ބައިނަލްއަގުވާމީ ޕުކެޓަށް ގޮސް މިހާރު ކަރަންޓީން ވާން ނުޖެހޭނެ ތައިލެންޑުގެ ޕުކެޓަށް ކަރަންޓީންވުމަކާ ނުލައި ދެވޭ ގޮތް ހަދައިފިއެވެ. އެ ގައުމުން ޕުކެޓަށް ދާ ފަތުރުވެރިންނަށް ލުއި ދޭން ނިންމާފައިވަނީ އިއްޔެއިން ފެށިގެންނެވެ. މިއީ ކޯވިޑް-19އާ ގުޅިގެން އެ ގައުމުގެ ޓޫރިޒަމަށް ލިބިފައިވާ ގެއްލުމުން އަރައިގަތުމަށް ދިން ލުޔެކެވެ. އާ ބަދަލުތަކާއެކު އިއްޔެ 249 މީހުން ޕުކެޓަށް ދަތުރުކުރިއެވެ. ކަރަންޓީން ނުވެ ދަތުރު ކުރެވޭނީ ވެކްސިން ޖަހާފައިވާ މީހުންނަށެވެ. ތައިލެންޑުގެ އިގްތިސާދުގައި ފަސްބައިކުޅަ އެއްބައި ހިއްސާކުރަނީ ފަތުރުވެރިކަމުންނެވެ. މިއީ 1997 ވަނަ އަހަރު ކުރި... އަޙްމަދު ވަހީދު · 5 އަހަރު ކުރިން
ރާއްޖެ އިޔާޟުއަކީ ހިދުމަތްތެރި، އިތުބާރު ލިބިފައިވާ ދަންނަބޭކަލެއް، ފިޔަވަޅުއެޅީ ޢަދުލުވެރި އިޖުރާއަތެއް ނެތި: އަދާލަތު ދީނީ ޢިއްމްވެރިޔާ ޑރ. މުހައްމަދު އިޔާޟު އަބުދުއްލަތީފްއަކީ ދިވެހިރާއްޖޭގެ ޢިލްމީ ވެއްޓަށް ބޮޑެތި ޚިދުމަތްތަކެއް ކުރައްވާ، ދިވެހި ރައްޔިތުންގެ އިޙްތިރާމާއި އިތުބާރު ލިބިފައިވާ ދަންނަބޭކަލެއްކަމަށާއި، އޭނާއާއިމެދު އަޅާފައި ވަނީ ޢަދުލުވެރި އިޖުރާއަތެއް ނެތި، ހަމައާއި އިންސާފުގެ ތަރާދުގެ ބޭރުން އަޅާފައިވާ ފިޔަވަޅެއްކަމަށް އަދާލަތު ޕާޓީން ބުނެފިއެވެ. މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ)ގެ އެސިސްޓަންޓް ޕްރޮފެސާގެ މަގާމުގައި ހުންނަވަނިކޮށް މިއަދު ވަނީ ޑރ. އިޔާޟު ވަޒީފާއިން ވަކިކޮށްފައެވެ. އެކަމާ... ޝިއުނާ އާދަމް · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ހޯރަފުށި "ހަހެތި ވަންޑޭ ކަޕް 2021" ޗެމްޕިއަންކަން 22 ސްޕޯރޓްސް ކްލަބް ހޯދައިފި ހއ. ހޯރަފުށި “ހަހެތި ވަންޑޭ ކަޕް 2021” ޗެމްޕިއަންކަން 22 ސްޕޯރޓްސް ކްލަބް ހޯދައިފި އެވެ. މި މުބާރާތުގެ ޗެމްޕިއަންކަން 22 ސްޕޯރޓްސް ކުލަބުން ހޯދާފައިވަނީ ފައިނަލް މެޗްގައި ކުލަބް ޑޮލްފިން ސިޓީ އާއި ބައްދަލުކޮށް މެޗްގެ ފުރިހަމަ ވަގުތު ހަމަވިއިރު އެއްވެސް ޓީމްއަކުން ގޯލެއްކާމިޔާބް ނުކުރެވުމުން ޕެނަލްޓީ ޖަހައިގެން 01-02 އިން 22 ސްޕޯރޓްސް ކުލަބް ކުރި ހޯދައިގެންނެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ ފައިނަލް މެޗްގެ މޮޅު ކުޅުން ތެރިއަކަށް ހޮވިފައިވަނީ 22 ސްޕޯރޓްސް ކުލަބް […] ތިލަދުން · 5 އަހަރު ކުރިން
