ރާއްޖެ ހަނިމާދޫ މޮނިޓަރިން ހާލަތަށް ގެނެސްފި ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ހދ. ހަނިމާދޫ މޮނިޓަރިން ހާލަތަށް ގެނެސްފިއެވެ. އެރަށް މޮނިޓަރިން ހާލަތަށް ގެނައީ އެރަށު ސިއްހީ މަރުކަޒު ފްލޫ ކްލިނިކަށް ދެއްކި ދެބެއިން ކޯވިޑް-19އަށް ޕޮޒިޓިވްވުމާއި ގުޅިގެން، އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށެވެ. އެ ދެބެއިން ޕޮޒިޓިވްވިކަން އެނގުނީ ހަވީރު 4 ޖަހާކަށް ހާއިރުއެވެ. އެއީ ބަލީގެ އަލާމާތް ހުރެގެން ފްލޫ ކްލިނިކަށް ދެއްކި ދެބެއިންނެވެ. ހަނިމާދޫ ސިއްހީ މަރުކަޒުން ވިދާޅުވީ، އެރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާތީ، ޑޮކްޓަރަށް ދައްކަން ސިއްހީ... ޝިއުނާ އާދަމް · 5 އަހަރު ކުރިން
ރާއްޖެ މިނިސްޓަރު މަޚްލޫފު މަސްއޫލިއްޔަތުތަކުން އެކަހެރިކޮށްފި ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފުގެ މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރިކޮށްފިއެވެ. ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ، މަޚްލޫފް މަސްއޫލިއްޔަތުން އެކަހެރިކުރީ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން ލިމިޓެޑް (އެމް.އެމް.ޕީ.އާރު.ސީ) ގެ ޚިޔާނާތުގެ މައްސަލައާއި އޭނާގެ މައްޗަށް ދައުވާ ކުރަން މިއަދު ފޮނުވުމުން ކަމަށެވެ. “ޕީޖީން ގޮތެއް ނިންމެވުމާއި ހަމައަށް މަޚްލޫފް މަސައްކަތުން އެކަހެރިވުމަށް ވާނީ އެންގިފައި” މަބްރޫކް ވިދާޅުވިއެވެ. އެމްއެމްޕީއާރުސީ... ޔުމްނާ ޢަލީ · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ހަނިމާދޫ ފްލޫ ކްލިނިކަށް ދެއްކި ދެބެއިން ޕޮޒިޓިވްވެއްޖެ، ސްކޫލް ދަރިވަރެއް ހިމެނޭ! ހދ. ހަނިމާދޫ ސިއްހީ މަރުކަޒު ފްލޫ ކްލިނިކަށް ދެއްކި ދެބެއިން ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ. ހަނިމާދޫ ސިއްހީ މަރުކަޒުގެ ސީނިއާ ކޮމިނިއުޓީ އޮފިސަރ ޒުބައިދާ އިބްރާޙީމް “ތިލަދުން”އަށް ވިދާޅުވީ، އެ ދެބެންނަކީ ބަލީގެ އަލާމާތް ހުރެގެން ފްލޫ ކްލިނިކަށް ދެއްކި ދެބެންކަމަށެވެ. އޭގެ ތެރޭގައި ހަނިމާދޫ ސްކޫލްގެ ގްރޭޑް 9 ގައި ތައުލީމް ހާސިލް ކުރަމުންދާ ދަރިވަރަކު ހިމެނެއެވެ. “އަލާމާތްތައް ހުރެގެން އެ ދެބެން ދެއްކީ، ރޯގާގެ އަލާމާތް ހުއްޓަސް އަޅުގަނޑުމެން މިދަނީ ޓެސްޓް ކުރަމުން، އިއްޔެ ކުރީ ދުވަހު […] ޔުމްނާ ޢަލީ · 5 އަހަރު ކުރިން
