މައި ޚަބަރަށް ދިޔުމަށް

ތިލަދުންގެ އަރުޝީފުން ހޯދުން

ފަހުގެ ހޯދުންތައް:
ދިވެހިންގެ ޤައުމީ، އިޖުތިމާޢީ އެއްބައިވަންތަކަމުގެ ތަރަހައަކީ، އިސްލާމްދީނުގެ ޞައްޙަ ޢަޤީދާގައި ސާބިތުވެ ތިބުން: ރައީސް

ދިވެހިންގެ ޤައުމީ، އިޖުތިމާޢީ އެއްބައިވަންތަކަމުގެ ތަރަހައަކީ، އިސްލާމްދީނުގެ ޞައްޙަ ޢަޤީދާގައި ސާބިތުވެ ތިބުން: ރައީސް

ދިވެހި ރައްޔިތުންގެ ޤައުމީ އަދި އިޖުތިމާޢީ އެއްބައިވަންތަކަމުގެ ތަރަހައަކީ، އެއްވެސް ޝައްކެއްނެތްގޮތުގައި، މާތްވެގެންވާ އިސްލާމްދީނުގެ ޞައްޙަ ޢަޤީދާގައި ސާބިތުވެ ތިބުންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސް ޞާލިޙް، މިހެން ވިދާޅުވީ މިނިވަންދުވަހުގެ މުނާސަބާގައި ޤައުމާ މުޚާތަބު ކުރައްވައި މިއަދު ދެއްވި ޚިޠާބުގައެވެ. މިއަދުގެ ޚިތާބުގައި ރައީސް ވިދާޅުވީ، ބޭރު ގައުމުތަކާ އެކުގައި އޮންނަ ގުޅުންތައް ހަރުދަނާ ގޮތެއްގައި ކުރިއަށް ގެންދިއުމަކީ، ރާއްޖޭގެ މިނިވަންކ...

ޔުމްނާ ޢަލީ
ފްލަައިމީ މިއަދުގެ ދަތުރުތައް ކުރާނީ ދިވެހި ދިދައިގައި

ފްލަައިމީ މިއަދުގެ ދަތުރުތައް ކުރާނީ ދިވެހި ދިދައިގައި

މިނިވަންދުވަހާއި ގުޅިގެން ފްލައިމީގެ ޝެޑިއުލްއަށް ހާއްސަ ބަދަލުތަކެއް ނުގެނައި ކަމުގަ ވީނަމަވެސް، ތަފާތުކަމެއް ވަނީ ކޮށްފައެވެ. އެގޮތުން ފްލައިމީއިން މިއަދު އެ އެއާލައިންގެ ކްރޫއިން ދަތުރުތައްކޮށްފައިވަނީ ގައުމީ ދިދަ ޖަހާފައިވާ ޓީޝާޓްގައެވެ. މީގެ ކުރިން އެ އެއާލައިނުން ކުލަގަދަކޮށް އެކި ދުވަސްތައް ފާހަކޮށްފައިވާއިރު އެންމެ ފަހުން ވަނީ ނިމި ދިޔަ އަޟްހާ ޢީދު ފާހަގަކޮށް އެދުަވަހު ފްލައިމީއިން ދަތުރުކުރި ހުރިހާ ދަތުރުވެރިންނަށް ހަދިޔާއެއްވެސް ދީފައެވެ. މީގެ އިތުރު ފްލައިމީއަށް މިއަހަރު 10 އަހަރު ފުރ...

އިބްރާހިމް އަސްވާޤް
އުރީދޫ ބޮޑު އީދު ކޮމްބޯ މި މަހުގެ ނިޔަލަށް ލިބޭނެ

އުރީދޫ ބޮޑު އީދު ކޮމްބޯ މި މަހުގެ ނިޔަލަށް ލިބޭނެ

ބޮޑު އީދާ ދިމާކޮށް އުރީދޫ އިން ތައާރަފު ކުރި ބޮޑު އީދު ކޮމްބޯ މި މަހުގެ ނިޔަލަށް ލިބޭނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ. މިއީ އެންމެ 50 ރުފިޔާއަށް 4 ޖީބީ ޑޭޓާ ލިބޭ ކޮމްބޯ ޕްލޭނެކެވެ. 24 ގަޑިއިރަށް ބޭނުން ކުރެވޭ މި ޕްލޭނުގެ ދަށުން ޑޭޓާގެ އިތުރުން އުރީދޫ ނަންބަރުތަކަށް އަންލިމިޓެޑްކޯލްސް އާއި އެހެނިހެން ނެޓްވޯކުތަކަށް 100 ފްރީމިނެޓް ލިބޭނެއެވެ. މި ޕެކޭޖު އެކްޓިވޭޓް ކުރަން އުރީދޫގެ އެޕްލިކޭޝަނުން ނުވަތަ *929*2# އަށް […]

