ތިލަދުންމަތީ ޚަބަރު ގެދޮރުގެ ދަތިކަން ކުރިމަތިވެ 1200 އެއްހާ މީހުން ބޯހިޔާވަހަކަމަށް ބޭނުންވެފައި އެބަތިބި: ކުޅުދުއްފުށީ ސިޓީ މޭޔަރ ގެދޮރުގެ ދަތިކަން ކުރިމަތިވެ 1200 އެއްހާ މީހުން ބޯހިޔާވަހަކަމަށް ބޭނުންވެފައި އެބަތިބިކަމަށް ކުޅުދުއްފުށީ ސިޓީ މޭޔަރ މުޙައްމަދު އާޠިފް ވިދާޅުވެއްޖެ އެވެ. ކުޅުދުއްފުށީ ސިޓީ މޭޔަރ މުޙައްމަދު އާޠިފް މިހެން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިއަދު ކުޅުދުއްފުށީ ސިޓީ ކައުންސިލާއެކު ބޭއްވެވި އޮންލައިން ބައްދަލުކުރެއްވުމުގައި، ވާހަކަދައްކަވަމުންނެވެ. މި ބައްދަލުކުރެއްވުމުގައި ކުޅުދުއްފުށީ ސިޓީ ކައުންސިލުގެ މޭޔަރ މުޙައްމަދު އާޠިފް ވަނީ ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލުކުރުމަށް ސ... އިބްރާހިމް އަސްވާޤް · 5 އަހަރު ކުރިން
ވިޔަފާރި ބަހުގެ ހިދުމަތް އެމްޓީސީސީއާ ހަވާލުކޮށްފި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ދެމުން އައި ބަހުގެ ހިދުމަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ރަސްމީކޮށްހަވާލުކޮށްފި އެވެ. ގްރޭޓާ މާލެ ޓްރާންސްޕޯޓް ލިންކުގެ މައި ބަސް ސްޓޮޕުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ބަހުގެ ހިދުމަތް ބަދަލު ކުރާ އެއްބަސްވުމުގައި އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ ޝާހިދު އަލީއެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ. މި އެއްބަސްވުމާއެކު އެމްޕީއެލްގެ ދަށުން [... އަޙްމަދު ވަހީދު · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ރައީސް ކުޅުދުއްފުށީ ކައުންސިލަރުންނާ ބައްދަލުކުރައްވައިފި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް، މިއަދު ކުޅުދުއްފުށީ ސިޓީ ކައުންސިލަރުންނާ ބައްދަލުކުރައްވައިފި އެވެ. މި ބައްދަލުކުރެއްވުމުގައި ކުޅުދުއްފުށީ ސިޓީ ކައުންސިލުގެ މޭޔަރ މުޙައްމަދު އާޠިފް އާއި މެންބަރުން ވަނީ ބައިވެރިވެފަ އެވެ. މިބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ އޮންލައިންކޮންނެވެ. މިބައްދަލުވުމުގައި އެސިޓީ އަށް ދިމާވެފައިވާ މައްސަލަތައް ހަލު ކުރުމާއި ގުޅޭގޮތުން މަޝްވަރާކުރެވިފައިވެއެވެ. އެގޮތުން އެސިޓީގައި ގިނަދުވަސްވެ ޖަމާވެފައިވާ ކުނިފުނިތައް ސަރުކާރުގެ އެހީތެރިކަމާއެކު ނަގައި ކުނީގެ މައ... އިބްރާހިމް އަސްވާޤް · 5 އަހަރު ކުރިން
ރާއްޖެ ދުނިޔެމަތީ އަދަބު ދެވިދާނެ، އިރާދަކުރެއްވިއްޔާ ނިކަމެތި ކަމެއް ނުލިބޭނެ: ޑރ. އިޔާޒް މި ދުނިޔެމަތީ ޙުކުމްކޮށް އަދަބު ދެވިދާނެ ކަމަށާއި، މާތް اللهގެ އިރާދަފުޅާއެކު އޭނާއަށް ނިކަމެތި ކަމެއް ނުލިބޭނެކަމަށް މަސްހޫރު ދީނީ ޢިލްމްވެރިޔާ، ޑރ. މުހައްމަދު އިޔާޒް އަބުދުއްލަތީފް ވިދާޅުވެއްޖެއެވެ. މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ)ގެ އެސިސްޓަންޓް ޕްރޮފެސާގެ މަގާމުގައި ހުންނަވަނިކޮށް މިއަދު ވަނީ އޭނާ އެ މަގާމުން ވަކިކޮށްފައެވެ. ޑރ. އިޔާޒު ވަޒީފާއިން ވަކިކުރެއްވިއިރު ހުންނެވީ، އެމްއެންޔޫގެ ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯ ގެ އެސިސްޓެންޓް ޕްރޮފެސަރު/ސީނިއާ ލެކްޗަރާގެ މަގާމުގައެވެ. ޑރ. އި... ޔުމްނާ ޢަލީ · 5 އަހަރު ކުރިން