ރާއްޖެ އެމް.އެމް.ޕީ.އާރް.ސީގެ މައްސަލައާގުޅިގެން، މިނިސްޓަރ މަޚުލޫފަށް ދަޢުވާކުރުމަށް ޕީޖީ އޮފީހަށް ހުށަހަޅައިފި މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން ލިމިޓެޑް (އެމް.އެމް.ޕީ.އާރު.ސީ) ގެ ޚިޔާނާތުގެ މައްސަލައާއި ގުޅިގެން ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފުގެ މައްޗަށް ދަޢުވާކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ)ގެ އޮފީހަށް ހުށަހަޅައިފި ކަމަށް އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވިދާޅުވެއްޖެ އެވެ. އޭސީސީއިން މިއަދު ވިދާޅުވީ، އެމް.އެމް.ޕީ.އާރް.ސީގެ ޚިޔާނާތުގެ މައްސަލައާގުޅިގެން، ގ.ހާފްސީ، އަޙްމަދު މަޚުލޫފު އާއި އަޙްމަދު މުބީންގެ މައްޗަށް ދަޢުވާކުރުމަށްޓަކައި ޕީޖީ އޮފީހަށް... އަލީ އާދިލް · 5 އަހަރު ކުރިން
ވިޔަފާރި އޭދަފުށީ މަގު ހެދުމުގެ މަޝްރޫއުގެ 98 އިންސައްތަ މަސައްކަތް ނިމިއްޖެ ބ. އޭދަފުށީ މަގުތައް ހެދުމުގެ މަޝްރޫއުގެ 96 އިންސައްތަ މަސައްކަތް ނިމިއްޖެކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިންބުނެފިއެވެ. އެ ކުންފުނިން ބުނީ މި މަޝްރޫއުގެ ދަށުން، ފެންހިންދާ ޕަމްޕް ސްޓޭޝަން ހަރުކުރުމުގެ 98އިންސައްތަ މަސައްކަތް ވެސް ނިމިފައިވާ ކަމަށެވެ. މި މަޝްރޫޢުގެ ދަށުން، ފެންހިންދާ ނިޒާމެއް ޤާއިމު ކުރުމާއި، މަގުތަކުގައި ތާރު އެޅުމާއި، މަގުބައްތި ހަރުކުރުމާއި، މަގުމަތީ ނިޝާން ހަރުކުރުމާއި، ސްޕީޑް ބްރޭކަރުހަރުކުރުމުގެ މަސައްކަތް އެމްޓީސީސީން ކުރާނެއެވެ... އަޙްމަދު ވަހީދު · 5 އަހަރު ކުރިން
ރާއްޖެ ފަރުވާއަށް ވަޑައިގަންނަވަން އަލީ ވަހީދަށް ދިން މުއްދަތު ހަމަވެއްޖެ ޖިންސީ އަނިޔާއާގުޅޭ 7 ދަޢުވާއެއް އުފުލިފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު، ބޭސް ފަރުވާއަށް ރާއްޖޭން ވަޑައިގަތުމަށް ދިން ހަތަރު މަހުގެ މުއްދަތު ހަމަވެއްޖެ އެވެ. ޓޫރިޒަމް މިނިސްޓަރުގެ މަޤާމުގައި ހުންނަވައިގެން، އެ މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ އަނިޔާކުރިކަމުގެ 7 ދަޢުވާއެއް ކުރީގެ ޓޫރިޒަމް ޢަލީ ވަޙީދުގެ މައްޗަށް އުފުލުމާ ގުޅިގެން އޭނާގެ ޕާސްޕޯޓު ހިފެހެއްޓުމަށް 19 ޖަނަވަރީ 2021 ގައި ކްރިމިނަލް ކޯޓުން އަމުރުކޮށް، މައްސަލަތަކުގެ ޝަރީޢަތް ފެށުމަށްފަހު ޕާސްޕޯޓު