އަޙްމަދު ވަހީދު
ހަނިމާދޫ ސްކޫލް ލައިބްރަރީ ތަރައްޤީ ކުރުމުގެ ތައްޔާރީތައް ޒުވާނުންގެ ޖަމިއްޔާއިން ފަށައިފި

ހަނިމާދޫ ސްކޫލް ލައިބްރަރީ ތަރައްޤީ ކުރުމުގެ ތައްޔާރީތައް ޒުވާނުންގެ ޖަމިއްޔާއިން ފަށައިފި

ބޭޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ފަރާތުން ހިންގާ “އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑް” ގެ ދަށުން ހަނިމާދޫ ސްކޫލް ލައިބްރަރީ އިތުރަށް ތަރައްޤީ ކުރުމަށް، ހަނިމާދޫ ޒުވާނުންގެ ޖަމްޢިއްޔާއިން ކާމިޔާބު ކޮށްފައިވާ ޕްރޮޖެކްޓްގެ މަސައްކަތް ފެށުމުގެ ގޮތުން ވާން ޖެހޭ ތައްޔާރީތައް ހަނިމާދޫ ސްކޫލާއި ގުޅިގެން އެ ޖަމްޢިއްޔާއިން ވާން ފަށައިފިއެވެ މިގޮތުން 25 ޖުލައި 2021 ވީ އާދީއްތަ ދުވަހުގެ ރޭ ހަނިމާދޫ ޒުވާނުންގެ ޖަމްޢިއްޔާގެ ހިންގާ ކޮމިޓީން ވަނީ ހަނިމާދޫ ސްކޫލުގެ އިސް […]

އިބްރާހިމް ޚަލީލް
ގޮދަން ފުށް ފެކްޓްރީން އެކި ބާވަތުގެ ފުށް އުފައްދާނެ: އަމްރު

ގޮދަން ފުށް ފެކްޓްރީން އެކި ބާވަތުގެ ފުށް އުފައްދާނެ: އަމްރު

އެސްޓީއޯގެ ގޮދަން ފުށް ބަންދު ކުރާ ފެކްތްރީގައި ތަފާތު ބާވަތްތަކުގެ ފުށް ތައްޔާރު ކުރާނެ ކަމަށް އެސްޓީއޯއިން ބުނެފިއެވެ. އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު މިހެން ވިދާޅުވީ އެކި މާއްދާ އެކުލެވޭ ފައިދާ ހުރި ފުށް އެސްޓީއޯގެ ކާރުޚާނާއިން އުފައްދާނެ ކަމަށް އުއްމީދު ކުރައްވާކަމަށް ވިދާޅުވެ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު އަހުމަދު ފައިސަލް ކުރެއްވި ޓުވީޓަކާއި ގުޅިގެންނެވެ. އަމްރު ވިދާޅުވީ އަމިއްލަ ފަރާތްތަކާއި ކާބޯތަކެތި އުފެއްދުމުގެ ދާއިރާގައި ހަރަކާތްތެރިވާ ގިނަ ފަރާތްތަކާއި، ވިޔަފާރިކުރާ ފަ...

އަޙްމަދު ވަހީދު
ޢީދަށް ދާންވީ ބާރަށަށް

ޢީދަށް ދާންވީ ބާރަށަށް

1442 ވަނަ އަހަރުގެ ބާރަށުގެ އަޟްޙާ ޢީދު ޝެޑިއުލް މިފަހަރު މި ފެނުނީ މާ ފަހުންނެވެ. މިހެން ހިތަށްނޭރިއްޔާ ދެރަތާއެވެ. ޢީދު ދުވަހުން ފަށައިގެން ޖުމްލަ ހަ ދުވަހުގެ ނިޔަލަށް އަތުރާލާފައިވާ ތަފާތު ކުޅިވަރުތަކާއި އެ ކުޅިވަރުތަކުގެ މާހައުލުގެ ހިތްގައިމު ފޮޓޯތައްފެނި މިކަމަށް ޢިތުރު ޝަޢުޤެއް އުފައްދައިފިއެވެ. ޢީދުދުވަހު ޢީދު ނަމާދުން ފޭބުމާއެކު ކުޅިވަރުތައް ފެށުނީއެވެ. ދެން ހަމަ ހުއްޓިލާ ހުންނާނެ ވަގުތެއް ނެތޭ ބުނުން ވެސް ދޮގަކަށް ނުވާނެއެވެ. ޢީދު ނަމާދަށް ފަހު ރަށުގެ ކުދިބޮޑު […]

އިބްރާހިމް ޚަލީލް
މިނިވަންދުވަހުގެ ހާއްސަ އިޙްތިފާލުގައި ރައީސް ބައިވެރިވެ ވަޑައިގަންނަވައިފި

މިނިވަންދުވަހުގެ ހާއްސަ އިޙްތިފާލުގައި ރައީސް ބައިވެރިވެ ވަޑައިގަންނަވައިފި

ދިވެހިރާއްޖޭގެ މިނިވަންކަމަށް 56 އަހަރުފުރުމުގެ މުނާސަބާ ފާހަގަކުރުމުގެ ގޮތުން މިއަދު ހެނދުނު ބޭއްވެވި ދިދަ ނެގުމުގެ ޚާއްޞަ އިޙްތިފާލުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބައިވެރިވެ ވަޑައިގަންނަވައިފިއެވެ. މިއަދު ހެނދުނު 5:50 ގައި ޖުމްހޫރީ މައިދާނުގައި ބޭއްވެވި ދިދަ ނެގުމުގެ މި ޚާއްޞަ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޖުމްހޫރީ މައިދާނަށް ވަޑައިގަތުމުން އެމަނިކުފާނަށް މަރުޙަބާ ދެންނެވީ މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދުދީދީ އާއި، މިނިސްޓަރ އޮފް ހ...

އަޙްމަދު އަރުޝަމް
ދިޔަވަމުން ދިޔަ ދޯންޏަކަށް އެމްއެންޑީއެފްއިން އެހީތެރިވެއްޖެ

ދިޔަވަމުން ދިޔަ ދޯންޏަކަށް އެމްއެންޑީއެފްއިން އެހީތެރިވެއްޖެ

ދިޔަވަމުން ދިޔަ ދޯންޏަކަށް އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ސިފައިން އެހީތެރިކަން ފޯރުކޮށްދީފިއެވެ. ދިޔަވަމުން ދިޔަ ދޯންޏަކީ، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް، ހުޅުލެ ކާގޯ ޖެޓީގައި މުދާ ބަރުކުރަމުންދިޔަ ދޯންޏެކެވެ. މިހާދިސާގެ ރިޕޯޓް އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބިފައިވާ ވަނީ ރޭ 00:55 ހާއިރު ކަމަށް އެމްއެންޑީއެފްއިން ވަނީ ވިދާޅުވެފައެވެ. މި ލިބުމާއެކު އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ޑައިވަރުން ވަނީ ވަގު...

ޔުމްނާ ޢަލީ
މޫސުން ގޯސްވެ، ކުރިނބީ ދޯންޏެއް ފަރަށް އަރައިފި

މޫސުން ގޯސްވެ، ކުރިނބީ ދޯންޏެއް ފަރަށް އަރައިފި

މޫސުން ގޯސްވެ ކުރިނބީ ފަޅުގައި އަޅާފައި އޮތް ދޯންޏެއްގެ ވާކަނޑައިގެން ގޮސް އެރަށު ފަރަށް އަރައިފިއެވެ. ކުރިނބީ ކައުންސިލްގެ ރައީސް އަބްދުﷲ އަސްލަމް “ތިލަދުން” އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މި ހާދިސާ ހިނގާފައިވަނީ މިރޭ 8:45 ހާއިރުކަމަށެވެ. މި ދޯނި އަރައިފާވަނީ އެރަށު ފަޅުގެ ނެރުބައްތި ކައިރި ތޮށިގަނޑަކަށް ކަމަށް އަސްލަމް ވިދާޅުވިއެވެ. މި ދޯނި މިހާރު ވަނީ އެރަށު ރައްޔިތުން ނިކުމެ އެއްގަމުކޮށްފަ އެވެ. މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައެއް ނުވެއެވެ. ދޯނި އެއްގަމުކުރެވުނު ނަމަވެސް އެ […...

