ތިލަދުންމަތީ ޚަބަރު ތިލަދުންމަތީ ހުނަރުވެރިން: މޮޅަދޫ މުޙައްމަދު މޫސާ، ލިޔެލާޖެހުމުގެ ފަންނުގައި ވެސް އެންމެ އުހުގައި ލިޔެލާޖެހުމުގެ މަސައްކަތޭ ބުނެފިނަމަ އެންމެން ވެސް ޚިޔާލުގޮސް ހުއްޓޭނީ ބ. ތުޅާދޫއަށެވެ. ސަބަބަކީ ރާއްޖޭގައި ލިޔެލާޖެހުމުގެ ފަންނުގައި އެންމެ ކުރީގައި ތިބި ބަޔަކީ އެއީ ކަމަށްވާތީއެވެ. އަދި ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި އެކަން ކުރާ ބަޔަކީވެސް އެއީއެވެ. ނަމަވެސް މިފަހަރު ތި ބޭފުޅުގެންގެ ކުރިމައްޗަށް މި ހުށަހަޅާލަނީ ލިޔެލާޖެހުމުގެ މަސައްކަތް ދަންނަ އަދި އެ މަސައްކަތް ކުރަމުން އަންނަ ތިލަދުންމަތީ އުތުރުބުރީ މޮޅަދޫ ޕެންޒީމާގެ މުޙައްމަދު މޫސާގެ ވާހަކައިން ތަންކޮޅެކެވެ. އުމުރުން މިހާރު ފަންސާހުގ... އިބްރާހިމް ޚަލީލް · 5 އަހަރު ކުރިން
ރާއްޖެ މާލޭގެ މަގުތަކުގައި ހަލާކުވެ ނުދުއްވާ ހުންނަތާ ގިނަ ދުވަސްވެފައިވާ އުޅަނދުތައް ނަގަނީ މާލޭ ސިޓީގެ މަގުތަކުގައި ހަލާކުވެ ނުދުއްވާ ހުންނަތާ ގިނަދުވަސްވެފައިވާ އުޅަނދުފަހަރު ނަގައި މަގުތައް ސާފުކުރުމަށް ހަމަޖެހިފައިވާކަމުގައި މާލޭ ސިޓީ ކައުންސިލްގެ އިދާރާއިން ވިދާޅުވެއްޖެއެވެ. މިކަމާއި ގުޅިގެން އެ ކައުންސިލުން މިއަދު ކޮށްފައިވާ އިޢުލާނުގައި އިތުރަށް ވިދާޅުވެފައި ވަނީ މާލޭ ސިޓީގެ މަގުމަތީގައި ހިނގާބިނގާވެއުޅޭ ފަރާތްތަކަށާއި ވެހިކަލް ދުއްވާ ފަރާތްތަކަށް ދަތިވާގޮތަށް ބަހައްޓާފައި ހުންނަ ވެހިކަލްތައް އެ ކައުންސިލާއި މޯލްޑިވްސް ޕޮލިސް ސާވިސް ގުޅިގެން ނެގުމަށް ހަމަޖެހިފައިވާ ކަމަށެވެ. 02... އިބްރާހިމް ޚަލީލް · 5 އަހަރު ކުރިން
ކޮލަމް ކަނޑައެޅިފައިވާ ސުންގަޑިއަށް ރަށްރަށުގެ ތަރައްޤީގެ ޕްލޭންތައް ނުނިމިއްޖެނަމަ ދެން ވާނީ ކިހިނެތް؟ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް އެންމެ ފަހުން ގެނެވުނު 8 ވަނަ އަދި 9 ވަނަ އިޞްލާޙާއެކު ރާއްޖޭގެ ރަށްރަށުގެ ކައުންސިލްތަކަށް މިހާރު ވަނީ މީގެ ކުރިން ދުވަހަކު ވެސް ނުލިބޭހާ ގިނަ ބާރުތަކަކާއި ބޮޑެތި އިޚްތިޔާރުތަކެއް ލިބިފައެވެ. އެ ރަށެއްގެ ތަރައްޤީއާއި ހިންގުމުގެ ހުރިހާ ކަމެއްގައި ފުރިހަމައަށް ބައިވެރިވުމާއި، ބަސްކިޔުމާއި ގޮތް ނިންމުމުގެ ތަނަވަސް ފުރުޞަތު ވެސް ރަށްރަށުގެ ކައުންސިލްތަކަށް ލިބިފައެވެ. މީގެ އިތުރުން، ރަށް ކުރިއަރުވާނެ ގޮތާއި، ރަށުގެ ބިމާއި […] ޢަލީ ހާޝިމް · 5 އަހަރު ކުރިން