ރާއްޖެ އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ ޓިޕް ރިޕޯޓުގެ ޓިއަރ 2 އަށް ރާއްޖެ ޕްރޮމޯޓުވެއްޖެ އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ ކޮންމެ އަހަރަކު ނެރުއްވާ ޓްރެފިކިންގ އިން ޕަރސަންސް (ޓިޕް) ރިޕޯޓުގެ ޓިއަރ 2 އަށް ރާއްޖެ ޕްރޮމޯޓުވެއްޖެއެވެ. ޓިއަރ 2 އަށް ޕްރޮމޯޓުވެފައިވަނީ ވިދިވިދިގެން 3 އަހަރު ވޮޗްލިސްޓުގައި އޮތުމަށްފަހު އެވެ. އެމެރިކާ ސަރުކާރުންވަނީ، 2017 ވަނަ އަހަރު، ރާއްޖޭގެ ޓްރެފިކިންގ ރެކޯޑަށް ބެެއްލެވުމަށްފަހު، ޓްރެފިކިންގ ވޮޗްލިސްޓުގައި ހިމަނުއްވާފައެވެ. 2020 ވަނަ އަހަރު ރާއްޖެއިން ވަނީ، ހިއުމަން ޓްރެފިކިންގާ ދެކޮޅަށް އާ އެކްޝަން ޕްލޭނެއް އެކުލަވާލައި، ނެޝަނަލް އެންޓި-ހިއުމަން ޓްރެފިކިނ... އަލީ އާދިލް · 5 އަހަރު ކުރިން
ކޮލަމް އިންސާނާގެ ޙަޔާތަށް މުހިއްމު 2 ޖުމްލަ (1) السلام عليكم ތިޔަ ލޮބުވެތި ކިޔުންތެރިންނަށް އިސްލާމީ ރިވެތި ސަލާމުން ސަލާމް ކުރުމަށްފަހު، ކޮންމެ އިންސާނެއްގެ ޙަޔާތަށް ވަރަށް ބޭނުން ހިފޭނެ ދެ ޖުމްލައެއް ލިޔެލާނަމެވެ. މިއީ ދެ ކަލިމަ އެކެވެ. އެއަށް ތިންވަނަ ކަލިމާއެއް ނުވެއެވެ. ތައުޙީދުގެ ހުރިހާ ބާވަތަކާއި ވައްތަރެއް މި ދެ ކަލިމައިން ތަޙްޤީޤު ކުރެވޭވަރުގެ މުހިއްމު ދެ ކަލިމައެވެ. ﷲގެ އަޅާ އޭނަގެ ފާފަތަކާ މެދު މެނުވީ ބިރުގަންނަ ކަމުގައި ނުވެއެވެ. އަދި އޭނާގެ ވެރިރައްބަށް މެނުވީ އުންމީދު ކުރާކަމުގައި ނުވެއެވެ. الله […] އައްޝައިޚް މުޙައްމަދު އަފްޟަލް · 5 އަހަރު ކުރިން
ރާއްޖެ ޑިޕްލޮމެޓުންނާ ބެހޭ ގޮތުން ނަސީދަށް ބޭނުން އެއްޗެއް ކިޔެންޏާ އެހެން މީހުނަށްވެސް ކިޔޭނެ: ލަތީފް ރާއްޖޭގައި ތިއްބަވާ ބޭރުގެ ޑިޕްލޮމެޓުންނާ ބެހޭ ގޮތުން ކުރީގެ ރައީސް އަދި މަޖިލިސް ރައީސް މުޙައްމަދު ނަޝީދަށް ބޭނުން އެއްޗެއް ވިދާޅުވެވޭނަމަ، އެހެން މީހުނަށްވެސް އެގޮތަށް ވާހަކަ ދެއްކޭނެ ކަމަށް ދިއްދޫ ދާއިރާގެ ކުރީގެ މެންބަރު އަބުދުއްލަތީފް މުހައްމަދު ވިދާޅުވެއްޖެއެވެ. ރައީސް މުޙައްމަދު ނަޝީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވަނީ ރާއްޖެއަށް ކަނޑައަޅުއްވާފައި ތިއްބަވާ ބޭރުގެ ޑިޕްލޮމެޓުންނާ ގުޅޭގޮތުން ދައްކާ ވާހަކަތައް ހުންނަންޖެހޭނީ ވަކި ހަމަތަކެއްގައި ކަމަށް ވިދާޅުވެފައެވެ. އަދި ސަރުކާރާއި، އެމްޑީޕީ... އަލީ އާދިލް · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ސިޓީ ކައުންސިލުން އެދުނު ކަންކަމަށް ރައީސް ދެއްވީ އުންމީދީ ޖަވާބުތަކެއް: އާތިފް ރައީސުލްޖުމްޙޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްއާއިއެކު އިއްޔެ ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބޭއްވި ބައްދަލުކުރެއްވުމުގައި މައިގަނޑު 8 ކަމެއް ރައީސަށް ހުށަހެޅުއްވިކަމަށް ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުޙައްމަދު އާޠިފް ވިދާޅުވެއްޖެއެވެ. އޮންލައިންކޮން އިއްޔެ ކުރިއަށްދިޔަ މިބައްދަލުވުމުގައި ކުޅުދުއްފުށީ ސިޓީ އަށް ދިމާވެފައިވާ މައްސަލަތައް ހަލު ކުރުމާއި ގުޅޭގޮތުން މަޝްވަރާކުރެވިފައިވެއެވެ. އެ ބައްދަލުވުމުގައި ރައީސް ޞާލިޙަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން ހުށަހެޅު މައުގަނޑު ކަންކަމުގެ ގޮތުގައި މޭޔަ... ޔުމްނާ ޢަލީ · 5 އަހަރު ކުރިން
ރާއްޖެ ކައުންސިލްތަކަށް އެސްޖީއިން އައްޔަން ކުރުމުގައި ނުފޫޒު ފޯރުވާކަމުގެ ތުހުމަތު ކައުންސިލްތަކުގެ ސެކެޓްރީ ޖެނެރަލުން އައްޔަން ކުރުމުގައި ސިވިލް ސަރވިސް ކޮމިޝަނަށް ސަރުކާރުން ނުފޫޒު ފޯރުވަމުންދާ ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ތުހުމަތުކޮށްފިއެވެ. މިގޮތުން އެ ކޯލިޝަނުން ރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ، ކައުންސިލްތަކުގެ އިދާރީ ހިންގުމުގެ އެންމެ އިސްވެރިޔާ ކަމަށްވާ ސެކެޓްރީ ޖެނެރަލުން ޢައްޔަން ކުރުމަށްޓަކައި ކުރި އިއުލާނުގެ މުއްދަތު މިދިޔަ ޖޫން މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ހަމަވެފައިވާއިރު، ސަރުކާރުން ބޭނުންވާ ބައެއް ފަރާތްތަކަށް ގުޅާ އިތުރު ފުރުސަތު ދެމުން... އަލީ އާދިލް · 5 އަހަރު ކުރިން
ވިޔަފާރި ރާއްޖޭގެ ރިޒާވް 926 މިލިއަން ޑޮލަރަށް އިތުރުވެއްޖެ ރާއްޖޭގެ ރިޒާވް 926.1 މިލިއަން ޑޮލަރަށް އިތުރުވެފައިވާކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ބުނެފިއެވެ. އެމްއެމްއޭއިން ހާމަކުރަށްވާފައިވާ އެންމެފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން ހުސްވި މެއިމަހުގެ ނިޔަލަށް ދައުލަތުގެ ރިޒާވް ވަނީ 926.1 މިލިއަން ޑޮލަރަށް އިތުރުވެފައެވެ. މިގޮތުން މެއި މަހުގެ ރިޒާވްގައި ހުރި 926.1 މިލިއަން ޑޮލަރަކީ މިއަހަރުގެ އޭޕްރިލް މަހު ރިޒާވްގައި ހުރި 878 މިލިއަން ޑޮލަރާއި އަޅާބަލާއިރު 48.1 މިލިއަން ޑޮލަރުގެ އިތުރުވުމެކެވެ. މިއަހަރުގެ ޖެނުއަރީ މަހު ދައުލަތުގެ ރި... ޔުމްނާ ޢަލީ · 5 އަހަރު ކުރިން