އަޙްމަދު އަރުޝަމް
ކުޅުދުއްފުށި ސިޓީގެ އިހްތިސާސް ތެރެއަށް، ކުނބުރުދޫ ނުވަތަ ކޭލަކުނު ހިމެނުމަށް އެދިއްޖެ

ކުޅުދުއްފުށި ސިޓީގެ އިހްތިސާސް ތެރެއަށް، ކުނބުރުދޫ ނުވަތަ ކޭލަކުނު ހިމެނުމަށް އެދިއްޖެ

ކުޅުދުއްފުށި ސިޓީގެ އިހްތިސާސް ތެރެއަށް، ހދ. ކުނބުރުދޫ ނުވަތަ ހދ. ކޭލަކުނު ހިމެނުމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން އެދިއްޖެ އެވެ. ކުޅުދުއްފުށި ސިޓީގެ މޭޔަރު މުޙައްމަދު ޢާޠިފު ވިދާޅުވީ މިގޮތަށް މަޝްވަރާ ކުރެވިފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް އެސިޓީއަށް ދާދިފަހުން ކުރެއްވި ދަތުރުގައި އެކައުންސިލް އާއިއެކު ކުރިއަށްގެންދިޔަ މަޝްވަރާ ތަކުގެ ތެރޭގައި ކަމަށެވެ. މިކަމުގެ މަޢުލޫމާތު “ތިލަދުން” އާއި ހިއްސާ ކުރައްވަމުން މޭޔަރު މުޙައްމަދު ޢާޠިފު ވިދާޅުވީ، ކުޅުދުއްފުއްށި ސިޓީގެ ބި...

އިބްރާހިމް އަސްވާޤް
އާޒިމް ބިލެތްފަހީގެ ބަނދަރުގެ މަސައްކަތް ބައްލަވާލައްވައިފި

އާޒިމް ބިލެތްފަހީގެ ބަނދަރުގެ މަސައްކަތް ބައްލަވާލައްވައިފި

ށ. ބިލެތްފަހީގެ ބަނދަރުގެ މަސައްކަތ ކުރިއަށްދާގޮތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ ސީއީއޯ އާދަމް އާޒިމް ބައްލަވާލައްވައިފި އެވެ. މި މަޝްރޫއުގެ ދަށުން މިއަދު ވަނީ އެއްގަމު ތޮށިލުމަށް ބޭނުންވާ ކޮންކްރީޓް ބްލޮކްތައް އިންސްޓޯލްކޮށްފަ އެވެ. ބިލެތްފަހި ބަނދަރު ތަރައްގީކުރުމުގެ މަސައްކަތުގެ ދަށުން މ24،125 ކިއުބިކް މީޓަރުގެ ސަރަހައްދުގެ ބަނދަރު ފުންކުރުމާއި، 376 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 98 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 1،150 އަކަ...

އަޙްމަދު ވަހީދު
ސާއިދުއަށް އެހީވުމަށް ވޮއިސް އޮފް މޯލްޑިވްސްގެ ކްލަބްހައުސްގައި މީރޭ ޚާއްސަ އިވެންޓެއް

ސާއިދުއަށް އެހީވުމަށް ވޮއިސް އޮފް މޯލްޑިވްސްގެ ކްލަބްހައުސްގައި މީރޭ ޚާއްސަ އިވެންޓެއް

ސާއިދު އަހުމަދުގެ 2 ކިޑްނީ ފެއިލްވެ ކިޑްނީ އެއް ހަދިޔާ ކޮށްދޭން ފަރާތެއް ހޯދުމަށް “ވޮއިސް އޮފް މޯލްޑިވްސްގެ ކްލަބްހައުސް” ގައި މީރޭ ޚާއްސަ އިވެންޓެއް ކުރިއަށް ގެންދިއުމަށް ނިންމައިފި އެވެ. މިއީ ރާއްޖޭގެ މަޝްހޫރު ކުޅިވަރު ނޫސްވެރިޔާ އަދި ފުޓްބޯޅަ ކޮމެންޓްރޭޓަރ ސާއިދު އަހުމަދުއަށް ކިޑުނީއެއް ލިބޭތޯ މަސައްކަތް ކުރުމަށް ތިނަދޫ ޒުވާނުންތަކެއް އިސްނަގައިގެން ކުރިޔަށް ގެންދާ ޚާއްޞަ ކެމްޕެއިންގެ ދަށުން ކުރިއަށް ގެންދާ އިވެންޓްއެކެވެ. ކްލަބް ހައުސްގެ ކްލަބެއް ކަމުގައިވާ ވޮއިސް އޮފް މޯލްޑިވްސްގެ މި ފޯރަމް...

