށްބުނެ، އޭރު ވެރިކަމުގައި އޮތް ޕީޕީއެމް ދޫކޮށް އޭރުގެ އިދިކޮޅާއި ގުޅިވަޑައިގަތް 12 މެންބަރުން ކަމަށް ބެލެ... ތިލަދުން · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ތިލަދުންމަތީ ހަނިމާދޫ ބަނދަރު ހަދަން ބޭނުންވާ ބޮޑު ހިލަ ސައިޓަށް ގެންގޮސްފި ހދ. ހަނިމާދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢަށް ބޭނުންވާ ބޮޑުހިލައިގެ ދެވަނަ ބާރޖް މިއަދު ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައި ވާކަމަށް އެމްޓީސީސީއިންބުނެފިއެވެ. މި މަޝްރޫޢުގެ ދަށުން ބަނދަރަށް އަލަށް އިތުރު ކުރެވޭ ސަރަޙައްދުގެ 53،522.50 ކިއުބިކް މީޓަރުގެ ފުންކުރުމަށް ހަމަޖެހިފައި ވާއިރު، 31،575.50 ކިއުބިކްމީޓަރުގެ ސަރަޙައްދެއް، ބަނދަރަށް ވަދެވެން އޮންނަ ދިމާ ނެރު ފުންކުރާނެއެވެ. އަދި 355 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި 270 މީޓަރުގެ ސަރަޙައްދެއްގައިއެއްގަމު ތޮށި ލުމުގެ މަސައްކަތް ވެސް މި... އަޙްމަދު ވަހީދު · 5 އަހަރު ކުރިން
ވިޔަފާރި އުރީދޫ ފެންޓަސީ ލީގުގެ ވަނަތަކަށް އަގުހުރި އިނާމުތަކެއް ޔޫރޯ 2020 ގެ ފުޓުބޯޅަ ފޯރި އާއި ގުޅިގެން އުރީދޫ މޯލްޑިވްސްއިން ޔޫރޯ ފެންޓަސީ ފުޓްބޯލް 2020ގައި “އުރީދޫ ފެންޓަސީ ލީގް” ގެ ނަމުގައި މުބާރާތެއް އިއުލާނު ކޮށްފިއެވެ. މި ލީގުގައި ބައިވެރިވާ ފަރާތްތަކުން ވާދަކޮށް ލީގު ނިމޭއިރު އެންމެ މަތިން ވަނަ ހޯދާ 10 ފަރާތަކަށް އަގު ހުރި އިނާމްތަކެއްވެސް ލިބިގެންދާނެއެވެ. މިއީ މިގޮތަށް އުރީދޫ މޯލްޑިވްސްއިން އިންތިޒާމް ކުރާ ދެވަނަ ފެންޓަސީ ފުޓްބޯޅަ މުބާރާތެވެ. 2018ވަނަ އަހަރު ފީފާ ވޯލްޑް ކަޕް އާއި ގުޅިގެން […] އަޙްމަދު ވަހީދު · 5 އަހަރު ކުރިން
ބައިނަލްއަގުވާމީ ޗައިނާގެ ޕްރޮޕެގަންޑާ ފަތުރަން ޓްވިޓާގައި ފޭކު އެކައުންޓުތަކުގެ ލަޝްކަރެއް ޗައިނާއަށް ޓްވިޓާގައި ބާރު ލިބުނީ އެ ގައުމުގެ ސަރުކާރުގެ ޕްރޮޕެގަންޑާ ފަތުރާ ފޭކް އެކައުންޓުތަކަކުން ކަމަށް އޮކްސްފޯޑު ޔުނިވާސިޓީގެ އިންޓަނެޓް އިންސްޓިޓިއުޓް އިން ބުނެފިއެވެ. އެސޯސިއޭޓެޑް ޕްރެސް އާއި އޮކްސްފޯޑު ގުޅިގެން ކުރި މި ދިރާސާއަކީ ހަތް މަސް ދުވަހުގެ މުއްދަތަކަށް ކުރި ދިރާސާއެކެވެ. މި ދިރާސާގައި ބުނެފައިވާގޮތުގައި ޗައިނާގެ މި ފޭކް އާމީ އިން އެ ގައުމުގެ ޑިޕްލޮމެޓުން ޓްވީޓުތައް ރީޓްވީޓު ކުރެއެވެ. އެހެންކަމުން ގިނަ ބަޔަކަށް އެ މައުލޫމާތު ފޯރުވެއެވެ. އެ އެކައުންޓުތަކުން މި […] އަޙްމަދު ވަހީދު · 5 އަހަރު ކުރިން
