ތިލަދުންމަތީ ޚަބަރު އިހަވަންދޫއިން މަހާ ޖައްރާފަށް މަރުހަބާކީ ފަރިވަޅަކުން ހއ. އިހަވަންދޫ ބިން ހިއްކުމުގެ މަޝްރޫއު ކުރިއަށް ގެންދިއުމަށްމޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ގެ މަހާ ޖައްރާފު އެ ރަށަށް ބަނދަރުކޮށްފި އެވެ. މަހާ ޖައްރާފަށް މަރުހަބާ ކިޔުމަށް އިހަވަންދޫގައި ވަނީ ހާއްސަ ރަސްމިއްޔާތެއްވެސް ބާއްވައިފައެވެ. މި ރަސްމިއްޔާތުގައި އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ބައިވެރިވެވަޑައިގެންނެވި އެވެ. އިހަވަންދޫ ރައްޔިތުން މަހާ ޖައްރާފަށް މަރުހަބާ ކިޔުމުގެ ގޮތުން ވަނީ އެ ބޯޓުގެ ފަޅުވެރިންނަށް ފަރިވަޅެއް އަރުވައިފައެވެ. އިހަވަންދ... އަޙްމަދު ވަހީދު · 5 އަހަރު ކުރިން
ރާއްޖެ މޭ 6 ހަމަލާގެ ތަހުގީގަށް އައްބާސް ފާއިޒްގެ ތަހުނިޔާ މިދިޔަ މޭ މަހުގެ 6 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާގެ ތަހުގީގު ޓީމަށް ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ މަންދޫބު އައްބާސް ފާއިޒް ތަހުނިޔާ ވިދާޅުވެއްޖެއެވެ. އައްބާސް ކުރެއްވި ޓުވީޓުގައި އޭނާ ވިދާޅުވީ، ތަހުގީގުގެ ފުރަތަމަ މަރުހަލާ މިހާރު ނިމިފައިވާ ކަމަށެވެ. އެހެންވެ ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދަށް ތަހުނިޔާ ވިދާޅުވެފައިވާއިރު، އެ ހަމަލާގައި އަމަލީގޮތުން ބައިވެރިވި ހަތަރު މީހުންގެ މައްޗަށް ދައުވާ އުފުލާފައިވާކަން ފާހަގަކުރައްވާ ޕްރޮސެކިއުޓަރ... ޝިއުނާ އާދަމް · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ކުޅުދުއްފުށި ސިޓީ މޮނީޓަރިންގެ ހާލަތުން ނަގައިފި ހދ. ކުޅުދުއްފުށި ސިޓީ މޮނީޓަރިންގެ ހާލަދުން ނަގައިފި އެވެ. މޮނިޓަރިންގ އުވާލިކަން އަންގާ ލިއުން ހިއްސާކުރަމުން ކުޅުދުއްފުށީ ކައުންސިލުން ބުނެފައިވަނީ 24 ޖުލައި 2021 ގައި ކުޅުދުއްފުށި ސިޓީގައި އިޢުލާން ކުރެވުނު މޮނިޓަރިންގ ހާލަތު މިހާރު ވަނީ އުވާލެވިފައިކަމަށެވެ. ނަމަވެސް ހުރިހާ ރައްޔިތުން އަބަދުވެސް ކޮވިޑް-19 އިން ސަލާމަތްވުމަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އިލްތިމާސް ކުރަންކުރާކަމަށެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކުޅުދުއްފުށީ ކައުންސިލްއަށް ފޮނުވި ލިއުމުގައި މޮނިޓަރި... އިބްރާހިމް އަސްވާޤް · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ކޭއާރުއެޗްގައި ކަކުލު ހުޅު ބަދަލުކުރުމުގެ ހާއްސަ އޮޕަރޭޝަންތަކެއް ފަށަނީ ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) ގައި ކަކުލު ހުޅު ބަދަލުކުރުމުގެ (Total Knee Replacement Surgery) ހާއްސަ އޮޕަރޭޝަންތަކެއް ފެށުމަށް ތައްޔާރުވެއްޖެއެވެ. ކޭއާރުއެޗްއިން ވިދާޅުވީ މިއޮޕަރޭޝަންތައް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ މިއަދު ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލްގައި ހިދުމަތް ދޭން ފައްޓަވާފައިވާ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގައި މަސައްކަތް ކުރައްވާ، ކަށީގެ އޮޕަރޭޝަންތަކަށް ހާއްސަ އަދި އެ ހޮސްޕިޓަލްގެ މެޑިކަލް ޑިޕާރޓްމަންޓްގައި އިސްކޮށް ހުންނަވާ ޑރ. އާޒިމް އަބްދުއ... އިބްރާހިމް އަސްވާޤް · 5 އަހަރު ކުރިން