އިބްރާހިމް އަސްވާޤް
ހޯރަފުށީ އެއާޕޯޓުގެ ރަންވޭއަށް ވެލި އަރައި މިއަދުގެ ދަތުރުތައް ކެންސަލް

ހޯރަފުށީ އެއާޕޯޓުގެ ރަންވޭއަށް ވެލި އަރައި މިއަދުގެ ދަތުރުތައް ކެންސަލް

ހޯރަފުށީ އެއާޕޯޓުގެ ރަންވޭއަށް ވެލި އަރައި މިއަދުގެ ދަތުރުތައް ކެންސަލްކޮށްފިއެވެ. “ތިލަދުން” އަށް މައުލޫމާތު ލިބިފައިވާގޮތުގައި މިއަދު އޮތް ހުރިހާ ދަތުރެއް ވަނީ މާދަމާއަށް ފަސްކޮށްފައެވެ. ދަތުރުތައް ކެންސަލް ކުރީ މިއަދު ކުރި ވިއްސާރައިގެ ސަބަބުން އެއާޕޯޓުގެ ރަންވޭއަށް ވެލި އެރުމުގެ ސަބަބުންނެވެ. މޫސުން ގޯސްވުމުގެ ސަބަބުން މިދިޔަ މެއި މަހުވެސް އެއާޕޯޓަށް ގެއްލުންވެ ދަތުރުތައް ވަނީ މެދުކަނޑާލައިފައެވެ. މި ދަތުރުތައް އަލުން ފެށީ މިދިޔަ މަހުއެވެ. ހޯރަފުށީ އެއާޕޯޓަކީ މި ސަރުކާރުން ހެދި ފުރަތަމަ އެއާ...

އަޙްމަދު ވަހީދު
5 ދަޅުލީ ކަންބަޅިއަކަށް ގިނަ ބައެއްގެ ސަމާލުކަން

5 ދަޅުލީ ކަންބަޅިއަކަށް ގިނަ ބައެއްގެ ސަމާލުކަން

ފަސް ދަޅު ލާފައި ހުރި ކަންބަޅިއަކަށް ގިނަ ބައެއްގެ ސަމާލުކަން ލިބިއްޖެއެވެ. ނައިޖީރިއާގެ ލާގޯސްއިން ފެނުނު މި ކަންބަޅީގެ ވީޑިއޯތައް މިހާރު ވަނީ ސޯޝަލް މީޑިއާގެ އެކި ވަސީލަތްތަކުގައި އާއްމުވެފައެވެ. މިއީ ރެމް ނުވަތަ ފިރިހެން ކަންބަޅިއެކެވެ. އާއްމުކޮށް ފިރިހެން ކަންބަޅިއެއްގައި ހުންނަނީ އެންމެ ދެ ދަޅެވެ. ބައެއް ކަންބަޅިތަކުގައި ދަޅެއް ނުވެސްހުރެއެެވެ. މިކަންބަޅީގެ ވީޑިއޯއެއްވަނީ ރޮއިޓާސްރސް އިންވެސް ހިއްސާކޮށްފަ އެވެ. A rare five-horned ram in Lagos steals the show as Nigerians mark […]

އަޙްމަދު ވަހީދު
ދަނޑުވެރިކަމުން ލިބޭ ނަފާ އިތުރުކުރުމަށް ކުރެވިދާނެ 6 ކަމެއް

ދަނޑުވެރިކަމުން ލިބޭ ނަފާ އިތުރުކުރުމަށް ކުރެވިދާނެ 6 ކަމެއް

ދަނޑުވެރިކަމަކީ މިހާރުވެސް ގިނަ އަދަދެއްގެ ދިވެހީން އާއްމުދަނީ ހޯދުމަށް ކުރަމުން އަންނަަ މަސައްކަތެކެވެ. އަދި ޖުމްލަ ޤައުމީ ޢާއްމުދަނީގައި މުހިއްމު ޙިއްޞާއެއް އޮންނަ އިޤްތިޞާދީ މަސައްކަތެކެވެ. ނަމަވެސް އަބަދުވެސް ދަނޑުވެރީންގެ ޝަކުވާތަކެއް ހުރެއެވެ. ސަރުކާރުން އަޅައިނުލާ ވާހަކައެވެ. ކައުންސިލްތަކުން ސަމާލުކަމާއި އެހީތެރިކަން ނުލިބޭ ވާހަކައެވެ. މިކަންކަން މިހެންހުރިކަމުގައި ވިޔަސް ދަނޑުވެރިކަން މިހާރަށްވުރެ ރަނގަޅަށް އަދި ބޮޑު ނަފާއެއް ލިބޭގޮތަށް އަޅުގަނޑުމެން ދަނޑުވެރީންނަށް ކުރެވިދާނެ ގޮތްތަކެއ...

ހުބާ ޕްލާންޓްސް