ވިޔަފާރި ޅައިމަގު ބަނދަރުގެ ހާބަ ބޭސިންގެ 88 އިންސައްތަ މަސައްކަތް ނިމިއްޖެ ށ. ޅައިމަގު ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، އައު ހާބަރު ބޭސިން ފުންކުރުމުގެ 88 އިންސައްތަ މަސައްކަތް ނިމިފައި ވާކަމަށް މޯލްޑިވްސްޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އިން ބުނެފިއެވެ. މި މަޝްރޫއުގެ ދަށުން 31,000 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 350 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 276 މީޓަރުގެސަރަޙައްދެއްގެ އެއްގަމުތޮށި ލުމުގެ މަސައްކަތް ކުރާނެއެވެ. އަދި 500 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 1,380 އަކަ މީޓަރުގެ ސަރަހައ... އަޙްމަދު ވަހީދު · 5 އަހަރު ކުރިން
ރާއްޖެ އަލީގެ ޕާސްޕޯޓް ހިފަހައްޓަން އަމުރެއް ނުދިން ޖިންސީ އަނިޔާއާގުޅޭ 7 ދަޢުވާއެއް އުފުލިފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރެއް ނެރެނުދޭން ކްރިމިނަލް ކޯޓުން ނިންމައިފި އެވެ. އަލީ ވަހީދުގެ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރަކަށް ފުލުހުން މެދުވެރިކޮށް ދައުލަތުން އެދުނީ މިދިޔަ މަހުގެ 23 ވަނަ ދުވަހު އެވެ. އެ މައްސަލައިގައި މިއަދު ހެނދުނު ގާޒީ ހަސަން ސައީދު ނިންމަވާފައި ވަނީ އެފަދަ އަމުރެއް ނެރެދެވެން ނެތް ކަމަށެވެ. މިނިންމުމާއި ގުޅިގެން ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމު އޭނާގެ އަމިއްލަ […] އަލީ އާދިލް · 5 އަހަރު ކުރިން
ރާއްޖެ ފުލުހުންގެ އިސް މަގާމުތަކަށް ބަދަލެއް ދިވެހި ފުލުހުންގެ ޚިދުމަތުގައި ހިމެނޭ ބައެއް އިސް މަގާމުތަކަށް ބަދަލު ގެންނަވައިފިއެވެ. ފުލުހުންގެ އިދާރާއިން ވިދާޅުވީ، އާންމު އުސޫލަކުން ފުލުހުންގެ އިދާރީ ހިންގުމުގައި ހިމެނޭ ބަހާތަކުގެ ބައެެއް މަގާމުތަކަށް ބަދަލު ގެނެސްފައިވާ ކަމަށެވެ. އެގޮތުން މިއަދުން ފެށިގެން ބަދަލު ގެނެސްފައިވަނީ ޓްރެއިނިންގ އެންޑް ޑިވެލޮޕްމަންޓާއި، ޕްރޮފެޝަނަލް ސްޓޭންޑަރޑް ކޮމާންޑްގެ އިތުރުން ސެންޓްރަލް ޕޮލިސިންގ ކޮމާންޑްގެ އިސް މަގާމުތަކަށް ކަމަށް އެ އިދާރާއިން ވިދާޅުވެއެވެ. އެ ބަހާތަކުގެ ތެރެއިން ހެޑް އޮފް ޓްރެއިނިންގ އ... ޙުސައިން ޝަހުދީ · 5 އަހަރު ކުރިން
ވިޔަފާރި ފުޅަދޫ ބަނދަރުގެ މަސައްކަތް ނިމެނީ ބ. ފުޅަދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ 87 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ(އެމްޓީސީސީން) ބުނެފިއެވެ. އެ ކުންފުނިން ބުނީ އެ މަޝްރޫއުގެ ދަށުން ބޭރު ތޮށި ލުމިގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ. އަދި މިހާރު ކުރިއަށްދަނީ ޕޭވްމަންޓުގެ މަސައްކަތް ކަމަށް ވެސް އެކުންފުނިން ބުންޏެވެ. މި މަޝްރޫއުގެ ދަށުން، 51,861.5 އަކަ މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި 223 މީޓަރުގެ އެއްގަމު