މައި ޚަބަރަށް ދިޔުމަށް

ތިލަދުންގެ އަރުޝީފުން ހޯދުން

ފަހުގެ ހޯދުންތައް:
ކުޅުދުއްފުށިން އިތުރު 3 ޕޮޒިޓިވް ކޭސް، ފްލޫ ކްލިނިކަށް ދެއްކި ކުއްޖަކުވެސް ހިމެނޭ

ކުޅުދުއްފުށިން އިތުރު 3 ޕޮޒިޓިވް ކޭސް، ފްލޫ ކްލިނިކަށް ދެއްކި ކުއްޖަކުވެސް ހިމެނޭ

ކުޅުދުއްފުށީ ސިޓީއިން އިތުރު ތިން މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް)އިން ވިދާޅުވި ގޮތުގައި ޕޮޒިޓިވްވެފައި ވަނީ 23 ޖުލައި ގައި ފުލޫ އޯޕީޑީއަށް ދެއްކިއިރު ޕޮޒިޓިވްވި ކުއްޖާގެ ކޮންޓެކްޓުންގެ ގޮތުގައި ފާހަގަ ވީ މީހުންގެ ތެރެއިން ދެ މީހަކާއި، އިއްޔެ ފުލޫ އޯޕީޑީ އަށް ދެއްކި ފަރާތެއް ކަމަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އިއްޔެ ފްލޫ ކްލިނިކަށް ދެއްކިއިރު ޕޮޒިޓިވްވެފައި ވަނީ އުމުރުން 16 އަހަރުގެ ކުއްޖެކެވެ. 23 ޖުލައިގައި ފުލޫ ކުލިނިކަށް […]

ޔުމްނާ ޢަލީ
ވެކްސިން ޖެހުމުގެ އެންމެ ކާމިޔާބު ގައުމުތަކުގެ ތެރޭގައި ރާއްޖެ

ވެކްސިން ޖެހުމުގެ އެންމެ ކާމިޔާބު ގައުމުތަކުގެ ތެރޭގައި ރާއްޖެ

ކޯވިޑް-19 ޖެހުމުގެ އެންމެ ކާމިޔާބު 25 ގައުމުަތަކުގެ ތެރޭގައި ރާއްޖެ ހިމެނިއްޖެއެވެ. މި ލިސްޓުގައި ރާއްޖެ ހިމެނެނީ 19ވަނައިގަ އެވެ. މި ލިސްޓުގައި ކުދި ގައުމުތަކުގެ ތެރޭގައި ހިމެމެނެނީމަދު ގައުމުތަކެކެވެ. އެއީ މަލްޓާ އާއި ސޭޝެލްސް އާއި އައިސްލެންޑު ފަދަ ކުދި އާބާދީ ހިމެނޭ ގައުމުތަކެވެ. މުޅި ދުނިޔޭގެ އާބާދީއަށް ބަލާއިރު މިހާތަނަށް ކޯވިޑް ވެކްސިން ފުރިހަމަ ކޮށްފައިވަނީ އެންމެ 13.4 އިންސައްތަ މީހުންނެވެ. ރާއްޖޭގެ ވެކްސިން ޖެހޭ އާބާދީގެ 50އިންސައްތައަށް ވުރެ ގިނަ މީހުންނަށް ވަނީ […]

އަޙްމަދު ވަހީދު
ދިއްދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީން ބޭސިކް ފަހާ ކޯހެއް ފަށަނީ

ދިއްދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީން ބޭސިކް ފަހާ ކޯހެއް ފަށަނީ

ހއ. ދިއްދޫގައި އަންހެންވެރިންނަށް ޚާއްސަ ކޮށް ބޭސިކް ފަހާ ކޯހެއް ފަށަން ނިންމައިފި އެވެ. މި ކޯސް އިންތިޒާމް ކޮށްފައިވަނީ ދިއްދޫ އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީންނެވެ. އެ ކޮމިޓީން އިއްޔެ ވަނީ މި ކޯހުގައި ބައިވެރިވާން އެދޭ ފަރާތްތަކައް އެ ފުރުސަތު ހުޅުވާލާފައެވެ. އެގޮތުން، ކޯހުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މި މަހުގެ 26 ވަނަ ދުވަހުގެ 00:00 ގެ ކުރިން ނަންނޯޓުކުރަން ޖެހޭނެކަމަށް އެ ކޮމިޓީން ހާމަކުރިއެވެ. 15 ދުވަހުގެ މުއްދަތަކަށް […]