ހިފެހެއްޓުމަށް ކުރި... އަލީ އާދިލް · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު 42 އަހަރުގެ އަގުހުރި ހިދުމަތަށްފަހު ދިއްދޫ މުހައްމަދު ނަޞީރު ރިޓަޔާ ކުރައްވައިފި 42 އަހަރަށްވުރެ ދިގު މުއްދަތަކަށް ދައުލަތަށް ޚިދުމަތްކޮށް ދެއްވި ހއ. ދިއްދޫ “ތިލަދޫ” މުޙައްމަދު ނަޞީރު އިއްުޔެ ރިޓަޔާ ކުރަށްވައިފިއެވެ. އޭނާ ރިޓަޔާ ކުރެއްވިއިރު ހުންނެވީ ތިލަދުންމަތީ އުތުރުބުރީ (ހއ) އަތޮޅު ކައުންސިލް އިދާރާގެ ޑިރެކްޓަރގެ މަޤާމުގައެވެ. މުޙައްމަދު ނަޞީރު ސަރުކާރުގެ ޚިދުމަތަށް އެންމެ ފުރަތަމަ ވެންނެވީ 29 މާރިޗް 1979 ގައި އެއަރ މޯލްޑިވްސްގެ އިނގިރޭސި ސެކްރެޓަރީކަމުގެ މަގާމަށެވެ. އޭގެފަހުން އިނގިރޭސި ވިލާތުން ހެޑްމާސްޓަރކަމުގެ ކޯސް ފުރިހަމަ ކުރައްވާ 1981 ގައި ތަޢުލީމީ ދާއިރާއާ ގުޅިވ... ޝިއުނާ އާދަމް · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ދިއްދޫ ހިއްކި ސަރަހައްދުގައި ޖަހާފައިހުރި ހިލަތަކުގެ ތެރެއަށް ކުނި ނޭޅުމަށް އެދެފި ހއ. ދިއްދޫ ހިއްކި ސަރަހައްދު ހިމާޔަތް ކުރުމަށްޓަކައި ޖަހާފައިވާ ހިލަތަކުގެ ތެރެއަށް އެއްވެސް ޒާތެއްގެ ކުންޏެއް ނޭޅުމަށް ދިއްދޫ ކައުންސިލްގެ އިދާރާއިން އެދެފިއެވެ. މިކަމާއި ގުޅިގެން އެ ކައުންސިލުން ކޮށްފައިވާ އިޢުލާނުގައި ބުނެފައިވަނީ ދިއްދޫ ހިއްކި ސަރަގައްދުގެ މޫދަށާއި ހިލަތަކުގެ ތެރެއަށް ކުނީގެ އިތުރުން ކެއިން ބުއިމަށް ބޭނުންކުރާ ކުނިވާޒާތުގެ ތަކެތި އަޅަމުންދާ ކަމުގެ ޝަކުވާ އެ ކައުންސިލަށް ލިބެމުންދާ ކަމަށެވެ. ކުނިވާޒާތުގެ ތަކެތި އެޅުމުގެ ސަބަބުން އެ ސަރަހައްދުގައި ވަސްނުބައިވެ ބުޅަލާއި އަދި އެ... އިބްރާހިމް ޚަލީލް · 5 އަހަރު ކުރިން
ރާއްޖެ އެމްއެމްސީގެ މައުލޫމާތުތައް އާންމުކުރަން އޮންލައިން ކުއިޒެއް ބާއްވަނީ މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ގެ މައުލޫމާތާއި ހިންގާ ހަރަކާތްތަކުގެ އިތުރުން އެހެނިހެން ކަންކަމާ ގުޅޭ ގޮތުން އާންމުން ހޭލުންތެރި ކުރުވުމުގެ ގޮތުން “މޯލްޑިވްސް މީޑިއާ ކައުންސިލް ކުއިޒް 2021” ނަމުގައި އޮންލައިން ކުއިޒެއް ބާއްވަން ނިންމައިފިއެވެ. މިކުއިޒް ބޭއްވުމަށް ހަމަޖެހިފައިވަނީ 1 ޖުލައި 2021 ފެށިގެން 30 ޖުލައި 2021 ގެ ނިޔަލަޔަށްކަމުގައި އެމްއެމްސީ ވިދާޅުވެއެވެ. އަދި ކުއިޒުގައި ބައިވެރިވުމަށް ރަޖިސްޓްރީވާން ހުޅުވާލާ މުއްދަތަކީ މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން ޖުލައި މަހުގެ 15 […] ތިލަދުން · 5 އަހަރު ކުރިން