ވިޔަފާރި އުރީދޫ އާއި ސެމިލީސް ގުޅިގެން އުރީދޫ ކަސްޓަމަރުންނަށް ހާއްސަ އޮފާއެއް އުރީދޫގެ އަހަރީ ދުވަހާ ގުޅިގެން އެ ކުންފުންޏާއި ސެމިލީސް ރެސްޓޯރެންޓު ގުޅިގެން އުރީދޫގެ ކަސްޓަމަރުންނަށް ހާއްސަ އޮފާއެއް ފަށައިފިއެވެ. މި މަހުގެ ނިޔަލަށް ކުރިއަށްގެންދާ މި އޮފާގައި، ސެމިލީސް އިން ކުރާ އޯޑަރުތަކާ އެކު ހިލޭ ޕިއްޒާ އާއި ބާގާ އާއި ޑަމްޕްލިންސް އަދި ފްރޭންކީސް ލިބޭނެއެވެ. ސެމިލީސްގެ އޮފާތައް – ކޮންމެ ގްރިލްޑް ޗިކެންއަކާ އެކު ހިލޭ ޕިއްޒާ އަދި ފްރޭންކީސް ނުވަތަ ބާގާ އަދި ފްރޭންކީސް ނުވަތަ ޑަމްޕްލިންސް އާއިފްރޭންކީސް. – ކޮންމެ ފެމެލީ […] އަޙްމަދު ވަހީދު · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ށ. ގޮއިދޫ ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތް ފަށައިފި ށ. ގޮއިދޫގެ ފެނާއި ނަރުދަމާ ނިޒާމް ގާއިމް ކުރުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ. މޯލްޑިވްސް ވޯޓާ އެންޑް ސުވަރެޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން ބުނިގޮތުގައި، މިހާރު ކުރިއަށްދަނީ ފެނުގެ ނިޒާމް ގާއިމް ކުރުމުގެޕްރޮޖެކްޓުގެ ދަށުން ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ އިމާރާތުގެ މަސައްކަތެވެ. ފެނާއި ނަރުދަމާ ނިޒާމް ގާއިމް ކުރުމަށް ބޭނުންވާ ހޮޅިއާއި އެހެނިހެން ތަކެތި މިހާރު އެ ރަށަށް ވަނީ ގެންގޮސްފައެވެ. މި މަޝްރޫއުގައި ހިމެނޭ ފެނުގެ ނިޒާމުގެ މަސައްކަތުގެ ދަށުން 12.07 ކިލޯ […] އަޙްމަދު ވަހީދު · 5 އަހަރު ކުރިން
ރާއްޖެ މަސްތުގެ ހާލުގައި ހުރެ ޓެކްސީ ޑްރައިވަރަކަށް ހަމަލާދިން، އިންޑިއާ މީހާގެ ބަންދަށް 10 ދުވަސް މަސްތުގެ ހާލުގައި ހުރެ ދިވެހި ޓެކްސީ ޑްރައިވަރަކަށް ރޭގެ ވަގުތެއްގައި ހަމަލާދިން، އިންޑިއާ މީހާގެ ބަންދަށް 10 ދުވަސް ޖަހައިފި އެވެ. ހުޅުމާލޭގައި ޓެކްސީ ޑްރައިވަރެއްގެ ފުރާނައަށް ނުރައްކާވާފަދަ އަމަލެއް ހިންގި ކަމުގެ ރިޕޯޓެއް ފުލުހުންނަށް ރޭ ލިބިފައިވާކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. ރޭ 00:33 ހާއިރު ހުުޅުމާލެގައި ހިނގި މި މާރާމާރީއާއި ގުޅިގެން އިންޑިއާގެ ފިރިހެނަކު ހައްޔަރު ކޮށްފައިވެ އެވެ. މިއީ 25 އަހަރުގެ ފިރިހެނެއްކަމަށް ފުލުހުން ބުނެފައިވެއެވެ. ފުލުހުން ބުނެފައިވަނީ އެ މީހާ […] އަލީ އާދިލް · 5 އަހަރު ކުރިން
