ތިލަދުންމަތީ ޚަބަރު ބިލެތްފަހި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ "ޖޯލިބީޗް" ހުޅުވައިފި ށ. ބިލެތްފަހީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން އިސްނަގައިގެން ތަރައްޤީކުރި ޕިކްނިކްއޭރިޔާ “ޖޯލިބޯޗް” ރަސްމީކޮށް ހުޅުވައިފިއެވެ. މި ބީޗް ރަސްމީކޮށް ހުޅުވައި ދެއްވާފައި ވަނީ އިއްޔެ އެކަމަށްޓަކައި އެ ސަރަހައްދުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ ރަށަށް ވަރަށްގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ އަބްދުއްސައްތާރު މޫސާއެވެ. އަދި އެ ރަސްމިއްޔާތުގައި ރަށުގެ ކުދިބޮޑު އެންމެން ވަނީ ބައިވެރި ވެފައެވެ. ބިލެތްފަހި ތުނޑީ ސަރަހައްދުގައި ދަތުރުދާ މީހުންނަށް ހާއްސަކޮށްގެން ތައްޔާރު... އިބްރާހިމް ޚަލީލް · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ނޭކުރެންދޫ ކަނޑޫފާ ސަލާމަތް ކުރަން މަސައްކަތް ކުރާތަނެއް ނުފެނޭ: ކައުންސިލް ހދ. ނޭކުރެންދޫ ކަނޑޫފާ މަރުވެ ނެތިވަމުންދާކަން ފާހަގަކުރެވުނުތާ އަހަރަކަށްވުރެ ގިނަ ދުވަސް ވެފައިވާއިރު އެ ކަނޑޫފާ ސަލާމަތް ކުރުމަށް ސަރުކާރުން އެކަށޭނަ މަސައްކަތެއް ނުކުރާކަމަށް ބުނެ، ނޭކުރެންދޫ ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފިއެވެ. ނޭކުރެންދޫ ކަނޑޫފަލަކީ ރާއްޖޭގެ އެންމެ ބިޔަ ކަނޑޫފާއެވެ. މިއީ ސަރުކާރުން ހިމާޔަތްކޮށްފައިވާ ކަނޑޫފަލެކެވެ. މިދިޔަ އަހަރުގެ ޖޫން މަހު ނޭކުރެންދޫ ކައުންސިލުން ވަނީ އެރަށުގެ ކަނޑޫފަލުން ދިހަ ހާހެއްހާ ކަނޑޫގަސް މަރުވެފައިވާކަމަށް އަންދާޒާކޮށް، އެކަމުގެ ކަންބޮޑުވުން... ޙުސައިން ޝަހުދީ · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ނެއްލައިދޫ ބަނދަރުގެ މަސައްކަތް ނިމުމާ ކައިރިވެއްޖެ ހދ. ނެއްލައިދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް ނިމުމާ ކައިރިވެއްޖެއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ އެ މަޝްރޫއުގެ 83 އިންސައްތަ މަސައްކަތް ނިމިފައި ވާކަމަށެވެ. އަދި މިމަޝްރޫއުގެ ދަށުން، އެއްގަމުތޮށި ލުމުގެ މަސައްކަތުގެ 97 އިންސައްތަ އާއި ޕޭވްމަންޓް ހެދުމުގެ މަސައްކަތުގެ 96 އިންސައްތަ މަސައްކަތް ވެސް ވަނީ ނިމިފައެވެ. މި މަޝްރޫއުގެ ދަށުން 62،863 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި ބިން ހިއްކުމާއި، 331 މީޓަރުގެ […] އަޙްމަދު ވަހީދު · 5 އަހަރު ކުރިން