ވިޔަފާރި ވިސާގެ ހިދުމަތް ދެން ދޭނީ ކުރީގެ ސްޓާސިނަމާ އިމާރާތުން މޯލްޑިވްސް އިމިގްރޭޝަންގެ ވިސާ ޑިވިޝަން ކުރީގެ ސްޓާ ސިނަމާ އިމާރާތަށް ބަދަލުކޮށްފިއެވެ. އިމިގްރޭޝަނުން ބުނީ މާދަމާއިން ފެށިގެން ވިސާ އާއި ގުޅޭ ހުރިހާ ހިދުމަތެއް ދެމުންދާނީ ކުރީގެ ސްޓާ ސިނަމާ ހިންގި މ. ސްޓާ ކުލައުޑުގެ އަށްވަނަފަންގިފިލާގައިކަމަށެވެ. އަދި މި ބަދަލާއެކު އިމިގްރޭޝަނުން ދެމުން އަންނަ ހިދުމަތްތައް އިތުރަށް ފުރިހަމަވާނެ ކަމަށްވެސް އެ އިދަަރާއިން ބުންޏެވެ. ވިސާ އާއި ގުޅޭ ހިދުމަތްތައް އިމިގްރޭޝަނުން މިހާރު ދެނީ އޮންލައިންކޮށެވެ. އެގޮތުން ބިޒްނަސް ވިސާ، ސްޕެޝަލް ވިސާ، މެރިއޭޖް ވިސާ، […] އަޙްމަދު ވަހީދު · 5 އަހަރު ކުރިން
ވިޔަފާރި މިދިޔަ މަހު އިމްޕޯޓާއި އެކްސްޕޯޓުން ލިބުނު އާމްދަނީ އިތުރުވެއްޖެ މިދިޔަ މަހު ރާއްޖޭގެ އިމްޕޯޓް އަދި އެކްސްޕޯޓުން ދައުލަތަށް ލިބުނު އާމްދަނީ 59 އިންސައްތަ އިތުރުވެއްޖެއެވެ. ކަސްޓަމްސްގެ ތަފާސް ހިސާބުތައް ދައްކާގޮތުގައި އިމްޕޯޓް އަދި އެކްސްޕޯޓަށް ލިބުނު ކުރިއެރުމާއެކު ދައުލަތަށް ލިބުނު އާމްދަނީ ވަނީ އިތުރުވެފައެވެ. އެގޮތުން މިދިޔަމަހު 247 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާއިރު މިދިޔަ އަހަރުގެ ޖޫންމަހު ލިބުނީ 156 މިލިއަން ރުފިޔާގެ އާމްދަނީއެކެވެ. މިދިޔަ މަހު ރާއްޖެއަށް އެތެރެ ކޮށްފައިވަނީ ތިން ބިލިއަން ރުފިޔާގެ މުދަލެވެ. މިދިޔަ އަހަރުގެ ޖޫން މަހު ރާއްޖެ [... އަޙްމަދު ވަހީދު · 5 އަހަރު ކުރިން
ރާއްޖެ ރިސޯޓެއްގެ ވޯޓާ ވިލާއެއްގައި ރޯވެއްޖެ ކ. އަތޮޅު ގަމަރުގިރި ކަައިރީ އޮންނަ ދަ ރިޒް ކާޓަން ސްޕާ ރިސޯޓްގެ ވޯޓާ ވިލާއެއްގައި ރޯވެ، އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. އެމްއެންޑީއެފް އިން ވިދާޅުވީ މި ހާދިސާގެ ރިޕޯޓް އެ އިދާރާއަށް ލިބިފައިވަނީ މިއަދު މެންދުރު 12:29 ހާއިރު ކަމަށެވެ. މިހާރު އެ ރިސޯޓުގެ މުއައްޒަފުން އަލިފާންގަނޑު ކޮންޓްރޯލްކޮށްފައިވާކަމުގެ މައުލޫމާތު ލިބޭކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއެވެ. އެމްއެންޑީއެފްގެ ފަޔާ އެންޑު ރެސްކިއު ޓީމުން ދަނީ އެ ރިސޯޓަށް ދަތުރުކުރަމުން ނެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުން […] ޝިއުނާ އާދަމް · 5 އަހަރު ކުރިން