ވިޔަފާރި ގަތުމަށްފަހު އަމިއްލަވީ، މަސް ނިމޭއިރު ބޭނުން ނުކުރާ ޖީބީ ދިރާގަށް ނުނެގޭނެ: އެމްޕީ އަހުމަދު އަބްދުﷲ މަސް ނިމޭއިރު ބާކީ ހުންނަ ޑާޓާތަކެއް ދިރާގަކަށް ނުނެގޭނެ ކަމަށް މެންބަރު އަހުމަދު އަބްދުﷲ ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އަޙުމަދު އަބްދުﷲ އިއްޔެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވ،ީ މަސް ނިމޭއިރު ބޭނުން ނުކޮށް ހުންނަ ޑާޓާ ތަކެއް ދިރާގަކަށް ނުނެގޭނެ ކަމަށާއި މީހަކު ރުފިޔާދީގެން ގަނެފަ ހުންނަ އެއްޗިއްސަކީ އެމީހެއްގެ އަމިއްލަ އެއްޗެއްކަމަށެވެ. މެންބަރު އަހުމަދު އަބްދުﷲ މިފަދައިން ވިދާޅުވީ ދިރާގުން ޕޯސްޓްޕައިޑް ޚިދުމަތް ހޯދަމުން ގެންދާ ފަރާތްތަކުން މަސްދުވަހަށް ގަންނަ... އަޙްމަދު އަރުޝަމް · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ނިއުރޯޑައިގްނޮސްޓިކްގެ ޚިދުމަތް ތަޢާރަފް ކޮށްފި ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލު (ކޭއާރްއެޗް) ގައި ނިއުރޯޑައިގްނޮސްޓިކްގެ ޚިދުމަތް ތަޢާރަފް ކޮށްފިއެވެ. ނިއުރޯޑައިގްނޮސްޓިކް ގެ ޚިދުމަތަކީ ނާރުގެ ބަލިތަށް ދެނެގަތުމަށް ހެދޭ ތަހުލީލުތަކާއި ޓެސްޓުތަކެވެ. މިއީ މީގެ ކުރިން ކޭއާރްއެޗް އިން ދެމުން ގެންދިޔާ ޚިދުމަތެއްނޫނެވެ. އެ ހޮސްޕިޓަލުން މިއަދު ކުރެއްވި ޓުވީޓެއްގައި ބުނެފައިވަނީ މި ޚިދުމަތް ތައާރަފު ކުރެވުމުން ނާރުގެ ވަރަށް ގިނަ ޓެސްޓުތައް ހެދޭނެކަމަށްށެވެ. އެގޮތުން ހެދޭ ބައެއް ޓެސްޓު ތަކުގެ ތެރޭގައި، ޑިޖިޓަލް އިލެކްޓްރޯއެންސެފާލޯގްރާފީ (އީއީޖީ)... އަޙްމަދު އަރުޝަމް · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ހަނިމާދޫ ޒުވާނުންގެ ޖަމްޢިއްޔާއިން އެރަށު ސްކޫލު ލައިބްރަރީ އިތުރަށް ތަރައްޤީ ކުރަނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ފަރާތުން ހިންގާ “އަހަރެންގެ ބޭންކް ކޮމިނިއުޓީ ފަންޑް” ގެ ދަށުން މި ހިނގާ 2021 ވަނަ އަހަރުގެ ދެވަނަ ކުއާޓާއަށް ހޮވި މަޝްރޫޢުތަކުގެ ތެރޭގައި ހަނިމާދޫ ޒުވާނުންގެ ޖަމްޢިއްޔާއިން ހަނިމާދޫ ސްކޫލްގެ ލައިބްރަރީ އިތުރަށް ތަރައްޤީ ކުރުމަށް ހުށަހަޅާފައިވާ މަޝްރޫޢު ހިމެނިއްޖެއެވެ. ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑަކީ އާންމު ފަރުދުންނާއި ޖަމްޢިއްޔާ ޖަމާއަތްތަކުން ރަށްރަށުގައި ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމަށް ބޭނުންވާ މަޝްރޫޢުތައް ހިންގުމަށް އެހީތެރިކަން ފޯރުކޮށް ދިނުމުގ... އިބްރާހިމް ޚަލީލް · 5 އަހަރު ކުރިން