ތޮށި ލުމާއި 108 މީޓަރުގެ […] އަޙްމަދު ވަހީދު · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު މިލަންދޫ ޞިއްޙީމަރުކަޒުގެ ލެބޯޓަރީން އައު ޚިދުމަތްތަކެއް ތަޢާރަފް ކޮށްފި ށ. މިލަންދޫ ޞިއްޙީމަރުކަޒުގެ ލެބޯޓަރީން އައު ޚިދުމަތްތަކެއް ތަޢާރަފް ކޮށްފިއެވެ. އެ މަރުކަޒުން މިއަދު ހާމަކުރެއްވި ގޮތުގައި ލެބޯޓަރީން ދޭން ނިންމި ޚިދުމަތްތަށް މިއަދުން ފެށިގެން ދެމުންގެންދާނެއެވެ. މިލަންދޫ ޞިއްޙީމަރުކަޒު ލެބޯޓްރީން އަލަށް ތަޢާރަފް ކުރި ޚިދުމަތްތަކުގެ ތެރޭގައި، ތައިރޮއިޑް ޓެސްޓްތައް ހެދުމާއި އަދި ހަކުރު ބަލީގެ ޓެސްޓުތައް ހެދުމުުގެ ޚިދުމަތް ހިމެނެއެވެ. މީގެއިތުރުން ހަށިގަނޑުގެ ދަގަނޑުގެ ބައި ހުރި މިންވަރު ބެލުމަށް ހަދާ ޓެސްޓްތައް ވެސް މިހާރު އެ މަރުކަޒުން ހެދޭނެގޮތް ވަނީ ހަމަޖައް... އަޙްމަދު އަރުޝަމް · 5 އަހަރު ކުރިން
ވިޔަފާރި މިއަދުން ފެށިގެން އެމްޑަބްލިޔުއެސްސީ ސާވިސް ކައުންޓަރު ހުޅުވާނެ މިއަދުން ފެށިގެން އެމްޑަބްލިޔުއެސްސީގެ ކަސްޓަމާ ސާވިސް ކައުންޓަރުތައް ހެނދުނު ހުޅުވާފައި ހުންނާނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ. އެމްޑަބްލިޔުއެސްސީން ބުނީ މާލޭގެ ކައުންޓަރުތައް މައުލޫމާތު ހޯދުމަށް ހުޅުވާފައި ހުންނާނީ ހެނދުނު 8:30 އިން ހަވީރު 4:00 އަށެވެ. އަދި ހުޅުމާލެ ކައުންޓަރުތަކުންމައުލޫމާތު ހޯދުމަށް ހެނދުނު 8:30 އިން ހަވީރު 4:00 އަށް ހުޅުވަން ނިންމާފައިވާ އިރު, ފައިސާ ބަލައިގަތުމަށް ހަމަޖެހިފައި ވަނީ ހެނދުނު 8:30 އިން ހަވީރު 3:00 އަށް ކަމަށް އެ ކުންފުނިން ބުންޏެވެ. އެ […] އަޙްމަދު ވަހީދު · 5 އަހަރު ކުރިން
ރާއްޖެ ތިމާ ނުރުހޭ ކޮންމެ މީހަކީ ހަރުކަށި ފިކުރަށް ތާއީދުކުރާ މީހެއްގެ ގޮތުގައި ލޭބަލް ކުރުން ހުއްޓާލަންވެއްޖެ: އިބްރާހީމް ރަޝީދު ތިމާމެން ނުރުހޭ ކޮންމެ މީހެއްގެ ގައިގާ ހަރުކަށި ފިކުރަށް ތާއީދުކުރާ މީހެއްގެ ލޭބަލް އެޅުވުމާއި، ނުރުހޭ ކޮންމެ މުއައްސަސާއަކީ ވެސް އެފިކުރަށް ތާއީދުކުރާ ބައެއްކަމަށް ހެދުން ހުއްޓާލަންވެއްޖެ ކަމަށް ރާއްޖޭގެ މައި މިސްކިތް، މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޡަމުގެ އިމާމް އައްޝައިޚް އިބްރާހީމް ރަޝީދު ޙަސަން ވިދާޅުވެއްޖެއެވެ. ކުޅުދުއްފުށީ ސިޓީއަށް ނިސްބަތްވެ ވަޑަައިގަންނަވާ، ސެއިޚް އިބްރާހިމް ރަޝީދު މިހެން ވިދާޅުވީ ރޭ ކުރެއްވި ފޭސްބުކް ޕޯސްޓެއްގައެވެ. ސެއިޚްގެ އެ ޕޯސްޓްގައި ވިދާޅުވެފައި ވ... ޔުމްނާ ޢަލީ · 5 އަހަރު ކުރިން
ރާއްޖެ ގަވާއިދާ ހިލާފުވި މަސް ބޯޓެއްގެ ވެރިފަރާތް 4 ލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފި ރާއްޖޭގެ ޚާއްޞަ އިޤްތިސާދީ ސަރަޙައްދުގައި ޤަވާއިދާ ޚިލާފަށް މަސްވެރިކަން ކުރަން އުޅުނު ބޭރުގެ މަސް ބޯޓެއްގެ ވެރިފަރާތް 4 ލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ. މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން ވިދާޅުވީ، މިދިޔަ ޖޫން މަހުގެ 20 ވަނަ ދުވަހު ރާއްޖޭގެ ކަނޑުގެ ސަރަޙައްދަށް ޤަވާއިދާ ޚިލާފަށްވަދެ، މަސްވެރިކަން ކުރަން އުޅެނިކޮށް އަތުލައިގަތް ބޯޓުގެ ވެރިފަރާތް ކަމަށެވެ. އެ ފަރާތް ޖޫރިމަނާކޮށްފައިވަނީ ރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނުގެދަށުން 4 ލައްކަ ރުފިޔާއިންކަމަށް ކަމަށް އ... ޔުމްނާ ޢަލީ · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ދިއްދޫ ކްލަސްޓާ: 249 ގެއެއް ކަރަންޓީނުގައި، ޕޮޒިޓިވްވި މީހުންގެ އަދަދު 93 އަށް އަރައިފި ޖޫން 24 ހއ. ދިއްދޫ ކްލަސްޓާއާއި ގުޅިގެން އެރަށުގެ 249 ގެއެއް ކަރަންޓީނު ކުރެވިފައިވާއިރު، ޕޮޒިޓިވްވި މީހުންގެ އަދަދު 93 އަށް އަރައިފިއެވެ. ދިއްދޫގައި ހުންނަ ހއ. އަތޮޅު ހޮސްޕިޓަލުން ވިދާޅުވި ގޮތުގައި އިއްޔެގެ ނިޔަލަށް ދިއްދޫއިން ވަނީ ޖޫން 24 ދިއްދޫ ކްލަސްޓާއާއި ގުޅިގެން 93 މީހަކު ޕޮޒިޓިވްވެފައެވެ. އިއްޔެވެސް ވަނީ 4 މީހަކު އެރަށުން ޕޮޒިޓިވްވެފައެވެ. އެއީ ފްލޫ ކްލިނިކުން ނެގި 2 ސާމްޕަލަކާއި، ޑައިރެކްޓް ކޮންޓެކްޓުން ގޮތުގައި ނެގި 2 ސާމްޕަލެކެވެ. ފްލޫ ކްލިނިކުން […] ޝިއުނާ އާދަމް · 5 އަހަރު ކުރިން
ކުޅިވަރު ޔޫރޯ 2020: ފެންވަރު ދައްކާލައި އިންގްލެންޑް ސެމީއަށް ޔުއެފާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުގައި ޔުކްރެއިންގެ މައްޗަށް ތަފާތު ބޮޑު މޮޅެއް ހޯދައި އިންގްލެންޑުން މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފިއެވެ. އިޓަލީގެ ރޯމްގެ އޮލިމްޕިކް ސްޓޭޑިއަމްގައި 18000 (އަށާރަ ހާސް) ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު މި މެޗު އިންގްލެންޑުން ކާމިޔާބު ކޮށްފައި ވަނީ 4-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މުޅި މެޗުގައި ވެސް އިންގެލްނެޑްގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިގެން ގޮސްފައެވެ. އެ ޓިމުން ވަނީ މެޗުގެ ވަރަށް ކުރީކޮޅު […] އިބްރާހިމް ޚަލީލް · 5 އަހަރު ކުރިން
ރާއްޖެ އެޕޮއިންޓްމަންޓް ދީގެން ކޮވިޝީލްޑްގެ 2 ވަނަ ޑޯޒް ޖަހަން ފަށަނީ ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާ ފަރާތްތަކުގެ ތެރެއިން 2 ވަނަ ޑޯޒް ނުޖެހިތިބި ފަރާތްތަކަށް އެޕޮއިންޓްމަންޓް ދީގެން ވެކްސިން ޖަހަނަ ފަށާފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވެއްޖެ އެވެ. އެޗްޕީއޭއިން މިރޭކުރި އިޢުލާނެއްގައި ވިދާޅުވީ، ވެކްސިން ޖެހުން ފަށަން ހަމަޖެހިފައިވަނީ 4 ޖުލައި 2021 ގައި ކަމަށެވެ. އެޗްޕީއޭއިން ވިދާޅުވީ، ވެކްސިން ޖެހުމަށް އެޕޮއިންޓް ދެމުންގެންދާނީ ފުރަތަމަ ޑޯޒް ޖެހި ތަރުތީބުން ކުރިން ޖެހި މީހުންނަށް އިސްކަންދީގެންކަމަށެވެ. މިގޮތުން2021 ވ... އިބްރާހިމް އަސްވާޤް · 5 އަހަރު ކުރިން