ވިޔަފާރި މިހާތަނަށް ހަ ލައްކަ ފަތުރުވެރިން ރާއްޖެ އައިސްފި މި އަހަރުގެ މިހާތަނަށް ހަ ލައްކައަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފިއެވެ. ޓޫރިޒަމް މިނިސްޓްރީން ތަފާސްހިސާބުތައް ދައްކާގޮތުގައި މި މަހުގެ 28ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 600252 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީމިދިޔަ އަހަރުތެރޭ ރާއްޖެއަށް ޒިޔާރަތްކުރި މުޅި ޖުމްލަ ފަތުރުވެރިންގެ އަދަދާއި އަޅާ ބަލާއިރު އަށް އިންސައްތަ އިތުރު އަދަދެކެވެ. މިދިޔަ އަހަރު ކޯވިޑް-19އާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމާއި ދުނިޔޭގެ ޓޫރިޒަމް މަޑު ޖެހިފައި އޮތުމުގެ ސަބަބުން ރާއްޖެއަށް އަ... އަޙްމަދު ވަހީދު · 5 އަހަރު ކުރިން
ރާއްޖެ ޕެޓްރޯލާއި ޑީސެލް ބަރުކޮށްގެން ދަތުރުކުރި ބާޖެއް ނޫމަރާ ނެރުމައްޗަށް އުރިއްޖެ ގިނަ އަދަދެއްގެ ޕެޓްރޯލާއި ޑީސެލް ބަރުކޮށްގެން ދަތުރުކުރި ބާޖެއް ށ. ނޫމަރާގެ ހުޅަނގު ފަރާތު ނެރުމައްޗަށް އުރިއްޖެއެވެ. މިއީ އެފްއެސްއެމްގެ “މެކުނު” ނަމަކަށް ކިޔާ ތެޔޮ އުފުލާ ބާޖެވެ. މި ބާޖުގައި 5 ފަޅުވެރިން އެބަތިއްބެވެ. މި ބާޖު ފަރަށްއެރީ ށ. ފޯކައިދޫ އިން ފުރައިގެން ހދ. ނޭކުރެންދޫއަށް ދަތުރު ކުރަމުން ދަނިކޮށެވެ. އެމްއެންޑީއެފް އިން ވިދާޅުވީ، ގިނަ އަދަދެއްގެ ޕެޓްރޯލް އަދި ޑީސެލް ބަރުކޮށްގެން ދަތުރުކުރި މި ތެޔޮ ބާޖު ނޫމަރާގެ ހުޅަނގު ފަރާތު ނެރުމައްޗަށް އުރިގެން […] ޔުމްނާ ޢަލީ · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ފީވަކަށް އިތުރު ހާސްކަން، އިތުރު 19 މީހަކު ޕޮޒިޓިވްވެއްޖެ ށ. ފީވަކުން އިތުރު 19 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވް ވެއްޖެއެވެ. ފީވަކު ކައުންސިލް ރައީސް ޢަލީ ރަޝީދު “ތިލަދުން”އަށް ވިދާޅުވީ، އެރަށުން އިތުރު 19 މީހަކު ކޯވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަލަށް ޕޮޒިޓިވްވި އެންމެންނަކީ ވެސް ކުރިން ޕޮޒިޓިވްވި މީހުންނާއި، ސީދާ ބައްދަލުވި މީހުންކަމަށް އޭނާ ވިދާޅުވިއެވެ. “މިހާރު ވެސް މިދަނީ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތުގެ އިތުރުން ސާމްޕަލް ނެގުމުގެ މަސައްކަތް ވެސް ކުރަމުން، އަލާމާތް ފެނިގެން އަމިއްލައަށް ވެސް ސާމްޕަލް ނަގަން ބޭނުންވެގެން އެބަ ރިކުއެސްޓް […] ޙުސައިން ޝަހުދީ · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ކުޅުދުއްފުށީގެ އަދަދު މައްޗަށް، އިތުރު 8 މީހަކު ޕޮޒިޓިވްވެއްޖެ ހދ. ކުޅުދުއްފުށިން އިތުރު 8 މީހަކު ކޯވިޑް-19 ޕޮޒިޓިވް ވެއްޖެއެވެ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް)އިން ވިދާޅުވި ގޮތުގައި ކުޅުދުއްފުށީ ސިޓީން އިތުރު 8 މީހަކު ވަނީ މިއަދު އަލަށް ޕޮޒިޓިވްވެފައެވެ. މިއަދު ޕޮޒިޓިވްވި 8 މީހުންނަކީ ވެސް ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ނެގި ސާމްޕަލް ތަކުން ޕޮޒިޓިވްވި މީހުންނެވެ. މިއާއިއެކު އެ ސިޓީން ޕޮޒިޓިވްވި މީހުންގެ ޢަދަދު 34 އަށް އަރާފައިވާ ކަމަށް ކޭއާރުއެޗް އިން ވިދާޅުވެއެވެ. މިމަހުގެ 24 ވަނަ ދުވަހު ކޭއާރުއެޗުގެ ފުލޫ […] ޝިއުނާ އާދަމް · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ފްލޫ ކްލިނިކަށް ދެއްކި މީހަކު ޕޮޒިޓިވްވެ، ތަކަންދޫ މޮނިޓަރިންނަށް ހއ. ތަކަންދޫ ސިއްހީ މަރުކަޒުގެ ފްލޫ ކްލިނިކަށް ދެއްކި މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެ، އެރަށް މޮނިޓަރިން ހާލަތަށް ގެނެސްފިއެވެ. ތަކަންދޫން ޕޮޒިޓިވްވީ ޓްރެވަލް ހިސްޓްރީއެއް ވެސް ނެތް މީހެކެވެ. އޭނާ ބަލީގެ އަލާމާތް ފެނިގެން ފްލޫ ކްލިނިކަށް ދެއްކީ އިއްޔެއެވެ. ޕޮޒިޓިވްވިކަން އިނގުނީ މިއަދު އެވެ. އެރަށުން “ތިލަދުން”އަށް ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި، މިއިން ދުވަހަކު ދަތުރެއް ވެސް ނުކޮށް ރަށުގައި ހުރި މީހަކު ޕޮޒިޓިވްވުމުން ރަށަށް ވަނީ ހާސްކަން ކުރިމަތިވެފައިކަމަށެވެ. އަދި މި ދުވަސްވަރަކީ […] ޔުމްނާ ޢަލީ · 5 އަހަރު ކުރިން
ރާއްޖެ ޒުވާނަކު ގެއްލިގެން ހޯދަނީ މީހަކު ގެއްލިގެން ފުލުހުންނަށް ރިޕޯޓު ކުރުމާ ގުޅިގެން އެ މީހާ ހޯދުމުގެ މަސައްކަތް ކުރައްވަމުން އަންނަކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. ގެއްލިގެން ހޯދަމުންދަނީ އދ. ކުނބުރުދޫ، ފެހިގެ، އުމުރުން 26 އަހަރުގެ އަޙްމަދު ނައުފަލް އެވެ. ފުލުހުން ވިދާޅުވީ، މި މަހުގެ 26 ވަނަ ދުވަހުން ފެށިގެން އާއިލާއަށް އޭނާގެ އެއްވެސް ހަބަރެއްނުވެ، ވީނުވީއެއް ނޭނގި ގެއްލިގެން އާއިލާގެ ފަރާތުން ފުލުހުންނަށް އެކަން ރިޕޯޓުކޮށްފައިވާ ކަމަށެވެ. އެހެންކަމުން މިކަން ރިޕޯޓުކުރުމާ ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް ކުރަށްވަމުން ގެން... ޝިއުނާ އާދަމް · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ކުމުންދޫ އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީން ކުރެހުމުގެ މުބާރާތެއް ކުރިއަށް ގެންގޮސްފި ހދ. ކުމުންދޫ އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީން އިންތިޒާމް ކޮށްގެން ކުރެހުމުގެ މުބާރާތެއް ކުރިއަށް ގެންގޮސްފިއެވެ. މި ކުރެހުމުގެ މުބާރާތަކީ މިދިޔަ މިނިވަން ދުވަހާއި ގުޅުވައިގެން ކުރިއަށް ގެންދިޔަ ކުރެހުމުގެ މުބާރާތެކެވެ. މި މުބާރާތް އަމާޒުކޮށްފައި ވަނީ ކުމުންދޫ ސްކޫލްގެ ދަރިވަރުންނަށެވެ. މި މުބާރާތުގެ މަޢުލޫއަކީ “މިނިވަން ދުވަސް”އެވެ. މިގޮތުން މުބާރާތް ކުރިއަށް ގެންގޮސްފައި ވަނީ، އެ ސްކޫލުގެ ކީސްޓޭޖް 01، ކީސްޓޭޖް 02، ކީސްޓޭޖް 03، ކީސްޓޭޖް 04 ޖުމްލަ ހަތަރު ބަޔަކަށް ބަހާލައިގެން އެ […... ޔުމްނާ ޢަލީ · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު "ޝާޢިރުންގެ ވާދީން" ބޭއްވި ޅެން ހެދުމުގެ މުބާރާތުގެ 1 ވަނަ މުނައްވަރަށް “ޝާޢިރުންގެ ވާދީ”އިން މިއަހަރުގެ މިނިވަން ދުވަހާއި ގުޅުވައިގެން ބޭއްވި ޅެން ހެދުމުގެ މުބާރާތުގެ 1 ވަނަ ހދ. ކުޅުދުއްފުށީ ސިޓީ، ރިއޯ، އަޙްމަދު މުނައްވަރު މުޙައްމަދު ހޯދައިފިއެވެ. މުނައްވަރަކީ ވަރަށް ގިނަ ރީތި ޅެންތައް ފަށުވި އިބާރާތުން ލިޔެ، މީސް މީޑިއާއަށް ދޫކުރަމުންދާ ކުޅަދާނަ ޅެންވެރިއެއް ވެސް މެއެވެ. މީގެއިތުރުން އޭނާއަކީ ޖަމާއަތްތެރިއެއްގެ ގޮތުން ވެސް ގިނަ ބަޔަކު ދަންނަ ޚިދުމަތްތެރި މޫނެކެވެ. އޭނާ ދަނީ މާލޭ އާސަހަރާގެ އިތުރުން ހުޅުމާލޭ ސަހަރާގައި ވެސް މަސައްކަތް ކުރަމުންނެވެ. […] ޙުސައިން ޝަހުދީ · 5 އަހަރު ކުރިން
ކޮލަމް ޢާއިލީ ގުޅުންތައް ޢާއިލީ ގުޅުމަކީ ދެ ބަޔަކަށް ބެހިދާނެ ގުޅުމެކެވެ. ހިއްސީ ގުޅުމަކާއި މައުނަވީ ގުޅުމެކެވެ. މައުނަވީ ގުޅުމަށް ބަލާއިރު، ﷲ سبحانه وتعالى ވަޙީކުރައްވަނީ﴿إِنَّمَا الْمُؤْمِنُونَ إِخْوَةٌ﴾ (الحجرات:١٠) މާނައީ: “މުއުމިނުންވާކަންކަށަވަރީ، އަޚުންތަކެއް ކަމުގައެވެ.” މި ގުޅުމަކީ ދުނިޔެއާއި އާޚިރަތުގައި ވެސް ކެނޑީ ނުދާނެ ގުޅުމެކެވެ. ދުނިޔޭގެ ކޮންމެ ތަނެއްގައި ތިބި ކަމުގައި ވިޔަސް މުއުމިނުންގެ ޢާއިލާއަކީ އެއްބަނޑުއެއްބަފާ ގުޅުމެއް އެމީހުންގެ މެދުގައި ދާއިމަށް އޮންނާނެ ގުޅުމެވެ. މުއުމިނުން ސިފަކުރެއްވުމުގައި ﷲ... އައްޝައިޚް މުޙައްމަދު އަފްޟަލް · 5 އަހަރު ކުރިން