ބައިނަލްއަގުވާމީ ހިޖުރީ އައު އަހަރާއިއެކު އުމްރާވުމުގެ ފުރުޞަތު ހުޅުވާލަނީ މާދަމާ ފެށޭ ހިޖުރީ އައު އަހަރާއިއެކު ދުނިޔޭގެ އެކި ކަންކޮޅުތަކުން އަންނަ އުމްރާވެރިންނަށް ސައުދީގެ ބޯޑަރު ހުޅުވާލައި އުމްރާވުމުގެ ފުރުޞަތު ދިނުމަށް ސައުދީ ސަރުކާރުން ނިންމައިފިއެވެ. ދުނިޔެއަށް ދިމާވި ކޯވިޑް-19 ބަލިމަޑު ކަމުގެ ހާލަތުގެ ސަބަބުން މިދިޔަ އަހަރުން ފެށިގެން ފާއިތުވި ދޮޅު އަހަރެއްހާ ދުވަހު ސައުދީން އޮތީ އެ ޤައުމަށް މީހުން އެތެރެވުން ވަރަށް ބޮޑަށް ކޮންޓްރޯލް ކޮށްފައެވެ. ކޯވިޑްގެ ސަބަބުން އަޅާފައިވާ ފިޔަވަޅުތަކާއިއެކު އެ ދުވަސްވަރު އުމްރާވުމާއި ހައްޖުވުމުގެ ފުރުޞަތި ދީފައިވަނީ އެ ޤައުމުގ... އިބްރާހިމް ޚަލީލް · 5 އަހަރު ކުރިން
ރާއްޖެ ވެކްސިންގެ އެއްވެސް ޑޯޒެއް ނުޖަހާ މީހުންނަށް ޝަރުތުތަކެއް ވެކްސިންގެ އެއްވެސް ޑޯޒެއް ނުޖަހާ މީހުންނަށް ހިދުމަތް ދިނުމާއި، މަސައްކަތުގެ މާހައުލަށް ނެރުމުގައި ޝަރުތުތަކެއް ކަނޑައެޅުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ނިންމައިފިއެވެ. އެޗްޕީއޭއިން ނެރުނު ބަޔާނެއްގައި ބުނީ ވެކްސިން ޖެހުމުގެ ޝަރިުތު ހަމަވާ މީހުންގެ ތެރެއިން އެއްވެސް ޑޯޒެއް ޖަހާފައި ނުވާ މީހުންނަށް އަންނަ މަހުން ފެށިގެން ބައެއް ހިދުމަތްތައް ލިބުމުގައާއި، މަސައްކަތަށް ނިކުތުމުގައި ޝަރުތުތަކެއް ހުންނާނެ ކަމަށެވެ. އޭގެ ތެރޭގައި: ކެފޭ ރެސްޓޯރަންޓުތަކުން ހިދުމަތް ހޯދުމުގައި ވަކި ޝަރު... ޝިއުނާ އާދަމް · 5 އަހަރު ކުރިން
ކުޅިވަރު ކޮމިއުނިޓީ ޝީލްޑް ލެސްޓާ ސިޓީ ކާމިޔާބު ކޮށްފި އިނގިރޭސި ސީޒަން ހުޅުވުމުގެ ގޮތުން ކުޅޭ ކޮމިއުނިޓީ ޝީލްޑް މެޗު ލެސްޓާ ސިޓީ ކާމިޔާބު ކޮށްފިއެވެ. ނިމިދިޔަ ސީޒަންގެ ޕްރިމިއާލީގު ކާމިޔާބުކުރި މެންޗެސްޓާ ސިޓީއާއި އެފްއޭކަޕް ކާމިޔާބުކުރި ލެސްޓާ ސިޓީ ބައްދަލުކުރި މި މެޗު ލެސްޓާއިން ކާމިޔާބު ކޮށްފައި ވަނީ 1-0 ގެ ނަތީޖާއިންނެވެ. ދެ ޓީމްގެ ފަރާތުން ދާދި ހަހަމަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ލެސްޓާއިން ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވާން އެންމެ މިނެޓަކަށް ވެފައި ވަނިކޮށް ލިބުނު ޕެނަލްޓީއަކުން […] އިބްރާހިމް ޚަލީލް · 5 އަހަރު ކުރިން