ރާއްޖެ ކޮލަމްބޯގެ ދެކުނުން 5.2 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަވަށްޓެރި ސްރީލަންކާގެ ވެރިރަށް ކޮލަމްބޯގެ ދެކުނުން ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ. މިއީ 5.2 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެކެވެ. މި ބިންހެލުން ރެކޯޑް ކުރެވިފައި ވަނީ، މިރޭ 20:06 ހާއިރުއެވެ. މި ބިންހެލުން އައިސްފައި ވަނީ، ރާއްޖެއާއި 948 ކިލޯ މީޓަރުގެ ދުރުންނެވެ. އަދި މި ބިންހެލުން ރެކޯޑް ކުރެވިފައިވަނީ އިންޑިއާ ކަނޑުގެ 10 ކިލޯމީޓަރު އަޑިންނެވެ. ރާއްޖޭގެ މޫސުމާބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސަސްއިން ވިދާޅުވީ މި ބިން ހެލުމުގެ އަސަރު ރާއްޖެއަށް ނުފޯރާނެ ކަމަށެވެ. ޔުމްނާ ޢަލީ · 5 އަހަރު ކުރިން
ވިޔަފާރި މަތިވެރީގެ ފެނުގެ ނިޒާމް ގާއިމް ކުރުމުގެ މަސައްކަތް ފަށައިފި އއ. މަތިވެރީގައި ފެނުގެ ނިޒާމް ގާއިމްކުރުމުގެ އަމަލީ މަސައްކަތް މޯލްޑިވްސް ވޯޓާ އެންޑް ސްވަރެޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އިން ފަށައިފިއެވެ. އެމްޑަބްލިޔުއެސްސީން ބުނީ، އެ މަޝްރޫއުގެ ދަށުން މިހާރު ކުރިޔަށްދަނީ ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިން އިމާރާތްކުރުމުގެމަސައްކަތްތައް ކަމަށެވެ. މި މަޝްރޫއުގެ ދަށުން މަތިވެރީގައި 6.86 ކިލޯ މީޓަރުގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯކް ގާއިމް ކުރުމާއި އާރްއޯ ފެސިލިޓީ ބިލްޑިން އިމާރާތް ކުރުމާއި ފެން އުފެއްދުމަށްޓަކައިދެ އާއޯ ޕްލާންޓް ބެހެއ... އަޙްމަދު ވަހީދު · 5 އަހަރު ކުރިން
ރާއްޖެ އިޔާޒްއަށް އެޅީ އިންސާފްވެރި ފިޔަވަޅެއްނޫން، ނިންމުން މުރާޖައާ ކުރަށްވާ: އިމްރާން މަސްހޫރު ދީނީ ޢިލްމްވެރިޔާ، ޑރ. މުހައްމަދު އިޔާޒް އަބުދުއްލަތީފް ވަޒީފާއިން ވަކުރީ ރަނގަޅަށް ނޫންކަމަށާއި، އެ ނިންމުން މުރާޖައާކޮށްދެވުމަށް ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން ޢަބުދުﷲ ގޮވާލަށްވައިފިއެވެ. މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ)ގެ އެސިސްޓަންޓް ޕްރޮފެސާގެ މަގާމުގައި ހުންނަވަނިކޮށް މިއަދު ވަނީ ޑރ. އިޔާޒް ވަޒީފާއިން ވަކިކޮށްފައެވެ. އެމްއެންޔޫއިން ޑރ. އިޔާޒް ވަޒީފާއިން ވަކިކޮށްފައި ވަނިކޮށް ސެއިޚް އިމްރާން ވަނީ އެކަމާއި ގުޅިގެން މިރޭ ފުލުފުލުގައި ދެ ޓްވީޓެއް ކުރަށ... އަލީ އާދިލް · 5 އަހަރު ކުރިން