އަޙްމަދު އަރުޝަމް
ފުލޫ ކުލިނިކަށް ދެއްކި 13 އަހަރުގެ ކުއްޖަކު ޕޮޒިޓިވް ވުމުން ކުޅުދުއްފުށި މޮނީޓަރިންއަށް

ފުލޫ ކުލިނިކަށް ދެއްކި 13 އަހަރުގެ ކުއްޖަކު ޕޮޒިޓިވް ވުމުން ކުޅުދުއްފުށި މޮނީޓަރިންއަށް

ފުލޫ ކުލިނިކަށް ދެއްކި 13 އަހަރުގެ ކުއްޖަކު ޕޮޒިޓިވް ވުމުން ކުޅުދުއްފުށި ސިޓީ މޮނީޓަރިންއަށް ލައިފި އެވެ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) އިން މަޢުލޫމާތު ދެމުން ބުނެފައިވަނީ ހުމާއި ރޯގާގެ އަސަރު ހުރެގެން އިއްޔެ ފުލޫ ސާމްޕަލް ނެގުނު 13 އަހަރުގެ ކުއްޖެއް ވަނީ ކޮވިޑް 19 އަށް ޕޮޒުޓިވްވެފައިކަމަށެވެ. އެހެންކަމުން މި ކޭސް އާއި ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ފެށިފައިވާކަމަށާއި, ކުޅުދުއްފުށި ސިޓީ މިވަގުތުވަނީ މޮނީޓަރިންގ އަށް ލެވިފައިކަމަށް ކޭއާރުއެޗް އިން ބުނެ އެވެ. ކުޅުދުއްފުށ...

އިބްރާހިމް އަސްވާޤް
12 އަހަރުން މަތީ ކުދިންނަށް މޮޑާނާ ވެކްސިން ދޭން އީޔޫ އިން ހުއްދަ ދީފި

12 އަހަރުން މަތީ ކުދިންނަށް މޮޑާނާ ވެކްސިން ދޭން އީޔޫ އިން ހުއްދަ ދީފި

އުމުރުން 12 އަހަރުން މަތީގެ ކުދިންނަށް މޮޑަނާގެ ކޮވިޑްވެކްސިން ދިނުމަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ މެޑިސިންސް އޭޖެންސީން ހުއްދަ ދީފިއެވެ. އީޔޫގެ މެޑިސިންސް އޭޖެންސީން މިހުއްދަ ދިނީ 12 އަހަރާއި 17 އަހަރާ ދެމެދުގެ 3،700 ކުދިން ބޭނުންކޮށްގެން ހެދި ދިރާސާއަކަށްފަހުއެވެ. އެގޮތުން، އުމުރުން 18 އަހަރާއި 25 އަހަރާ ދެމެދުގެ އުމުރުގެ މީހުންނެކޭ އެއްފަދައިން، މޮޑަނާގެ ވެކްސިން ޖެހުމުން އުމުރުން 12 އަހަރާއި 17 އަހަރާ ދެމެދުގެ އުމުގެ ކުދިންގެ ހަށިގަނޑުގައި ދާދިއެއް މިންވަރަކަށް އެންޓިބޮޑީ […]

އަޙްމަދު ވަހީދު
ހއ އަތޮޅުން ނ އަތޮޅަށް ވައިޓް އެލާޓް ނެރެފި

ހއ އަތޮޅުން ނ އަތޮޅަށް ވައިޓް އެލާޓް ނެރެފި

ހއ އަތޮޅާއި ނ އަތޮޅާ ދެމެދުގެ ރަށްތަކަށް ވައިޓް އެލާޓް ނެރެފިއެވެ. މެޓް އޮފީހުން މިއަދު ނެރުނު އެލާޓްގައި ބުނެފައިވަނީ ހއ އަތޮޅާއި ނ އަތޮޅާ ދެމެދުގެ ރަށްތަކަށް ވައިޓް އެލާޓް ނެރުނީ ބޯކޮށް ވާރެވެހުމާއެކު ގުގުރާނޭކަމަށް ލަފާކުރެވުމުންނެވެ. މި ވައިޓް އެލާޓް ނެރެފާވަނީ މިއަދުގެ 17:00 އާއި 22:00 އާ ދޭތެރެއަށެވެ. މިވަގުތުތަކުގައި ވިލާގަނޑުގައި ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވާނެކަމަށް ލަފާކުރެވޭކަމަށްވެސް މެޓު އޮފީހުން ބުންޏެވެ. މިއަދުގެ 10:00 އިން މާދަމާގެ 10:00 އަށް ދިވެހިރާއްޖޭގެ މޫސުން ކުރިއަށް ލ...

