ވައިކަރަދޫ ރައްޔިތުންގެ ފަރާތުން ފަލަސްތީން ފަންޑަށް 47849 ރުފިޔާ
ހދ.ވައިކަރަދޫގައި ހުރި މުއައްސަސާތަކުގެ މުވައްޒަފުން އިސްނަގައިގެން ފަލަސްތީނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭނުންވާ ފައިސާ ހޯދުމަށް ހިންގި ފަންޑްރައިޒް ހަރަކާތުން 47849.50 (ސާޅީސް ހަތްހާސް އަށްސަތޭކަ ސާޅިސް ނުވަރުފިޔާ ފަންސާސްލާރި) ލިބިއްޖެއެވެ. މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ 02 ޖޫން 2021 އިން 05 ޖޫން 2021 ގެ ނިޔަލަށެވެ. މި ހަރަކާތް ހަތަރު ދުވަހުގެ މުއްދަތަށް ކުރިއަށް ގެންގޮސްފައިވާއިރު، މި ހަރަކާތުގެ ދަށުން ވަނީ އެ ރަށުގެ ހަތަރު މުއައްސަސާއެއްގައި ފަންޑްފޮށި ބަހައްޓާފައެވެ. އެ މުއައް...