ރާއްޖެ ސިޓީ ކައުންސިލްގެ ޖަލްސާތައް ލައިވް ކުރަން ވަނީ ފާސްކޮށްފައި: މުޢިއްޒު މާލޭ ސިޓީކައުންސިލްގެ ޖަލްސާތައް ލައިވްކޮށް ދެއްކުމަށް އެ ކައުންސިލްގެ ފުރަތަމަ ޖަލްސާގައި ފާސްކޮށްފައިވާ ކަމަށް މާލޭ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. މޭޔަރު ޑރ. މުޢިއްޒު މިއަދު ކުރެއްވި ދެ ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، މާލޭ ސިޓީ ކައުންސިލަކީ ދެފުއްފެންނަ ގޮތަށް ހިންގާ ކައުންސިލަކަށް ހެދުމަށްޓަކައި، އެ ކައުންސިލްގެ ޖަލްސާތައް ލައިވް ކުރުމަކީ ކައުންސިލްގެ ފުރަތަމަ ރަސްމީ ޖަލްސާގައި ފާސްކޮށްފައިވާ އެސްއޭޕީގައި ކަނޑައަޅާ ފާސްކޮށްފައި އޮތް ކަމެއް ކަމަށެވެ. އެކަމަށްޓަކައި ސިޓ... އަލީ އާދިލް · 5 އަހަރު ކުރިން
ކުޅިވަރު ބްރެޒިލް މޮޅުވިއިރު އާޖެންޓީނާ އަނެއްކާވެސް އެއްވަރު ދެކުނު އެމެރިކާގެ ވޯލްޑް ކަޕް ކޮލިފައިން ބުރުގައި ބުދަދުވަހު ބްރެޒިލް ޕެރަގުއޭއަތުން މޮޅުވިއިރު އާޖެންޓީނާއާއި ކޮލަމްބިއާ ބައްދަލކުރި މެޗު އެއްވަރު ވެއްޖެއެވެ. ޕެރަގުއޭގައި ކުޅުނު މި މެޗު ބްރެޒިލް ކާމިޔާބު ކޮށްފައިވަނީ 2-0 ގެ ނަތީޖާއިންނެވެ. ދެކުނު އެމެރިކާގެ ކޮލިފައިންގައި ބްރެޒިލް މިހާތަނަށް ކުޅުނު ހަ މެޗުވެސް ވަނީ ކާމިޔާބު ކޮށްފައެވެ. ކޮލިފައިންގައި ރަނގަޅު ނަތީޖާއެއް ނެރެމުން އަންނަ ބްރެޒިލުން ވަނީ މި މެޗުގައި ވެސް ރަނގަޅު ކުޅުމެއް ދައްކާފައެވެ. މިގޮތުން މެޗުގެ ވަރަށް ކުރީކޮޅު އެ […] އިބްރާހިމް ޚަލީލް · 5 އަހަރު ކުރިން
ރާއްޖެ ރާއްޖެއިން ކޯވިޑް ބަލީގައި ނިޔާވި މީހުންގެ އަދަދު 191 އަށް ކޯވިޑް ބަލީގައި މިއަދު މިހާތަނަށް ރާއްޖެއިން ދެ މީހަކު ނިޔާވެއްޖެއެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ވިދާޅުވި ގޮތުގައި، މިއަދު މިހާތަނަށް ނިޔާވެފައި ވަނީ ދިވެހި ދެ ފިރިހެނުން ކަމަށެވެ. އެއީ އުމުރުން 77 އަހަރުގެ މީހަކާއި 94 އަހަރުގެ މީހެކެވެ. މި ދެ މީހުންނަކީ ވެސް ހުޅުމާލޭ ކޯވިޑް ފެސިލިޓީގައި ފަރުވާ ދެމުން ދިޔަ ދެމީހުންނެވެ. 77 އަހަރުފެ މީހާ ނިޔާވީ ހެނދުނު 9:50 ގައެވެ. 