ރާއްޖެ ހއ. އަތޮޅުން ފެށިގެން ދ. އަތޮޅަށް ވައިޓް އެލާޓް ނެރެފި ހއ. އަތޮޅުން ފެށިގެން ދ. އަތޮޅަށް ވައިޓް އެލާޓް ނެރެފިއެވެ. ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ނެރުނު ސަމާލުގެ މެސެޖްގައި ބުނެފައި ވަނީ، ހއ. އަތޮޅުން ފެށިގެން ދ. އަތޮޅަށް 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި ކަނޑުތައް ގަދަވާނެ ކަމަށާއި ބައެއް ރަށްރަށަ،ް އުދައަރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. މެޓް އޮފީހުން ޔެލޯ އެލާޓް ނެރެފައި ވަނީ މިރޭގެ 20:00 އާ ހަމައަށެވެ. ރާއްޖޭގެ މޫސުން […] ޖަލްވާން ޖާދުﷲ · 5 އަހަރު ކުރިން
ވިޔަފާރި ކިނޮޅަހުގެ ފެނާއި ނަރުދަމާގެ 35 އިންސައްތަ މަސައްކަތް ނިމިއްޖެ ރ. ކިނޮޅަހުގެ ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކުރުމުގެ މަޝްރޫގެ 35 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް މޯލްޑިވްސް ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ(އެމްޑަބްލިޔުއެސްސީ) އިން ބުނެފިއެވެ. އެމްޑަބްލިޔުއެސްސީން ބުނީ، އެ މަޝްރޫއުގެ ފެނުގެ ނިޒާމުގައި ހިމެނޭ ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިން އިމާރާތުގެ 91 އިންސައްތަމަސައްކަތް ނިމިފައިވާ ކަމަށެވެ. އަދި ފެނުގެ ނިޒާމު ގާއިމު ކުރުމުގެ މަސަައްކަތުގެ ދަށުން 6.27 ކިލޯ މީޓަރުގެ ދިގު ފެން ހޮަޅީގެ މައި ނެޓްވޯކް އެޅުމާއި ފެން އުފެއްދުމަށްޓަކ... އަޙްމަދު ވަހީދު · 5 އަހަރު ކުރިން
ބައިނަލްއަގުވާމީ ޗައިނާއިން 180 މިލިއަން އަހަރުވެފައިވާ ސާރެއްގެ ކަށިތައް ފެނިއްޖެ ޗައިނާގެ ޔުނާން ޕްރޮވިންސުން 180 މިލިއަން އަހަރުވެފައިވާ ސާރެއްގައި ކަށިތަކެއް ފެނިއްޖެއެވެ. މި ކަށިތައް ފެނިފައިވަނީ ސާރުތައް ދިރާސާ ކުރާ “ޕޭލިއެންޓޮލޮޖިސްޓުން”ނަށެވެ. އެ މީހުން ބުނެފައިވާގޮތުގައި ސާރުގެ 70 އިންސައްތަ ކަށިތައް ވަނީ ފެނިފައެވެ. މި ސާރުގެ ދިގުމިނުގައި އަށް މީޓަރު ހުންނާނެ ކަމަށް ލަފާކޮށްފައިވާއިރު މި ސާރު ދުނިޔޭގައި ދިރިހުރީ ޖުރާސިކް އިރުގައި ކަމަށް ވަނީ ލަފާކޮށްފަ އެވެ. އެއީ މީގެ 145 މިލިއަން އަހަރާއި 201 މިލިއަން އަހަރު ކުރިއެވެ. ސާރުގެ ކަށިތައް ފެނިފައިވާ […] އަޙްމަދު ވަހީދު · 5 އަހަރު ކުރިން