ރާއްޖެ މިނިވަން މުއައްސަސާތަކަށް އާންމުންގެ އިތުބާރު ހޯދަން އަދިވެސް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ މިނިވަން މުއައްސަސާތަކަށް އާންމުންގެ އިތުބާރާއި ޔަގީންކަން ހޯދުމަށް އަދިވެސް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށް ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތު ވިދާޅުވެއްޖެއެވެ. ފެހި ގާނޫނު އަސާސީ އަށް 13 އަހަރު ފުރުން ފާހަގަކޮށް ރިއްފަތު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ގާނޫނު އަސާސީ އަށް 13 އަހަރު ފުރޭ އިރު އައު ގާނޫނުއަސާސީން ކަށަވަރުކޮށްދެނީ ބާރުތައް ވަކިކުރެވިފައިވާ ނިޒާމެއް ކަމަށެވެ. ރިއްފަތު ވިދާޅުވީ މިނިވަން މުއައްސަސާތަކަކީ ޑިމޮކްރަސީގެ އުސޫލުން ހިންގާ ގައުމަކަށް ވަރަށް މުހިންމު އެއް އަސާސް […] ޝިއުނާ އާދަމް · 5 އަހަރު ކުރިން
ރާއްޖެ ޑީއެންއޭ އިން ވެސް އަންނަ ރިޔާސީ އިންތިހާބަށް ކެންޑިޑޭޓަކު ނެރެނީ ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު އިސްވެ ހުންނަވާ އުފައްދާފައިވާ ސިޔާސީ ހަރަކާތް “ޑީއެންއޭ” އިން ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ކެންޑިޑޭޓަކު ނެރެން ނިންމާފައިވާ ކަމަށް ޑީއެންއޭއިން ބުނެފިއެވެ. ޑީއެންއޭއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ ޕާޓީގެ އިންޓަވިމް އެގްޒެކެޓިވް ކައުންސިލް (އެކްސްކޯ)ގެ 20 ވަނަ ބައްދަލުވުމުގެ އިއްތިފާގުން ފާސްކޮށްފައިވާ ކަމަށެވެ. ޑީއެންއޭގައި އިސްކޮށް އުޅުއްވާ އުމަރު ނަސީރު ވަނީ މީގެ ކުރިން ވެސް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ކުރިމަތިލައްވާނެ ކަމަށް […] ޝިއުނާ އާދަމް · 5 އަހަރު ކުރިން
ރާއްޖެ ފުލުހުންގެ ޕްރޮޖެކްޓަކަށް އިންޑިއާއިން 600 މަސައްކަތްތެރިން އިންޑިއާގެ ކުންފުންޏަކާ ހަވާލުކޮށްގެން ކުރިއަށް ގެންދާ ފުލުހުންގެ ބޮޑު މަޝްރޫއަށް އެ ގައުމުގެ 600 އެއްހާ މީހުން ރާއްޖެ ގެންނަން ނިންމާފައިވާ ކަމަށް އެ ޕްރޮޖެކްޓު ހަވާލުކޮށްފައިވާ، އިންޑިއާގެ އޭބީއެލް އިންދިރާ ޕްރޮޖެކްޓްސް ޖޭވީ ކުންފުނިން ބުނެފިއެވެ. އިންދިރާ ޕްރޮޮޖެކްޓްސްގެ ޗެއާމަން ބުޕޭޝް ނަގަރާޖަންއާ ހަވާލާދީ އިންޑިއާގެ ނޫސްތަކުގައިވާ ގޮތުން، އެ މަޝްރޫއަށް ރާއްޖެ ގެންނަނީ ޓެމިލްނާޑޫގެ 500 އެއްހާ މަސައްކަތު މީހުންނާއި 100 އެއްހާ އިންޖިނިއަރުންނެވެ. ބުޕޭޝް ވިދާޅުވީ މި މަޝްރޫގެ ދަށުން މަސައްކަތްކ... ޝިއުނާ އާދަމް · 5 އަހަރު ކުރިން