94 އަހަރުގެ މީހާ ނިޔާވީ ހެނދުނު 10:31 ގައެވެ. […] ޔުމްނާ ޢަލީ · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ތިލަދުންމަތީ ދިއްދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ބާރަށް ކުރިއަށް ހއ. ދިއްދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ(އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުނންފުނިން ބުނީ މި މަޝްރޫއުގެ ދަށުން، މިހާރު ކުރިއަށް ދަނީ ޖިއޯ ބޭގުތަކަށް ވެލިއެޅުމުގެ މަސައްކަތް ކަމަށެވެ. މި މަޝްރޫއުގެ ދަށުން، ކޮނުމަށްފަހު ބިންގަޑު އެއްވަރުކުރަން 7،750 ކިއުބިކް މީޓަރުގެ ވެލިބޭނުންކުރުމާއި، ޖިއޯ ބޭގްސްއަށް އެޅުމަށް 1،926 ކިއުބިކް މީޓަރުގެ ވެލިބޭނުންކުރުމާއި، ރަށްގިރުމުން ސަލާމަތްކުރުމަށްޓަކައި 3... އަޙްމަދު ވަހީދު · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު މެމްބަރުން ވޯޓުލީގޮތް ނުހިމަނާ، ނައިވާދޫ ކައުންސިލުގެ ނިންމުންތައް އާންމުކުރަން ނިންމައިފި ހދ. ނައިވާދޫ ކައުންސިލުން ނިންމާނިންމުންތައް ވަކިން ލިޔެލުމަށްފަހު ހުރިހާ މެމްބަރުންގެ ސޮއިއާއިއެކު ވޯޓްލީގޮތް ނުހިމަނާ އާންމުކުރަން އެ ކައުންސިލުން ނިންމައިފިއެވެ. އެ ކައުންސިލުން މިގޮތަށް ނިންމާފައިވަނީ 27 މެއި 2021 ގައި ބޭއްވި އެ ކައުންސިލުގެ ހަތަރުވަނަ ދައުރުގެ ތިންވަނަ ޖަލްސާގައި ހުރިހާ މެމްބަރުންގެ އިއްތިފާގުންނެވެ. މިނިންމުން މިގޮތައް ނިންމާފައިވަނީ ކީއްވެތޯ “ތިލަދުން” ނޫހުން ކުރި ސުވާލަށް ޖަވާބު ދެއްވަމުން ނައިވާދޫ ކައުންސިލްގެ ރައީސް އަލީ ރަޝީދު މުޙައްމަދު ވިދާޅުވެފައިވަނީ ކައުންސިލުގެ... އިބްރާހިމް ޚަލީލް · 5 އަހަރު ކުރިން
ރާއްޖެ ރަޖިސްޓްރީ އާއި ލައިސެންސް ކާޑު އަމިއްލައަށް ނެގޭ ގޮތް ހަދައިފި މޯލްޑިވްސް ޓްރާންސްޕޯޓު އޮތޯރިޓީން ދޫކުރަމުންދާ ލައިސަންސް ކާޑާއި ރަޖިސްޓްރީތައް އަމިއްލައަށް ގޮސް ނެގޭނެ ހާއްސަ މެޝިނެއް ބަހައްޓައިފި އެވެ. މީގެ ކުރިން ކިއު ނަންބަރު ދޫކޮށްގެން އެ އޮތޯރިޓީގެ ކައުންޓަރުން އެކަން ކުރަމުން އައިނަމަވެސް މިއަދު އިފްތިތާޙްކުރި މި ޚިދުމަތާއިއެކު މިކަމަށްވެސް މިވަނީ ފަސޭހަތަކެއް ލިބިފައެވެ. އެ ހިދުމަތް މިއަދު ފައްޓަވައި ދެއްވީ ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާއެވެ. އެ މިިނިސްޓްރީން މިއަދު ކުރި ޓްވީޓެއްގައި ބުނީ, ލައިސަންސް ކާޑާއި ރަޖިސްޓަރީތައް ދެން ދޫކުރަމުންގެނ... ތިލަދުން · 5 އަހަރު ކުރިން