ރާއްޖެ ކައުންސިލްތަކުގެ އެސްޖީއިންގެ މަގާމަށް 511 މީހަކު ކުރިމަތިލައިފި ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގައިވާ ގޮތުގެ މަތިން، ސިޓީ ކައުންސިލްގެ އިދާރާތަކަށާއި އަތޮޅު ކައުންސިލްގެ އިދާރާތަކަށް އަދި ރަށު ކައުންސިލްގެ އިދާރާތަކަށް ސެކްރެޓަރީ ޖެނެރަލުން އައްޔަންކުރުމުގެ ގޮތުން، އެ މަޤާމުތަކަށް ކުރިމަތިލުމުގެ ފުރުޞަތު ސިވިލް ސަރވިސް ކޮމިޝަން (ސީއެސްސީ)އިން ޢާންމުކޮށް ހުޅުވާލުމުން 511 މީހަކު ކުރިމަތިލައިފިއެވެ. އެ މަގާމަށް ކުރިމަތިލުމަށް ސީއެސްސީން ޢާންމުކޮށް ހުޅުވާލީ ޖޫން 20 ވަނަ ދުވަހުއެވެ. އެ އިދާރ... ޔުމްނާ ޢަލީ · 5 އަހަރު ކުރިން
ރާއްޖެ ޑރ. އިޔާޒު ވަޒީފާއިން ވަކިކޮށްފި މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ)ގެ އެސިސްޓަންޓް ޕްރޮފެސާގެ މަގާމުގައި ހުންނެވި، މަސްހޫރު ދީނީ ޢިލްމްވެރިޔާ ޑރ. މުހައްމަދު އިޔާޒް އަބުދުއްލަތީފް ވަޒީފާއިން ވަކިކޮށްފިއެވެ. ޑރ. އިޔާޒް މަގާމުން ވަކިކޮށްފައިވަނީ ސޯޝަލް މީޑިއާ ގައި ކުރައްވާ ޕޯސްޓްތަކާ ގުޅިގެން ތަކުރާރުކޮށް ނަސޭހަތް ދިނުމުންވެސް އެކަންކަން އިސްލާހު ނުކުރުމުންކަމަށް އެމްއެންޔޫ އިސްވެރިޔަކާއި ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުނެއެވެ. ޑރ. އިޔާޒް ހަރުކަށި ފިކުރަށް ހިތްވަރުދޭފަދަ ޒާތަކަށް އަމަލުކުރަމުން ގެންދިޔުމަކީ ވެސް ވަޒީފާ އިން... ޝިއުނާ އާދަމް · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު އިޖުތިމާއި ސަރަހައްދުތައް ސާފުކޮށް ބެލެހެއްޓުމަށް "ސާފު މިލަންދޫ މަގޭ ޒިންމާ" ހަރަކާތް ފަށައިފި ށ. މިލަންދޫގެ އިޖުތިމާއީ ސަރަހައްދުތައް ސާފުކޮށް ބެލެހެއްޓުމަށް “ސާފު މިލަންދޫ މަގޭ ޒިންމާ” ނަމުގައި ހަރަކާތެއް ފަށައިފިއެވެ. މި ހަރަކާތަކީ މިލަންދޫ އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން ކުރިއަށް ގެންދާ ހަރަކާތެކެވެ. މި ހަރަކާތަށް ވަނީ ކޮންޓެކްޓް އުސޫލުން އެރަށަށް ނިސްބަތްވާ 20 މީހަކު މަގާފައެވެ. އެއީ 18 އަންހެނުންނާއި 2 ފިރިހެނުންނެވެ. މިލަންދޫ ކައުންސިލްގެ ރައީސް އަބުދުﷲ އާތިފް “ތިލަދުން”އަށް ވިދާޅުވީ، އެރަށުގެ އިޖުތިމާއީ ސަރަހައްދުތައް ސާފުކޮށް ބެލެހެއްޓުުގެ ކަންކަން ވާނީ މ... ޔުމްނާ ޢަލީ · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ރައީސަށް ވޯޓު ނުލެވޭގޮތެއް ނިންމުމަކީ ޑިކްމޮކްރަސީއާއި ދުރު ނާތަހުޒީބު ފިނޑިއަމަލެއް: ދިއްދޫ ރައީސް ހއ. ދިއްދޫ ކައުންސިލްގެ ރައީސްއަށް ކައުންސިލުން ނިންމާ ނިންމުންތަކުގެ ވޯޓުގައި ބައިވެރި ނުވެވޭ ގޮތަށް ކައުންސިލްގެ ހިންގާ ޤަވާއިދަށް އިސްލާހެއް