ރިޕޯޓް ތިލަދުންމަތީ ހުނަރުވެރިން: ހުސެއިންގެ ހުނަރުން މެޝިނަކަށްފަހު މެޝިނެއް ހަލާކުވެ ނުވަތަ ބާވެގެން އެއްލައިލާ މޯޓަރެއްފަދަ އެއްޗެއް އެކި މީހުންނަށް ފެންނަނީ އެކި ގޮތަށެވެ. އެއްބަޔަކަށް އޭގެން އެއްވެސް ބޭނުމެއް ދެން ނުކުރެވޭނެ ކަމުގައި ވިސްނުނަސް އަނެއްބަޔަކަށް އެ ފެންނަނީ ވަރަށް ގިނަ ބޭނުންތަކެއް އޭގެން ހިފިދާނޭފަދަ އެއްޗެއްގެ ގޮތުގައެވެ. ހދ. ހަނިމާދޫ އަތަމާގޭ ހުސެއިން އަލީއަކީ މިފަދަ ބައު ތަކެތި ބޭނުން ކޮށްގެން ބޭނުންތެރި ސާމާނު އުފެއްދިދާނެކަން ދައްކުވައި ދެމުން އަންނަ ހުނަރުވެރި ކެރޭ ޒުވާނެކެވެ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ވޯކްސޮޕްގައި މަސައްކަތް ކުރަމުން އަން... އިބްރާހިމް ޚަލީލް · 5 އަހަރު ކުރިން
ރާއްޖެ ނައިބު ރައީސް ތިލަފުއްޓަށް ޒިޔާރަތް ކުރައްވައިފި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، އެޗް.ޑީ.ސީ އިން ތިލަފުށީގައި ކުރަމުންދާ ބައެއް މަސައްކަތްތައް ބައްލަވައިލެއްވުމަށް ތިލަފުއްޓަށް މިއަދު ޒިޔާރަތްކުރައްވައިފިއެވެ. ނައިބު ރައީސް ސިނާއީ ރަށް، ތިލަފުއްޓަށް ޒިޔާރަތް ކުރެއްވީ މިއަދު މެންދުރުފަހު އެވެ. އެމަނިކުފާނު ކުރެއްވި މި ޒިޔާރަތުގައި ވަނީ ތިލަފުށީގެ ދެވަނަ ފިޔަވަހީގެ މާސްޓަރ ޕްލޭނާ ގުޅޭ ޕްރެސެންޓޭޝަނެއް ބައްލަވައިލައްވައި، އެކަމާއިގުޅޭ މަޢުލޫމާތު ސާފުކުރައްވާފައި ކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ. މީގެ އިތުރުން އެމަނިކުފާނު ވަނީ ތ... ޔުމްނާ ޢަލީ · 5 އަހަރު ކުރިން
ރާއްޖެ މިހާރު ބޭނުން ވަނީ ވަޒީފާތައް އަތޮޅުތެރެއަށް ބަދަލު ކުރަން ފެށުމުގެ ހިތްވަރު: އާތިފް މިހާރު ބޭނުން ވަނީ ހަގީގީ ޑިސެންޓްރަލައިޒޭޝަނަށް ބޭނުންވާ ވަޒީފާތައް އަތޮޅުތެރެއަށް ބަދަލު ކުރަން ފެށުމުގެ ހިތްވަރު ކަމަށް ރާއްޖޭގެ އިގްތިޞާދު ދިރާސާކުރައްވާ އަދި އިގްތިސާދީ ތަޖުރިބާކާރެއް ކަމަށްވާ އާތިފް ޝުކޫރު ވިދާޅުވެއްޖެއެވެ. އެމްއެމްއޭއާއި، މިފްކޯ ފަދަ އިދާރާތަކުގެ އެންމެ އިސް މަގާމުތައް ފުރުއްވާފައިވާ އާތިފް މިހެން ވިދާޅުވީ، “އަންނަ ހަފުތާއިން ސަރުކާރު ނުވައްޒަފުން އޮފީހަށް ނެރެނީ” މި ސުރުޚީގެ ދަށުން އޮންލައިން ނޫހެއްގައި ޝާޢިއުކޮށްފައިވާ ޚަބަރަށް ޓްވީޓާގައި މީހަކު ފާޅުކޮށްފައިވާ ޚިޔާލަކާ... ޙުސައިން ޝަހުދީ · 5 އަހަރު ކުރިން