ރާއްޖެ ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް މެންބަރަކު ޢައްޔަން ކުރައްވައިފި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމަށް ބޭފުޅަކު އައްޔަނު ކުރަށްވައިފި އެވެ. މި މަގާމަށް އައްޔަނު ކުރަށްވާފައިވަނީ އަލްއުސްތާޛާ މަރްޔަމް ރިޝްފާ އެވެ. އަލްއުސްތާޛާ މަރްޔަމް ރިޝްފާ މަޤާމަށް ޢައްޔަން ކުރެއްވީ މިއަދު މެންދުރުފަހު ރައީސް އޮފީހުގައި އެކަމަށްޓަކައި ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ރައީސް ވަނީ މަޤާމަށް ޢައްޔަން ކުރެއްވި ކަމުގެ ލިޔުން، ރައީސް ވަނީ އަލްއުސްތާޛާ މަރްޔަމް ރިޝްފާ ހަވާލުކުރައްވާފައެވެ. އަދި އެބޭފ... އަޙްމަދު އަރުޝަމް · 5 އަހަރު ކުރިން
ޚަބަރު "ގަރލްސް ޓު ކޯޑް" ގެ މިފަހަރުގެ ޕްރޮގްރާމް، ކުޅުދުއްފުށީ އަންހެން ކުދިންނަށް އަންހެންކުދިންނަށް ކޯޑިން ދަސްކޮށްދޭ “ގަރލްސް ޓު ކޯޑް” ގެ މިފަހަރުގެ ޕްރޮގްރާމް ކުޅުދުއްފުށި ސިޓީގެ އަންހެން ކުދިންނަށް އަމާޒުކޮށްގެން ބޭއްވުމަށް ނިންމައިފި އެވެ. ދިރާގާއި ވުމެން އިން ޓެކް މޯލްޑިވްސް ގުޅިގެން ކުރިއަށްގެންދާ މި ޕްރޮގްރާމަކީ އުމުރުން 14 އަހަރާއި 20 އަހަރާ ދެމެދުގެ އަންހެން ކުދިންނަށް ޚާއްސަކޮށްގެން ބޭއްވޭ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގައި އެޗް.ޓީ.އެމް.އެލް. އާއި ސީ.އެސް.އެސް. އަދި ޖާވާ ސްކްރިޕްޓް ބޭނުންކޮށްގެން ވެބްސައިޓް ފަރުމާކޮށް ޑިވެލޮޕްކުރުން ފަދަ ކަންކަން ދަސްކޮށްދެވޭނެ ކަމަ... އަޙްމަދު އަރުޝަމް · 5 އަހަރު ކުރިން
ޚަބަރު ފިނޭންސްގެ ސްޓޭޓް މިނިސްޓަރަކަށް، އަނަސް ޢަބްދުއްސައްތާރު އައްޔަން ކުރައްވައިފި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފިނޭންސްގެ މަޤާމަށް ބޭފުޅަކު އައްޔަން ކުރަށްވައިފި އެވެ. މި މަޤާމަށް އައްޔަނު ކުރަށްވާފައިވަނީ މ. ބަޑިކުޅިމާގެ، އަލްއުސްތާޛު އަނަސް ޢަބްދުއްސައްތާރު އެވެ. މިއަދު މެންދުރުފަހު ރައީސް އޮފީހުގައި އެކަމަށްޓަކައި ބޭއްވެވި ރަސްމިއްޔާތުގައި ރައީސް ވަނީ އުސްތާޛު އަނަސް އަށް ސްޓޭޓް މިނިސްޓަރކަމުގެ ލިޔުން ހަވާލުކުރައްވާފައެވެ. އުސްތާޛު އަނަސް އަކީ ޕާކިސްތާނުގެ އިންޓްނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އިން ބެޗަލަރ އޮފް ލޯސް އެލް.އެލް... އަޙްމަދު އަރުޝަމް · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު މިއަދު ހިރިމަރަދޫ އެއްވެސް ކުއްޖަކު ސްކޫލަށް ނުފޮނުވާ ދިރާސީ އައު އަހަރުގެ ކިޔެވުން ފެށުމުގެ ގޮތުން މިއަދު ސްކޫލުތައް ހުޅުވާފައިވާއިރު ހދ.ހިރިމަރަދޫ ސްކޫލުގެ ގިނަ ކަންތައްތަކެއް ފުރިހަމަނުވެ ހުރުމުން އެ ސްކޫލުގެ އެއްވެސް ކުއްޖަކު މިއަދު ސްކޫލަށް ގޮސްފައި ނުވާކަމުގައި “ތިލަދުން”އަށް މަޢުލޫމާތު ލިބިއްޖެވެ. ހިރިމަރަދޫ ސްކޫލަކީ ގްރޭޑް 10 އާއި ހިސާބަށް ކިޔަވައިދެމުން އަންނަ ސްކޫލެކެވެ. އެ ސްކޫލުގައި ފަސްދޮޅަހާއި ގާތްކުރާ އަދަދަކަށް ދަރިވަރުން ތަޢުލީމް ހާސިލް ކުރަމުން އަންނައިރު މިއަދު އެ ސްކޫލަށް އެއްވެސް ދަރިވަރަކު ހާޟިރުވެފައި ނުވެއެވެ. އެ ސްކޫލުގައި... އިބްރާހިމް ޚަލީލް · 5 އަހަރު ކުރިން