އަޙްމަދު އަރުޝަމް
އުރީދޫގެ ފޯރިގަދަ އަތޮޅު ދުވުމުގައި ބައިވެރިވާން ތައްޔާރުތަ؟ އަވަހަށް ރަޖިސްޓަރ ކުރޭ!

އުރީދޫގެ ފޯރިގަދަ އަތޮޅު ދުވުމުގައި ބައިވެރިވާން ތައްޔާރުތަ؟ އަވަހަށް ރަޖިސްޓަރ ކުރޭ!

މުޅި ރާއްޖެއަށް ހާއްސަކޮށްގެން އުރީދޫ މޯލްޑިވްސް އިން ބާއްވާ ފޯރިގަދަ ވަޗުއަލް ދުވުމުގައި ބެރިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ. “އުރީދޫ އަތޮޅު ދުވުން” އަކީ ކޯވިޑް-19އާ ގުޅިގެން މިދިޔަ އަހަރު ފެށި ދުވުމެކެވެ. މި ދުވުމަށް މިދިޔަ އަހަރުވެސް ބޮޑު ތަރުހީބެއް ވަނީ ލިބިފައެވެ. އެގޮތުހް މިދިޔަ އަހަރުވެސް 5800 މީހުން މި ދުވުމުގައި ބައިވެރިވިއެވެ. މިއަހަރުގެ ދުވުން އޮންނާނީ އަންނަ މަހުގެ ތެރޭގައެވެ. މި ދުވުމުގައި ރަޖިސްޓްރީ ވާން ބޭނުންވާ މީހުންނަށް މިހާރު އުރީދޫ ޕޯޓަލް […]

އަޙްމަދު ވަހީދު
ކަސްޓަމްސްއިން ގިނަ އަދަދެއްގެ ބަނގުއާވި އަދި ޓޮނިކް ނައްތާލައިފި

ކަސްޓަމްސްއިން ގިނަ އަދަދެއްގެ ބަނގުއާވި އަދި ޓޮނިކް ނައްތާލައިފި

މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުއާވި އަދި ޓޮނިކް ނައްތާލައިފިއެވެ. މި ތަކެތި ނައްތާލާފައިވަނީ މި މަހުގެ 22 ވަނަ ދުވަހު، ތިލަފުށީގެ ކުނި ނައްތާލާ ސަރަހައްދުގައެވެ. ނައްތާލި ތަކެތީގެ ތެރޭގައި ހިމެނެނީ 12،013.32 ލީޓަރުގެ ބަނގުއާތްވާއި 3،535 ލީޓަރުގެ ޓޮނިކް ހިމެނޭ ކަމަށް ކަސްޓަމްސްއިން ވިދާޅުވެއެވެ. މި ތަކެއްޗަކީ ކަސްޓަމްސްގެ އާންމު ޤަވާއިދުގެ ދަށުން ބޮންޑެޑް ވެއަރހައުސްގައި ހުންނަ މުދާ ހަލާކުވުމުން ނުވަތަ މުއްދަތު ހަމަވުމުން ނުވަތަ މިނޫންވެސް ސަބަބަކާހުރެ...

ޔުމްނާ ޢަލީ
2019 ވަނަ އަހަރަކީ ދިއްދޫގެ ޙަޔާތުން ގެއްލިގެން ދިޔަ އަހަރެއް: ވަޙީދު

2019 ވަނަ އަހަރަކީ ދިއްދޫގެ ޙަޔާތުން ގެއްލިގެން ދިޔަ އަހަރެއް: ވަޙީދު

2019 ވަނަ އަހަރަކީ ދިއްދޫގެ ޙަޔާތުން ގެއްލިގެން ދިޔަ އަހަރެއް ކަމަށް ދިއްދޫ ދާއިރާގެ މެންބަރު އަބްދުﷲ ވަޙީދު ވިދާޅުވެއްޖެއެވެ. މެންބަރު ވަޙީދު މިހެން ވިދާޅުވީ، ރޭ “ދިއްދޫ ކުރިމަގު” ކްލަބްހައުސް ފޯރަމްގައި ބައިވެރިވި ދިއްދޫ ރައްޔިތުންނާއި މުޚާތަބުކުރަށްވައި ދެއްކެވި ވާހަކާގައެވެ. މެންބަރު ވަޙީދު ރައްޔިތުންގެ މަޖިލިސްގެ މެންބަރުކަމުގެ ހުވާކުރެއްވުމަށްފަހު 20 ސެޕްޓެމްބަރު 2019 ގައި ރަށުގައި ރައްޔިތުންނާއެކު ޢާންމު ބައްދަލުވުމެއް ބޭއްވިކަން ފާހަގަ ކުރައްވަމުން އޭނާ ވިދާޅުވީ، އޭގެ ފަހުން އެ ޙާލަތު ވަ...