ރާއްޖެ އުތީމު ކަނބަލުންނަށް ޚާއްސަ ހޭންޑްބޯލް ކޯޗިން ކޭމްޕެއް ހއ. އުތީމު ކައުންސިލާއި، އެރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ ގުޅިގެން އެރަށުގެ ކަނބަލުންނަށް ޚާއްސަކޮށްގެން ހޭންޑްބޯލް ކޯޗިން ކޭމްޕެއް ބާއްވައިފިއެވެ. މިދިޔަ ބުރާސްފަތި ދުވަހު ފެށުނު މި ކޭމްޕް ރޭ ވަނީ ނިންމާލާފައެވެ. އަދި 2 ދުވަހަށް ކުރިއަށް ދިޔަ މި ކޭމްޕުގައި 40 ފަރާތެއް ވަނީ ބައިވެރިވެފައެވެ. އުތީމު އަންހެނުންގެ ކޮމިޓީގެ ރައީސް ޒައީމާ އަބްދުއްޞަމަދު “ތިލަދުން” އަށް މަުއުލޫމާތު ދެއްވަމުން ވިދާޅުވީ މި ކޭމްޕަކީ އެ ރަށުގައި ހޭންޑްބޯލް ކުޅެން ލޯބިކުރާ އަންހެން ފަރާތްތަކަށް […] އަޙްމަދު އަރުޝަމް · 5 އަހަރު ކުރިން
ވިޔަފާރި ސްޓެލްކޯގެ ބިމެއްގައި ހުރި މުދާ ސިޓީ ކައުންސިލުން ނަގައިފި ސްޓެލްކޯއަށް އިންޑަސްޓްރިއަލް ވިލެޖުން ދީފައި އޮތް ބިމުގައި ހުރި މުދާ ނަގައިގެން މާލެ ސިޓީ ކައުންސިލުން ނަގާފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ. ސްޓެލްކޯއިން މިއަދު ބުނީ ސިޓީ ކައުންސިލުން ނަގާފައިވަނީ އެ ކުންފުނީގެ ބިމުގައި ހުރި ފެންސުތަކެއް ކަމަަށެވެ. އެ ފެންސުތައް މިހާރު ސިޓީ ކައުންސިލުން ބޭނުންކުރަމުން އަންނަ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ. ނޫސްވެރިންނަށް މައުލޫމާތު ދެމުން ސްޓެލްކޯގެ އޮފިޝަލަކު ބުނީ ސިޓީ ކައުންސިލުން އެ ކުންފުނީގެ މުދާ ނެގީ ކުންފުންޏަށް އެންގުމަކާ ނުލައި […] އަޙްމަދު ވަހީދު · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު އިތުރު 2 މީހަކު ޕޮޒިޓިވްވެ ކުޅުދުއްފުށީގެ އެކްޓިވް ކޭސްތަކުގެ އަދަދު 65 އަށް އިތުރު 2 މީހަކު ޕޮޒިޓިވްވެ ކުޅުދުއްފުށި ސިޓީގައި ތިބި އެކްޓިވް ކޭސްތަކުގެ އަދަދު 65 އަކަށް އަރައިފި އެވެ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރްއެޗް) އިން ހާމަކުރެއްވި ގޮތުގައި އިއްޔެ ނެގުނު 147 ސާމްޕަލްގެ ތެރެއިން ޕޮޒިޓިވް ވެފައިވަނީ ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ފާހަގަކުރެވުނު 2 މީހުންނެވެ. އަދި ޑައިރެކްޓް ކޮންޓެކްޓުން ގިނަ އަދަދަކަށް ޕޮޒިޓިވް ވަމުންދާތީ، ގައިދުރުކަން ބެހެއްޓެވުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށާއި އަދި މާސްކު އަޅައި، ގިނަގިނައިން ސައިބޯނިލައިން އަތް ދޮވުމަށް ކޭއާރްއެޗްއި... އަޙްމަދު އަރުޝަމް · 5 އަހަރު ކުރިން