ރާއްޖެ ލޯންޗަކާއި ދޯންޏެއް ޖެހި އެކްސިޑެންޓެއް ހިނގައިފި ލޯންޗަކާއި ދޯންޏެއް ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ. މި އެކްސިޑެންޓް ހިނގާފައިވަނީ އެނބޫދޫ ފިނޮޅުކައިރި ކަނޑުމަތިން ނެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ. އެމްއެންޑީއެފް އިން ވިދާޅުވީ ލޯންޗަކާއި ދޯންޏެއް ޖެހި އެކްސިޑެންޓެއް ހިނގައިގެން އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން ހަރަކާތްތެރިވެފައިވާ ކަމަށެވެ. މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބިފައިވަނީ މި ރޭ 20:41 ގައިކަމަށް އެމ... އިބްރާހިމް އަސްވާޤް · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު އެޗް.އާރް.އެފް ޔޫތް މުބާރާތުގެ ޗެމްޕިއަންކަން އެފްސީ ފްރިގޭޓަރ އިން ކާމިޔާބު ކޮށްފި ހއ. ހޯރަފުށީ ކައުންސިލުން އިންތިޒާމްކޮށްގެން ކުރިޔަށް ގެންދިޔަ އެޗް.އާރް.އެފް ޔޫތް ފުޓުބޯޅަ މުބާރާތުގެ ޗެމްޕިއަންކަން އެފްސީ ފްރިގޭޓަރ އިން ކާމިޔާބު ކޮށްފިއެވެ. ފްރިގޭޓަރ އިން މެޗް ކާމިޔާބު ކޮށްފައިވަނީ ފައިނަލްގައި ކްލަބް ޑޮލްފިން ސިޓީ (ސީޑީސީ) އާއި ބައްދަލުކޮށް 2-1 ގެ ނަތީޖާއިން މެޗް ކާމިޔާބު ކޮށްގެންނެވެ. ފްރިގޭޓަރ އިން މިމުބާރާތުގެ ފައިނަލް އަށް ދަތުރު ކޮށްފައިވަނީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެންނެވެ. ފައިނަލް މެޗުގެ ފުރަތަމަ ގޯލް ފްރިގޭޓާރ އަށް ކާމިޔާބު ކޮށްދިނީ އެޓީމުގެ ފޯވަރޑް […] ތިލަދުން · 5 އަހަރު ކުރިން
ރާއްޖެ މީޑިއާ ކައުންސިލުގެ ހުސްވެފައިވާ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި މޯލްޑިވްސް މީޑިއާ ކައުންސިލުގެ ހުސްވެފައިވާ މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި އެވެ. މި ފުރުސަތު ހުޅުވާލާފައި ވަނީ ހޯމް މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގަ އެވެ. މީޑިއާ ކައުންސިލްގެ މެމްބަރުކަމުގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލާފައި ވަނީ އެމްއެމްސީގެ މެމްބަރެއްގެ ގޮތުގައި ހުންނެވި މުހައްމަދު ޔާމީން އިބްރާހިމް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ޔާމީންއަކީ ހިއުމަން ރައިޓްސް ކޮމިޝަން، އެޗްއާރުސީއެމްގެ ސެކެޓްރީ ޖެނެރަލްއެވެ. މީޑިއާކައުންސިލްގެ އާންމު މެންބަރުކަމުގެ މަގާމަށް ކުރިމަތ... އިބްރާހިމް އަސްވާޤް · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ކުޅުދުއްފުށި ސިޓީގެ ކާފިއު އުވާލައިފި މިދިޔަ މަހުގެ 24 ވަނަ ދުވަހު ކޮވިޑް19ގެ ކޭސްތައް ފެނުމާ ގުޅިގެން ހދ.ކުޅުދުއްފުށި ސިޓީގައި އިއުލާންކުރި ކާފިއު އުވާލައިފި އެވެ. ކުޅުދުއްފުށި ސިޓީ ކައުންސިލުން މިއަދު ބުނެފައިވަނީ، މިއަދުން ފެށިގެން ކާފިއު އުވާލާފައިވާ ކަމަށާއި ނަމަވެސް ކުޅުދުއްފުށި އަދިވެސް އޮތީ މޮނީޓަރިންގެ ހާލަތުގައި ކަމުން ކައުންސިލުގެ ހުއްދަ ނެތި ރަށަށް އަރާ ފޭބުމަކީ މަނާ ކަމެއް ކަމަށެވެ. އަދި ޒަރޫރީ ބޭނުމަކަށް ފިޔަވައި ގެއިން ބޭރަށް ނުނިކުތުމަށް އެދޭ ކަމަށާއި ހާލަތު ގޯސްވާނަމަ ފިޔަވަޅުތައް އިތުރަށް ވަރުގަދަ […] އިބްރާހިމް އަސްވާޤް · 5 އަހަރު ކުރިން