އަލީ އާދިލް
މެއި 6 ހަމަލާ: މައުލޫމާތު ހާމަކުރުމުގެ ނޫސްވެރިންގެ ބައްދަލުވުމެއް މިރޭ

މެއި 6 ހަމަލާ: މައުލޫމާތު ހާމަކުރުމުގެ ނޫސްވެރިންގެ ބައްދަލުވުމެއް މިރޭ

މެއި 6 ވަނަ ދުވަހުގެ ރޭ ކުރީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާއިގުޅޭ ނޫސްވެރިންގެ ބައްދަލުވުމެއް މިރޭ ބާއްވަން ނިންމައިފިއެވެ. ފުލުހުން ވިދާޅުވީ، މި ބައްދަލުވުން ފެށޭނީ މިރޭ 20:40 ގައި ކަމަށެވެ. މި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދުގެ އިތުރުން އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ރިޔާޟާއި އަދި ޕްރޮސެކިއުޓަރ ޖެނެރަލް ޙުސައިން ސަމީމް ބައިވެރިވެ ވަޑައިގަންނަވާނެއެވެ. ރައީސް މުޙައްމަދު ނަޝީދަށް […...

ޝިއުނާ އާދަމް
ކޯވިޑް ބަލީގައި ނިޔާވި މީހުންގެ އަދަދު 219 އަށް އަރައިފި

ކޯވިޑް ބަލީގައި ނިޔާވި މީހުންގެ އަދަދު 219 އަށް އަރައިފި

ކޯވިޑް-19 ބަލީގައި ރާއްޖެއިން 60 އަހަރުގެ ފިރިހެނަކު ނިޔާވެއްޖެ އެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ވިދާޅުވި ގޮތުގައި ނިޔާވެފައި ވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުން ދިޔަ މީހެކެވެ. އޭނާ ނިޔާވީ ރޭ 11:43 ގައެވެ. މިއީ ރާއްޖޭން މިބަލީގައި ނިޔާވި 219 ވަނަ މީހާއެވެ. ރާއްޖޭން މިބަލީގައި މީހަކު ނިޔާވިކަން އެންމެ ފަހުން ރިޕޯޓްކޮށްފައިވަނީ މިމަހުގެ 21 ވަނަ ދުވަހުގައެވެ. އެއީވެސް ހުޅުމާލޭ މެޑިކަލް ފެސިލިޓީން ފަރުވާ ހޯދަމުންދިޔަ މީހެކެވެ. މިހާތަނަށް ރާއްޖޭން […]

ޔުމްނާ ޢަލީ
ހއ. އަތޮޅު ހޮސްޕިޓަލުގައި ކާމިޔާބު ކަމާއެކު ހަމުގެ ސާޖަރީއެއް ކޮށްފި

ހއ. އަތޮޅު ހޮސްޕިޓަލުގައި ކާމިޔާބު ކަމާއެކު ހަމުގެ ސާޖަރީއެއް ކޮށްފި

ހއ. ދިއްދޫގައި ހުންނަ، އެ އަތޮޅު ހޮސްޕިޓަލުގެ ސާޖަން އާއި އޭނާގެ ޓީމުން ކާމިޔަބުކަމާއެކު ހަމުގެ ސާޖަރީއެއް ކޮށްފި އެވެ. އެ ހޮސްޕިޓަލުން ހާމަކުރެއްވިގޮތުގައި، މި ސާޖަރީ ކުރިއަށް ގެންދިޔައީ މިމަހުގެ 21 ވަނަ ދުވަހު އެވެ. މި ސާޖަރީގައި އިސްކޮށް ހަރަކާތްތެރިވީ އެ ހޮސްޕިޓަލުގެ އާންމު ސާޖެން ޑރ. ސަޗިން ގިރި އާއި އެންތިއޮލޮޖިސްޓް ޑރ. ޗަންދްރަޖިތު އެވެ. އަދި ސިއްޙީ އެހީތެރިންގެ ގޮތުގައި ޕިޒިޝިއަން ޑރ. ޗިރަޔު އާއި އޭނާގެ ޓީމު ވަނީ މި […]