ކުޅިވަރު ޔޫރޯ 2020: ޗެކްރިޕަބްލިކް ބަލިކޮށް ޑެންމާކް ސެމީއަށް ޔުއެފާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުގައި ޗެކްރިޕަބްލިކް ބަލިކޮށް ސެމީފައިނަލުން ޑެންމާކް ޖާގަ ހޯދައިފިއެވެ. އަޒަރުބައިޖާންގެ ބަކޫ އޮލިމްޕިކް ސްޓޭޑިއަމްގައި ހޮނިހިރު ދުވަހުގެ ރޭ ކުޅުނު ކުއާޓާގެ މެޗު ޑެންމާކުން ކާމިޔާބު ކޮށްފައި ވަނީ 2-1 ގެ ނަތީޖާއަކުން ނެވެ. މި މެޗު ފަށައިގެން ދެ ޓީމްގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ ނަމަވެސް، ޑެންމާކުން ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުޞަތުތަކެއް މި ހާފުގައި ތަނަވަސް ކޮށްފައެވެ. މިގޮތުން އެ ޓީމުން ވަނީ މެޗުގެ […] އިބްރާހިމް ޚަލީލް · 5 އަހަރު ކުރިން
ރާއްޖެ އިންޑިއަން ހައިކޮމިޝަން ގޮއްވާލާނެ ކަމަށް ބުނެ ޓުވީޓުކުރި މީހަކު ހައްޔަރުކޮށްފި ދިވެހިރާއްޖޭގައި ހުންނަ އިންޑިއަން ހައިކޮމިޝަން ގޮއްވާލާނެ ކަމަށް ބުނި މީހަކު ހައްޔަރުކޮށްފި އެވެ. ފުލުހުން މިރޭ ނެރުނު ނޫސް ބަޔާނެއްގައި ވިދާޅުވީ، އިންޑިއަން ހައިކޮމިޝަން ގޮއްވާލާނެ ކަމަށް ބުނެ ޓްވީޓް ކޮށްފައިވާ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން 42 އަހަރުގެ ދިވެހި ފިރިހެނަކު މިރޭ ހައްޔަރުކޮށްފައިވާކަމަށެވެ. މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުން ދާއިރު، މި އިންޒާރާ ގުޅިގެން އިންޑިއަން... އަލީ އާދިލް · 5 އަހަރު ކުރިން
ކުޅިވަރު ޓޯނީ ކްރޫސް ޖަރުމަނު ޖޯޒީ ބާލައިފި ސްޕެއިންގެ ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ޖަރުމަނުގެ އިތުބާރު މިޑްފީލްޑް ކުޅުންތެރިޔާ ޓޯނީ ކްރޫސް ޤައުމީ ޓީމަށް ކުޅުން ހުއްޓާލައިފިއެވެ. އުމުރުން 31 އަހަރުގެ ކްރޫސް ޤައުމީ ޓީމަށް ކުޅުން ހުއްޓާލާފައި މިވަނީ ޔޫރޯ 2020 ގެ ދެވަނަ ބުރުގައި އިންގްލެންޑް އަތުން ނިމިދިޔަ ހަފްތާ އަންގާރަ ދުވަހު 2-0 ގެ ނަތީޖާއިން ބަލިވެ މުބާރާތުން ޖަރުމަނު ކަޓާފައި ވަނިކޮށެވެ. ޖަރުމަނުގެ ޤައުމީ ޓީމަށް އޭނާ ވަނީ 106 މެޗު ކުޅެދީ 17 ގޯލުޖަހައި 19 އެސިސްޓް […] އިބްރާހިމް ޚަލީލް · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ނަފުރަތުގެ އަމަލު ބަޔާންކުރާ ބިލާއި ދެކޮޅަށް ނޮޅިވަރަމްގައި ހިނގާލުމެއް “ނަފްރަތުގެ އަމަލު” ބަޔާންކޮށް، ޤާނޫނުލްޢުޤޫބާތަށް މާއްދާއެއް އިތުރުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލާމެދު ކަންބޮޑުވުން ފާޅުކޮށް ހދ. ނޮޅިވަރަމްގައި އިއްޔެ ހިނގާލުމެއް ބާއްވައިފިއެވެ. “ސެކިއުލަރ ބިލާ ދެކޮޅަށް ނޮޅިވަރަން ހިނގައިލުން” ނަމުގައި އިއްޔެ ހަވީރު ނޮޅިވަރަމްގައި ކުރިއަށް ގެންދިޔަ މި ހިނގާލުމުގައި ބައިވެރިވި އެރަށުގެ ރަށްޔަތުން ވަނީ އެ ބިލުގައި ހުރިކަންބޮޑުވުންތައް ހާމަކޮށް އެ ރައްޔިތުންގެ ޝުއޫރު ފާޅުކޮށްފައެވެ. އެ ހިނގާލުމުގެ ބައިވެރިން އެ ބިލާއި ދެކޮޅުކަން އަންގައިދޭ އި... ޔުމްނާ ޢަލީ · 5 އަހަރު ކުރިން