ގެނެސް ފާސްކޮށްފައިވާ ކަމަށާއި، އެއީ ޑިކްމޮކްރަސީއާއި ދުރު ނާތަހުޒީބު ފިނޑިއަމަލެއް ކަމަށް ދިއްދޫ ކައުންސިލްގެ ރައީސް ޢަބުދުﷲ ރަޝީދު ވިދާޅުވެއްޖެއެވެ. ދިއްދޫ ކައުންސިލް ރައީސް ޢަބުދުﷲ ރަޝީދުގެ ރަސްމީ ފޭސްބުކް ޕޭޖްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދިއްދޫ ކައުންސިލްގެ ރައީސް އަށް ވޯޓުގަ ބައިވެރި ނުވެވޭ ގޮތަށް ހިންގާ ޤަވައިދަށް ގެނެވުނު އިސްލާހާ އ... އަލީ އާދިލް · 5 އަހަރު ކުރިން
ވިޔަފާރި ހިޔާ ފްލެޓު ލިބުނު މީހުންނަށް އެސްޓީއޯއިން ހާއްސަ ޕްރޮމޯޝަނެއް ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަޅާފައިވާ ހިޔާ ފްލެޓުތައް ލިބުނު މީހުންނަށް ހާއްސަ ޕްރޮމޯޝަނެއް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ފަށައިފިއެވެ. “މަގޭ ހިޔާ”ގެ ނަމުގައި އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓުގައި ފެށި މި ޕްރޮމޯޝަުގެ ދަށުން ތިން ޕެކޭޖެއްގައި ސާމާނު ގަތުމުގެ ފުރުސަތު ލިބޭނެ އެވެ. ރަން، ރިހި އަދި ހުދުރަން ޕެކޭޖުގެ ނަމުގައު ތއާރަފު ކުރި މި ޕެކޭޖުތަކުން 15 އިންސައްތައާ ހަމައަށް ޑިސްކައުންޓް ލިބޭނެއެވެ. މި ޕްރޮމޯޝަނުގައި ބީއެމްއެލް އިސްލާމިކް އާއި އެމްއައިބީ އާއި […] އަޙްމަދު ވަހީދު · 5 އަހަރު ކުރިން
ރާއްޖެ ރިލްވާން ވަގަށް ނެގި ގޮތް ދައްކުވައިދޭ ވީޑިއޯއެއް އާންމުކޮށް، މައުލޫމާތު ފޯރުކޮށްދޭން އެދެފި މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަ ތަހުގީގު ކުރާ ކޮމިޝަނުންް ނޫސްވެރިޔާ އަހުމަދު ރިލްވާން ގަދަކަމުން ކާރަކަށް އަރުވައިގެން ގެންދިޔަ ގޮތް ދައްކުވައިދޭ ގޮތަށް ކުޅެފައިވާ ވީޑިއޯއެއް އާންމުކޮށް، އެމައްސަލަ އާއި ގުޅޭ މައުލޫމާތު ހިއްސާކޮށް ދިނުމަށް އަނެއްކާވެސް އެދިއްޖެ އެވެ. ތަހުގީގަށް މިހާތަނަށް އެނގިފައިވާ މައުލޫމާތުތަކަށް ބިނާކޮށް، ރީއެނެކްޓްމެންޓް ވީޑިއޯއެއް (ކަން ހިނގާދިޔަ ގޮތް ދައްކުވައިދޭ ވީޑިއޯއެއް) އެކޮމިޝަނުން މިއަދު ވަނީ އާންމު ކޮށްފަ އެވެ. އެ ވީޑިއޯގައި ވަނީ ރިލްވ... އަލީ އާދިލް · 5 އަހަރު ކުރިން
ވިޔަފާރި ފޯކައިދޫ ބަނދަރުގެ ހާބާ ބޭސިންގެ 86 އިންސައްތަ މަސައްކަތް ނިމިއްޖެ ށ. ފޯކައިދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން ހާބާ ބޭސިން ފުންކުރުމުގެ 86 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑްކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އިން ބުނެފިއެވެ. މި މަޝްރޫއުގެ ދަށުން 39،995 ކިއުބިކް މީޓަރުގެ އައު ހާބާ ބޭސިން ފުންކުރުމާއި، 1800 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ މިހާރު ބޭނުންކުރަމުންދާ ހާބާ ބޭސިންފުންކުރުމާއި، 4000 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރާނެއެވެ. އަދި 507 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 100 މީޓަރުގެ ސަރަހަ... އަޙްމަދު ވަހީދު · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ހދ. އަތޮޅު ނައިބު ރައީސްއަކަށް ކުމުންދޫ ރައީސް އަމީން ހދ. އަތޮޅު ކައުންސިލްގެ ރައީސް ކަމުގެ މަގާމަށް ކުމުންދޫ ކައުންސިލްގެ ރައީސް އަމީން މުޙައްމަދު ހޮވިއްޖެއެވެ. ހދ. އަތޮޅު ކައުންސިލްގެ ނައިބު ރައީސް ހޮވުން އޮތީ މިއަދުއެވެ. އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ ކުމުންދޫ ރައީސް އަމީންއާއި މި އިންތިޚާބުގައި ވާދަކުރެއްވީ އިދިކޮޅު ޕީޕީއެމްއަށް ނިސްބަތްވެވަޑައިގަންނަވާ ކުރިނބީ ކައުންސިލް ރައީސް ޢަބުދުﷲ އަސްލަމެވެ. ހދ. ނައިބު ރައީސް ހޮވުމަށް މިއަދު ނެގި ވޯޓުގައި ކުމުންދޫ ރައީސް އަމީންއަށް 8 ވޯޓު ލިބިވަޑައިގެންނެވިއިރު، ކުރިނބީ ރައީސް އަސްލަމަށް ލިބިވަޑައ... ޔުމްނާ ޢަލީ · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ހޯރަފުށީ އެއާޕޯޓު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި ތިލަދުންމަތީ ހޯރަފުށީ އެއާޕޯޓުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ. އިއްޔެ ޕްލޭނިން މިނިސްޓްރީގައި ބޭއްވި ރަސްިއްޔާތެއްގައި މި އެއްބަސްވުމުގައި އެ މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓާ ޖެނެރަލް ފާތުމަތު ޝާނާއެވެ. އަދިއެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ. މި ރަސްމިއްޔާތުގައި ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވެސްބައިވެރިވެވަޑައިގެންނެވިއެވެ. އެމްޓީސީސީއާ މ... އަޙްމަދު ވަހީދު · 5 އަހަރު ކުރިން
ޚަބަރު "ޔޫރޯ 2020" ބެލުމަށް ޕްރޮޖެކްޓަރ ދޫކުރަން ފަށައިފި “ޔޫރޯ 2020” މުބާރާތް ބެލުމަށް މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްއިން ޕްރޮޖެކްޓަރ ދޫކުރަން ފަށައިފި އެވެ. “ޔޫރޯ 2020” މުބާރާތް ބެލުމަށް ކުލަބު ޖަމްޢިއްޔާތަކަށް ދޫކުރުމަށް ހަމަޖެހިފައިވާ ޕްރޮޖެކްޓަރ ދޫކުރުމަށް އެނިސްޓްރީން ކަނޑައަޅާފައިވާ އުޞޫލުގެ ދަށުން ޕްރޮޖެކްޓަރ ލިބޭ ކުލަބު ޖަމްޢިއްޔާތަކުގެ ލިސްޓް ވަނީ މިހާރު އިޢުލާން ކޮށްފަ އެވެ. އެލިސްޓްގައި 194 ކުލަބު ޖަމްޢިއްޔާާއަކަށް ޕްރޮޖެކްޓް ލިބޭނެކަމަ ބުނެފައިވެއެވެ. އެގޮތުން ހއ. އަތޮޅުގެ 14 ކުލަބު ޖަމްޢިއްޔާއަކާއި ހދ. އަ... އިބްރާހިމް އަސްވާޤް · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ހަނިމާދޫން އިތުރު 8 މީހަކު ކޯވިޑަށް ޕޮޒިޓިވް ހދ.ހަނިމާދޫއިން އިތުރު އަށް މީހުން ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ. ހަނިމާދޫ ސިއްހީ މަރުކަޒުން ހާމަކޮށްފައިވާ ގޮތުގައި މި ބައްޔަށް ޕޮޒިޓިވްވެފައި މި ވަނީ 29 ޖޫން 2021 ވަނަ ދުވަހު ނެގުނު 22 ސާމްޕަލްގެ ތެރެއިން 3 ސާމްޕަލަކާއި، 29 ޖޫން 2021 ވަނަ ދުވަހު ނެގުނު 37 ސާމްޕަލްގެ ތެރެއިން 5 ސާމްޕަލެކެވެ. މި ދެ ދުވަހުން ޖުމްލަ އަށް މީހުން ކޯވިޑަށް ޕޮޒިޓިވް ވެފައިވާއިރު މިހާރު ހަނިމާދޫގައި މި ބަލި ޖެހިފައިތިބި 47 […] އިބްރާހިމް ޚަލީލް · 5 އަހަރު ކުރިން