އަޙްމަދު އަރުޝަމް
ކައިޓްބޯޑިން ކުޅުދުއްފުށީގެ ފަރާތުން ބޭއްވި "ލައިޓް ޝޯ" ވަރަށް ހިތްގައިމު

ކައިޓްބޯޑިން ކުޅުދުއްފުށީގެ ފަރާތުން ބޭއްވި "ލައިޓް ޝޯ" ވަރަށް ހިތްގައިމު

ހދ.ކުޅުދުއްފުށި ސިޓީގައި އެ ރަށުގެ ކައިޓްސާފަރުން “ލައިޓް ޝޯ” ގެ ނަމުގައި ކައިޓް ދުއްވުމުގެ ވަރަށް ހިތްގައިމު ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ. ކައިޓްބޯޑިންގެ ކުޅުދުއްފުށީގެ ފަރާތުން 22 ޖުލައި 2021 ވީ ބުރާސްފަތި ދުވަހުގެ ރޭ 20:00 އިން 22:00 އަށް ކުރިއަށް ގެންދިޔަ މި ހަރަކާތުގައި، ކައިޓްތަކާއި އަދި ކައިޓް ސާފަރުންގެ ގައިގައި ކުލަބޮކިލައި ދިއްލައިގެން ވަނީ ކައިޓް ދުއްވާފައެވެ. އެކިކުލަކުލައިން ކައިޓްތައް ދިއްލާލައިގެން ކުރިއަށް ގެންދިޔަ ހިތްގައިމު މި ހަރަކާތް ބަލައިލަން އެ ސިޓީގެ […]

އިބްރާހިމް ޚަލީލް
ހުރިހާ ކަންކަމަކީ އަޑު ގަދަކޮށް، އަނގަ ގަދަކޮށްގެން ހައްލުވާނެ ކަންކަމެއްނޫން: ރޮޒޭނާ

ހުރިހާ ކަންކަމަކީ އަޑު ގަދަކޮށް، އަނގަ ގަދަކޮށްގެން ހައްލުވާނެ ކަންކަމެއްނޫން: ރޮޒޭނާ

ހުރިހާ ކަންކަމަކީ އަޑު ގަދަކޮށް، އަނގަ ގަދަކޮށްގެން ހައްލުވާނެ ކަންކަމެއްނޫން ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެ އެވެ. ރޮޒައިނާ މިހެން ވިދާޅުވީ، އޭނާ ވެސް ނިސްބަތްވެ ވަޑައިގަންނަވާ އެމްޑީޕީގެ ތެރޭގައި ޚިޔާލުތަފާތުވުންތަކެއް އުފެދިފައިވާ މި ދަނޑިވަޅުގައި ކުރެއްވި ޓްވީޓެއްގައެވެ. ރޮޒައިނާ ވިދާޅުވީ، ހުރިހާ ކަންކަމަކީ އަޑު ގަދަކޮށް، އަނގަ ގަދަކޮށްގެން ހައްލުވާނެ ކަންކަންނޫން ކަމަށެވެ. އަދި ބައެއް ކަންކަން ރަނގަޅުކުރަން ރަނގަޅު ގޮތްތައް ރާވައިގެން ވިސްނުންތެރިކަން އިސްކ...

ޔުމްނާ ޢަލީ
މިނިސްޓަރ ޝާޙިދު، އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަމޯދީއާ ބައްދަލުކުރައްވައިފި

މިނިސްޓަރ ޝާޙިދު، އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަމޯދީއާ ބައްދަލުކުރައްވައިފި

މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަދި އދގެ އާއްމު މަޖިލީހުގެ 76ވަނަ ސެޝަންގެ އިންތިޚާބީ ރައީސް ޢަބްދުﷲ ޝާޙިދު، އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މިއަދު ނިއުދިއްލީގައި އޮތް މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ ޝާހިދު ވަނީ ރައީސުލްޖުމްހޫރިއްޔާއާއި ދިވެހި ސަރުކާރާއި އަދި ރައްޔިތުންގެ ނަމުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށާއި، ސަރުކާރާއި އިންޑިއާގެ ރައްޔިތުންނަށް ހެޔޮ އެދުންތައް އަރިސްކޮށްފައެވެ. މިނިސްޓަރ ޝާޙިދު، މެދުނުކެނޑި އިންޑިއާ...

އިބްރާހިމް އަސްވާޤް